Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މުލީ މަދިރި ނުރައްކަލު

މުއިއްޒު މުލީގައި ހޮސްޕިޓަލް އަޅަން ކޮނުނު ވަޅުގަނޑު ބޮޑު މަދިރިފެންގަނޑަކަށް - ބަލި ކޮންޓްރޯލެއް ނުވޭ

މ. މުލީގައި ހޮސްޕިޓަލާއި ޕޮލިސް ސްޓޭޝަން އެޅުމަށް ކޮނެފައިވާ ވަޅުގަނޑުތަކުގައި ފެންބޮޑުވެ، މަދިރި އާލާވާތީ އާންމު ސިއްހަތަށް ނުރައްކާވެދާނެތީ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން. އެ ރަށުގައި ޑެންގީ ހުން ފެތުރެމުންދާއިރު، ބަލި ދެނެގަތުމަށް ބޭނުންވާ ޓެސްޓް ކިޓްތައް މުއްދަތު ހަމަވެފައި ހުރުމަށްފަހު މިހާރު އާ ކިޓްތައް ލިބިފައިވާ ކަމަށް ހޮސްޕިޓަލުން ބުނޭ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 26 އެޕްރީލު 2026 | އާދީއްތަ 17:08
މުލީގައި ހޮސްޕިޓަލް އާ އިމާރާތް އެޅުމަށް ކޮނެފައިވާ ވަޅުގަނޑު

މުލީގައި ހޮސްޕިޓަލް އާ އިމާރާތް އެޅުމަށް ކޮނެފައިވާ ވަޅުގަނޑު | ސޯޝަލް މީޑިއާ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މ. މުލީ ގައި ހޮސްޕިޓަލްގެ އާ އިމާރާތް އަޅަން ކޮނުނު ވަޅުގަނޑު ބޮޑު މަދިރިފެންގަނޑަކަށް ބަދަލުވެ އާއްމު ސިއްހީ ހާލަތު ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ފާހަގަކޮށް އާއްމުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

ބައެއް އާއްމުން ވަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކޮށް މީސްމީޑިއާގައި ވެސް މައުލޫމާތު ހިއްސާކޮށްފަ އެވެ. މި ނޫހާއި ވާހަކަ ދެއްކި އެ ރަށުގެ ބައެއް މީހުން މައުލޫމާތު ދިން ގޮތުގައި މި ވެރިކަމުގެ ކުރީކޮޅުން ފެށިގެން މި ހިސާބަށް އައި އިރު ވެސް ހޮސްޕިޓަލް އެޅުމަށް ކޮނުނު ވަޅުގަނޑު ހުރީ ފެންހަރުލާ ގޮތަށް ދޫކޮށްލާފަ އެވެ. އޭގެ ސަބަބުން އެ ސަރަހައްދުގައި ވަނީ މަދިރި އާލާވެފައި ކަމަށް މި ނޫހަށް މައުލޫމާތު ދިން ފަރާތްތަކުން ވަނީ ބުނެފަ އެވެ. ފައުންޑޭޝަން އެޅުމަށް ކޮނެފައިވާ ބައެއް ތަންތަނަށް މިހާރު ފަސް އަޅާފައި ވީ ނަމަވެސް އަދި ވެސް  މަދިރި އާލާވާ ގޮތަށް ހުރި ތަންތަން ހާމަ އަށް އެބަ ހުރި ކަމަށް އާއްމުން ވަނީ ބުނެފަ އެވެ. 

Advertisement - newsAdvertisement

މީގެ އިތުރުން އެ ރަށުގައި ޕޮލިސް ސްޓޭޝަން އެޅުމަށް ކޮނުނު ސަރަހައްދުގައި ވެސް މިފަދައިން ފެން ހަރުލާ ގޮތަށް ތަންތަން ހުރި ކަމަށް ބައެއް އާއްމުން ވަނީ މައުލޫމާތު ދީފަ އެވެ. މ.މުލީގައި ޑެންގީ ހުން ޖެހިގެން ފަރުވާ ހޯދަމުން އައި 17 އަހަރުގެ އަންހެން ކުއްޖަކު މިދިޔަ ހަފްތާގައި ނިޔާވުމާއި ގުޅިގެން އާއްމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަން ފާހަގަކޮށްލެވެ އެވެ. އެ ރަށުން މައުލޫމާތު ދިން މީހުން ބުނީ ރަށުގެ ގިނަ ބަޔަކު ބަލިވެގެން ސިއްހީ ފަރުވާ އަށް އެދެމުންދާ ކަމަށެވެ. އަދި ރަށުގެ ބަލީގެ ހާލަތު އޮތް މިންވަރު ހާމަކޮށް އިދާރާތަކުން ބުނެ ނުދޭ ކަމަށް ވެސް ރައްޔިތުން ވަނީ ބުނެފަ އެވެ.

މިދިޔަ ހަފްތާގައި ޑެންގީގައި ކުޑަ ކުއްޖަކު ނިޔާވި އިރު،  އެރަށު ރީޖަނަލް ހޮސްޕިޓަލްގައި ޑެންގީއަށް ޓެސްޓް ކުރާ ކިޓްތައް ހުރީ މުއްދަތު ހަމަވެފައިވާކަން އޭރު ރާއްޖެއެމްވީ އިން ބެލި ބެލުމުން ވަނީ އެނގިފަ އެވެ. އެހެންކަމުން މިހާރު ރަށުގެ ބަލި ހާލަތު ސާފުކުރުމަށް ސުވާލުކުރުމުން، މުލީ ހޮސްޕިޓަލުން ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ބުނީ މިހާރު އެ ރަށަށް އާ ޓެސްޓު ކިޓުތައް ލިބިފައިވާ ކަމަށެވެ. އަދި މީގެ ކުރިން ވެސް ޑެންގީ ޓެސްޓް ކިޓު ނެތި ދިޔަ ދުވަސްތަކުގައި ވެސް ޑެންގީ އަށް ޓެސްޓު ކުރުމުގައި މައްސަލަ އެއް ދިމާ ނުވާ ކަމަށާއި ލެބޯޓްރީ ޓެސްޓްތައް މެދުވެރިކޮށް ޑެންގީ ބަލި ދެނެގަނެވޭނެ އިންތިޒާމްތައް ހަމަޖެހިފައި ހުރި ކަމަށް އެ ހޮސްޕިޓަކުން ވަނީ ބުނެފަ އެވެ. ހޮސްޕިޓަލުން އިތުރަށް މައުލޫމާތު ދިން ގޮތުގައި އެ ރަށުގައި މި ވަގުތު ހުރީ ޑެންގީގެ ބަލި އެންމެ މީހެކެވެ. އޭނާ އަށް ދަނީ މިހާރުވެސް އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ.

މުލީގައި ހޮސްޕިޓަލް އާ އިމާރާތް އެޅުމަށް ކޮނެފައިވާ ބައެއް ތަންތަން
މުލީގައި ހޮސްޕިޓަލް އާ އިމާރާތް އެޅުމަށް ކޮނެފައިވާ ބައެއް ތަންތަން

ހޮސްޕިޓަލުން މިހެން ބުނެފައިވާ އިރު އެމްޓީސީސީ ސައިޓުގައި މަސައްކަތް ކުރާ 3 މީހުން ހިމެނޭހެން މިހާރު ވެސް ޑެންގީ ޖެހިފައިވާ މީހުންނަށް ހޮސްޕިޓަލުން ފަރުވާ ދެމުންދާކަން ރާއްޖެއެމްވީ އަށް ވަނީ އިތުބާރު ހުރި ގޮތަކަށް އެނގިފަ އެވެ. އަދި އެ ރަށުގައި ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވާ 1 ކޭސް އަށް ވުރެ ގިނަ ކޭސް ހިމެނޭކަން މި ނޫހަށް ވަނީ ކަށަވަރުވެފަ އެވެ.

އޭގެ އިތުރުން އެ ރަށުގައި ޕަބްލިކް ހެލްތް ވޯކްސް އިން ބައްޔަށް މީހުން ހޭލުންތެރިކުރުމަށް ލީފްލެޓްތައް ބެލުން ފިޔަވާ އިތުރު މާބޮޑު މަސައްކަތެއް ނުކުރާ ކަމަށް އާއްމުން ދަނީ ބުނަމުންނެވެ. އެކަމާއި މެދު އެ އިދާރާގެ ރަސްމީ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބު ވާ ގޮތް ނުވެފަ އެވެ. 

ޑރ. މުޙައްމަދު މުޢިއްޒުމ.މުލީޑެންގީ

ކޮމެންޓް

އިތުރަށް ކިޔާލަން

ހޯރަފުށީ ކުނި ކޮށްޓަށް ބިން ހަމަޖައްސައިދިނީމައި ބުނީ ކައުންސިލުން އެއްބާރުލުން ނުދެޔޭ، ރައީސްގެ ރިޔާސީ ވައުދުފުޅުގެ އަމަލީ އެއްވެސް މަސައްކަތެއް މިހާތަނަށް ނުކުރެޔޭ: ވަހީދު

ހޯރަފުށީ ކުނި ކޮށްޓަށް ބިން ހަމަޖައްސައިދިނީމައި ބުނީ ކައުންސިލުން އެއްބާރުލުން ނުދެޔޭ، ރައީސްގެ ރިޔާސީ ވައުދުފުޅުގެ އަމަލީ އެއްވެސް މަސައްކަތެއް މިހާތަނަށް ނުކުރެޔޭ: ވަހީދު

26 އެޕްރީލު 2026
މުޒަަހަރާގައި އުމުރުން ދުވަސްވީ މީހެއްގެ ޚާއްސަ މެސެޖެއް ރައީސް މުއިއްޒު އަށް

މުޒަަހަރާގައި އުމުރުން ދުވަސްވީ މީހެއްގެ ޚާއްސަ މެސެޖެއް ރައީސް މުއިއްޒު އަށް

25 އެޕްރީލު 2026
ސިއްހީ ނިޒާމު ފެއިލް ކޮށްލާ، ދިވެހިރައްޔިތުންގެ ފުރާނަ އަކީ ސަރުކާރުގެ ކުރިމަތީ ގައި އަގެއް ނެތް އެއްޗަކަށް ވެއްޖެ.

ސިއްހީ ނިޒާމު ފެއިލް ކޮށްލާ، ދިވެހިރައްޔިތުންގެ ފުރާނަ އަކީ ސަރުކާރުގެ ކުރިމަތީ ގައި އަގެއް ނެތް އެއްޗަކަށް ވެއްޖެ.

24 އެޕްރީލު 2026
ކަރަންސީ ސްވޮޕްގެ ފެސިލިޓީގެ މުއްދަތު އިތުުރުކޮށް ނުދިނުމުން އަނބުރާ ދައްކާފައި އިތުރު 4.9 ބިލިއަން ރުފިޔާ ނަގައިފި

ކަރަންސީ ސްވޮޕްގެ ފެސިލިޓީގެ މުއްދަތު އިތުުރުކޮށް ނުދިނުމުން އަނބުރާ ދައްކާފައި އިތުރު 4.9 ބިލިއަން ރުފިޔާ ނަގައިފި

24 އެޕްރީލު 2026
މުލީގައި ޑެންގީ ޖެހިގެން 17 އަހަރުގެ ކުއްޖެއް ނިޔާވިއިރު، ހޮސްޕިޓަލްގައި ޓެސްޓްކުރާ ކިޓްތައް ހުރީ މުއްދަތު ހަމަވެފައި!

މުލީގައި ޑެންގީ ޖެހިގެން 17 އަހަރުގެ ކުއްޖެއް ނިޔާވިއިރު، ހޮސްޕިޓަލްގައި ޓެސްޓްކުރާ ކިޓްތައް ހުރީ މުއްދަތު ހަމަވެފައި!

24 އެޕްރީލު 2026

އަހަރުތަކުން މިއަދު

5 ޖޫން
ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް
20251 އަހަރު ކުރިން
ރާއްޖެ

ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި
20215 އަހަރު ކުރިން
ދުނިޔެ

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ
20188 އަހަރު ކުރިން
ރާއްޖެ

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު