Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަޒީރުންނަށް ރުހުން ދިނުން

14 ވަޒީރަށް ރުހުން ދިނުމަށް ކޮމިޓީން ފާސްކޮށްފި

ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކާއެކު ވުޒާރާތަކުގެ އަދަދު 20 އިން 15 އަށް ވަނީ މަދުކުރައްވާފަ. މި އިސްލާހީ ބަދަލުތަކާ ގުޅިގެން އަލުން ހުވާކުރެއްވި 14 ވަޒީރަކަށް ރުހުން ދިނުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިހާރު ވަނީ އިއްތިފާގުން ފާސްކޮށްފަ. ކޮމިޓީގެ މި ނިންމުމާއެކު، ދެން އޮންނާނީ މަޖިލީހުގެ ތަޅުމުގައި މި ވަޒީރުންނަށް ރުހުން ދިނުމާ މެދު ފަހުގެ ގޮތެއް ނިންމުން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 27 އެޕްރީލު 2026 | ހޯމަ 17:45
ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 15އަށް މަދުކުރައްވައި، ޢައްޔަނުކުރެއްވި 12 ވަޒީރުން ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީ މަޤާމުގެ ހުވައި ކުރައްވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 15އަށް މަދުކުރައްވައި، ޢައްޔަނުކުރެއްވި 12 ވަޒީރުން ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީ މަޤާމުގެ ހުވައި ކުރައްވުމުގެ ރަސްމިއްޔާތުގެ ތެރެއިން | ރައީސް އޮފީސް

އެޕްރީލް 4 ވަނަ ދުވަހު ބޭއްވި އިންތިހާބު ތަކުން ސަރުކާރާށް ލިބުނު ބޮޑު ނާކާމިޔާބީ އާއެކު، ރައީސް މުޢިއްޒު ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކާ ގުޅިގެން، އަލަށް ހުވާކުރެއްވި ވަޒީރުންނަށް ރުހުން ދިނުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ހޯމަ ދުވަހު ފާސްކޮށްފި އެވެ.

އަލަށް ހުވާ ކުރެއްވި 14 ވަޒީރުންނަށް ރުހުން ދިނުމަށް ނިންމާފައިވަނީ މި މައްސަލަ ދިރާސާކުރުމަށް ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ވަޒީރުންނަށް ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރުމުގައި ކޮމިޓީ އިން ނިންމީ، ދެ މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ހުށަހެޅިފައިވާ، 14 ވަޒީރުންގެ މައްސަލަ އެއް މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށެވެ. އަދި ހުރިހާ ވަޒީރުންނަށް ރުހުން ދިނުމާ މެދު އެކުގައި ވޯޓަށް އެހުމަށް ވެސް ކޮމިޓީން ވަނީ ނިންމާފަ އެވެ.

ވަޒީރުންގެ މަޖިލީހަށް މި މަހުގެ 14 އަދި 15 ވަނަ ދުވަހު ރައީސް މުއިއްޒު ގެންނެވި ބަދަލުތަކާއެކު ވަޒީރުންގެ މަޖިލީހުގެ އަދަދު ވަނީ 20 އިން 15 އަށް މަދުކުރައްވާފަ އެވެ. މި ބަދަލުތަކުގެ ތެރެއިން 10 ވަޒީރަކު މަގާމުން އިސްތިއުފާ ދެއްވިއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ފަސް ވަޒީރަކު އައްޔަންކުރައްވާފަ އެވެ. މީގެ އިތުރުން ކުރިން ވެސް ކެބިނެޓުގައި ހިމެނިވަޑައިގެންނެވި ނުވަ ވަޒީރަކު ވަނީ ވުޒާރާތަކަށް ގެންނެވި ބަދަލުތަކާ ގުޅިގެން އަލުން މަގާމުގެ ހުވާކުރައްވާފަ އެވެ.

ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް ގެންނަވާ ބަދަލުތަކާ އެކު މަގާމުގެ ހުވާކުރައްވާ ވަޒީރުންނަށް ފުރިހަމަ ޤާނޫނީ ބާރުވެރިކަން ލިބޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ. 

ރައީސުލްޖުމްހޫރިއްޔާ މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ. ކޮމިޓީ އިން މިހާރު މި މައްސަލަ ނިންމާފައިވާތީ، ކުރިއަށް އޮތް ރަސްމީ ޖަލްސާއެއްގައި މި ވަޒީރުންނަށް ރުހުން ދިނުމާ މެދު މުޅި މަޖިލީހުން ގޮތެއް ނިންމާނެއެވެ.

ރައްޔިތުންގެ މަޖިލިސްކެބިނެޓް މިނިސްޓަރުންދިވެހިރާއްޖޭގެ ޤާނޫނުއަސާސީ

އިތުރަށް ކިޔާލަން

27 އެޕްރީލު 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާ މުއްދަތު އިތުރުކޮށްފި

27 އެޕްރީލު 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާ މުއްދަތު އިތުރުކޮށްފި
27 އެޕްރީލު 2026

ރާއްޖެޓީވީ އާ ބެހޭ ގޮތުން ބާރަށު ދާއިރާގެ މެންބަރު ހެއްދެވީ ބޮޑު އިތުރުފުޅެއް!

27 އެޕްރީލު 2026
ރާއްޖެޓީވީ އާ ބެހޭ ގޮތުން ބާރަށު ދާއިރާގެ މެންބަރު ހެއްދެވީ ބޮޑު އިތުރުފުޅެއް!
26 އެޕްރީލު 2026

މީޑިއާ ތަކަށް އަރައި ބޭސް ގެނަސްފީމޭ، ކުންފުނި އުފައްދައިފީމޭ ސަރުކާރުން ބުންޏަސް، ރައްޔިތުންނަށް ބޭސް ނުލިބޭނަމަ އެކަން ގަބޫލު ނުކުރާނެ: ފުވައްމުލަކު މޭޔަރު

26 އެޕްރީލު 2026
މީޑިއާ ތަކަށް އަރައި ބޭސް ގެނަސްފީމޭ، ކުންފުނި އުފައްދައިފީމޭ ސަރުކާރުން ބުންޏަސް، ރައްޔިތުންނަށް ބޭސް ނުލިބޭނަމަ އެކަން ގަބޫލު ނުކުރާނެ: ފުވައްމުލަކު މޭޔަރު
23 އެޕްރީލު 2026

މަޖިލީހަކީ މިހާރު މިދައުލަތް ހަރާބުގެ މަގަށް ގެންދިއުމަށް ރައީސް މުއިއްޒު ބޭނުންކުރާ ޓޫލް: ނާޒިމް

23 އެޕްރީލު 2026
މަޖިލީހަކީ މިހާރު މިދައުލަތް ހަރާބުގެ މަގަށް ގެންދިއުމަށް ރައީސް މުއިއްޒު ބޭނުންކުރާ ޓޫލް: ނާޒިމް
22 އެޕްރީލު 2026

މަޖިލިސް އޮތީ ވާނުވާގައި، މާދަމާ ރައްޔިތުންނަށް ބޭނުންވާ ކާޑު ގެންނާނެ ފައިސާ ދައުލަތުގައި ހުރިކަން ވެސް ނެތްކަން ވެސް ނޭނގޭ: މެންބަރު ޝަމްހީދު

22 އެޕްރީލު 2026
މަޖިލިސް އޮތީ ވާނުވާގައި، މާދަމާ ރައްޔިތުންނަށް ބޭނުންވާ ކާޑު ގެންނާނެ ފައިސާ ދައުލަތުގައި ހުރިކަން ވެސް ނެތްކަން ވެސް ނޭނގޭ: މެންބަރު ޝަމްހީދު
21 އެޕްރީލު 2026

މަޖިލީހުގެ އެންމެ މުހިއްމު ދެ ކޮމިޓީ އިން ވެސް ނާޒިމް ވަކި ކޮށްފި

21 އެޕްރީލު 2026
މަޖިލީހުގެ އެންމެ މުހިއްމު ދެ ކޮމިޓީ އިން ވެސް ނާޒިމް ވަކި ކޮށްފި
21 އެޕްރީލު 2026

އަތޮޅު ކައުންސިލްތައް އުވައިނުލައި، ކުރީން އޮތްގޮތައް އަނބުރައި ރުޖޫއަކުރަން މަޖިލީހަށް ހުށަހަޅައިފި

21 އެޕްރީލު 2026
 އަތޮޅު ކައުންސިލްތައް އުވައިނުލައި، ކުރީން އޮތްގޮތައް އަނބުރައި ރުޖޫއަކުރަން މަޖިލީހަށް ހުށަހަޅައިފި
21 އެޕްރީލު 2026

މި ސަރުކާރުން މަސްވެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފަރުމާ ކޮށްފައިވަނީ ހުރިހާ ގޮތަކުން މަސްވެރިންނަށް އުނދަގޫ ކުރެވޭނެ ގޮތަށް: ނާޒިލް

21 އެޕްރީލު 2026
މި ސަރުކާރުން މަސްވެރިކަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފަރުމާ ކޮށްފައިވަނީ ހުރިހާ ގޮތަކުން މަސްވެރިންނަށް އުނދަގޫ ކުރެވޭނެ ގޮތަށް: ނާޒިލް
20 އެޕްރީލު 2026

މަޖިލިސް މެޖޯރިޓީ ޕީއެންސީ އަށް ދިނުމުން ޑޮލަރުގެ އަގު ދަށްވާނެ ކަމަށް ވިދާޅުވި ނަމަވެސް އަދިވެސް އެ މައްސަލަ ހައްލުނުވާ ސަބަބު މިނިސްޓަރު ސައީދަކަށް ނުދެންނެވުނު

20 އެޕްރީލު 2026
މަޖިލިސް މެޖޯރިޓީ ޕީއެންސީ އަށް ދިނުމުން ޑޮލަރުގެ އަގު ދަށްވާނެ ކަމަށް ވިދާޅުވި ނަމަވެސް އަދިވެސް އެ މައްސަލަ ހައްލުނުވާ ސަބަބު މިނިސްޓަރު ސައީދަކަށް ނުދެންނެވުނު
20 އެޕްރީލު 2026

ރައީސް މުއިއްޒުގެ ކެބިނެޓަށް އައްޔަނުކުރެއްވި 14 ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީ އަށް

20 އެޕްރީލު 2026
ރައީސް މުއިއްޒުގެ ކެބިނެޓަށް އައްޔަނުކުރެއްވި 14 ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު