Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ލީގު

އަށް ލަނޑުގެ މޮޅާއެކު، ބަޔާން އިން ލީޑު ފުޅާ ކޮށްފި

12 ޖެނުއަރީ 2026 | ހޯމަ 07:39

މޮޅާއެކު ބަޔާން އިން ވަނީ އެއް ވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ނަގާފައި. މިހާތަނަށް ކުޅެފައިވާ 16 މެޗުން ބަޔާން އަށް 44 ޕޮއިންޓު ލިބޭއިރު، މި ސީޒަންގެ އެއްވެސް މެޗަކުން ބަޔާން ބަލިވެފައި ނުވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ޖެނުއަރީ 2026 | ހޯމަ 07:39
މެޗުގައި ލަނޑު ޖެހުމަށް ފަހު ބަޔާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ބަޔާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓަސް

ޖަރުމަނު ލީގުގައި ވުލްވްސްބާގްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް އިން އެއް ވަނައިގައި ލީޑު ފުޅާ ކޮށްފި އެވެ.

ބަޔާންގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 8-1 އިންނެވެ. މެޗުގައި ބަޔާން އިން ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، ވުލްވްސްބާގް އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގައި ބަޔާން އިން ލަނޑު ޖަހައި ލީޑު ނެގިއިރު، އަނެއް ހަ ލަނޑު އެ ޓީމުން ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި ބަޔާން އަށް ލީޑު ލިބުނީ ވުލްވްސްބާގްގެ ކިލިއަން ފިޝާ އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. ނަމަވެސް، މެޗުގެ 13 ވަނަ މިނެޓުގައި ޒެނާން ޕެޔްސިނޯވިޗް ވަނީ ލަނޑު ޖަހައި ވުލްވްސްބާގް އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އޭގެ ފަހުން ދެ ވަނަ ފަހަރަށް ބަޔާން އިން ލީޑު ނެގީ 30 ވަނަ މިނެޓުގައި ލުއިސް ޑިއާޒް ޖެހި ލަނޑުންނެވެ.

މެޗުގެ ދެ ވަނަ ހާފުގައި ބަޔާންގެ ލަނޑުތައް ޖެހީ މައިކަލް އޮލައިސޭ އާއި، ރަފައެލް ގުރެއިރޯ އާއި، ހެރީ ކޭން އަދި ލިއޯން ގޮރެޓްޒްކާ އެވެ. މީގެ ތެރެއިން އޮލައިސޭ ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑަކީ ވުލްވްސްބާގްގެ މޮރިޓްޒް ޖެންޒް އަތުން ބައި ކޮޅަށް ވަތް ލަނޑެވެ.

މޮޅާއެކު ބަޔާން އިން ވަނީ އެއް ވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މިހާތަނަށް ކުޅެފައިވާ 16 މެޗުން ބަޔާން އަށް 44 ޕޮއިންޓު ލިބޭއިރު، މި ސީޒަންގެ އެއްވެސް މެޗަކުން ބަޔާން ބަލިވެފައި ނުވެ އެވެ.

ޖަރުމަން ލީގުބުންޑެސްލީގާބަޔާން މިއުނިކް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
18 ސެޕްޓެމްބަރު 2025

ބަޔާން އިން ޗެލްސީ ބަލިކޮށްފި

18 ސެޕްޓެމްބަރު 2025
ބަޔާން އިން ޗެލްސީ ބަލިކޮށްފި
23 އޯގަސްޓު 2025

ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި

23 އޯގަސްޓު 2025
ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި
30 ޖޫން 2025

ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް

30 ޖޫން 2025
ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް
25 ޖޫން 2025

ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް

25 ޖޫން 2025
ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް
05 މެއި 2025

ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ

05 މެއި 2025
ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް