Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހަނގުރާމައިގެ ދެބައި ކުޅަ އެއްބައި މަޤުސަދު ހާސިލުވެއްޖެ: ނަތަންޔާހޫ

އީރާންގެ ހަތިޔާރު އުފައްދާ ސިނާއަތްތައް އެއްކޮށް ނައްތާލުމާ ގާތަށް، އިޒްރޭލް އާއި އެމެރިކާ އަށް ދެވިފައިވާ ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވި. އޭނާ ވިދާޅުވީ އީރާންގެ ސިނާއީ މަރުކަޒު ތަކާއި، ފެކްޓްރީ ތަކުގެ އިތުރުން، އެ ޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ވެސް ވަނީ އެއްކޮށް ފުނޑު ފުނޑު ކޮށްލެވިފައި ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 މާރިޗު 2026 | އަންގާރަ 08:32
އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ

އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގެ ދެބައި ކުޅަ އެއްބައި މަޤުސަދުތައް ހާސިލުވެފައިވާ ކަމަށް، އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ކޮންޒަވޭޓިވް ބްރޯޑްކާސްޓަރެއް ކަމަށްވާ، "ނިއުސްމެކްސް" އަށް ދެއްވި އިންޓަވިޔުއެއްގައި ނަތަންޔާހޫ ވިދާޅުވީ ހަނގުރާމައިގެ އަމާޒުތައް ހާސިލު ކުރުމުގައި ދެބައި ކުޅަ އެއްބަޔަށް ވުރެ ކުރިއަށް ދެވިފައިވާ ކަމަށެވެ. ނަމަވެސް، ހަނގުރާމަ ނިމޭނެ ސީދާ ތާރީޚެއް ބުނަން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އިތުރު ތަފްސީލުތައް ދެއްވަމުން ނަތަންޔާހޫ ވިދާޅުވީ، ހަނގުރާމައިގެ ދެބައި ކުޅަ އެއްބައި ނިމިފައިވާ ކަމަަށެވެ. އަދި އެއީ ހަނގުރާމައިގެ މިޝަން ތަކަށް ނިސްބަތްކޮށް ވިދާޅުވާ ވާހަކައެއް ކަމަށާއި، އެއީ ހަނގުރާމަ އަށް ހޭދަވާ ވަގުތަށް ބަލައިގެން ވިދާޅުވާ ވާހަކައެއް ނޫން ކަމަށް ވެސް ނަތަންޔާހޫ ވަނީ ފާހަގަ ކުރައްވައިފަ އެވެ. 

ނަތަންޔާހޫ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް މަޝްވަރާ ކުރެއްވުމަށް ފަހު، މި ހަނގުރާމަ ފަށާފައި ވަނީ މިދިޔަ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އެވެ. ހަނގުރާމައާ ގުޅޭ ގޮތުން އޭރު ޓްރަމްޕް ވިދާޅުވެފައި ވަނީ، ގާތް ގަނޑަކަށް ހަތަރު ހަފުތާ ނުވަތަ ހަ ހަފުތާގެ މުއްދަތަކަށް މި ހަނގުރާމަ ކުރިއަށް ދާނެ ކަމަށެވެ. 

މީގެ އިތުރުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ހޯމަ ދުވަހު ވިދާޅުވީ، ތެލުގެ އަގު އިންތިހާ އަށް މައްޗަށް އުފުލުމާ ގުޅިގެން އެމެރިކާގެ އާންމު ރައްޔިތުންގެ މެދުގައި މި ހަނގުރާމައާ މެދު ބޮޑު ނުރުހުމެއް އޮތް ކަމަށެވެ. ނަމަވެސް، ހަނގުރާމަ ނިމުމަކަށް އައުމަށް އަދި މަސްތަކެއްގެ ބަދަލުގައި ހަފުތާ ތަކެއް ނަގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ހަނގުރާމައިގެ ކާމިޔާބީ ތަކަށް އިޝާރާތް ކުރައްވައި ނަތަންޔާހޫ ވިދާޅުވެފައި ވަނީ، މި ހަނގުރާމައިގެ ތެރޭގައި އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ އެތައް ހާސް މެމްބަރުންނެއް މަރާލެވިފައިވާ ކަމަށެވެ. 

މީގެ އިތުރުން، އީރާންގެ ހަތިޔާރު އުފައްދާ ސިނާއަތްތައް އެއްކޮށް ނައްތާލުމާ ގާތަށް، އިޒްރޭލް އާއި އެމެރިކާ އަށް ދެވިފައިވާ ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އީރާންގެ ސިނާއީ މަރުކަޒު ތަކާއި، ފެކްޓްރީ ތަކުގެ އިތުރުން، އެ ޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ވެސް ވަނީ އެއްކޮށް ފުނޑު ފުނޑު ކޮށްލެވިފައި ކަމަށެވެ. ނަތަންޔާހޫ އާއި ޓްރަމްޕް ތަކުރާރުކޮށް ތުހުމަތު ކުރައްވާ ގޮތުގައި، އީރާން އިން ވަނީ ނިއުކްލިއަރ ހަތިޔާރު އުފެއްދުމާ ވަރަށް ގާތަށް ގޮސްފަ އެވެ. ނަމަވެސް، އދ.ގެ ނިއުކްލިއަރ ވޮޗްޑޮގް އިން އެ ވާހަކަ ތަކަށް ތާއީދު ކޮށްފައި ނުވެ އެވެ. 

އީރާންގެ ވެރިކަމާ ގުޅޭ ގޮތުން ނަތަންޔާހޫ ވިދާޅުވެފައި ވަނީ، އެ ޤައުމުގެ އިސްލާމީ ޖުމްހޫރިއްޔާގެ ވެރިކަން ވެއްޓޭނެ ކަމުގެ ޔަޤީންކަން އެބަ އޮތް ކަމަށެވެ. އެހެން ނަމަވެސް، ވެރިކަން ބަދަލު ކުރުމަކީ މި ހަނގުރާމައިގެ މައިގަނޑު އަމާޒު ނޫން ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ. ނަތަންޔާހޫ ވިދާޅުވީ، މިވަގުތު ކުރަމުންދާ މަސައްކަތަކީ އީރާންގެ އަސްކަރީ ޤާބިލުކަމާއި، މިސައިލް އުފެއްދުމުގެ ޤާބިލުކަމާއި، ނިއުކްލިއަރ ޤާބިލުކަން ކުޑަކޮށް އަދި އެ ޤައުމުގެ އެތެރެއިން ބަލިކަށި ކޮށްލުން ކަމަށެވެ.

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ބެންޖަމިން ނަތަންޔާހޫ

އިތުރަށް ކިޔާލަން

31 މާރިޗު 2026

ޓްރަމްޕް އަކީ ޑިޕްލޮމަސީ އަށް އިސްކަން ދެއްވާ ރައީސެއް، އެކަމަކު އީރާން އިން ހިތި ނަތީޖާއާ ކުރިމަތިލާން ޖެހޭނެ: ރޫބިއޯ

31 މާރިޗު 2026
ޓްރަމްޕް އަކީ ޑިޕްލޮމަސީ އަށް އިސްކަން ދެއްވާ ރައީސެއް، އެކަމަކު އީރާން އިން ހިތި ނަތީޖާއާ ކުރިމަތިލާން ޖެހޭނެ: ރޫބިއޯ
31 މާރިޗު 2026

ހޮރްމޫޒް ކަނޑު އޮޅި ހުޅުވާ ނުލިޔަސް، ޓްރަމްޕް ހުންނެވީ ހަނގުރާމަ ހުއްޓާލަން ތައްޔާރަށް

31 މާރިޗު 2026
ހޮރްމޫޒް ކަނޑު އޮޅި ހުޅުވާ ނުލިޔަސް، ޓްރަމްޕް ހުންނެވީ ހަނގުރާމަ ހުއްޓާލަން ތައްޔާރަށް
31 މާރިޗު 2026

ދުބާއީގައި ކުވެއިތުގެ ތެޔޮ ޓޭންކަރަކަށް އީރާން އިން ހަމަލާ ދީފި

31 މާރިޗު 2026
ދުބާއީގައި ކުވެއިތުގެ ތެޔޮ ޓޭންކަރަކަށް އީރާން އިން ހަމަލާ ދީފި
30 މާރިޗު 2026

އެމެރިކާ އާއެކު މެސެޖުތައް ބަދަލު ކުރެވުނު ނަމަވެސް، ސީދާ ވާހަކަ ނުދައްކާ ކަމަށް އީރާން އިން ބުނެފި

30 މާރިޗު 2026
އެމެރިކާ އާއެކު މެސެޖުތައް ބަދަލު ކުރެވުނު ނަމަވެސް، ސީދާ ވާހަކަ ނުދައްކާ ކަމަށް އީރާން އިން ބުނެފި
30 މާރިޗު 2026

ނޭވީ ކޮމާންޑަރު ތަންގްސިރީ، އިޒްރޭލް އިން އަވަހާރަ ކޮށްލާފައިވާ ކަމަށް އީރާން އިން ބުނެފި

30 މާރިޗު 2026
ނޭވީ ކޮމާންޑަރު ތަންގްސިރީ، އިޒްރޭލް އިން އަވަހާރަ ކޮށްލާފައިވާ ކަމަށް އީރާން އިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު