Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑރ. މުޙައްމަދު މުޢިއްޒު

މާރުކޭޓް ހުސް ނުކުރެވުނީ މަގު ހެދުމުގެ ޕްލޭން ކުއްލިއަކަށް ބަދަލުކޮށް 2 ހަފްތާ ތެރޭ ތަން ހުސްކުރަން އެންގުމުން، ރައީސް ހައްދަވަނީ އިތުރުފުޅެއް: އާޒިމް

މާލޭގެ މަގުތައް ހެދުމުގެ ޕްލޭން ސަރުކާރުން ކުއްލިއަކަށް ބަދަލުކޮށް، އެކަށީގެންވާ ވަގުތު ނުދީ މާރުކޭޓު ސަރަހައްދު ހުސްކުރަން އެންގުމުން ގިނަ އާއިލާތަކަކަށް ގެއްލުންވާނެ ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. ވަގުތީ މާރުކޭޓުގެ މަސައްކަތް ނުނިމެނީސް ވިޔަފާރިވެރިން ބަދަލުކުރުމަކީ ދަނޑުވެރިންނަށް ވެސް ލިބޭނެ ބޮޑު ދައްޗެއްކަން ފާހަގަކުރައްވައި، އާޒިމް ވިދާޅުވީ ސިޓީ ކައުންސިލުން މަސައްކަތް ކުރަނީ ރައްޔިތުންނަށް ލިބޭނެ ގެއްލުން ކުޑަކުރުމަށް ކަމަށެވެ. މީގެ އިތުރުން މާރުކޭޓު ތަރައްގީކުރުމުގެ ކުރީގެ އެއްބަސްވުންތައް ހުރީ ކައުންސިލަށް ގެއްލުންވާ ގޮތަށް ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

މަޚްތޫމް
މަޚްތޫމް | 23 އެޕްރީލު 2026 | ބުރާސްފަތި 13:22
މާލޭގެ ލޯކަލް މާރުކޭޓުގެ މަގަށްވި ބައި ރޫޅާލުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ކުރަމުންދަނީ.

މާލޭގެ ލޯކަލް މާރުކޭޓުގެ މަގަށްވި ބައި ރޫޅާލުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ކުރަމުންދަނީ. | ރާއްޖެ އެމްވީ

މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ތެރެއިން މާރުކޭޓު ސަރަހައްދު ހުސްނުކުރެވިގެން އުޅެނީ މާލެ ސިޓީ ކައުންސިލުން އެއްބާރުލުން ނުދީގެން ކަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދައްކަވަނީ ހަގީގަތާ ޚިލާފު ވާހަކަފުޅުތަކެއް ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް ވިދާޅުވީ މާރުކޭޓު ހުސްކުރުމުގެ މަސައްކަތަށް ހުރަސް އެޅުނީ ސަރުކާރުން ކުއްލިއަކަށް މަގު ހެދުމުގެ ޕްލޭން ބަދަލުކޮށް، އެކަށީގެންވާ ވަގުތު ނުދީ ތަން ހުސްކުރަން އެންގުމުން ކަމަށެވެ.

މިކަމާ ގުޅޭގޮތުން ތަފްސީލު ދެއްވަމުން މޭޔަރު އާޒިމް ވިދާޅުވީ، ކުރިން ރޭވިފައި އޮތް ގޮތުން މަގު ހެދުމުގެ މަސައްކަތް ފުރަތަމަ ފަށަން އޮތީ ނަސަންދުރަ ހުންނަ ސަރަހައްދުން ކަމަށެވެ. ނަމަވެސް ސަރުކާރުން ކުއްލިއަކަށް ޕްލޭން ބަދަލުކޮށް، ދެ ހަފްތާގެ ތެރޭގައި މާރުކޭޓު ހިމެނޭ ސަރަހައްދު ހުސްކުރަން އެންގީ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ވަގުތަކީ ސިޓީ ކައުންސިލުން މާރުކޭޓު ގޮޅިތައް ބަދަލުކުރާނެ ވަގުތީ މާރުކޭޓެއް ހަދަމުންދިޔަ ދުވަސްވަރު ކަމަށާއި، އެތަން ނުނިމެނީސް އެތައް އާއިލާއެއްގެ ދިރިއުޅުމާ ގުޅިފައިވާ ވިޔަފާރިތަކެއް މަގުމަތިކޮށްލެވެން ނޯންނާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ފާހަގަކުރެއްވި ގޮތުގައި މާރުކޭޓުގައި ވިޔަފާރިކުރާ 40 އެއްހާ އާއިލާގެ އިތުރުން، މިއީ މުޅި ރާއްޖޭގެ ދަނޑުވެރިކަމާ ވެސް ގުޅިފައިވާ ކަމެކެވެ. ރަށްރަށުން ގެންނަ ތަކެތި މާރުކޭޓުގައި ވިއްކަން ތިބި މީހުން ކުއްލިއަކަށް ނެރެލުމަކީ ދަނޑުވެރިންނަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށާއި، ގައުމެއްގެ ރައީސަކު މިފަދަ ނިންމުންތައް ނިންމަވަންވާނީ ރައްޔިތުންނަށް ލިބޭނެ ގެއްލުމަށް ވިސްނަވައިގެން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސިޓީ ކައުންސިލުން އެއްބާރުލުން ނުދޭ ކަމަށް ބުނެ ސަރުކާރުގެ ނާގާބިލުކަން ފޮރުވަން މަސައްކަތް ކުރާ ކަމަށް ވެސް އާޒިމް ތުހުމަތު ކުރެއްވި އެވެ.

މީގެ އިތުރުން މާލޭގެ ލޯކަލް މާރުކޭޓާއި މަސް މާރުކޭޓުގެ މަޝްރޫއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ސަރުކާރުން އެތަންތަން ތަރައްގީކުރަން ހަވާލުކޮށްފައި އޮތް ކޮންޓްރެކްޓްތައް އޮތީ މާލެ ސިޓީ ކައުންސިލަށް ވަރަށް ބޮޑަށް ގެއްލުންވާ ގޮތަށް ކަމަށެވެ. އެގޮތުން 25 އަހަރަށް އެތަންތަނުން ކައުންސިލަށް އެއްވެސް ފައިދާއެއް ނުލިބޭ ގޮތަށް، އަދި ނުދެއްކޭނެ ފަދަ ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ޖެހޭ ގޮތަށް ކޮންޓްރެކްޓްތައް ފަރުމާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލުން އަބަދުވެސް ބޭނުންވަނީ މާލޭގެ މަގުތައް ރީތިކޮށް ހެދުމަށް ކަމަށާއި، އެކަމަށް ބޭނުންވާ ކޮންސެޕްޓްތައް ފާސްކުރުމުގައި ވެސް ކައުންސިލުން އެއްބާރުލުން ދީފައިވާނެ ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ދިރިއުޅުމަށް ދަތިވާ ގޮތަށް، އެއްވެސް ޕްލޭނެއް ނެތި ކުއްލި ކުއްލިއަށް ކަންކަން ކުރަން އެންގުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް މޭޔަރު ވިދާޅުވިއެވެ. މިހާރު ވެސް ވަގުތީ މާރުކޭޓުގެ މަސައްކަތް ނިންމައި، މީހުން ބަދަލުކުރުމުގެ އިންތިޒާމުތައް ކައުންސިލުން ވަރަށް ބާރަށް ކުރިއަށްގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. މުޙައްމަދު މުޢިއްޒުއާދަމް އާޒިމްމާލޭ ސިޓީ ކައުންސިލްމާރުކޭޓްމާލެ

އިތުރަށް ކިޔާލަން

22 އެޕްރީލު 2026

ހީނާއަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައިގައި އޭސީސީ އިން ދެއްކި ވާހަކަ ކުއްލި ގޮތަކަށް ބަދަލުވެއްޖެ

22 އެޕްރީލު 2026
ހީނާއަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައިގައި އޭސީސީ އިން ދެއްކި ވާހަކަ ކުއްލި ގޮތަކަށް ބަދަލުވެއްޖެ
22 އެޕްރީލު 2026

ފިޔަވަޅުނާޅާނަމޭ ބުނެ، ނާޅާ ކެތެއް ހަމަ ނުވީ އެވެ.

22 އެޕްރީލު 2026
ފިޔަވަޅުނާޅާނަމޭ ބުނެ، ނާޅާ ކެތެއް ހަމަ ނުވީ އެވެ.
22 އެޕްރީލު 2026

ކުރިން މިނިސްޓަރަށް ކަމުނުގޮސްގެން ވާހަކަދެއްކެވި ކޮންޓްރެކްޓަރ ލައްވާ އަލުން މަސައްކަތް ފެށިނަމަވެސް ދޭތެރެ ދޭތެރެއިން މަސައްކަތް ހުއްޓޭ ކަމަށް މިނިސްޓަރ ޝަހީމް އެއްބަސްވެވަޑައިގެންފި

22 އެޕްރީލު 2026
ކުރިން މިނިސްޓަރަށް ކަމުނުގޮސްގެން ވާހަކަދެއްކެވި ކޮންޓްރެކްޓަރ ލައްވާ އަލުން މަސައްކަތް ފެށިނަމަވެސް ދޭތެރެ ދޭތެރެއިން މަސައްކަތް ހުއްޓޭ ކަމަށް މިނިސްޓަރ ޝަހީމް އެއްބަސްވެވަޑައިގެންފި
22 އެޕްރީލު 2026

ރައީސް މުއިއްޒު ހަނދުމަފުޅުނެތަސް ޕީޕީއެމްގެ އަދަބެއް، އަޚުލާގެއް ނެތް މުޒާހަރާތައް ރައްޔިތުން ހަނދާނެއް ނުނެތޭ

22 އެޕްރީލު 2026
ރައީސް މުއިއްޒު ހަނދުމަފުޅުނެތަސް ޕީޕީއެމްގެ އަދަބެއް، އަޚުލާގެއް ނެތް މުޒާހަރާތައް ރައްޔިތުން ހަނދާނެއް ނުނެތޭ
21 އެޕްރީލު 2026

ރައީސް ނަޝީދު މުއިއްޒުއަށް: މުޢިއްޒާއި ސަރުކާރުން މަޝްވަރާގެ މޭޒަށް ވަޑައިގަންނަވަންދެން އިހުތިޖާޖުގައި ދެމި ތިބޭނަން

21 އެޕްރީލު 2026
ރައީސް ނަޝީދު މުއިއްޒުއަށް: މުޢިއްޒާއި ސަރުކާރުން މަޝްވަރާގެ މޭޒަށް ވަޑައިގަންނަވަންދެން އިހުތިޖާޖުގައި ދެމި ތިބޭނަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު