Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޝިއާއުގެ މަރު

ޝިއާއުގެ މަރު: ސާހިލްއަށް ކުރާ ގަސްދު މަރުގެ ދައުވާގައި ޚުލާސާ ބަޔާން އިއްވުން ދެން އޮންނަ އަޑުއެހުމެއްގައި!

ޝިއާއު މުހައްމަދު ސައީދު މަރާލި މައްސަލާގައި އަލީ ސާހިލްގެ މައްޗަށް އުފުލާފައިވާ ގަސްދު މަރުގެ ދައުވާގެ ޚުލާސާ ބަޔާން އިއްވުން، މާއްދީ ހެކިތަކާ ގުޅޭގޮތުން ވާހަކަދެއްކުމަށް އިތުރު ވަގުތު ހޭދަވުމުން ކޯޓުން ފަސްކޮށްފި. ސާހިލްގެ މައްޗަށް އުފުލި ފަސް ދައުވާގެ ތެރެއިން މަސްތުވާތަކެއްޗާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށް ސާބިތުވެ، އޭނާ މިހާރުވެސް ދަނީ ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 27 އެޕްރީލު 2026 | ހޯމަ 08:13
ޝިއާއު މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ޝާހިލް

ޝިއާއު މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ޝާހިލް | ފޭސްބުކް

މާލޭގެ އެޕާޓްމެންޓެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ ތުހުމަތުކުރެވޭ އަލީ ސާހިލްގެ މައްޗަށް އެ މައްސަލައާ ގުޅިގެން އުފުލި ގަސްދު މަރުގެ ދައުވާގައި ޚުލާސާ ބަޔާން އިއްވުން އެހެން ދުވަހަކަށް ފަސްކޮށްފިއެވެ.  

ހ. ޝީރީންވިލާގޭގެ ނުވަވަނަ ބުރީގެ އެޕާޓްމަންޓެއްގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ޝިއާއު ފެނުނުއިރު، ހަމަ އެރޭ ކުށުގެ ވެށިން ހައްޔަރުކުރީ ޒުވާން ސްކޭޓަރު ސާހިލްއެވެ. އޭނާ ގެ މައްޗަށް ފަސް ދައުވާ އެއް އުފުލާފައިވެއެވެ.

Advertisement - newsAdvertisement

އެއީ، ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުން އަދި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. އާއިލާއަށް އިހުތިރާމްކުރުމަށް ކަމަށް ބުނެ، ބާކީ ދެ ދައުވާގެ ތަފްސީލެއް ޕީޖީ އޮފީހުން ހާމައެއް ނުކުރެއެވެ.

އޭގެ ތެރެއިން މިހާތަނަށް އޭނާގެ މައްޗަށް ސާބިތުވެފައިވަނީ އޮރިޔާން ކާޑު ގެންގުޅުން އަދި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާތައް ސާބިތުވެ އޭނާ ގެ މައްޗަށް 3 އަހަރާއި 1 މަހާއި 6 ދުވަހުގެ ޖަލު ޙުކުމެއް މީގެ ކުރިން ވަނީ އިއްވާފައެވެ.

ބާކީ ދައުވާތަކުގައި ޚުލާސާ ބަޔާން އިއްވުން ހޯމަ ދުވަހުގެ އަޑުއެހުމަށް ތާވަލު ކުރެވުނު ނަމަވެސް މި އަޑުއެހުން ދިގުލައިގެން ގޮސްފައިވާތީ ޚުލާސާ ބަޔާން ކުރިއަށް ގެންދެވިފައެއް ނުވެއެވެ. އެގޮތުން މި އަޑުއެހުމުގައި ދައުލަތުން މާއްދީ ހެކިތައް ކޯޓަށް ގެނެސް، އެ ދައްކައި އެއާ ބެހޭގޮތުން ވާހަކަ ދައްކާފައިވެއެވެ.

މީގެ އިތުރުން، ހެއްކާ ބެހޭގޮތުން ސާހިލްގެ ފަރާތުން ވާހަކަ ދެއްކުމުގެ ކުރިން ކޯޓުގައި ބަލައި ދިރާސާކުރާ ގޮތަށް ޝަރީއަތުން މީގެ ކުރިން ރައްކާކޮށްފައި ހުރި ބައެއް ހެކިތައް ބަލަން ބޭނުންވާކަމަށް ސާހިލްގެ ފަރާތުން ބުނެފައިވާތީ މި އަޑުއެހުމުގައި އޭނާއަށް އެ ފުރުސަތު ދީފައިވެއެވެ. އަދި އެކަމަށް ވަގުތުތަކެއްވެސް ހޭދަވެގެން ދިޔައެވެ.

އެހެންވެ މި މައްސަލައިގެ ޚުލާސާ ބަޔާން އިއްވުން މިހާރު ވަނީ އެހެން ދުވަހަކަށް ފަސްކުރައްވާފައެވެ.

ޝިއާއުގެ މައްސަލައަކީ ގިނަ ދުވަސްތަކެއް ވެފައިވާ މައްސަލައެކެވެ. އެ މައްސަލަ ދައުވާކުރުމަށް ފޮނުވަން ވެސް ގިނަ ދުވަސްތަކެއް ނެގިއެވެ. ފުލުހުން އޭރު ބުނީ އެ މައްސަލައިގެ ތަހުގީގު ލަސްވީ ޝިއާއު މަރާލި "މޯޓިވް" ނުހޯދިގެން ކަމަށެވެ. ޝިއާއުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ރިޕޯޓާ ހަވާލާދީ ފުލުހުން މީގެ ކުރިން ބުނެފައި ވަނީ، އޭނާ މަރުވެފައި ވަނީ ހަށިގަނޑަށް ގަސްތުގައި ދީފައި ހުރި އަނިޔާތަކެއްގެ ސަބަބުން ކަމަށެވެ. އަދި މަރުވި ފަހުންވެސް ހަށިގަނޑަށް ވަރަށް ގިނަ އަނިޔާތަކެއް ދީފައިވާ ކަމަށްވެސް ފުލުހުން އޭރު ވަނީ ބުނެފައެވެ.

ޝިއާއު މުހައްމަދު ސައީދުއަލީ ޝާހިލްކްރިމިނަލް ކޯޓްމަރުގެ ހުކުމް

ކޮމެންޓް

އިތުރަށް ކިޔާލަން

ބައެއް ފަރާތްތަކުން ދިވެހިރާއްޖޭގެ ކޯޓުތަކުގައި ޑްރާމާކުޅުން ބޮޑު ޖޯކަކަށް ވެފައިވޭ. ދައުވާ ކުރުން އަވަސްކުރަން ޖެހޭ: ޖިނާހު

ބައެއް ފަރާތްތަކުން ދިވެހިރާއްޖޭގެ ކޯޓުތަކުގައި ޑްރާމާކުޅުން ބޮޑު ޖޯކަކަށް ވެފައިވޭ. ދައުވާ ކުރުން އަވަސްކުރަން ޖެހޭ: ޖިނާހު

26 އެޕްރީލު 2026
ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި މެލޭޝިއާ އަންހެނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި މެލޭޝިއާ އަންހެނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

25 އެޕްރީލު 2026
މަރުގެ ޙުކުމް ތަންފީޒުކުރާ ވާހަކައަކީ ތާއީދުހޯދަން ރައީސް ދައްކަވާ ވާހަކައެއް ނޫން، އެކަން ކުރާނަން: އިޙުސާން

މަރުގެ ޙުކުމް ތަންފީޒުކުރާ ވާހަކައަކީ ތާއީދުހޯދަން ރައީސް ދައްކަވާ ވާހަކައެއް ނޫން، އެކަން ކުރާނަން: އިޙުސާން

23 އެޕްރީލު 2026
ލިޓަންގެ މަރާލުމާ ގުޅޭ ދައުވާގައި ނިޒާމް 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި!

ލިޓަންގެ މަރާލުމާ ގުޅޭ ދައުވާގައި ނިޒާމް 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި!

22 އެޕްރީލު 2026
ނައުޝާދުގެ މަރު: ކުށް ސާބިތުނުވުމުން ދައުލަތުން ހައިކޯޓަށް!

ނައުޝާދުގެ މަރު: ކުށް ސާބިތުނުވުމުން ދައުލަތުން ހައިކޯޓަށް!

22 އެޕްރީލު 2026

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު