Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދައުވާ ކުރުން ލަސްވުން

ބައެއް ފަރާތްތަކުން ދިވެހިރާއްޖޭގެ ކޯޓުތަކުގައި ޑްރާމާކުޅުން ބޮޑު ޖޯކަކަށް ވެފައިވޭ. ދައުވާ ކުރުން އަވަސްކުރަން ޖެހޭ: ޖިނާހު

ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި ދައުވާކުރުމަށް ހޭދަވާ މުއްދަތު ދިގުވުމުގެ ސަބަބުން، ކުށްކުރާ މީހުންނަށް ތުހުމަތުތަކުން ސަލާމަތްވުމުގެ ފުރުސަތު ބޮޑުވާކަމަށް ކުރީގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ޖިނާހު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި، ޝަރީއަތްތައް ލަސްވުމުގެ ނަތީޖާއަކީ ކޯޓުތަކުގައި ދޮގު ހެކި އުފައްދައިގެންނާއި އެކި ގޮތްގޮތުން "ޑްރާމާ" ކުޅެގެން މައްސަލަތަކުން ރެކުމަށް މަގުފަހިވުން.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 26 އެޕްރީލު 2026 | އާދީއްތަ 14:09
ކުރީގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، މުހައްމަދު ޖިނާހު

ކުރީގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، މުހައްމަދު ޖިނާހު | ރާއްޖެ އެމްވީ

ބައެއް ފަރާތްތަކުން ދިވެހިރާއްޖޭގެ ކޯޓުތަކުގައި ޑްރާމާކުޅުމަކީ ބޮޑު ޖޯކަކަށް ވެފައިވާ ކަމެއް ކަމަށާއި، ދައުވާކުރުމުގެ މަރުހަލާ އަވަސް ކުރަން ޖެހޭ ކަމަށް ކުރީގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، މުހައްމަދު ޖިނާހު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. 

Advertisement - newsAdvertisement

 މިހާރު ދައުވާ ކުރުމުގައި ހޭދަވާ މުއްދަތަކީ އެކަށީގެންވާ މިންވަރަށް ވުރެ ދިގު މުއްދަތެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި 30 ދުވަހުން 30 ދުވަހުން ބަންދުގެ މުއްދަތު އިތުރު ކުރަމުން ދިއުމަކީ އެއްވެސް ޤައުމެއްގައި އަމަލުކުރާ ގޮތެއް ނޫން ކަަމަށް އޭނާ ވިދާޅުވި އެވެ. މިހާރު ކަންކަން ހިނގާ ގޮތުގެ ސަބަބުން މައްސަލަތަކުގެ ޝަރީއަތް ނުހިނގާ ކަމަށާއި ކޭސްއެއް ވެސް ބިނާ ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

ދައުވާކުރުމުގައި ހޭދަވާ މުއްދަތު އިތުރުވުމުގެ ނަތީޖާ އަކީ ކުށްކުށުގެ ތުހުމަތު ކުރެވޭ މީހުން އެ ތުހުމަތުތަކުން ސަލާމާތް ވާން ވަރަށް ބޮޑަށް ފުރުސަތު ލިބުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ތުހުމަތު ކުރެވޭ މީހާ އިންނަނީ ބޮޑު ސްކްރިޕްޓެއް ތައްޔާރުކޮށްގެން ބޮޑު ޑްރާމާ އެއް ކުޅެން ތައްޔާރުވެގެން. ރާއްޖޭގެ ޖިނާއީ ކޯޓުގައި މިފަދަ ބޮޑެތި ޑްރާމާ އަޅުގަނޑުމެންނަށް ފެނިފައި މި ތިބީ. ހެކި އުފައްދައިގެންނާއި އެކި ކަހަލަ ފާޑު ފާޑުގެ މީހުން ހާޒިރުކޮށްގެން ޑްރާމާ ކުޅެނީ." އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ވާނުވާ ބަންދުގެ މައްސަލަތަކުގައި ޒިންމާ ނަގާނެ ފަރާތެއް ވެސް ނެތްކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ. މީހެއްގެ މައްޗަށް ދައުވާ އެއް ނުކޮށް ބަންދުކޮށްފައި ހުރުމަކީ އެއްވެސް މިންވަރަކަށް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ޖިނާހު ވިދާޅުވި އެވެ. 

ވާނުވާ ބަންދު ނުވަތަ ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުން ނިމުމަކަށް ގެނައުމަށް ފެނިގެން ދަނީ ފުލުހުންނާއި ކަމާއި ގުޅުން ހުރި އިދާރާތަކަށް ތަމްރީން ދެމުންދާ މަންޒަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިއީ ފަނޑިޔާރުން ނޫނީ ފުލުހުންނަށް އިޖުރާއަތު ނޭނގިގެންވާ ކަމެއް ނޫން ކަަމަށާއި މިއީ އިޖުރާތުގައި އޮތް ބާގަނޑެއްގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

އާއްމު މަދަނީ ހައްގުތައް ހިމާޔަތްކުރުމަށް ކުރިއަރާފައިވާ ގައުމުތަކުން ކަންކަން ކުރާ ގޮތް ރާއްޖެ އިން ބަލަން ޖެހޭ ކަމަށާއި ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ދައުވާ ކުރުމުގެ މަރުހަލާ އަވަސް ކުރެވޭ ގޮތަށް އިންތިޒާމްތައް ހަމަޖައްސަން ޖެހޭ ކަމަށާއި ކޭސްތައް ދިގު ދެމިގެން ދިއުމުގެ އާދަ ނައްތާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މުހައްމަދު ޖިނާހުރާއްޖެ ޓީވީކްރިމިނަލް ކޯޓްވާނުވާ ބަންދު

ކޮމެންޓް

އިތުރަށް ކިޔާލަން

މީހުންގެ ޒާތީ މައުލޫމާތު އެއްވެސް ހުދޫދެއް ނެތި ހާމަ ކުރެވިގެން ނުވާނެ: ޖިނާހު

މީހުންގެ ޒާތީ މައުލޫމާތު އެއްވެސް ހުދޫދެއް ނެތި ހާމަ ކުރެވިގެން ނުވާނެ: ޖިނާހު

26 އެޕްރީލު 2026
ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި މެލޭޝިއާ އަންހެނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި މެލޭޝިއާ އަންހެނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

25 އެޕްރީލު 2026
ލިޓަންގެ މަރާލުމާ ގުޅޭ ދައުވާގައި ނިޒާމް 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި!

ލިޓަންގެ މަރާލުމާ ގުޅޭ ދައުވާގައި ނިޒާމް 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި!

22 އެޕްރީލު 2026
ނައުޝާދުގެ މަރު: ކުށް ސާބިތުނުވުމުން ދައުލަތުން ހައިކޯޓަށް!

ނައުޝާދުގެ މަރު: ކުށް ސާބިތުނުވުމުން ދައުލަތުން ހައިކޯޓަށް!

22 އެޕްރީލު 2026
މަސްދޯންޏެއްގައި ބިދޭސީއަކު މަރާލި މައްސަލަ: މަސްއޫދު އުމުރަށް ޖަލަށްލައި 1.25 މިލިއަން ރުފިޔާގެ ބަދަލުދޭން ޙުކުމްކޮށްފި

މަސްދޯންޏެއްގައި ބިދޭސީއަކު މަރާލި މައްސަލަ: މަސްއޫދު އުމުރަށް ޖަލަށްލައި 1.25 މިލިއަން ރުފިޔާގެ ބަދަލުދޭން ޙުކުމްކޮށްފި

20 އެޕްރީލު 2026

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު