Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީގެ ޖަލްސާތައް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކޮންމެ ބޭފުޅަކު ކާމިޔާބުކުރެއްވި ނަމަވެސް، އެމީހެއްގެ ފަހަތުގައި ގަދަކޮށް ހުންނާނަން: މީކާއިލް

އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެ ޕާޓީއަށް ކާމިޔާބުކޮށްދިނުމަށްޓަކައި ކޮންމެ ބޭފުޅަކު ކެންޑިޑޭޓަކަށް ހޮވުނު ނަމަވެސް އެ ބޭފުޅެއްގެ ފަހަތުގައި ސާބިތުކަމާއެކު ހުންނަވާނެ ކަމަށް. ޕާޓީގެ ހިންގުން ހަރުދަނާކޮށް މާލީ ކަންކަން ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވަމުން، އޭނާގެ ހަމައެކަނި އަމާޒަކީ އެމްޑީޕީ އަލުން ވެރިކަމަށް ގެނައުން ކަމަށް މީކާއިލް ފާހަގަކުރެއްވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 އެޕްރީލު 2026 | ހޮނިހިރު 17:50
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް | ރާއްޖެ އެމްވީ


ކޮންމެ ބޭފުޅަކު 2028 ގެ އެމްޑީޕީގެ ރިޔާސީ ކެންޑިޑެސީ ކާމިޔާބު ކުރެއްވި ނަމަވެސް، އެ ބޭފުޅެއްގެ ފަހަތުގައި އެންމެ ގަދަކޮށް ހުންނާނެ އެކަކީ އޭނާކަމަށް ޗެއަރޕަރސަންކަމަށް ވާދަ ކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

Advertisement - newsAdvertisement

އިތުބާރު ނަމުގައި ހޮނިހިރު ދުވަހުގެރޭ ކުރިއަށް ދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން މީކާއީލް ވިދާޅުވީ، ކޮންމެ ބޭފުޅަކު 2028 ގެ ރިޔާސީ ކެންޑިޑެސީ ކާމިޔާބު ކުރެއްވި ނަމަވެސް، އެ ބޭފުޅެއްގެ ފަހަތުގައި އެންމެ ގަދަކޮށް ހުންނާނެ އެކަކީ އޭނާ ކަމަށެވެ.

މީކާއީލް ވިދާޅުވީ، 2028 ގެ އިންތިޚާބު ކާމިޔާބު ކުރެވޭނީ ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި އޮވެގެން ކަމަށާއި، ޗެއަރޕަރސަންގެ ވޯޓުގައި ރައްޔިތުން ނިންމަންޖެހޭނީ މުހިއްމު ބޮޑު ނިންމުމެއް ކަމަށެވެ.

މީކާއީލް ވަނީ ލޯކަލް ކައުންސިލް އިންތިޚާބުގައި އާންމު މެމްބަރުންގެ ފަރާތުން ލިބިފައިވާ ކަންބޮޑުވުންތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ޕާޓީގެ ހިންގުމާ ގުޅޭގޮތުން އާންމު މެމްބަރުންގެ ފަރާތުން ލިބިފައިވާ ބައެއް ކަންބޮޑުވުންތަކަށް އޭނާ އަލިއަޅުވާލެއްވިއެވެ. މީކާއިލް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ފައިސާއަށް ވާ ގޮތް އޭނާ ރައްޔިތުންނަށް ހާމަކޮށްދެއްވަމުން ގެންދާނެއެވެ.

އަޅުގަނޑު ތިބޭފުޅުންނަށް އަރުވަން ބޭނުންވާ ޔަޤީންކަމަކީ މި އިންތިޚާބުގައި އަޅުގަނޑުމެން މި ކުރާ ހަމައެކަނި މަސައްކަތަކީ 2028 ގައި އެމްޑީޕީއަށް، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއަށް ތިބޭފުޅުންނަށް ވެރިކަން ހޯދަދޭން ކުރާ މަސައްކަތް، އިތުރު އެއްވެސް ކަމެއް ނޫން،
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް 

މީކާއިލް ވިދާޅުވީ، މި އިންތިޚާބުގައި ކުރާ ހަމައެކަނި މަސައްކަތަކީ 2028 ގައި އެމްޑީޕީއަށް ވެރިކަން ހޯދައިދިނުމުގެ މަސައްކަތް ކަމަށެވެ. އަދި އިންތިޚާބުން ކޮންމެ ކަހަލަ ނަތީޖާއެއް އައި ނަމަވެސް އެމްޑީޕީއާ ދުރަށް ވަޑައިނުގަންނަވާނެކަމަށް މީކާއިލް ވިދާޅުވިއެވެ.

 

މީކާއިލް ނަސީމްއެމްޑީޕީވެރިކަން

އިތުރަށް ކިޔާލަން

25 އެޕްރީލު 2026

އިންތިޚާބުތަކުން ރައީސް މުއިއްޒު ބަލިވީ ޕާޓީގެ މެމްބަރުންނާ ހެދިއެއް ނޫން، ބަލިވީ ފަލްސަފާއެއް ނެތުމުން: ރައީސް ނަޝީދު

25 އެޕްރީލު 2026
އިންތިޚާބުތަކުން ރައީސް މުއިއްޒު ބަލިވީ ޕާޓީގެ މެމްބަރުންނާ ހެދިއެއް ނޫން، ބަލިވީ ފަލްސަފާއެއް ނެތުމުން: ރައީސް ނަޝީދު
25 އެޕްރީލު 2026

އާޒިމަށް ޙަމަލާދޭ ވީޑިއޯ އެއް ރައީސަށް ފެނިވަޑައިގެންފި: ރައީސް އޮފީސް

25 އެޕްރީލު 2026
އާޒިމަށް ޙަމަލާދޭ ވީޑިއޯ އެއް ރައީސަށް ފެނިވަޑައިގެންފި: ރައީސް އޮފީސް
25 އެޕްރީލު 2026

މަސައްކަތް ފެށީ މި ވެރިކަން ބަދަލުކުރަން، އެހެންކަމަކާއި ވިސްނާނީ ވެސް ވެރިކަން ބަދަލުކޮށްފައި: ރައީސް ނަޝީދު

25 އެޕްރީލު 2026
މަސައްކަތް ފެށީ މި ވެރިކަން ބަދަލުކުރަން، އެހެންކަމަކާއި ވިސްނާނީ ވެސް ވެރިކަން ބަދަލުކޮށްފައި: ރައީސް ނަޝީދު
25 އެޕްރީލު 2026

މި ސަރުކާރުގެ ސިޔާސަތެއް ނެތް ވަރު މަގުމައްޗަށް އެކަނި ބަލާލިޔަސް އެނގޭނެ: ރީކޯ މޫސަ

25 އެޕްރީލު 2026
މި ސަރުކާރުގެ ސިޔާސަތެއް ނެތް ވަރު މަގުމައްޗަށް އެކަނި ބަލާލިޔަސް އެނގޭނެ: ރީކޯ މޫސަ
25 އެޕްރީލު 2026

ހަމަލާ ދިނުމާއި ގުޅިގެން މޭޔަރު އާޒިމްއަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރީގެ ރައީސް ސޯލިހު ގޮވާލައްވައިފި

25 އެޕްރީލު 2026
ހަމަލާ ދިނުމާއި ގުޅިގެން މޭޔަރު އާޒިމްއަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރީގެ ރައީސް ސޯލިހު ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު