Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިދާރީ ދާއިރާތައް ހިންގުން

އަތޮޅު ކައުންސިލު އުވާލައި، އަތޮޅުތައް ހިންގަން އުފެއްދި މިނިސްޓްރީ ވެސް އުވާލައިފި، ވީމާ އަތޮޅުތައް އިދާރީ ދާއިރާއެއްގެ ގޮތުގައި ހިންގުމަށް ޤާނޫނީ ހުސްކަމެއް އަންނާނެ: ސުއޫދު

އަތޮޅު ކައުންސިލްތަކުގެ ބާރުތައް ހަވާލުކުރި ވުޒާރާ އުވާލުމާ ގުޅިގެން، އަތޮޅުތައް ހިންގުމުގައި ގާނޫނީ އަދި އިދާރީ ހުސްކަމެއް އުފެދިފައިވާތީ ގާނޫނީ މާހިރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި. ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވި ގޮތުގައި މި ހުސްކަން ހައްލުކުރުމަށް ގާނޫނީ މަގަކުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 15 އެޕްރީލު 2026 | ބުދަ 08:05
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު | ރާއްޖެއެމްވީ

ޤާނޫނުއަސާސީގައިވާ އަތޮޅު ކައުންސިލުތައް އުވާލުމަށް ފަހު، އަތޮޅުތައް ހިންގަން ސަރުކާރުން އުފެއްދި މިނިސްޓްރީ ވެސް މިހާރު އުވާލާފައިވާތީ އަތޮޅުތައް އިދާރީ ދާއިރާއެއްގެ ގޮތުގައި ހިންގުމަށް ޤާނޫނީ ހުސްކަމެއް އަންނާނެކަމަށް ދެކިވަޑައިގަންނަވާކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ އަތޮޅު ކައުންސިލްތައް އުވާލައްވައި، އެ ކައުންސިލްތަކުގެ އިދާރީ ބާރުތައް ކައުންސިލްތަކާ ބެހޭ ވުޒާރާއަށް ބަދަލުކުރައްވައި، ބެލެހެއްޓުމުގެ ހުރިހާ ކަމެއް އެ މުއައްސަސާއެއްގެ ދަށަށް ޖަމާކުރައްވާފައެވެ. މި ނިންމުމާ މެދު އޭރުވެސް ބޮޑެތި ބަހުސްތަކެއް ކުރެވުނުއިރު، އަތޮޅު ފެންވަރުގެ ހިންގުން ނެތިދިއުމަކީ ލާމަރުކަޒީ ނިޒާމަށް ދެވޭ ގެއްލުމެއްގެ ގޮތުގައި އޭރުވެސް ގިނަ ބަޔަކު ދިޔައީ ސިފަކުރަމުންނެވެ.

Advertisement - newsAdvertisement

މިހާރު މި ހާލަތު މި ވަނީ އިތުރަށް ގޯސްވެފައެވެ. އެގޮތުން އަތޮޅު ކައުންސިލްތަކުގެ ބާރުތައް ހަވާލުކުރި ވުޒާރާވެސް އުވާލުމާ ގުޅިގެން، "އިދާރީ ހުސްކަމެއް" ވަނީ އުފެދިފައެވެ.

ގާނޫނީ މާހިރުން ފާހަގަކުރައްވާ ގޮތުގައި، މިފަދަ ހުސްކަމެއް އައުމަކީ ގާނޫނީ އަދި އިދާރީ ގޮތުން ކަންބޮޑުވުންތަކެއް އުފެދޭނެ ކަމެކެވެ. ޚާއްޞަކޮށް ލާމަރުކަޒީ އުސޫލުން ހިންގުމާއި ބާރުތައް ވަކިކުރުމުގެ އަސާސްތަކާ މެދު ސުވާލު އުފެދެއެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ވަނީ މި ކަންބޮޑުވުން ހިއްސާ ކުރައްވާފައެވެ. އެގޮތުން ސުއޫދު ވިދާޅުވީ، ރާއްޖޭގެ އަތޮޅުތައް ހިންގުން ހުސްކަމަކަށް އައުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށާއި، ޤާނޫނުއަސާސީގައިވާ އަތޮޅު ކައުންސިލުތައް އުވާލުމަށްފަހު، އަތޮޅުތައް ހިންގަން ސަރުކާރުން އުފެއްދި މިނިސްޓްރީވެސް މިހާރު އުވާލާފައިވާތީ އަތޮޅުތައް އިދާރީ ދާއިރާއެއްގެ ގޮތުގައި ހިންގުމަށް ޤާނޫނީ ހުސްކަމެއް އަންނާނެކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

އެހެންކަމުން އެ ހުސްކަން ޤާނޫނީ މަގަކުން ހަމަޖައްސަން ޖެހޭކަމަށް ޤަބޫލު ކުރައްވާކަމަށް ސުއޫދު ވިދާޅުވިއެވެ.

މިހާތަނަށް ސަރުކާރުގެ ފަރާތުން، މި ވަގުތީ ހާލަތުގައި އަމަލުކުރާނެ އޮނިގަނޑެއް ނުވަތަ މިހާރު އޮތް ހިންގުމުގެ އޮނިގަނޑުގެ ބަދަލުގައި ގެންނާނެ ދާއިމީ ރޭވުމެއްގެ ތަފްސީލީ މައުލޫމާތެއް އާންމުކޮށްފައެއް ނުވެއެވެ. މި ކަމުގައި ސާފުކަމެއް ނެތުމުން، އިދިކޮޅު ސިޔާސީ ފަރާތްތަކާއި މަދަނީ ޖަމިއްޔާތަކުން ދަނީ ކަންކަން ހާމަކުރުމަށާއި ކުރިއަށްދާނެ ސާފު މަގުޗާޓެއް ހުށަހެޅުމަށް ގޮވާލަމުންނެވެ.

ހުސްނުއްސުއޫދުއަތޮޅު ކައުންސިލް އިދާރާލާމަރުކަޒީ ނިޒާމުސިޓީސް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރަށްތަކާއި، ފަޅުތައް ހިއްކި ނަމަވެސް އެމަޝްރޫއުތަކުން އުފަލެއް ނެތްކަން ރައްޔިތުން ގަބޫލުކުރޭ: މެންބަރު ޒިޔާދު

ރަށްތަކާއި، ފަޅުތައް ހިއްކި ނަމަވެސް އެމަޝްރޫއުތަކުން އުފަލެއް ނެތްކަން ރައްޔިތުން ގަބޫލުކުރޭ: މެންބަރު ޒިޔާދު

12 އެޕްރީލު 2026
އެމްޑީޕީ ސަރުކާރުން ތުޅާދޫގައި އެޅި 100 ހައުސިން ޔުނިޓަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

އެމްޑީޕީ ސަރުކާރުން ތުޅާދޫގައި އެޅި 100 ހައުސިން ޔުނިޓަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

11 އެޕްރީލު 2026
ދިވެހިންގެ ކުރިމަތީގައި ރައީސް މުއިއްޒަށް ތާއީދު އޮތީ އެންމެ 30 އިންސައްތަ އަށް: ނިޔާޒް

ދިވެހިންގެ ކުރިމަތީގައި ރައީސް މުއިއްޒަށް ތާއީދު އޮތީ އެންމެ 30 އިންސައްތަ އަށް: ނިޔާޒް

11 އެޕްރީލު 2026
ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުތަކުގެ ނަތީޖާ ހޮނިހިރު ދުވަހު އިއުލާންކުރަނީ

ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުތަކުގެ ނަތީޖާ ހޮނިހިރު ދުވަހު އިއުލާންކުރަނީ

10 އެޕްރީލު 2026
ރާއްޖެތެރެ ދޫކޮށްލައި މުޅި ސަރުކާރުން މާލޭގެ ގޮނޑި ނެގުމުގެ މަސައްކަތުގައި

ރާއްޖެތެރެ ދޫކޮށްލައި މުޅި ސަރުކާރުން މާލޭގެ ގޮނޑި ނެގުމުގެ މަސައްކަތުގައި

01 އެޕްރީލު 2026

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު