Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިވިލް ސަވިރސް ކޮމިޝަން

ސިވިލް ސާވިސް މުވައްޒަފުންގެ ހެދުން އެޅުމަށް ގެނައި ބަދަލަކީ ރައްޔިތުންގެ ކޮންމެ ކަމެއް ސަރުކާރުން ކޮންޓްރޯލް ކުރުަމަށް ކުރާ އިތުރު މަސައްކަތަކެއް: ޝާހިދު

31 ޑިސެމްބަރު 2025 | ބުދަ 11:22

ގަވައިދުގައި ހެދުމުގެ ދިގުމިން، ފޮތީގެ ކުލަ، އަދި އިސްތަށިގަނޑުގެ ކުލަ ފަދަ ކަންކަން ވަނީ ކޮންޓްރޯލް ކޮށްފައި. ޝާހިދު ވިދާޅުވީ މިއީ އަންހެނުން އާންމު ކަންކަމުން ދުރުކޮށް ބިރުދެއްކުމުގެ މަސައްކަތެއް ކަމަށާއި، ސަރުކާރުން ކާމިޔާބީއެއް ދެއްކެން ނެތުމުން މިފަދަ ބިރު ދެެއްކުމުގެ އުކުޅުތައް ބޭނުން ކުރަނީ ކަމަށް.

ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2025 | ބުދަ 11:22
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުން

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުން

ސިވިލް ސާވިސް މުވައްޒަފުންގެ ހެދުން އެޅުމުގެ ގަވައިދަށް ގެނައި ބަދަލަކީ ރައްޔިތުންގެ އަމިއްލަ ދިރިއުޅުމުގެ ކޮންމެ ކަމެއް ސަރުކާރުން ކޮންޓްރޯލް ކުރުަމަށް ކުރާ އިތުރު މަސައްކަތަކެއް ކަމަށް ކުރީގެ ޚާރިޖީ ވަޒީރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، "މިއީ ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތުން،" ކަމަށެވެ.

Advertisement - newsAdvertisement

ސިވިލް ސާވިސް ގަވާއިދަށް ބަދަލު ގެނެސް ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުން އަޅާ ހެދުމުގެ ދިގުމިން ހުންނަންޖެހޭ ވަރުން ފެށިގެން ހެދުމުގެ ފޮތީގެ ކުލަ އާއި އިސްތަށިގަނޑުގެ ކުލަ އަށް ދަންދެން ވަނީ ގަވައިދަށް އަލަށް ގެނައި ބަދަލުގައި ހިމަނާފަ އެވެ.

އަންހެން މުވައްޒަފުން ލާ ހެދުން ބުޑުގެތިރީ ކައިރިން ފެށިގެން މައްޗަށް ދެ އިންޗިއަށްވުރެ ކުރުނުވާ ވަރަށް ހުންނަން ލާޒިމުވާ އިރު، އެމީހުން އަޅާ ހެދުމުގެ ފޮއްޗަކީ އޮފީހުގެ މާހައުލާ ގުޅޭ ފޮއްޗަކަށް ވާން ޖެހޭނެ ކަމަށާއި، ފަޓުލޫނު އަދި ހަރުވާޅު ނުވަތަ ޖެކެޓާއެކު ލާ ފަޓުލޫނު ނުވަތަ ހަރުވާޅަކީ އޮފީހުގެ މާހައުލާ ގުޅޭ ފޮއްޗަކުން ހުންނަ ހެދުމަށް ވެސް ވުން ލާޒިމުވެ އެވެ. އޭގެ އިތުރުން ހެދުމުގެ މަތީބައި، ގަމީސް އަދި ސޫޓު ޖެކެޓުގެ މަތީބައި އެއްވެސް ދިމާލާކުން ފަޅައިފައި ހުންނަނަމަ، ފަޅައިފައި ހުންނަބައި ހުންނަން ޖެހެނީ މައްޗަށް އަތް ދަމާލީމައި ހަށިގަނޑުގެ އެއްވެސް ތަނެއް ނުފެންނަ ގޮތަށް ވެސް ގަވައިދުގައިވެ އެވެ.

ކަރުވަޅު ނިވާވާގޮތަށް ހެދުން ހުންނަން ޖެހޭނެ ކަމަށް ބުނެފައިވުމުގެ އިތުރުން އަތްކުރު ހެދުމެއް ނަމަ އަތް ހުންނަން ޖެހޭނީ، އެ މީހެއްގެ ކޮނޑުހުޅާއި އުޅާބޮށްޓާ ދެމެދަށްވުރެ ކުރުނުވާ ވަރަށް ކަމަށާއި އަތް ދިގު ހެދުމެއް ނަމަ، ހެދުމުގެ އަތް ހުންނަން ޖެހޭނީ އަތުގެ ކުޑަހުޅަށްވުރެ ދިގުނުވާ ވަރަށް ކަމަށް ބުނެފައިވެ އެވެ.

އަންހެން މުވައްޒަފުންގެ ހެދުމުގެ ގޮތުގައި ދިގު ހެދުން ނުވަތަ ދިވެހި ލިބާސް ނުވަތަ އޮފީސް ހެދުން ބޭނުން ކުރާ ނަމަ، އެ ހެދުން ހުންނަން ޖެހެނީ ފައިގެ ތަނބިކަށްޓަ ވުރެ ކުރު ނުވާ ގޮތަށެވެ.

 އިސްތަށިގަނޑު ކަޅުކުރުން ފިޔަވައި، ފާޅުކަން ބޮޑު ކުލައެއް ޖެއްސުމަކީ ނުވަތަ ކުލައިން ޝޭޑްކޮށް ހައިލައިޓް ކުރުން ވަނީ މަނާކޮށްފަ އެވެ.

ޝާހިދު ވިދާޅުވީ، އަންހެނުންނަށް ވަކިން ޚާއްސަ ކޮށް ހެދުން އެޅުމުގެ މިންގަނޑު ހަރުކަށިކޮށްފައި ވުމަކީ ވަރަށް ސާފު މެސެޖެއް ދޭ ކަމެއް ކަމަށެވެ. - "މިއީ އަންހެނުން އާންމު ކަންކަމުން ދުރުކޮށް، އެފަރާތްތަކަށް ބިރުދެއްކުމުގެ މަސައްކަތެކެވެ."

އަޅުގަނޑުމެންނަށް ފެންނަމުން ދަނީ ޤާނޫނުއަސާސީން ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތައް ނިޒާމީ ގޮތެއްގައި ނިގުޅައިގަންނަމުންދާ މަންޒަރު ކަމަށާއި އަދި މިކަމަށް ނިމުމެއް ފެންނާކަށް ނެތް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ، ސަރުކާރަށް އެއްވެސް ކާމިޔާބީއެއް ދެއްކޭކަށް ނެތް ކަމަށާއި، އެއްވެސް ދާއިރާއަކުން މާނަހުރި ކުރިއެރުމެއް ހޯދިފައެއް ނުވާ ކަމަށެވެ. ސަރުކާރު ކުރިއަށްދަނީ އެއްވެސް މާނަހުރި މިސްރާބެއް ނުވަތަ އަމާޒެއް ނެތި ކަމަށާއި ދެއްކޭނެ އެއްވެސް ކާމިޔާބީއެއް ނެތުމުން، މިފަދަ ބިރުދެއްކުމުގެ އުކުޅުތައް ބޭނުން ކުރަނީ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ސިވިލް ސަވިރސް ކޮމިޝަން އެމްޑީޕީ ރައީސް އަބްދުﷲ ޝާހިދުހެދުން އެޅުމުގެ ގަވާއިދުއަންހެނުންގެ ހައްޤުތައް

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

3

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

4

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

5

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

އިތުރަށް ކިޔާލަން

31 ޑިސެމްބަރު 2025

ސިވިލް ސަރވިސް މުވައްޒަފުންގެ އިސްތަށިގަނޑުގައި ފާޅުކަން ބޮޑު ކުލަ ޖެއްސުމާ ޝޭޑް ކުރުން މަނާކޮށް، އަންހެން މުވައްޒަފުން ހެދުން އެޅުމުގައި ކަރުވަޅާއި، ބުޑުނިވާ ކުރަން ޖެހޭ ގޮތަށް ގަވާއިދު އިސްލާހު ކޮށްފި

31 ޑިސެމްބަރު 2025
ސިވިލް ސަރވިސް މުވައްޒަފުންގެ އިސްތަށިގަނޑުގައި ފާޅުކަން ބޮޑު ކުލަ ޖެއްސުމާ ޝޭޑް ކުރުން މަނާކޮށް، އަންހެން މުވައްޒަފުން ހެދުން އެޅުމުގައި ކަރުވަޅާއި، ބުޑުނިވާ ކުރަން ޖެހޭ ގޮތަށް ގަވާއިދު އިސްލާހު ކޮށްފި
04 ޑިސެމްބަރު 2025

ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

04 ޑިސެމްބަރު 2025
ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި
30 ނޮވެމްބަރު 2025

ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް

30 ނޮވެމްބަރު 2025
ބޮޑު ކުރި މުސާރައާއެކު ލީގަލް ގިނަ އޮފިސަރުން ގެ މުސާރައިން 7000 ރުފިޔާ ވީ މަދު، އަނެއްކާ ވެސް ޝަކުވާ ގެ ސިޓީއެއް ޕޭ ކޮމިޝަނަށް
21 ސެޕްޓެމްބަރު 2025

މީޑިއާތައް ކޮންޓްރޯލްކޮށް ދޮގު ހަބަރާއި ތެދު ހަބަރު ކަނޑައަޅާ ކޮމިޝަނުގެ ވަގުތީ ކޮމެޓީ އެކުލަވާލައިފި

21 ސެޕްޓެމްބަރު 2025
މީޑިއާތައް ކޮންޓްރޯލްކޮށް ދޮގު ހަބަރާއި ތެދު ހަބަރު ކަނޑައަޅާ ކޮމިޝަނުގެ ވަގުތީ ކޮމެޓީ އެކުލަވާލައިފި
07 ސެޕްޓެމްބަރު 2025

ނާސިހު ހިމެނޭހެން ސީއެސްސީއަށް 3 މެންބަރުން އައްޔަންކުރައްވައިފި

07 ސެޕްޓެމްބަރު 2025
ނާސިހު ހިމެނޭހެން ސީއެސްސީއަށް 3 މެންބަރުން އައްޔަންކުރައްވައިފި
19 އޯގަސްޓު 2025

އއ. އަތޮޅު ކައުންސިލް އެސްޖީ ޝަފީގު ސަސްޕެންޑް ކޮށްފި

19 އޯގަސްޓު 2025
އއ. އަތޮޅު ކައުންސިލް އެސްޖީ ޝަފީގު ސަސްޕެންޑް ކޮށްފި
25 ޖޫން 2025

އިންތިޚާބުތަކުގައި ވާދަކުރުމަށް އެމްޑީޕީގައި ފުރުސަތު އޮންނާނެ: ޝާހިދު

25 ޖޫން 2025
އިންތިޚާބުތަކުގައި ވާދަކުރުމަށް އެމްޑީޕީގައި ފުރުސަތު އޮންނާނެ: ޝާހިދު
21 އެޕްރީލު 2025

ރިޓަޔަރ ކުރުމުން ދޭ އިނާޔަތް ދިނުމުގައި މެމްބަރުންނާއި މިނިވަން މުއައްސަސާތަކާއި ދެމެދު ހުރި ބޮޑު ފަރަގުގެ ކަންބޮޑުވުން ބަންޑުންކޮށްލައިފި

21 އެޕްރީލު 2025
ރިޓަޔަރ ކުރުމުން ދޭ އިނާޔަތް ދިނުމުގައި މެމްބަރުންނާއި މިނިވަން މުއައްސަސާތަކާއި ދެމެދު ހުރި ބޮޑު ފަރަގުގެ ކަންބޮޑުވުން ބަންޑުންކޮށްލައިފި
20 އެޕްރީލު 2025

ސީއެސްސީގެ މެމްބަރުކަމަށް މުޖްތާޒް އައްޔަން ކުރައްވައިފި

20 އެޕްރީލު 2025
ސީއެސްސީގެ މެމްބަރުކަމަށް މުޖްތާޒް އައްޔަން ކުރައްވައިފި
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް