Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޓެންޑެންސް އެލަވަންސް

ރަމަޟާން މަހުގެ ފަހު 10 ބަންދުކޮށް، އެޓެންޑެންސް އެލަވަންސް ދިނުމާ ގުޅޭގޮތުން ގެނެސްފައިވާ ބަދަލަށް މުވައްޒަފުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި

ރަމަޟާން މަހުގެ ފަހު 10 ބަންދުވުމުގެ ކުރިން އަންނަ އެންމެ ފަހު ރަސްމީ ދުވަހު އޮފީހަށް ހާޒިރުނުވާ މުވައްޒަފުންނަށް، އެޓެންޑެންސް އެލަވަންސް ނުލިބޭނެ. ސިވިލް ސަރވިސް މުވައްޒަފެއް ބުނީ، އެ އުސޫލަށް މުވައްޒަފުން ހޭލުންތެރިނޫން ކަމަށާއި، އެކަން އެނގުނީ ވެސް އަހަރީ ޗުއްޓީގައި ތިބި މުވައްޒަފުންނަށް އެޓެންޑެންސް އެލަވަންސް ނުލިބޭނެކަން އެޗްއާރުން އެންގުމުން ކަމަށް. މި އުސޫލުގެ ދަށުން އަހަރީ ޗުއްޓީ ނުވަތަ ސަލާމުގައި ތިބޭ މުވައްޒަފުންނަށް ވެސް އެލަވަންސް ނުލިބޭނެތީ، މުވައްޒަފުންގެ މުސާރައަށް ބޮޑު އުނިކަމެއް އަންނާނެ.

އަމްނާ އިމާދު
އަމްނާ އިމާދު | 28 ފެބުރުއަރީ 2026 | ހޮނިހިރު 08:33
ޓްރާންޕޯޓް މިނިސްޓްރީގެ ސިވިލް ސަރވިސް މުވައްޒަފުންތަކެއް މަސައްކަތުގައި.

ޓްރާންޕޯޓް މިނިސްޓްރީގެ ސިވިލް ސަރވިސް މުވައްޒަފުންތަކެއް މަސައްކަތުގައި. | މިހާރު

ސަރުކާރުގެ މުވައްޒަފުންނަށް ރަމަޟާން މަހުގެ ފަހު 10 ބަންދުކޮށް، އެޓެންޑެންސް އެލަވަންސް ދިނުމާ ގުޅޭގޮތުން ގެނެސްފައިވާ ބަދަލަށް ގިނަ މުވައްޒަފުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.

އެޓެންޑަންސް އެލަވަންސް ދިނުމާ ގުޅޭގޮތުން ސިވިލް ސަރވިސްއިން ވަނީ މިދިޔަ ނޮވެންބަރު މަހު އުސޫލެއް އާއްމު ކޮށްފަ އެވެ. މި އުސޫލުގައިވާ ގޮތުން ރަމަޟާން މަހުގެ ފަހު 10 ސަރުކާރުން ބަންދުކުރާއިރު، އޭގެ ކުރިން އަންނަ ރަސްމީ އެންމެ ފަހު ދުވަހު އެއްވެސް ސަބަބަކާހުރެ އޮފީހަށް ހާޒިރުނުވާ ނަމަ މުވައްޒަފުންނަށް ބަންދު މުއްދަތުގައި އެޓެންޑެންސް އެލެވެންސް ނުލިބޭނެ ކަމަށެވެ. 

މިކަމާއި ގުޅިގެން ރާއްޖެއެމްވީއަށް ސިވިލް ސަރވިސް މުވައްޒަފެއް ބުނީ، އެ އުސޫލަށް މުވައްޒަފުން ހޭލުންތެރިނޫން ކަމަށާއި، އެކަން އެނގުނީ ވެސް އަހަރީ ޗުއްޓީގައި ތިބި މުވައްޒަފުންނަށް އެޓެންޑެންސް އެލަވަންސް ނުލިބޭނެކަން އެޗްއާރުން އެންގުމުން ކަމަށެވެ.

އެންގުމެއްގައި ބުނެފައި ވަނީ ރަމަޟާން މަހުގެ ފަހު 10 އަކަށް ބަންދުވުމުގެ ކުރިން އަންނަ ރަސްމީ އެންމެ ފަހު ދުވަހަކީ 8 މާރޗް 2026 ކަމަށެވެ. އަދި އެ ދުވަހު އާއިލީ ޒިންމާއެއް، ސަލާމެއް ނުވަތަ އެ ނޫން ވެސް އެއްވެސް ޗުއްޓީއެއްގައި ހުންނަ މުވައްޒަފަކަށް ވެސް ފަހު 10 ގައި އެޓެންޑެންސް އެލެވެންސް ނުލިބޭނެ ކަމަށެވެ. 

ރަމަޟާން މަހުގެ ފަހު 10 އަކީ ބަންދު ދުވަސްތަކެއްގެ ގޮތުގައި މިދިޔަ އަހަރު ވެސް ކަނޑައެޅި އެވެ. ނަމަވެސް އެޓެންޑެންސް އެލަވަންސް ދިފައިވެ އެވެ.

އެޓެންޑެންސް އެލަވަންސްގެ ގޮތުގައި ކޮންމެ ދުވަހަކަށް 65 ރުފިޔާ އާއި 300 ރުފިޔާއާ ދެމެދުގެ އަދަދަށް ރުފިޔާ ދެ އެވެ. އެކި ރޭންކްތަކަށް އެކި ވަރަށް އެލަވަންސްދޭއިރު، އޮފީހަށް ހާޒިރު ނުވެވޭ ނުވަތަ ޗުއްޓީގައި ތިބި މުވައްޒަފުންގެ މުސާރަ ވަރަށް ބޮޑަށް ކުޑަ ވެގެންދާނެ އެވެ.

އަންނަ މާރިޗު މަހުގެ 9 ވާ ހޯމަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ފަހުދިހައިގައި ސަރުކާރުގެ އޮފީސްތައް ބަންދުވާނެ ކަން 26 ފެބްރުއަރީ 2026 ގައި ރައީސް އޮފީހުން ވަނީ ހާމަކޮށްފަ އެވެ. 

ސިވިލް ސަރވިސްހާޒިރީ އިނާޔަތްރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2026

އައްޑޫ ސިޓީ އާއި އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫގެ އިދާރީ ދާއިރާތަކުގެ އިޚްތިޞާޞަށް ބަދަލު ގެނެސްފި

27 ފެބުރުއަރީ 2026
އައްޑޫ ސިޓީ އާއި އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫގެ އިދާރީ ދާއިރާތަކުގެ އިޚްތިޞާޞަށް ބަދަލު ގެނެސްފި
23 ފެބުރުއަރީ 2026

ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ވީ ކުޑަ، ބާވީސް ހާސް ލިބުނު މީހާ އަށް ލިބެނީ ސާދަހާސް ރުފިޔާ: އާޒިމް

23 ފެބުރުއަރީ 2026
ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ވީ ކުޑަ، ބާވީސް ހާސް ލިބުނު މީހާ އަށް ލިބެނީ ސާދަހާސް ރުފިޔާ: އާޒިމް
23 ފެބުރުއަރީ 2026

ރަމަޟާންމަހު ސިއްހީ ޚިދުމަތްތެރިންގެ މަސައްކަތު ގަޑި ތަފާތު ކުރާ ކަމަށް ބުނެ، ކަންބޮޑުވުން ފާޅުކޮށްފި

23 ފެބުރުއަރީ 2026
ރަމަޟާންމަހު ސިއްހީ ޚިދުމަތްތެރިންގެ މަސައްކަތު ގަޑި ތަފާތު ކުރާ ކަމަށް ބުނެ، ކަންބޮޑުވުން ފާޅުކޮށްފި
22 ފެބުރުއަރީ 2026

ސަރުކާރަށް ލަފާދޭ 3 ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ތަރުހީބު ނުލިބުމުން، ކޮމިޓީތަކަށް ކުރިމަތިލާން އިތުރު ފުރުސަތެއް ދެނީ

22 ފެބުރުއަރީ 2026
ސަރުކާރަށް ލަފާދޭ  3 ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ތަރުހީބު ނުލިބުމުން، ކޮމިޓީތަކަށް ކުރިމަތިލާން އިތުރު ފުރުސަތެއް ދެނީ
15 ފެބުރުއަރީ 2026

ސަރުކާރު ބައެއް މިނިސްޓްރީތަކުގެ މުވައްޒަފުންގެ ޖެނުއަރީ މަހުގެ ޕެންޝަން ފައިސާ ޖަމާ ނުވޭ

15 ފެބުރުއަރީ 2026
ސަރުކާރު ބައެއް މިނިސްޓްރީތަކުގެ މުވައްޒަފުންގެ ޖެނުއަރީ މަހުގެ ޕެންޝަން ފައިސާ ޖަމާ ނުވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު