Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕެންޝަން ފަންޑް

ސަރުކާރު ބައެއް މިނިސްޓްރީތަކުގެ މުވައްޒަފުންގެ ޖެނުއަރީ މަހުގެ ޕެންޝަން ފައިސާ ޖަމާ ނުވޭ

ސަރުކާރުން މުވައްޒަފުންގެ މުސާރައިން ބަރާބަރަށް ފައިސާ ކަނޑަމުންދިޔަ ނަމަވެސް ފަންޑަށް އެ ފައިސާ ޖަމާނުކުރާ މައްސަލަ މިހާރު ވަނީ ބޮޑުވެފައި.

ރާއްޖެ އެމްވީ | 15 ފެބުރުއަރީ 2026 | އާދީއްތަ 15:43
މޯލްޑިވްސް ފައިނޭންސް ފޯރަމް 2025 ގެ ޝަރަފުވެރި މެހެމާނު، މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޕްލޭނިންގ، މޫސާ ޒަމީރު، އެ ފޯރަމްގެ ބައިވެރިންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަނީ.

މޯލްޑިވްސް ފައިނޭންސް ފޯރަމް 2025 ގެ ޝަރަފުވެރި މެހެމާނު، މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޕްލޭނިންގ، މޫސާ ޒަމީރު، އެ ފޯރަމްގެ ބައިވެރިންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަނީ. | ޕެންޝަން އޮފީސް

ސަރުކާރު ބައެއް މިނިސްޓްރީ ތަކުގެ މުވައްޒަފުންގެ ޖެނުއަރީ މަހުގެ ޕެންޝަން ފައިސާ ޖަމާ ނުވާކަން މި ނޫހަށް އެނގިއްޖެ އެވެ.

މި މައްސަލަ ފެންމަތިވި އިރު ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ބައެއް ކުންފުނިތަކުގެ މުވައްޒަފުންގެ ޕެންޝަން ފައިސާ ގަވައިދުން ޖަމާ ނުވާ ކަމުގެ މައްސަލަ ވެސް ވަނީ ފެންމަތިވެފަ އެވެ.

Advertisement - newsAdvertisement

ސަރުކާރު ގެ މިނިސްޓްރީ އެއްގައި މަސައްކަތް ކުރާ ސިވިލް ސާވިސް ގެ އިސްވެރިޔަކު ނަން ނުޖެހުމަށް ޝަރުތު ކޮށް މި ނޫހަށް ކަށަވަރު ކޮށްދިން ގޮތުގައި އޭނާގެ ޕެންޝަން ފަންޑަށް ޖެނުއަރީ މަހު ފައިސާ ޖަމާވެފައެއް ނުވެ އެވެ.

"މުސާރައިން ފައިސާ ކަނޑާފައި އޮތީ، އެކަމަކު ފަންޑަށް ފައިސާ ޖަމަ އެއް ނުވޭ، މި މިނިސްޓްރީގެ އެހެން މުވައްޒަފުން ޗެކް ކުރި އިރު ވެސް ޖެނުއަރީ މަހު ފައިސާ ޖަމާ ނުވޭ،" އޭނާ ބުންޏެވެ.

މުވައްޒަފުންގެ ޕެންޝަން ފަންޑަށް ގަވައިދުން ފައިސާ ޖަމާ ނުވާ މައްސަލަ ބޮޑުވެފައިވާ އިރު މުވައްޒަފުންގެ މުސާރައިން ކަނޑާ ބައި ބަރާބަރަށް ކަނޑަމުންދާކަން ވަނީ ފާހަގަ ކުރެވިފަ އެވެ.

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމް.އާރް.ޕީ.އެސް) އަކީ ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ތައާރަފު ކުރެވިފައިވާ ސްކީމެކެވެ.

މި ސްކީމްގެ މައިގަނޑު އަމާޒަކީ މަސައްކަތްތެރިން ވަޒީފާއަދާކުރާ މުއްދަތުގައި ފަހަށް ފައިސާ ރައްކާކޮށް ރިޓަޔަރމަންޓަށްފަހު ކަނޑައެޅޭ އާމްދަނީއެއް ލިބޭނެ މަގުފަހިކުރުމެވެ. ވަޒީފާދޭ ފަރާތުންނާއި ވަޒީފާއަދާކުރާ ފަރާތުން ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި ކޮންމެ މަހަކު ސްކީމަށް ދައްކަނީ މުވައްޒަފުގެ އަސާސީ މުސާރައިގެ %7 (ދެ ފަރާތުން ޖުމްލަ %14) އެވެ. މި ސްކީމުން ޕެންޝަންގެ ގޮތުގައި ލިބޭނެ މިންވަރު ބިނާވާނީ، ޕެންޝަން ލިބޭ އުމުރު ހަމަވާއިރު އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގްސްގެ ގޮތުގައި ޖަމާވެފައި ހުރި އަދަދެއްގެ މައްޗަށެވެ.

ޕެންޝަން ފަންޑްސިވިލް ސަރވިސްޕެންޝަން އޮފީސް

ކޮމެންޓް

އިތުރަށް ކިޔާލަން

އެޑިޔުކޭޝަން މިނިސްޓްރީގެ މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާ ނުކުރާތާ ފަސް މަހަށްވުރެ ގިނަ ދުވަސް!

އެޑިޔުކޭޝަން މިނިސްޓްރީގެ މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާ ނުކުރާތާ ފަސް މަހަށްވުރެ ގިނަ ދުވަސް!

12 ފެބުރުއަރީ 2026
 އިގްތިސާދީ މާހިރުން ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާ ފައިސާ ޗާޕް ކުރުމުގެ މުއާމަލާތް، ޕެންޝަން ފަންޑުން ދިފާއުކޮށްފި

އިގްތިސާދީ މާހިރުން ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާ ފައިސާ ޗާޕް ކުރުމުގެ މުއާމަލާތް، ޕެންޝަން ފަންޑުން ދިފާއުކޮށްފި

04 ފެބުރުއަރީ 2026
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް އިސްތިއުފާ ދެއްވައިފި

ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް އިސްތިއުފާ ދެއްވައިފި

04 ފެބުރުއަރީ 2026
ރައީސް ނަޝީދު މި ސަރުކާރަށް: ރާއްޖޭގެ މާލިއްޔަތު ހަލާކު ނުކުރައްވާ! އަޅުގަނޑުމެން މިދަނީ ކަނުބަނދެވި ތިބެ އަނދަވަޅަކަށް ވެއްޓެން

ރައީސް ނަޝީދު މި ސަރުކާރަށް: ރާއްޖޭގެ މާލިއްޔަތު ހަލާކު ނުކުރައްވާ! އަޅުގަނޑުމެން މިދަނީ ކަނުބަނދެވި ތިބެ އަނދަވަޅަކަށް ވެއްޓެން

03 ފެބުރުއަރީ 2026
ވަގުތީ ޗެއަރމަނަކު އައްޔަނުކޮށް 2.4 ބިލިއަން ރުފިޔާ ޗާޕުކުރުމުގެ މުއާމަލާތަށް ޕެންޝަން ބޯޑުން ރުހުން ދީފި

ވަގުތީ ޗެއަރމަނަކު އައްޔަނުކޮށް 2.4 ބިލިއަން ރުފިޔާ ޗާޕުކުރުމުގެ މުއާމަލާތަށް ޕެންޝަން ބޯޑުން ރުހުން ދީފި

03 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު