Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގއ. އަތޮޅު ކައުންސިލް

ގއ. އަތޮޅު ކައުންސިލްގެ ދެ މުވައްޒަފަކު އެއް ދުވަހުން ފެށިގެން އަނެއް ދުވަހާ ހަމަ އަށް އެއްވެސް ބްރޭކެއް ނެތި މަސައްކަތް ކުރި ކަމަށް ބުނެ އިތުރުގަޑީގެ ފައިސާ ނަގައިފި

ގއ. އަތޮޅު ކައުންސިލްގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓުގައި ފާހަގަކޮށްފައި ވަނީ 20 މުވައްޒަފަކަށް 783،792 ރުފިޔާ އިތުރުގަޑީގެ ގޮތުގައި ދީފައިވާ ކަމަށާއި މިއީ އެ މުވައްޒަފުންގެ އަސާސީ މުސާރައިގެ 71 އިންސައްތަ ކަން. އޮޑިޓުގައި ބުނީ އިތުރުގަޑީގެ ފައިސާ ދިނުމުގައި ހަރުދަނާ އުސޫލުތަކެއް ގާއިމްކޮށްފައި ނުވާ ކަމަށާއި ބައެއް މުވައްޒަފުން 30 ގަޑިއިރަށްވުރެ ގިނަ އިތުރުގަޑި ހަދާފައިވާ ކަމަށް ރިޕޯޓުގައި ބުނޭ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2026 | އާދީއްތަ 18:03
ގއ. އަތޮޅު ކައުންސިލްގެ މުވައްޒަފުން

ގއ. އަތޮޅު ކައުންސިލްގެ މުވައްޒަފުން | ގއ. އަތޮޅު ކައުންސިލް

ގއ. އަތޮޅު ކައުންސިލުން 2024 ވަނަ އަހަރު އެ ކައުންސިލްގެ 20 މުވައްޒަފަކަށް 7 ލައްކައަށްވުރެ ގިނަ ރުފިޔާ އިތުރު ގަޑީގެ ގޮތުގައި ދީފައިވާ ކަމަށާއި، 2 މުވައްޒަފަކު ބްރޭކެއް ނުނަގާ 30 ގަޑި އިރު ވަންދެން އިތުރުގަޑީގައި މަސައްކަތް ކުރުމުން ވެސް ސުޕަވައިޒަރު އެޕްރޫވްކޮށްފައިވާ ކަމަށް އެ ކައުންސިލްގެ އޮޑިޓުގައި ބުނެފި އެވެ. 

ގއ. އަތޮޅު ކައުންސިލްގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓުގައި ބުނެފައި ވަނީ  މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ދިނުމުގައި ހަރުދަނާ އުސޫލުތަކެއް ގާއިމްކޮށްފައި ނުވާ ކަމަށެވެ. އޮޑިޓުގައި ބުނީ ސިވިލް ސަރވިސް ގަވާއިދު 2014 ގެ 163 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގައި އިތުރުގަޑީ ގައި ކުރާ މަސައްކަތަކީ، ރަސްމީ ގަޑީގައި އެކަނި ކޮށްގެން ނިމެން ނެތް ނުވަތަ އިދާރާގެ ފަރާތުން އަންގައިގެން ކުރަންޖެހޭ ހާއްސަ މަސައްކަތްތަކަށް ވާންޖެހޭ ކަމަށެވެ. 

Advertisement - newsAdvertisement

އެގޮތުން 2024 ވަނަ އަހަރު ކައުންސިލް އިދާރާގެ 20 މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާގެ ގޮތުގައި 783،792 ރުފިޔާ އިދާރާގެ ބަޖެޓުން ހަރަދުކޮށްފައިވާ އިރު މިއީ މި މުވައްޒަފުންގެ އަސާސީ މުސާރައިގެ 71 އިންސައްތަ ކަމަށް ފާހަގަ ކުރެވުނު ކަމަށް އޮޑިޓުގައި ބުނެފައިވެ އެވެ. 

އަދި މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ދީފައިވަނީ ސުޕަވައިޒަރުގެ އެޕްރޫލްވަލް އާއި އެކީ ކަމުގައިވީ ނަމަވެސް، އޮޑިޓުގެ ތެރެއިން ބެލިބެލުމުގައި އިތުރުގަޑީގެ ގޮތުގައި ލިޔެފައިވާ ގަޑިތަކަކީ ހަގީގަތުގައި ވެސް މަސައްކަތުގައި ހޭދަކުރި ވަގުތުތައް ކަމާއިމެދު ސުވާލު އުފެދޭ ކަމަށް އޮޑިޓުގައި ބުނެފައިވެ އެވެ. އެގޮތުން އޮޑިޓަރުން ސާމްޕަލް އުސޫލުން ބެލި އިދާރީ ދެ މުވައްޒަފެއްގެ އިތުރުގަޑީގެ ގޮތުގައި އެއް ދުވަހުން ފެށިގެން އަނެއް ދުވަހާ ހަމަ އަށް އެއްވެސް ބްރޭކެއް ނެތި އިތުރުގަޑި ލިޔެ އެޕްރޫވްކޮށްފައި ވާކަމަށް އޮޑިޓުގައި ބުނެފައިވެ އެވެ. 

އެގޮތުން ސާމްޕަލް ނެގި ދެ މުވައްޒަފުންގެ ތެރެއިން އެއް މުވައްޒަފަކު 16 ފެބްރުއަރީ 2024 ވަނަ ދުވަހުގެ މެންދުރު 1:19 އިން ފެށިގެން ޖެހިގެން އައި 17 ވަނަ ދުވަހުގެ ރޭގަނޑު 8:33 އާއި ހަމައަށް 31 ގަޑި އިރާއި 14 މިނިޓުގެ އިތުރުގަޑީގެ މަސައްކަތް ކުރިކަމަށް ސުޕަވައިޒަރު ވަނީ އެޕްރޫވް ކޮށްފަ އެވެ. އަދި ހަމަ އެ މުވައްޒަފު ވަނީ 22 ފެބްރުއަރީ 2024 ގެ ހަވީރު 4:01 އިން ފެށިގެން 23 ވަނަ ދުވަހުގެ ރޭގަނޑު 10:26 އާއި ހަމައަށް 30 ގަޑި އިރާއި 25 މިނެޓުގެ އިތުރުގަޑި ހަދާ ސުޕަވައިޒަރު އެ އިތުރު ގަޑި އެޕްރޫވްކޮށްފައިވެ އެވެ. 

މީގެ އިތުރުން އެހެން މުވައްޒަފަކު 26 އޮކްޓޯބަރު 2024 ގެ ހަވީރު 3:09 އިން 27 ވަނަ ދުވަހުގެ 4:49 އާއި ހަމައަށް 28 ގަޑި އިރުގެ އިތުރުގަޑީގެ މަސައްކަތް ކޮށްފައިވާ އިރު، އެ ވަގުތު ވެސް ސުޕަވައިޒަރު އޮތީ އެޕްރޫވް ކޮށްފަ އެވެ. 

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ މުވައްޒަފުން މަސައްކަތް ކޮށްފައިވާ ގަޑިތަކަކީ ހަގީގަތުގައި ވެސް މަސައްކަތް ކޮށްފައިވާ ގަޑިތަކެއްތޯ ޔަގީން ކުރުމަށާއި އިތުރުގަޑީގައި ކޮށްފައިވާ މަސައްކަތްތަކަކީ ރަސްމީ ގަޑީގައި ނިންމާ ނުލެވޭ ފަދަ މަސައްކަތްތަކެއްތޯ ބަލައި އެކަން ޔަގީން ކުރުމަށްފަހު މެނުވީ އިތުރުގަޑީގެ ފައިސާ ނުދިނުމަށް އަންގާފަ އެވެ. އަދި ކައުންސިލް އިދާރާގެ އިތުރު ގަޑީގެ މަސައްކަތްތައް ކުރުވުމާއި މޮނިޓަރ ކުރުމުގައި ގެންގުޅޭ އިންޓަރނަލް ކޮންޓްރޯލްސް ހަރުދަނާ ކުރުމަށް އަންގާފަ އެވެ. 

ސިވިލް ސަރވިސްގއ. އަތޮޅު ކައުންސިލްކޮމްޕްލަޔަންސް އޮޑިޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ގއ. އަތޮޅު ކައުންސިލުން ތައިލޭންޑަށް ކުރި ދަތުރުގައި 3 ލައްކައެއްހާ ރުފިޔާ ހަރަދު ކުރީ ފިނޭންސްގެ ސަރކިއުލާ އާއި ހިލާފަށް: އޮޑިޓް

ގއ. އަތޮޅު ކައުންސިލުން ތައިލޭންޑަށް ކުރި ދަތުރުގައި 3 ލައްކައެއްހާ ރުފިޔާ ހަރަދު ކުރީ ފިނޭންސްގެ ސަރކިއުލާ އާއި ހިލާފަށް: އޮޑިޓް

09 ޖެނުއަރީ 2026
ސިވިލް ސަރވިސް މުވައްޒަފުންގެ އިސްތަށިގަނޑުގައި ފާޅުކަން ބޮޑު ކުލަ ޖެއްސުމާ ޝޭޑް ކުރުން މަނާކޮށް، އަންހެން މުވައްޒަފުން ހެދުން އެޅުމުގައި ކަރުވަޅާއި، ބުޑުނިވާ ކުރަން ޖެހޭ ގޮތަށް ގަވާއިދު އިސްލާހު ކޮށްފި

31 ޑިސެމްބަރު 2025
ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބެންޖެހޭ 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން މަސައްކަތް ކޮށްފަ އެއް ނެތް: އޮޑިޓް

ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބެންޖެހޭ 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން މަސައްކަތް ކޮށްފަ އެއް ނެތް: އޮޑިޓް

17 ޑިސެމްބަރު 2025
މުއިއްޒު ސަރުކާރުން ބޮޑު ކުރި މުސާރަ އާ އެކު ލީގަލް އޮފިސަރުންގެ މުސާރަ އާއި އިނަޔާތްތައް ކުޑަވެ، 10 ތަނަކަށް ޕެޓިޝަން ހުށަހަޅައިފި

މުއިއްޒު ސަރުކާރުން ބޮޑު ކުރި މުސާރަ އާ އެކު ލީގަލް އޮފިސަރުންގެ މުސާރަ އާއި އިނަޔާތްތައް ކުޑަވެ، 10 ތަނަކަށް ޕެޓިޝަން ހުށަހަޅައިފި

10 ނޮވެމްބަރު 2025
2026ގެ ބަޖެޓަކީ ސަރުކާރުގެ ނާޗަރަންގީއަށް ރައްޔިތުންގެ ފައިސާއިން 64 ބިލިއަން ރުފިޔާ ހޭދަކުރަން ހުށަހެޅި ބަޖެޓެއް: ޣަފޫރު

2026ގެ ބަޖެޓަކީ ސަރުކާރުގެ ނާޗަރަންގީއަށް ރައްޔިތުންގެ ފައިސާއިން 64 ބިލިއަން ރުފިޔާ ހޭދަކުރަން ހުށަހެޅި ބަޖެޓެއް: ޣަފޫރު

10 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު