Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުލީ ރީޖަނަލް ހޮސްޕިޓަލް

މުލީގައި ޑެންގީ ޖެހިގެން 17 އަހަރުގެ ކުއްޖެއް ނިޔާވިއިރު، ހޮސްޕިޓަލްގައި ޓެސްޓްކުރާ ކިޓްތައް ހުރީ މުއްދަތު ހަމަވެފައި!

މުލީ ރީޖަނަލް ހޮސްޕިޓަލުގައި ޑެންގީ ޓެސްޓުކުރާ ކިޓްތަކުގެ މުއްދަތު ހަމަވެފައިވާތީ، ޑެންގީ އަށް ކަށަވަރު ނުކޮށް ފަރުވާ ދެމުންދާ ކަމަށް މައުލޫމާތު ލިބޭ. އޭނާ ބުނީ، އެރަށުގައި ޑެންގީގެ ކޭސްތައް އިތުރުވަމުންދާ ކަމަށާއި، މަދިރި އާލާވެ، ފެން އުފެދޭ ގޮތަށް ގިނަ ވަޅުތައް ހުރި ކަމަށް. އެއީ އެކިއެކި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ފައުންޑޭޝަން އެޅުމަށްޓަކައި ކޮނެފައި ހުރިތަންތަން ކަމަށް އޭނާ ބުނި. އެ ރަށުގައި ކުރިއަށްދާ މަޝްރޫއުތަކުގެ ސަބަބުން މަދިރި އާލާވާ ތަންތަން އިތުރުވެފައިވާއިރު، ބަލި ކޮންޓްރޯލް ކުރުމަށް ކަމާބެހޭ ފަރާތްތަކުގެ އެއްބާރުލުން ނުލިބޭ ކަމަށް މައުލޫމާތު ލިބޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 24 އެޕްރީލު 2026 | ހުކުރު 08:32
މުލީ ރީޖަނަލް ހޮސްޕިޓަލް. އެރަށުގެ ޑެންގީ ހުން ވަރަށް ބޮޑަށް ފެތުރެމުންދާ ކަމަށް މައުލޫމާތު ލިބޭ.

މުލީ ރީޖަނަލް ހޮސްޕިޓަލް. އެރަށުގެ ޑެންގީ ހުން ވަރަށް ބޮޑަށް ފެތުރެމުންދާ ކަމަށް މައުލޫމާތު ލިބޭ. | ސޯޝަލް މީޑިއާ

މ.މުލީގައި ޑެންގީ ހުން ޖެހިގެން ފަރުވާ ހޯދަމުން އައި 17 އަހަރުގެ އަންހެން ކުއްޖަކު ނިޔާވިއިރު، އެރަށު ރީޖަނަލް ހޮސްޕިޓަލްގައި ޑެންގީއަށް ޓެސްޓް ކުރާ ކިޓްތައް ހުރީ މުއްދަތު ހަމަވެފައިކަން ހާމަވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ނިޔާވީ އާއިޝަތު އަންޖަލް މުމްތާޒު ނަމަކަށް ކިޔާ ކުއްޖެކެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މިދިޔަ ހޮނިހިރު ދުވަހު މުލީ ރީޖަނަލް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން އެކުއްޖާއަށް ދިޔައީ ފަރުވާ ދެމުންނެވެ.

އިތުބާރު ހުރި ފަރާތަކުން ބުނީ، އެ ހޮސްޕިޓަލުގައި ޑެންގީ ޓެސްޓު ކުރަން ހުރި ކިޓްތައް ހުރީ މުއްދަތު ހަމަވެފައި ކަމަށާއި، މިހާރު ފަރުވާ ދެމުންދަނީ ޑެންގީކަން ކަށަވަރު ނުކޮށް ކަމަށެވެ. މިކަން ހެލްތް މިނިސްޓްރީގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށާއި، ހަފްތާއެއްހާ ދުވަސްވެފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އައު ކިޓްތައް ނުލިބޭ ކަމަށް އޭނާ ބުންޏެވެ. 

މީގެ އިތުރުން އޭނާ ބުނީ، އެރަށުގައި ޑެންގީގެ ކޭސްތައް އިތުރުވަމުންދާ ކަމަށާއި، މަދިރި އާލާވެ، ފެން އުފެދޭ ގޮތަށް ގިނަ ވަޅުތައް ހުރި ކަމަށެވެ. އެއީ އެކިއެކި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ފައުންޑޭޝަން އެޅުމަށްޓަކައި ކޮނެފައި ހުރިތަންތަން ކަމަށް އޭނާ ބުންޏެވެ. އަދި މިފަހުން އެރަށުގައި ޕޮލިސް ސްޓޭޝަން އިމާރާތް ކުރުމަށް ވެސް ކޮނެފައިހުރި ވަޅުގަނޑެއް ހުރި ކަމަށް އޭނާ ބުންޏެވެ. 

މަދަރި ކޮންޓްރޯލް ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރާކަން ފާހަގަކޮށް އޭނާ ބުނީ މިއީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި، ޕަބްލިކް ހެލްތުން ވެސް އެއްބާރުލުން ނުދޭ ކަމަށެވެ.

މިދުވަސްވަރު މުޅި ރާއްޖޭގައި ޑެންގީގެ ކޭސްތައް އިތުރުވަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފަ އެވެ. މުލީގައި 17 އަހަރުގެ އަންހެން ކުއްޖެއް ޑެންގީގައި ނިޔާވެފައިވާއިރު، 13 އޭޕްރީލް 2026 ގައި ށ. މިލަންދޫއަށް އުފަން 23 އަހަރުގެ ޒުވާނެއް ވެސް ވަނީ ނިޔާވެފަ އެވެ. 

ޑެންގީއަކީ ފުރާނައަށް ނުރައްކާވާ ބައްޔެކެވެ. ހުން އަންއިރަށް ފަރުވާ ކުޑަނުކޮށް ސިއްހީ އަވަސް ފަރުވާ ދޭން ޖެހެ އެވެ. 

މުލީ ރީޖަނަލް ހޮސްޕިޓަލްގައި ހުރި ޑެންގީ ކިޓްތައް މުއްދަތު ހަމަވުމުން، އެކަމަށް އެޓެންޑް ނުވެވި ހަފްތާއެއްހާ ދުވަސް ހޭދަވެފައިވާ އިރު ރާއްޖޭގެ ހުރިހާ ސިއްހީ ޚިދުމަތްދޭ ތަންތަން މި ސަރުކާރުން ވަނީ ދާދިފަހުން ސިދާ ސިއްހީ ވުޒާރާގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ސިއްހީ ވުޒާރާގެ ދަށަށް ތަންތަނުގެ އިދާރީ ހިންގުން ބަދަލުކުރުމުން އިދާރީ ގޮތުން ދިމާވާ މައްސަލަތަކާއި ވަސީލަތުގެ ގޮތުން ދިމާވާ މައްސަލަތަކަށް ނިމުމެއް އައީ ކަމަށް ސިއްހީ ވުޒާރާ އިން ވަނީ އޭރު ބުނެފަ އެވެ. އަދި ސިއްހީ މައްސަލަތަކަށް އެޓެންޑްވުމަށް ރައީސް އޮފީހުގައި ޑެސްކެއް ބަހައްޓާފައިވާ ކަމަށް ވެސް ހާމަ ކުރި އެވެ. ނަމަވެސް ރާއްޖޭގެ ރަށްތަކުގައި ޑެންގީ ފެތުރެމުންދާ އިރު އެކަމަށް އެންމެ އެކަށީގެންވާ އިޖާބަ އެއް ދިނުމަށް އަދި މިހާތަނަށް ކަމާއި ގުޅުން ހުރި އިދާރާތައް ވަނީ ނުކުޅެދިފަ އެވެ.

މުލިޑެންގީ އާއިޝަތު އަންޖަލް މުމްތާޒުމުލީ ރީޖަނަލް ހޮސްޕިޓަލްއެޗް.ޕީ.އޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ޑެންގީ ޖެހިގެން ރިޕޯޓް ކުރާ މިންވަރު އިތުރުވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ޑެންގީ ޖެހިގެން ރިޕޯޓް ކުރާ މިންވަރު އިތުރުވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

16 އެޕްރީލު 2026
ޑެންގީ ހުން ޖެހިގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ 23 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

ޑެންގީ ހުން ޖެހިގެން ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ 23 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

13 އެޕްރީލު 2026
މިދިޔަ އަހަރު ދުންފަތާ ދެކޮޅަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވި، 300ށް ވުރެ ގިނަ މީހުން ދުންފަތާ ދުރުވެފައިވޭ: އެޗްޕީއޭ

މިދިޔަ އަހަރު ދުންފަތާ ދެކޮޅަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވި، 300ށް ވުރެ ގިނަ މީހުން ދުންފަތާ ދުރުވެފައިވޭ: އެޗްޕީއޭ

09 އެޕްރީލު 2026
"އުދަރެސް" ބޯޓުން ގެއްލުނު މީހާ ފިލާގަނޑެއްގެ މަތީ ސަލާމަތުން އޮއްވައި ފެނިއްޖެ، އޭނާ އަށް ދަނީ ފަރުވާ ދެމުން!

"އުދަރެސް" ބޯޓުން ގެއްލުނު މީހާ ފިލާގަނޑެއްގެ މަތީ ސަލާމަތުން އޮއްވައި ފެނިއްޖެ، އޭނާ އަށް ދަނީ ފަރުވާ ދެމުން!

09 އެޕްރީލު 2026
ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ހޫނު ގަދަވުމުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެދެފި

ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ހޫނު ގަދަވުމުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެދެފި

24 މާރިޗު 2026

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު