Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައްޑޫ މޭޔަރު އަލީ ނިޒާރު

ސަރުކާރުން ދޭ ގްރާންޓުން މުވައްޒަފުންނަށް މުސާރަ ދީފަ ދެއްކެނީ ކަރަންޓު ބިލު އެކަނި، މުއްތަލިބު ވާހަކަދައްކަވަނީ ހަގީގަތް ނޭނގި ހުންނަވާ: މޭޔަރު ނިޒާރު

ކައުންސިލްތަކުން ޒިންމާ އަދާ ނުކުރާކަމަށް ވިދާޅުވެ ހައުސިންގ މިނިސްޓަރު ޑރ. މުއްތަލިބު ދެއްކެވި ވާހަކަތަކަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވަރުގަދަ ރައްދެއް ދެއްވައިފި. މޭޔަރު ވިދާޅުވީ ދައުލަތުން ދޭ ބްލޮކް ގްރާންޓުން މުސާރަ ދިނުމަށް ފަހު ބާކީވަނީ ކަރަންޓު ބިލު ދެއްކޭވަރުގެ ފައިސާކޮޅެއް ކަމަށާއި، މަގުތައް މަރާމާތުކުރަނީ ކައުންސިލުން އަމިއްލައަށް ހޯދާ އާމްދަނީން ކަމަށް. އަދި އައްޑޫގެ މަގުތައް ހެދުމަށް އާރްޑީސީއާ ހަވާލުކުރިތާ ދޮޅު އަހަރު ވީއިރު ވެސް އެ މަސައްކަތް ކުރިއަށް ދޭތޯ ސަރުކާރުން ބަލަމުން ނުދާކަމަށް ނިޒާރު ތުހުމަތުކުރެއްވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 15 އެޕްރީލު 2026 | ބުދަ 13:01
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު | ރާއްޖެއެމްވީ

ސަރުކާރުން ކައުންސިލް ތަކަށް ދޭ އާންމު ހިލޭ އެހީގެ ފައިސާ (ބްލޮކް ގްރާންޓް) އިން މުވައްޒަފުންނަށް މުސާރަ ދިނުމަށް ފަހު ދެއްކެނީ ކަރަންޓު ބިލު އެކަނި ކަމަށާއި ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވާހަކަދައްކަ ވަނީ ކަންކަމުގެ ހަގީގަތް ނޭނގި ހުންނަވައި ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި މިނިސްޓަރު ވަނީ މާލޭ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލުން ޒިންމާ އަދާ ނުކުރާ ކަމަށް ވިދާޅުވެ ކައުންސިލްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި އައްޑޫ ސިޓީ ކައުންސިލަށް ދައުލަތުން އެތައް ސަތޭކަ މިލިޔަން ރުފިޔާ އެއް ދޭ އިރު މަގުގައި ހުންނަ ޕޮޓްހޯލްތައް ހެދޭވަރުގެ މެކޭނިޒަމެއް ނެތް ކަމަށްވާނަމަ އެ ކައުންސިލް އޮތީ ފެއިލްވެފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

Advertisement - newsAdvertisement

އެކަމަށް ރައްދު ދެއްވައި ރާއްޖެއެމްވީ އާ ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވި މިނިސްޓަރު މުއްތަލިބަށް ދައުލަތުގެ ކަންކަން ހިނގާ ގޮތް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. 

މިނިސްޓަރަކަށް ދައުލަތުގެ މިކަންކަން ހިނގާ ގޮތެއް ނުއެއް އެނގޭ. ގްރާންޓަށް އެ ލިބޭ ލާރިކޮޅުން ކައުންސިލިގެ މުވައްޒަފުންގެ މުސާރަ ދީފަ ކަރަންޓް ބިލް އެކަނި ކަން ދެއްކެނީ އޭނައަކަށް ނޭނގޭ. އެކަން ނޭނގޭތީ ދައްކާ ވާހަކައެއް. މަގު މަރާމާތުކުރުމާ އެހެން ކަންކަން މި ކުރަނީ ކައުންސިލްގެ އާމްދަނީ އިން. އާމްދަނީ އިތުރު ކޮށްގެން. އެމްޑީޕީ އިން ގާނޫނަށް ގެނައި ބަދަލާއެކު ލިބުނު ލުއިތަކުގެ ތެރެއިން ލިބުނު ފުރުަސުތުގެ ތެރެއިން އަޅުގަނޑުމެން ހޯދާފަހުރި އާމްދަނީ އިން ކަންކަން ކުރަނީ. މަގު ހަދަނީ ވެސް އެ ލާރިން. ސަރުކާރަކުން ނުދޭ. ދޮޅު އަހަރު ވީ އާރްޑީސީ އާ މި މަސައްކަތް ހަވާލުކޮށްގެން އުޅޭތާ. ނުއެއް ބަލާ މަސައްކަތް ކުރޭތޯ ނުކުރޭތޯއެއް. 
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު

އައްޑޫ ލިންކް ރޯޑުގެ މަސައްކަތް އާރްޑީސީ އާ ހަވާލު ކޮށްފައިވާ ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވި އިރު މޭޔަރު ނިޒާރު ވިދާޅުވީ އެ މަސައްކަތް ސަރުކާރުން އެ ކުންފުންޏާ ހަވާލު ކޮށްފައި އޮންނަތާ މިހާރު ދޮޅު އަހަރު ވެއްޖެ ކަމަށެވެ. އެހެން ނަމަވެސް އެ މަސައްކަތް ކުރިއަށް ނުދާއިރު ސަރުކާރުން އެކަންކަން ހިނގާ ނުހިނގާ ގޮތް ވެސް ބަލައިނުލައި ކަމަށް މޭޔަރު ވިދާޅުވި އެވެ. 

ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު ވަނީ ކައުންސިލްތަކަކީ ހަމައެކަނި ރައްޔިތުންނާ ވާހަކަދައްކަން ތިބޭ ތަނެއްތޯ ސުވާލު ކޮށްފަ އެވެ. އަދި ކައުންސިލް ތަކުން ކުރަނީ ކީއްތޯ ވެސް މިނިސްޓަރު ވަނީ ސުވާލު އުފައްދަވާފަ އެވެ. 

ޑރ. އަބްދުﷲ މުއްތަލިބުއަލީ ނިޒާރުމާލޭ ސިޓީ ކައުންސިލްއާރްޑީސީބްލޮކް ގްރާންޓްއައްޑޫ ސިޓީ ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލަކީ ހަމައެކަނި ރައްޔިތުންނާ ވާހަކަދައްކަން ތިބޭ ބައެއް ތޯ؟ ކައުންސިލްތަކުން ކުރަނީ ކޮން ކަމެއް ތޯ؟ : މުއްތަލިބް

ކައުންސިލަކީ ހަމައެކަނި ރައްޔިތުންނާ ވާހަކަދައްކަން ތިބޭ ބައެއް ތޯ؟ ކައުންސިލްތަކުން ކުރަނީ ކޮން ކަމެއް ތޯ؟ : މުއްތަލިބް

15 އެޕްރީލު 2026
މަރާމާތު ކުރުމަށް ރަސްފަންނު ސަރަހައްދު ވަަގުތީ ގޮތުން ބަންދުކޮށްފި

މަރާމާތު ކުރުމަށް ރަސްފަންނު ސަރަހައްދު ވަަގުތީ ގޮތުން ބަންދުކޮށްފި

10 އެޕްރީލު 2026
އިންތިހާބާ ދިމާކޮށް އިމެއްނެތި ވަޒިފާތަކާ ޕްރޮމޯޝަން ދިނުމަށް ފަހު، ސަރުކާރު ކުންފުނިތަކަށް މީހުން ނެގުމާ ޕްރޮމޯޝަން ދިނުން ހުއްޓާލަން އަންގައިފި

އިންތިހާބާ ދިމާކޮށް އިމެއްނެތި ވަޒިފާތަކާ ޕްރޮމޯޝަން ދިނުމަށް ފަހު، ސަރުކާރު ކުންފުނިތަކަށް މީހުން ނެގުމާ ޕްރޮމޯޝަން ދިނުން ހުއްޓާލަން އަންގައިފި

09 އެޕްރީލު 2026
މޭޔަރުންގެ މެސެޖު ވަރަށް ސާފު: "ޚުދުމުހުތާރު ކަމަށް ފުރުސަތެއް ނެތް، ކުރިއަށް އޮތީ ރާއްޖެ އިތުރަށް ރަން ރީނދޫ ކުލައިން ފަވާލުން."

މޭޔަރުންގެ މެސެޖު ވަރަށް ސާފު: "ޚުދުމުހުތާރު ކަމަށް ފުރުސަތެއް ނެތް، ކުރިއަށް އޮތީ ރާއްޖެ އިތުރަށް ރަން ރީނދޫ ކުލައިން ފަވާލުން."

07 އެޕްރީލު 2026
ގޮންޖެހުންތަކާއި އެކު އެމްޑީޕީ އިން އައްޑޫގައި ހޯދި ކާމިޔާބީ އަކީ ރައްޔިތުންނަށްޓަކައި ރައްޔިތުން ހޯދި މޮޅެއް: ނިޒާރު

ގޮންޖެހުންތަކާއި އެކު އެމްޑީޕީ އިން އައްޑޫގައި ހޯދި ކާމިޔާބީ އަކީ ރައްޔިތުންނަށްޓަކައި ރައްޔިތުން ހޯދި މޮޅެއް: ނިޒާރު

05 އެޕްރީލު 2026

އަހަރުތަކުން މިއަދު

10 މެއި
ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް
20242 އަހަރު ކުރިން
ރިޕޯޓު

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!
20233 އަހަރު ކުރިން
ރިޕޯޓު

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު