Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެ ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލުން މުއްތަލިބަށް: މާރުކޭޓު ހުސްކުރަން ސަރުކާރުން އެންގީ ރޯދަ މަހާ ދިމާކޮށް ވިޔަފާރިތަކަށް ދަތިވާނެހެން، އައު ގޮޅިތައް މިދަނީ ހަމަޖައްސަމުން

15 އެޕްރީލު 2026 | ބުދަ 14:22

މާލޭގެ މަގުތައް ހެދުމުގައި ސިޓީ ކައުންސިލުން އެއްބާރުލުން ނުދޭކަމަށް ހައުސިންގް މިނިސްޓަރު ވިދާޅުވި ވާހަކަތަކަށް އެ ކައުންސިލުން ވަރުގަދަ ރައްދެއް ދީފި. ކައުންސިލުން ބުނީ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ދުނިޔޭގެ ފެންވަރުގެ ޕަމްޕުތައް ބަހައްޓައި ކާނުތައް ސާފުކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާ ކަމަށް. ބޮޑުތަކުރުފާނު މަގުގެ މަޝްރޫއަކީ ވެސް ކައުންސިލުން ފާސްކޮށްފައިވާ ކޮންސެޕްޓެއް ކަމަށް. އަދި ކައުންސިލްގެ މެޖޯރިޓީ މިހާރު އޮތީ ސަރުކާރު ހިންގާ ޕީއެންސީއަށް ކަމަށްވާއިރު، އެއްބާރުލުން ނުދޭކަމަށް ބުނެ މިނިސްޓަރު ހެއްދެވީ އިތުރުފުޅެއް ކަމަށް ވެސް ކައުންސިލުން ބުނެފައިވޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 15 އެޕްރީލު 2026 | ބުދަ 14:22
މާލެ ސިޓީ ކައުންސިލަރުންގެ ބައްދަލުވުމެއްގެ ތެރެއިން

މާލެ ސިޓީ ކައުންސިލަރުންގެ ބައްދަލުވުމެއްގެ ތެރެއިން | މާލެ ސިޓީ ކައުންސިލް

މި ސަރުކާރުން މަގު ހަދަމުންދާއިރު މާލެ ސިޓީ ކައުންސިލުން ސަރުކާރަށް އެއްބާރުލުން ނުދޭ ކަމަށް ވިދާޅުވެ ހައުސިންގް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ދެއްކެވި ވާހަކައަށް މާލެ ސިޓީ ކައުންސިލުން ވަރުގަދަ ރައްދެއް ދީފި އެވެ. 

ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާލެ ސިޓީ ކައުންސިލަށް ފާޑުވިދާޅުވެ މިނިސްޓަރު ވިދާޅުވީ މާލޭގެ މަގުތަކުގައި ފެންބޮޑުވުމުން އެކަމާ ގުޅުންހުރި ކަންކަން ވެސް ހައްލު ކޮށްދޭން ޖެހެނީ ދައުލަތުން ކަމަށެވެ. އަދި ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއަށް މާލޭ ސިޓީ ކައުންސިލުން އެއްބާރުލުން ނުދޭ ކަމަށް ތުހުމަތު ކުރައްވައި، މިނިސްޓަރު ވިދާޅުވީ މަގު ފުޅާކުރުމަށް ޓަކައި މާރުކޭޓު ނަގަން އެދި ތަކުރާރުކޮށް ސިޓީ ފޮނުވުމުން ވެސް އެކަން ކޮށްފައި ނުވާތީ، އެ ސަރަހައްދުގެ މަގު ނިންމަން ޖެހުނީ ޕޭވްމަންޓާ ނުލައި ކަމަށެވެ. 

Advertisement - newsAdvertisement

މިކަމަށް ރައްދުދެއްވައި އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ސިޓީ ކައުންސިލްގެ ހެޑް އޮފް ކޮމިއުނިކޭޝަންސް އާމިނަތު ޝަތުފާ ޝަފީއު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ވަނީ ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ދުނިޔޭގެ ފެންވަރުގެ ދެ ޕަމްޕު ހޯދާފައި ކަމަށާ މި ޕަމްޕުތައް މިހާރު ވެސް ދަނީ ވަރަށް ފުރިހަމައަށް މަސައްކަތް ކުރަމުން ކަމަށެވެ. މީގެ ކުރިން ހައުސިންގ މިނިސްޓްރީން މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ ގޮތުން މަޖީދީ މަގުގެ 8 ސަރަހައްދެއްގައި ވަރަށް ބޮޑަށް ފެންބޮޑުވުމުގެ މައްސަލަ ކުރިމަތިވި ނަމަވެސް، ސިޓީ ކައުންސިލުން މިހާރު ވަނީ އެ މައްސަލަތައް ހައްލު ކޮށްފައި ކަމަށް ވެސް ޝަތުފާ ވިދާޅުވި އެވެ. 

މަޖީދީމަގަކީ ރައީސް މުއިއްޒު ހައުސިންގް މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރު އަލުން ތަރައްގީކުރި މަގަކަށް ވީނަމަވެސް، އެ މަގަށް ވެސް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހި މޭޔަރުގެ އިރުޝާދުގެ ދަށުން މިހާރު ބަދަލުތައް ގެނަސްފައިވާ ކަމަށާއި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި 45،000 އަށްވުރެ ގިނަ ކާނު މިހާތަނަށް ސިޓީ ކައުންސިލުން ސާފު ކޮށްފައިވާ ކަމަށް އޭނަ ވިދާޅުވި އެވެ. އަދި މިއީ މެދުނުކެނޑި ކުރިއަށްދާ ޕްރޮގްރާމެއް ކަމަށާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ކައުންސިލަށް ބޭނުންވާ ރޯޑް ބްލޮކްތަކާއި ގައު ފޯރުކޮށްދިނުމަށް ދެކޮޅު ހަދަމުންދާ ދަނޑިވަޅެއްގައި ވެސް، މަގުތައް މަރާމާތުކުރުމުގެ މަސައްކަތް ކައުންސިލުން ދަނީ ހުއްޓުމެއް ނެތި ކުރަމުން ކަމަށް ޝަތުފާ ވިދާޅުވި އެވެ. 

ޝަތުފާ ވިދާޅުވީ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ކޮންސެޕްޓަކީ މާލެ ސިޓީ ކައުންސިލުން ފާސްކޮށްފައިވާ ކޮންސެޕްޓެއް ކަމަށެވެ. ރަމަޟާން މަހުގެ ތެރޭގައި މާރުކޭޓު ގޮޅިތައް ހުސްކުރުމަށް ސަރުކާރުން އެންގި އެންގުމަކީ އެ ދަނޑިވަޅުގައި ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަކަށް ވުމާއެކު ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް އަޑުއަހައި، އެކަން ރަމަޟާން މަސް ނިމުމުން ކުރަން ފަސްކުރި ނަމަވެސް އަލަށް ތަރުތީބުކުރެވޭ ގޮޅިތަކުން އެ ފަރާތްތަކަށް ޖާގަ ލިބޭނެ އިންތިޒާމުތައް މިހާރު ހަމަޖައްސާފައި ވާ ކަމަށެވެ. 

އެހެންކަމުން މަގުތައް ތަރައްގީކުރުމަށް މާލެ ސިޓީ ކައުންސިލުން އެއްބާރުލުން ނުދޭކަމަށް ބުނުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށް އޭނާ ވިދާޅުވި އެވެ. ޝަތުފާ ވިދާޅުވީ ބޮޑުތަކުރުފާނު މަގުގެ މަޝްރޫއަކީ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއެއް ކަމަށެވެ. އަދި އެ މަޝްރޫއަށް ބޭނުންވާ ފައިސާ ހޯދުމާއި، ޑިޒައިން ކުރުމާއި، ޕްލޭން ކުރުމުގެ ހުރިހާ މަސައްކަތެއް ނިންމާފައި ވަނީ މޭޔަރު އާދަމް އާޒިމް އެމްޓީސީސީގެ ސީއީއޯގެ މަގާމުގައި ހުންނެވި ދުވަސްވަރުގައި ކަމަށް ވެސް ވިދާޅުވި އެވެ. 

އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އޭނާ ވިދާޅުވީ މާލެ ސިޓީ ކައުންސިލްގައި މިހާރު އޮތީ ޕީއެންސީގެ މެޖޯރިޓީއެއް ކަން ކަމަށެވެ. އެހެންކަމުން މިނިސްޓަރު އެ ވިދާޅުވަނީ ޕީއެންސީގެ ފުލް ކޮންޓްރޯލް އޮތް ބަޔަކު މި ސަރުކާރަށް އެއްބާރުލުން ނުދޭ ވާހަކަތޯ ކަމަށް ޝަތުފާ ސުވާލު އުފެއްދެވި އެވެ. 

ޑރ. އަބްދުﷲ މުއްތަލިބުމާލޭ ސިޓީ ކައުންސިލްއައިމިނަތު ޝަތުފާ ޝަފީއުއާދަމް އާޒިމް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

15 އެޕްރީލު 2026

ސަރުކާރުން ދޭ ގްރާންޓުން މުވައްޒަފުންނަށް މުސާރަ ދީފަ ދެއްކެނީ ކަރަންޓު ބިލު އެކަނި، މުއްތަލިބު ވާހަކަދައްކަވަނީ ހަގީގަތް ނޭނގި ހުންނަވާ: މޭޔަރު ނިޒާރު

15 އެޕްރީލު 2026
ސަރުކާރުން ދޭ ގްރާންޓުން މުވައްޒަފުންނަށް މުސާރަ ދީފަ ދެއްކެނީ ކަރަންޓު ބިލު އެކަނި، މުއްތަލިބު ވާހަކަދައްކަވަނީ ހަގީގަތް ނޭނގި ހުންނަވާ: މޭޔަރު ނިޒާރު
15 އެޕްރީލު 2026

ކައުންސިލަކީ ހަމައެކަނި ރައްޔިތުންނާ ވާހަކަދައްކަން ތިބޭ ބައެއް ތޯ؟ ކައުންސިލްތަކުން ކުރަނީ ކޮން ކަމެއް ތޯ؟ : މުއްތަލިބް

15 އެޕްރީލު 2026
ކައުންސިލަކީ ހަމައެކަނި ރައްޔިތުންނާ ވާހަކަދައްކަން ތިބޭ ބައެއް ތޯ؟ ކައުންސިލްތަކުން ކުރަނީ ކޮން ކަމެއް ތޯ؟ : މުއްތަލިބް
10 އެޕްރީލު 2026

މަރާމާތު ކުރުމަށް ރަސްފަންނު ސަރަހައްދު ވަަގުތީ ގޮތުން ބަންދުކޮށްފި

10 އެޕްރީލު 2026
މަރާމާތު ކުރުމަށް ރަސްފަންނު ސަރަހައްދު ވަަގުތީ ގޮތުން ބަންދުކޮށްފި
07 އެޕްރީލު 2026

މޭޔަރުންގެ މެސެޖު ވަރަށް ސާފު: "ޚުދުމުހުތާރު ކަމަށް ފުރުސަތެއް ނެތް، ކުރިއަށް އޮތީ ރާއްޖެ އިތުރަށް ރަން ރީނދޫ ކުލައިން ފަވާލުން."

07 އެޕްރީލު 2026
މޭޔަރުންގެ މެސެޖު ވަރަށް ސާފު: "ޚުދުމުހުތާރު ކަމަށް ފުރުސަތެއް ނެތް، ކުރިއަށް އޮތީ ރާއްޖެ އިތުރަށް ރަން ރީނދޫ ކުލައިން ފަވާލުން."
06 އެޕްރީލު 2026

ވެރިކަމުގައި ތިބި ފަރާތްތަކަށް ހީވީ ދައުލަތް ބަންޑުން ޖަހާލައިގެން ކޮންމެ ކަމެއްވެސް ކުރެވިދާނެ ކަމަށް، ރައްޔިތުން ތިބީ އެހެނެއް ނޫން: އާޒިމް

06 އެޕްރީލު 2026
ވެރިކަމުގައި ތިބި ފަރާތްތަކަށް ހީވީ ދައުލަތް ބަންޑުން ޖަހާލައިގެން ކޮންމެ ކަމެއްވެސް ކުރެވިދާނެ ކަމަށް، ރައްޔިތުން ތިބީ އެހެނެއް ނޫން: އާޒިމް
06 އެޕްރީލު 2026

ރައްޔިތުންނަށް ކަމެއް ކޮށްދެއްވުމުގެ ބަދަލުގައި ރައީސް އަވަދިނެތި އުޅުއްވަނީ ލިބިފައިވާ ވެރިކަމާއި ބާރު ދެމެހެއްޓޭނެ ގޮތްތައް ހޯދަން: އާޒިމް

06 އެޕްރީލު 2026
ރައްޔިތުންނަށް ކަމެއް ކޮށްދެއްވުމުގެ ބަދަލުގައި ރައީސް އަވަދިނެތި އުޅުއްވަނީ ލިބިފައިވާ ވެރިކަމާއި ބާރު ދެމެހެއްޓޭނެ ގޮތްތައް ހޯދަން: އާޒިމް
05 އެޕްރީލު 2026

5 މޭޔަރުންނަށް އިތުރު ފުރުސަތެއް ރައްޔިތުން ދިނީ އެމްޑީޕީގެ މޭޔަރުކަމުގައި ރަނގަޅު ލީޑަރޝިޕެއް ދައްކާފައިވާތީ: އާޒިމް

05 އެޕްރީލު 2026
5 މޭޔަރުންނަށް އިތުރު ފުރުސަތެއް ރައްޔިތުން ދިނީ އެމްޑީޕީގެ މޭޔަރުކަމުގައި ރަނގަޅު ލީޑަރޝިޕެއް ދައްކާފައިވާތީ: އާޒިމް
04 އެޕްރީލު 2026

ސިޓީތަކުން ބުނީ އެމްޑީޕީގެ މޭޔަރުންނާއި އެކު ކުރި ތަޖުރިބާ ރަނގަޅު ކަމަށް: ހުރިހާ ގޮނޑި އެއް އެމްޑީޕީ އަށް!

04 އެޕްރީލު 2026
ސިޓީތަކުން ބުނީ އެމްޑީޕީގެ މޭޔަރުންނާއި އެކު ކުރި ތަޖުރިބާ ރަނގަޅު ކަމަށް: ހުރިހާ ގޮނޑި އެއް އެމްޑީޕީ އަށް!
02 އެޕްރީލު 2026

ޕީއެންސީގެ މެދު ހެންވޭރު ދާއިރާގެ ސްޓިއަރިން ކޮމިޓީގެ ރައީސް އެމްޑީޕީ އާއި ގުޅިވަޑައިގަންނަވައިފި

02 އެޕްރީލު 2026
ޕީއެންސީގެ މެދު ހެންވޭރު ދާއިރާގެ ސްޓިއަރިން ކޮމިޓީގެ ރައީސް އެމްޑީޕީ އާއި ގުޅިވަޑައިގަންނަވައިފި
02 އެޕްރީލު 2026

ދެ އިންތިހާބު އެއްކުރަނީ ރައްޔިތުން އަތުގައި ވޯޓުލުމުގެ ބާރު އޮތުމުން އެ އުނދަގޫ ސަރުކާރަށް ވާތީ: އާޒިމް

02 އެޕްރީލު 2026
ދެ އިންތިހާބު އެއްކުރަނީ ރައްޔިތުން އަތުގައި ވޯޓުލުމުގެ ބާރު އޮތުމުން އެ އުނދަގޫ ސަރުކާރަށް ވާތީ: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް