Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޑރ. އަބްދުﷲ މުއްތަލިބު

ކައުންސިލަކީ ހަމައެކަނި ރައްޔިތުންނާ ވާހަކަދައްކަން ތިބޭ ބައެއް ތޯ؟ ކައުންސިލްތަކުން ކުރަނީ ކޮން ކަމެއް ތޯ؟ : މުއްތަލިބް

ރަށްރަށުގެ މަގުތައް މަރާމާތުކޮށް ބެލެހެއްޓުމަކީ ކައުންސިލްތަކުގެ ޒިންމާއެއް ކަމަށް ހައުސިންގް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ. ދައުލަތުން ބޮޑެތި ގްރާންޓްތައް ދޭއިރު މަގުތަކުގެ ކުދި މަރާމާތުތައް ނުކުރެވޭނަމަ ކައުންސިލްތައް ފެއިލްވެފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި. މީގެ އިތުރުން އައްޑޫ ލިންކް ރޯޑުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވާ ކަމަށާއި، ވަރަށް އަވަހަށް އަމަލީ މަސައްކަތް ފެށޭނެ ކަމަށްވެސް މަޖިލީހުގައި މިނިސްޓަރު ވިދާޅުވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 15 އެޕްރީލު 2026 | ބުދަ 11:15
ހައުސިންގް މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބް

ހައުސިންގް މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބް | މަޖިލިސް

މާލޭ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލްތަކުގެ ޒިންމާ އަދާ ނުކުރާ ކަމަށް ވިދާޅުވެ ހައުސިންގް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެ ކައުންސިލްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ. 

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިނިސްޓަރު މުއްތަލިބު ހާޒިރުކޮށްފައިވާއިރު މިނިސްޓަރާ ސުވާލު ކުރެއްވުމުގެ ވަގުތުގައި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވަނީ އައްޑޫ ލިންކް ރޯޑުގެ މަސައްކަތާ ގުޅޭގޮތުން ސުވާލު ކުރައްވާފަ އެވެ. 

Advertisement - newsAdvertisement

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް މިހާރު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލު ކުރެވިފައިވާ ކަމަަށެވެ. އަދި ވަރަށް އަވަހަށް އެކަމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރަށްރަށުގެ މަގުތައް މަރާމާތުކޮށް ބެލެހެއްޓުމަކީ ސަރުކާރުގެ މިނިސްޓްރީ އަކުން ކުރަން ޖެހޭ ކަންކަން ނޫން ކަމަށެވެ. އެއީ އެ ރަށަކަށް އިންތިޚާބުކޮށްފައިވާ ކައުންސިލްތަކުގެ ޒިންމާ އެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

އެހެންކަމުން އައްޑޫ ސިޓީ ކައުންސިލަށް ދައުލަތުން އެތައް ސަތޭކަ މިލިޔަން ރުފިޔާއެއް ދޭ އިރު މަގުގައި ހުންނަ ޕޮޓްހޯލްތައް ހެދޭވަރުގެ މެކޭނިޒަމެއް ނެތް ކަމަށްވާނަމަ އެ ކައުންސިލް އޮތީ ފެއިލްވެފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

ރަށްރަށުގައި ހުންނަ މެއިންޓެއިންކޮށް ބެލެހެއްޓުމަކީ އެއީ އެެރަށެއްގައި އިންތިހާބުކޮށްފައި އޮންނަ ކައުންސިލެއްގެ ޒިންމާއެއް. އެހެންވީމާ އައްޑޫ ސިޓީ ކައުންސިލަށް އެތައް ސަތޭކަ މިލިޔަން ރުފިޔާއެއް ދައުލަތުން ދޭ އިރުގައި މަގުގައި ހުންނަ ޕޮޓްހޯލްތައް ހެދޭވަރުގެ މެކޭނިޒަމެއް ނެތް ކަމަށް ވެއްޖެއްޔާ އަޅުގަނޑަށް ހީވަނީ ކައުންސިލް އެއޮތީ ފެއިލްވެފައި ހެން،
ހައުސިންގް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު

މާލެ ސިޓީ ކައުންސިލަށް ފާޑުވިދާޅުވެ މިނިސްޓަރު ވިދާޅުވީ މާލޭގެ މަގުތަކުގައި ފެންބޮޑުވުމުން އެކަމާ ގުޅުންހުރި ކަންކަން ވެސް ހައްލު ކޮށްދޭން ޖެހެނީ ދައުލަތުން ކަމަށެވެ. 

މިނިސްޓަރު ވަނީ ދައުލަތުން ކައުންސިލްތަކަށް ބޮޑެތި އަދަދުން ބްލޮކް ގްރާންޓްގެ ގޮތުގައި ފައިސާ ދޭއިރު ކުރަނީ ކޮން ކަމެއްތޯ ވެސް ސުވާލުކުރައްވައި، ވިދާޅުވީ ކައުންސިލްތަކަކީ ހަމައެކަނި ރައްޔިތުންނާ ވާހަކަދައްކަން ތިބޭ ބައެއް ތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި ކައުންސިލްތަކުން އަމަލީ ގޮތުން ކުރަނީ ކޮން މަސައްކަތެއް ތޯ ވެސް މިނިސްޓަރު އެއްސެވި އެވެ. 

ޑރ. އަބްދުﷲ މުއްތަލިބުމާލޭ ސިޓީ ކައުންސިލްއަޙްމަދު ދީދީއައްޑޫ ލިންކް ރޯޑުރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންއައްޑޫ ސިޓީ ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

 ބޭރުން ރޯޑް އިންޖިނިއަރެއް ގެނެސްގެން އަމީނީ މަގުގައި އަލުން ތާރު އަޅަނީ

ބޭރުން ރޯޑް އިންޖިނިއަރެއް ގެނެސްގެން އަމީނީ މަގުގައި އަލުން ތާރު އަޅަނީ

11 އެޕްރީލު 2026
މަރާމާތު ކުރުމަށް ރަސްފަންނު ސަރަހައްދު ވަަގުތީ ގޮތުން ބަންދުކޮށްފި

މަރާމާތު ކުރުމަށް ރަސްފަންނު ސަރަހައްދު ވަަގުތީ ގޮތުން ބަންދުކޮށްފި

10 އެޕްރީލު 2026
މޭޔަރުންގެ މެސެޖު ވަރަށް ސާފު: "ޚުދުމުހުތާރު ކަމަށް ފުރުސަތެއް ނެތް، ކުރިއަށް އޮތީ ރާއްޖެ އިތުރަށް ރަން ރީނދޫ ކުލައިން ފަވާލުން."

މޭޔަރުންގެ މެސެޖު ވަރަށް ސާފު: "ޚުދުމުހުތާރު ކަމަށް ފުރުސަތެއް ނެތް، ކުރިއަށް އޮތީ ރާއްޖެ އިތުރަށް ރަން ރީނދޫ ކުލައިން ފަވާލުން."

07 އެޕްރީލު 2026
އެޗްޑީސީގެ ޑީއެމްޑީގެ މަގާމުން އަސްބާހު ވަކިކޮށްފި

އެޗްޑީސީގެ ޑީއެމްޑީގެ މަގާމުން އަސްބާހު ވަކިކޮށްފި

06 އެޕްރީލު 2026
އެމްޑީޕީގެ ޖަލްސާ ކުރިއަށްދަނިކޮށް މާފަންނުން ކަރަންޓު ކަނޑާލައިފި، ސްޓެލްކޯ އިން ބުނީ ޓެކްނިލަކް މައްސަލަ އެއް ކަމަށް.

އެމްޑީޕީގެ ޖަލްސާ ކުރިއަށްދަނިކޮށް މާފަންނުން ކަރަންޓު ކަނޑާލައިފި، ސްޓެލްކޯ އިން ބުނީ ޓެކްނިލަކް މައްސަލަ އެއް ކަމަށް.

31 މާރިޗު 2026

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު