Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެދުއިރުމަތި

އިރާނުން ތަންތަނަށް ޙަމަލާދީފިއޭ ކިޔަމުންދަނީ ޤައުމުތައް ހަނގުރާމައިގެ ތެރެއަށް ވެއްދުމަށް އެމެރިކާއިން ހިންގާ ޕްރޮޕަގެންޑާގެ ދަށުން: ސްޓޭޓް މިނިސްޓަރ ސިއްދީޤު

21 މާރިޗު 2026 | ހޮނިހިރު 18:13

އީރާނުން ހަމަލާދެނީ އަދިވެސް ބައިނަލް އަޤްވާމީ މިންގަނޑު ގެ ތެރެއިންކަން ފާހަގަ ކުރައްވައި ސިއްދީޤު ވަނީ އެމެރިކާ އާއި އިޒުރޭލުން އީރާނަށް ހަމަލާދެނީ ހުރިހާ ގާނޫނާ ތަކާ ޚިލާފަށް ކަމަށް ވިދާޅުވެ، އެއީ ޓެރަރިސްޓް ހަމަލާތަކެއްކަމަށް ވިދާޅުވެފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 މާރިޗު 2026 | ހޮނިހިރު 18:13
ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަހުމަދު ސިއްދީޤު

ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަހުމަދު ސިއްދީޤު | އެކްސް

 

އިރާނަކީ އިސްވެ ޤައުމުތަކަށް ޙަމަލާދޭ ޤައުމެއް ނޫން ކަމަށާއި، އިރާނުން ތަންތަނަށް ޙަމަލާދީފިއޭ ކިޔަމުންދަނީ އެހެނިހެން ޤައުމުތައް ހަނގުރާމައިގެ ތެރެއަށް ވެއްދުމަށް އެމެރިކާއިން ހިންގާ ޕްރޮޕަގެންޑާގެ ދަށުންކަމަށް ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަހުމަދު ސިއްދީޤު ވިދާޅުވެއްޖެއެވެ.

Advertisement - newsAdvertisement

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ސިއްދީޤު ވަނީ އަރަބި އިސްލާމީ ގައުމުތަކުގެ ސަރުކާރުތަކުގެ ވެރިން އެމެރިކާގެ އަތްދަށުވެ ފިތުމަކީ އިސްލާމީ އުއްމަތަށް ލިބޭ ވަރަށްބޮޑު ނިކަމެތިކަމެއްކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ، އެކަމާ ކަންބޮޑުވަނީ ހަމައެކަނި މުސްލިމުންނެއް ނޫން ކަމަށާއި، އެއީ ދުނިޔޭގެ ސުލްޙަ ދެމިއޮތުމާމެދު ވިސްނާ ކޮންމެ މީހެއްގެވެސް ކަންބޮޑުވުމެއް ކަމަށެވެ.

ސިއްދީޤު ވިދާޅުވީ، އީރާނުން ރާއްޖޭގެ ދެކުނުން އޮންނަ ޑިއޭގޯގާސިއާއަށް ހަމަލާދޭން އުޅުނު ކަމަށް ބުނަމުންދާ ބުނުމުގެ އަސާސެއް އޮތްކަމަށްވެސް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެގޮތުން އެ ޚަބަރަށް ބަލާއިރު، އެއީ އީރާނަށް ހަމަލާދިނުމަށް ހުޅަނގުގެ ގައުމުތައް އެމެރިކާއާއި ބައިއަތު ހިފުވައި، ހަގުރާމައިގެ ތެރެއަށް އެހެން ގައުމުތައް ވެއްދުމަށް ހިންގާ ޕްރޮޕަގެންޑާއަކާ ވައްތަރުކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސިއްދީޤު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއް

ސިއްދީޤު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއް

ސިއްދީޤު ފާހަގަ ކުރެއްވި ގޮތުގައި އީރާނަކީ އެމީހުން ހަމަލާ ދިނުމުގެ ކުރިން އިންޒާރު ދީފައި ހަމަލާދޭ ގައުމެކެވެ. އަދި އީރާނުން ހަމަލާދެނީ އަދިވެސް ބައިނަލް އަޤްވާމީ މިންގަނޑު ގެ ތެރެއިންކަން ފާހަގަ ކުރައްވައި އޭނާ ވަނީ އެމެރިކާ އާއި އިޒުރޭލުން އީރާނަށް ހަމަލާދެނީ ހުރިހާ ގާނޫނާ ތަކާ ޚިލާފަށް ކަމަށް ވިދާޅުވެ، އެއީ ޓެރަރިސްޓް ހަމަލާތަކެއްކަމަށް ވިދާޅުވެފައެވެ.

އެ ޚަބަރަށް ބަލާއިރު، އެއީ އީރާނުން އެމީހުންގެ މިސައިލް ކެޕޭސިޓީއާ ބެހޭގޮތުން ކުރިން ހާމަކޮށްފައިވާ ރާސްތާއަށްވުރެ ދުރުރާސްތާ ހަތިޔާރު އީރާނުގެ އަތުގައި ހުރިކަމަށް ދުނިޔެއަށް ދެއްކުމަށް ފަހު އެއީ ބަހަނާއަކަށް ހަދައި، އީރާނަށް ހަމަލާދިނުމަށް ހުޅަނގުގެ ގައުމުތައް އެމެރިކާއާއި ބައިއަތު ހިފުވައި، ހަގުރާމައިގެ ތެރެއަށް އެހެންގައުމުތައް ވެއްދުމަށް ހިންގާ ޕްރޮޕަގެންޑާ އަކާ ވަރަށް ވައްތަރު
އަހުމަދު ސިއްދީޤު

އެމެރިކާއާ ދެކޮޅަށް ސަރުކާރުގެ ސްޓޭޓު މިނިސްޓަރަކު ފާޅުގައި ހޫނު ބަހުގެ ހަމަލާތަކެއް ދީފައިވީނަމަވެސް، މި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަރުކާރުން މިހާތަނަށް ދެމުންދަނީ ފިނި ޖަވާބުތަކެއްކަން ފާހަގަ ކުރެވެއެވެ. ވަކިން ޚާއްސަކޮށް އެމެރިކާ ކުށްވެރިކޮށް ވާހަކަ ދެއްކުމަށް ސަރުކާރުން ފަސްޖެހެމުންދާއިރު، އިރާނަށް އެމެރިކާއިން ދެމުންދާ ޙަމަލާތައް ކުށްވެރިކުރަންވެސް ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ.

 

 

 

މެދުއިރުމަތީ ސުލްހައެމެރިކާ-ދިވެހިރާއްޖެހޯމްލޭންޑް ސެކިއުރިޓީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

21 މާރިޗު 2026

މި ސަރުކާރުގެ ހޯމްލޭންޑް ސެކިއުރިޓީ ސްޓޭޓް މިނިސްޓަރު ސިއްދީޤު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ!

21 މާރިޗު 2026
މި ސަރުކާރުގެ ހޯމްލޭންޑް ސެކިއުރިޓީ ސްޓޭޓް މިނިސްޓަރު ސިއްދީޤު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ!
19 މާރިޗު 2026

މިސަރުކާރުގެ ކޮރަޕްޝަނާއި ވައްކަމާ ގުޅިގެން ހިންދެމިނުލެވޭ، މި ނޫން ރާއްޖެއެއް ރައްޔިތުންނަށް އެމްޑީޕީން ހޯދައިދޭނެ: ޝިފާޒު

19 މާރިޗު 2026
މިސަރުކާރުގެ ކޮރަޕްޝަނާއި ވައްކަމާ ގުޅިގެން ހިންދެމިނުލެވޭ، މި ނޫން ރާއްޖެއެއް ރައްޔިތުންނަށް އެމްޑީޕީން ހޯދައިދޭނެ: ޝިފާޒު
15 މާރިޗު 2026

"އަރަބި ޤައުމުތަކުގެ ތެޔޮހޮޅިތައް ކާށިދޫ ކަނޑުން ނެރެން ޖެހުނަސް އަޅުގަނޑުމެން އެކަން ކުރާނަން"

15 މާރިޗު 2026
"އަރަބި ޤައުމުތަކުގެ ތެޔޮހޮޅިތައް ކާށިދޫ ކަނޑުން ނެރެން ޖެހުނަސް އަޅުގަނޑުމެން އެކަން ކުރާނަން"
14 މާރިޗު 2026

ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑުކަން ފާހަގަ ކުރައްވައި މިވަގުތަށް ފިޔަވަޅުތަކެއް އެޅުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

14 މާރިޗު 2026
ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑުކަން ފާހަގަ ކުރައްވައި މިވަގުތަށް ފިޔަވަޅުތަކެއް އެޅުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
13 މާރިޗު 2026

ފްލައިޓުތަކުގެ 30% ގެއްލުމުން އެކަން ފޫބައްދަން އިންޑިއާ، ޗައިނާ އަދި ރަޝިޔާ މާކެޓުން ފްލައިޓްތައް އިތުރު ކުރަނީ

13 މާރިޗު 2026
ފްލައިޓުތަކުގެ 30% ގެއްލުމުން އެކަން ފޫބައްދަން އިންޑިއާ، ޗައިނާ އަދި ރަޝިޔާ މާކެޓުން ފްލައިޓްތައް އިތުރު ކުރަނީ
02 މާރިޗު 2026

ތެލާއި ކާބޯތަކެއްޗަށް ދަތިކަމެއް ނާންނާނެ، އެކަން އޮތީ ހަމަޖެހިފައި: ރައީސް މުއިއްޒު

02 މާރިޗު 2026
ތެލާއި ކާބޯތަކެއްޗަށް ދަތިކަމެއް ނާންނާނެ، އެކަން އޮތީ ހަމަޖެހިފައި: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް