Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއެމްޑީޕީގެ ސިލްސިލާ މުޒާހަރާ

އެމްޑީޕީގެ ސިލްސިލާ މުޒާހަރާ: ފެނުނީ ކަނބަލުންގެ އިސްނެގުމާއި ކެރުން

ސަރުކާރުގެ އިސްރާފާއި ކޮރަޕްޝަން އިތުރުވެފައިވާ ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީން ފެށި ސިލްސިލާ މުޒާހަރާތަކުގައި އެ ޕާޓީގެ އަންހެން މެންބަރުން އިސްދައުރެއް އަދާކުރަމުންދާކަން ފާހަގަކުރެވޭ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 17 އެޕްރީލު 2026 | ހުކުރު 14:01
އެމްޑީޕީ އިން ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން

އެމްޑީޕީ އިން ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން | އެމްޑީޕީ

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓާއި ސަރުކާރުގެ ފަރާތުން ހުށަހަޅައިގެން ނެގި ފެންނަ ނުފެންނަ ވޯޓުން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި މުޅި ރާއްޖެ އިން ސަރުކާރަށް ނޫނެކޭ ބުނެފި އެވެ. ސާފުވާ ކަމަކީ ރައްޔިތުންގެ އިތުބާރާއި ތާއީދު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ނެތްކަމެވެ. 

އެ ނިންމުން ދިވެހި ރައްޔިތުން ނިންމާން ޖެހުނު ސަބަބުތައް ބައިވަރެވެ. ދައުލަތުގެ މާލިއްޔަތުން ނުހަނު ބޮޑަށް އިސްރާފުކުރުން އިތުރުވެފައިވާ އިރު އާއްމު މީހާ ދައްކާ ވާހަކަ ސަރުކާރަށް ނީވޭ ކަހަލަ އެވެ. ނުވިތާކަށް، ސަރުކާރުގެ ތެރޭގައި ވައްކަމާއި، ކަރަޕްޝަން އިންތިހާ އަށް ފެތުރުމުން އެކަން ހުއްޓުވަން ސަރުކާރު އޮތީ ނުކުޅެދިފަ އެވެ. ކަން މިހެން އޮތް އިރު 12 ޑިމާންޑަކާއި އެކު އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ އިން މި ވަނީ ސިލްސިލާ މުޒާހަރާތަކެއް ފަށާފަ އެވެ.

ބުރާސްފަތި ދުވަހުގެ ރޭގެ މުޒާހަރާ ކަވަރކުރަން ނޫސްވެރި އެއްގެ ހައިސިއްޔަތުން ގޮސް ހުރި އިރު އަޅުގަނޑަށް ފާހަގަކުރެވުނު ކަމެއްގެ ވާހަކަ ބުނެލާނަމެވެ. ފެނުނީ އެމްޑީޕީ ކަނބަލުންގެ އިސްނެގުމާއި ކެރުމެވެ. މުޒާހަރާގައި އެއްވާނަކަށް ހިފާފައި ހުރީ ކަނބަލުންގެ އަޑެވެ. ސަރުކާރެއް ޒިންމާދާރުކުރުވުމަށް ނުކުމެ ތިބި ކަނބަލުން ގަދަ އަޑުން ކިޔައި ދިނީ މުޒާހަރާ ކުރަން މަޖުބޫރު ކުރުވި ސަބަބެވެ.

ރައްޔިތުންގެ އުދާސްތައް ކަނބަލުން ބަންޑުންކޮށްލީ ތަފާތު މޭރުމަކުންނެވެ. ބައެއް މީހުންގެ އަޑުން މާޔޫސްކަމުގެ އަޑު ފާޅުވި އިރު އަނެއް ބަޔަކު އަޑު އުފުލީ ސަރުކާރުގެ ނޭއްގާނިކަމުންދާ ތުރާލާއި ވޭނުގެ އުނދަނގޫ ބޮޑުކަން ދޭހަކޮށްދޭ މޭރުމަކުންނެވެ. މުޒާހަރާގެ ކަނބަލުންގެ ފަރާތުން ފެނުނީ މުޅި މުޒާހަރާގެ ފޯރި އިތުރަށް ކައްކާލާ ފަދަ ވަރުގަދަ ޖޯޝެކެވެ.

މުޒާހަރާގެ އެކި ހިސާބުތަކުގައި، އެ ކަނބަލުން އައީ ދައުލަތުގެ އިދާރީ ހިންގުން ބަލިކަށިވެ ދޯދިޔާވެ މުޅި ދައުލަތުން ހެޔޮވެރިކަމެއްގެ ސިފަ ގެއްލިފައިވާކަމަށް ބުނަން ޖެހޭ ސަބަބު ހާމަކޮށް ކިޔާދެމުންނެވެ. އެމްޑީޕީގެ އާއްމު މީހާ އިން ފެށިގެން އަލަށް ހޮވުނު ޑަބްލިއުޑީސީގެ މެމްބަރުންނާއި އިންތިޚާބީ ކައުންސިލަރުންގެ ތެރޭގައި ތިބި ކަނބަލުންގެ އަޑުން މުޅި ސަރަހައްދު އޮތީ ގުގުމާލަފަ އެވެ. ލިބުނު ހަނި ފުރުސަތާއި އެކު މުޒާހަރާކުރުމުގައި ވަރުބަލިކަމެއް ނެތި ކަނބަލުން ދެއްކީ ނަމޫނާ ހިތްވަރެވެ.

އެއްބަޔަކު ގޮވަމުން ދިޔައީ ވެރިކަން ނުކުރެވޭ ނަމަ ރައްޔިތުން އެދޭ ގޮތަށް ގެއަށް ދިއުމަށެވެ. އަނެއް ބަޔަކު ގޮވަމުން ދިޔައީ ބާރުތައް އެކެއްގެ މުށުތެރެއަށް ޖަމާކޮށްގެން ތިބެން ފުރުސަތު ނުދޭނެ ވާހަކަ އެވެ. ފުލުހުން މުޒާހަރާގެ ސަފުތައް ފޫއަޅުވާލަން މަސައްކަތް ކުރި ކޮންމެ ވަގުތެއްގައި އަނިޔާ ނުކުރުމަށް ގޮވާލާ އުފުލި އަޑުތައް އެމްޑީޕީގެ ކަނބަލުން އިތުރަށް ގަދަކޮށްލުން ވެގެން ދިޔައީ މުޒާހަރާގެ ފޯރި އިތުރަށް ގަދަވެގެން ދިޔަ ކަމަކަށެވެ. އާއްމުންގެ ޝުއޫރުތައް ކަނބަލުން އިއްވަމުން ދިޔައީ އަސަރާއި އެކުގަ އެވެ.

ކަން ނުވެ ނަން ވާ ވެރިންނާއި، މޮޅެތި ހެޑްލައިން ހަދާ ޕަރފޯރމަންސް ދަށް ވެރިންނަށް އެ ކަނބަލުންގެ ހޫނު ބަހުގެ ހަމަލާތަކެއް އަމާޒުވި އެވެ. އަދި ސުލްހަވެރި ސިޔާސީ ހަރަކާތަށް ފުރުސަތު ދިނުމަށް ގޮވާލާ ކަނބަލުން ދެއްކި ވާހަކަތަކުން އެމްޑީޕީގެ ޖޯރު ހުރި ސަފުތަކުގައި ކަނބަލުން ފަހަތަށް ނުޖެހޭނެކަން ކިތަންމެހާ ވެސް ރަނގަޅަކަށް ފަހުމުވި އެވެ. މުޒާހަރާގެ ބައިވެރިން ފަހަތަށް ކޮށްޕާ ގަޅުވާލާ ކޮންމެ ފަހަރަކު، މައިކުގައި ހިފި ކަނބަލުން މުޒާހަރާގެ އަޑު ގަދަކޮށްލީ ބައިވެރިންނަށް ވެސް އިތުރު ހިތްވަރެއް ދެމުންނެވެ. 

މުޒާހަރާ އިން ފެނުނީ އެމްޑީޕީގެ ރަން ރީނދޫ ލަޝްކަރުގައި ކަނބަލުން ދޫދޭނެ ބަޔަކަށް ނުވާނެ ކަމެވެ. މުޒާހަރާތަކުގައި ވެސް ތަފާތު ދައްކާނެ ބަޔަކަށް މި ކަނބަލުން ވާނެ ކަމެވެ.

ޑރ. މުޙައްމަދު މުޢިއްޒުއެމްޑީޕީލޯކަލް ކައުންސިލް އިންތިޚާބު 2026ޑަބްލިއުޑީސީ

އިތުރަށް ކިޔާލަން

17 އެޕްރީލު 2026

ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރު މާދަމާ: ވޯޓު ލާނީ މާލެ އާއި ދެވަނަ ބުރުގެ ވޯޓުލާ ރަށްރަށުގައި އެކަނި

17 އެޕްރީލު 2026
ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރު މާދަމާ: ވޯޓު ލާނީ މާލެ އާއި ދެވަނަ ބުރުގެ ވޯޓުލާ ރަށްރަށުގައި އެކަނި
17 އެޕްރީލު 2026

ރައީސް މުއިއްޒު ރަނގަޅު ކުރަން އޮތީ އެންމެ ކަމެއް، އެއީ ތެދުބަހުން ވާހަކަ ދެއްކުން: ޒިޔާދު

17 އެޕްރީލު 2026
ރައީސް މުއިއްޒު ރަނގަޅު ކުރަން އޮތީ އެންމެ ކަމެއް، އެއީ ތެދުބަހުން ވާހަކަ ދެއްކުން: ޒިޔާދު
17 އެޕްރީލު 2026

މި ސަރުކާރުން ކިތަންމެ ވަރަކަށް ޑިފެންސަށް ކުޅުއްވިޔަސް، ރައްޔިތުންގެ އިތުބާރެއް ދެން ނުލިބޭނެ: ތަޒްމީލް

17 އެޕްރީލު 2026
މި ސަރުކާރުން ކިތަންމެ ވަރަކަށް ޑިފެންސަށް ކުޅުއްވިޔަސް، ރައްޔިތުންގެ އިތުބާރެއް ދެން ނުލިބޭނެ: ތަޒްމީލް
16 އެޕްރީލު 2026

ޑަބްލިއުޑީސީ ލ.މާވަށް: މާއިސާ ހުރީ ގުޅިގެން ކަނބަލުންގެ ކުރިއެރުމަށް މަސައްކަތް ކުރަން ތައްޔާރަށް

16 އެޕްރީލު 2026
ޑަބްލިއުޑީސީ ލ.މާވަށް: މާއިސާ ހުރީ ގުޅިގެން ކަނބަލުންގެ ކުރިއެރުމަށް މަސައްކަތް ކުރަން ތައްޔާރަށް
15 އެޕްރީލު 2026

ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް މުންދު

15 އެޕްރީލު 2026
ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް މުންދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު