Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ މުޒާހަރާ

އެމްޑީޕީގެ ސިލްސިލާ މުޒާހަރާ: މުޒާހަރާގެ ބައިވެރިންނަށް އަނިޔާކޮށް، މަސްލަހަތު ނަގާލަން ފުލުހުންގެ ތެރެއިން ބަޔަކު މަސައްކަތްކޮށްފި

ބައެއް ފުލުހުން މުޒާހަރާގެ ބައިވެރިން ކޮށްޕާ ވައްޓާލުމާއި ވަކި އެޅުން ފަދަ އަމަލުތައް ހިންގާފައިވާއިރު، މި ހަމަނުޖެހުންތަކުގައި ބައެއް މީހުންނަށް އަނިޔާވެ ހޮސްޕިޓަލުން ފަރުވާ ހޯދަން ޖެހުނު. މުޒާހަރާގެ ބައިވެރިން ޖަނަވަރީމަގުން މަޖީދީމަގަށް ނުކުންނަން މަސައްކަތް ކުރި ވަގުތު، ފުލުހަކު ވަނީ ކުއްލިއަކަށް މުޒާހަރާގެ މެގަފޯން ގެންގުޅުނު މީހާއަށް ހަމަލާދީ މެގަފޯން އަތުލަން މަސައްކަތްކޮށްފަ. ހަމަނުޖެހުން އުފެއްދި ފުލުސް މީހާއަށް އެ ސަރަހައްދުގައި ތިބި އެހެން ފުލުހުންގެ އެއްބާރުލުމެއް ލިބިފަ ނުވާއިރު، އޭނާ ވަނީ އިރުކޮޅެއް ފަހުން މުޒާހަރާގެ ބައިވެރިންނަށް ފުރައްސާރަކުރުމަށްފަހު އެ ސަރަހައްދު ދޫކޮށް ގޮސްފަ. ގާނޫނުއަސާސީން ލިބިދޭ އެއްވެއުޅުމުގެ މިނިވަންކަމަށް ހުރަސްއަޅައި ފުލުހުން ހިންގާ މިފަދަ ލާއިންސާނީ އަމަލުތައް އާންމުންނާއި އިދިކޮޅު ފަރާތްތަކުން ދަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރަމުން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 18 އެޕްރީލު 2026 | ހޮނިހިރު 08:49
Your browser does not support the video tag.
0:00 / 0:00

އެމްޑީޕީގެ ސިލްސިލާ މުޒާހަރާ: މުޒާހަރާގެ ބައިވެރިންނަށް އަނިޔާކޮށް، މަސްލަހަތު ނަގާލަން ފުލުހުންގެ ތެރެއިން ބަޔަކު ވަނީ މަސައްކަތް ކޮށްފަ | ރާއްޖެ އެމްވީ

އެމްޑީޕީން މާލޭގައި މިހާރު ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ހުކުރު ދުވަހުގެ ރޭ ބޭއްވި މުޒާހަރާގެ ބައިވެރިންނަށް ފުލުހުން އަނިޔާކޮށް، ގަސްދުގައި މަސްލަހަތު ނަގާލުމަށް ފުލުހުންގެ ތެރެއިން ބަޔަކު މަސައްކަތްކޮށްފައިވާކަން ހާމަވެއްޖެއެވެ.

އެހެން ރޭތަކެކޭ އެއްފަދައިން ހުކުރު ދުވަހުގެ ރޭ ވެސް އެމްޑީޕީގެ ސުލްހަވެރި މުޒާހަރާ ފަށާފައިވަނީ ޗާންދަނީމަގުގައި ހުންނަ އެ ޕާޓީގެ ހަރުގެ ކުރިމަތިންނެވެ.

މުޒާހަރާ ފެށުމުގެ ކުރިން، ރޭގަނޑު 9:00 ނުޖަހަނީސް ފުލުހުން ވަނީ ޗާންދަނީމަގުގެ ދެފަރާތުގައި ބެރިކޭޑް ޖަހައި އެ ސަރަހައްދު ބަންދުކޮށްފަ އެވެ. މީގެ އިތުރުން އެ ސަރަހައްދަށް ވަދެވޭ ގޮތަށް ހުރި ގޯޅިތައް ވެސް ފުލުހުން ވަނީ ބެރިކޭޑް ޖަހައި ބަންދުކޮށްފަ އެވެ. މުޒާހަރާގެ ބައިވެރިން ކުރިއަށް ދިއުމަށް މަސައްކަތް ކުރި ކޮންމެ ފަހަރަކު ފުލުހުން ވަނީ އެކަމަށް ހުރަސް އަޅާފަ އެވެ. ނަމަވެސް ފުލުހުންގެ ސަފުތައް ރޫޅުނު ވަގުތެއްގައި ބައެއް ބައިވެރިން ވަނީ ޗާންދަނީމަގުން ނުކުމެ، މަޖީދީމަގާއި މާލޭގެ އެކި ސަރަހައްދުތަކުގައި އަޑުއުފުލާފަ އެވެ.

މުޒާހަރާގެ ތެރެއިން ބައެއް ފުލުހުން ވަނީ އެކި ގޮތްގޮތުން ބައިވެރިންނަށް އަނިޔާކޮށްފަ އެވެ. އެގޮތުން ބައެއް މީހުން ކޮށްޕާ މަގުމައްޗަށް ވައްޓާލާފައިވާއިރު، ބައެއް އަންހެން ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންގެ ހަށިގަނޑުގައި ނިޔަފަތި އަޅައި ލޭކޮށާލާފަ އެވެ. މި ހާދިސާގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނައިފަރު ދާއިރާގެ ރައީސް އަބްދުﷲ ރަޝީދު (ވާވާ) ގެ އަތުގައި ވަކި އަޅައި ލޭކޮށާލާފައިވާ މަންޒަރު ފެންނަ ވީޑިއޯތައް ވަނީ އާންމުވެފަ އެވެ. މީގެ އިތުރުން ފުލުހުން މަގުމައްޗަށް ވައްޓާލުމުގެ ސަބަބުން ބޯ ފަޅައިގެން ދިޔަ ބައެއް މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދީފައިވެ އެވެ.

މުޒާހަރާގެ ބައިވެރިން ޖަނަވަރީމަގުން މަޖީދީމަގަށް ނުކުންނަން މަސައްކަތް ކުރި ވަގުތު، ފުލުހަކު ވަނީ ކުއްލިއަކަށް މުޒާހަރާގެ މެގަފޯން ގެންގުޅުނު މީހާއަށް ހަމަލާދީ މެގަފޯން އަތުލަން މަސައްކަތްކޮށްފަ އެވެ. މި އަމަލާ ގުޅިގެން މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ބޮޑު ކުރިމަތިލުމެއް ހިނގައި، އިތުރު ބަޔަކަށް އަނިޔާވެފައިވެ އެވެ. ފާހަގަކޮށްލެވޭ ގޮތުގައި ހަމަނުޖެހުން އުފެއްދި ފުލުސް މީހާއަށް އެ ސަރަހައްދުގައި ތިބި އެހެން ފުލުހުންގެ އެއްބާރުލުމެއް ލިބިފައެއް ނުވެ އެވެ. އޭނާ ވަނީ އިރުކޮޅެއް ފަހުން މުޒާހަރާގެ ބައިވެރިންނަށް ފުރައްސާރަކުރުމަށްފަހު އެ ސަރަހައްދު ދޫކޮށް ގޮސްފަ އެވެ.

ގާނޫނުއަސާސީ އިން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އެއްވެއުޅުމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުމަށް ފުލުހުން ހިންގާ މިފަދަ އަމަލުތައް އިދިކޮޅު ފަރާތްތަކުން ދަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރަމުންނެވެ. ވަކިން ހާއްސަކޮށް، ފުލުހުންގެ ތެރެއިން ބަޔަކު ނިކުމެ ރައްޔިތުންނަށް އަނިޔާކޮށް، މަސްލަހަތު ގެއްލޭ ގޮތަށް އަމަލުކުރުމަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ ފުލުހުންގެ މުއައްސަސާގެ ފެންވަރު ދަށްކަން ހާމަވާ ކަމެއް ކަމަށް އާންމު ރައްޔިތުން ވެސް ދަނީ ބުނަމުންނެވެ.

އެމްޑީޕީމާލެމުޒާހަރާ-ފުލުހުންފުލުހުން އަނިޔާ

އިތުރަށް ކިޔާލަން

17 އެޕްރީލު 2026

އެމްޑީޕީގެ ސިލްސިލާ މުޒާހަރާ: ފެނުނީ ކަނބަލުންގެ އިސްނެގުމާއި ކެރުން

17 އެޕްރީލު 2026
އެމްޑީޕީގެ ސިލްސިލާ މުޒާހަރާ: ފެނުނީ ކަނބަލުންގެ އިސްނެގުމާއި ކެރުން
16 އެޕްރީލު 2026

ޑަބްލިއުޑީސީ ލ.މާވަށް: މާއިސާ ހުރީ ގުޅިގެން ކަނބަލުންގެ ކުރިއެރުމަށް މަސައްކަތް ކުރަން ތައްޔާރަށް

16 އެޕްރީލު 2026
ޑަބްލިއުޑީސީ ލ.މާވަށް: މާއިސާ ހުރީ ގުޅިގެން ކަނބަލުންގެ ކުރިއެރުމަށް މަސައްކަތް ކުރަން ތައްޔާރަށް
15 އެޕްރީލު 2026

މިނިސްޓަރު މުއްތަލިބެވެ. މޭޔަރުން ފޭލްވި ނަމަ، ރައްޔިތުން އެ ބޭފުޅުން އަލުން އިންތިޚާބެއް ނުކުރީހެވެ.

15 އެޕްރީލު 2026
މިނިސްޓަރު މުއްތަލިބެވެ. މޭޔަރުން ފޭލްވި ނަމަ، ރައްޔިތުން އެ ބޭފުޅުން އަލުން އިންތިޚާބެއް ނުކުރީހެވެ.
15 އެޕްރީލު 2026

ރާއްޖޭގެ ރައްޔިތުން ގޭހަށް ބޭހަށް ޖެހެމުންދާއިރު، ރައީސް މުއިއްޒުއާ ވެރިކަން ހަވާލު ކޮށްގެން ތިބެވެން ނެތް: ޝިފާޒު

15 އެޕްރީލު 2026
ރާއްޖޭގެ ރައްޔިތުން ގޭހަށް ބޭހަށް ޖެހެމުންދާއިރު، ރައީސް މުއިއްޒުއާ ވެރިކަން ހަވާލު ކޮށްގެން ތިބެވެން ނެތް: ޝިފާޒު
15 އެޕްރީލު 2026

ދަގަނޑު ކެނޑޭނީ ދަގަނޑުން، އިށީންދެ ތިބެގެން ރައީސް މުއިއްޒު ބަލި ނުކުރެވޭނެ: ޝާތިރު

15 އެޕްރީލު 2026
ދަގަނޑު ކެނޑޭނީ ދަގަނޑުން، އިށީންދެ ތިބެގެން ރައީސް މުއިއްޒު ބަލި ނުކުރެވޭނެ: ޝާތިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު