Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ މުޒާހަރާ

އެމްޑީޕީގެ މުޒާހަރާ އިން ހައްޔަރުކުރި މައިމޫން ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފި

ހޮނިހިރު ދުވަހުގެ ރޭ ކުރި މުޒާހަރާއިން ހައްޔަރުކުރި މައިމޫން މުހައްމަދު، ތަހުގީގަށް އެއްބާރުލުން ދިނުން ހިމެނޭހެން ހަތަރު ޝަރުތަކާއެކު ފުލުހުން ވަނީ ދޫކޮށްލާފައި. އޭނާ ހައްޔަރުކުރުމުގެ ތެރޭގައި ބޮލަށް އަނިޔާވެފައިވާއިރު، ފުލުހުން ބާރުގެ ބޭނުންކުރީ ހާލަތާ ނުބައްދަލު މިންވަރަށް ކަމަށް އެމްޑީޕީގެ ގާނޫނީ ޓީމުން ތުހުމަތުކުރޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 19 އެޕްރީލު 2026 | އާދީއްތަ 06:59
އެމްޑީޕީ ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސް އަހުމަދު މައިމޫން

އެމްޑީޕީ ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސް އަހުމަދު މައިމޫން | ރާއްޖެ އެމްވީ

އެމްޑީޕީ ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސް އަހުމަދު މައިމޫން މުހައްމަދު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފިއެވެ.

މައިމޫނު ހައްޔަރުކުރީ ހޮނިހިރު ދުވަހުގެރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިންނެވެ. އޭނާ ހައްޔަރުކުރީ ބިޑި އަޅުވައިގެންނެވެ.

Advertisement - newsAdvertisement

އޭނާ ގެ އިތުރުން، އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު އިބްރާހިމް ރަޝީދު ހަސަން (ވާވާ) ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

މައިމޫނު ދޫކޮށްލާފައި ވަނީ އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އޭނާ ދޫކޮށްލީ 4 ޝަރުތެއް ކޮށްފައެވެ. އޭގެ ތެރޭގައި ތަހުގީގަށް އެއްބާރުލުން ދިނުމާއި، މައްސަލައާ ގުޅުންހުރި ފަރާތްތަކާ މުއާމަލާތު ނުކުރުމާއި، ފޯނު ނަންބަރާއި އެޑްރެސް ބަދަލުވެއްޖެނަމަ އެންގުމާއި، މާލެ ސަރަޙައްދުން ދާނަމަ ފުލުހުންނަށް އެކަން އެންގުން ހިމެނެއެވެ.

ފުލުހުން މައިމޫން ހައްޔަރު ކުރުމުގެ ތެރޭގައި އޭނާ ގެ ބޮލުން 4 އިންޗިއެއްހާތަން ފަޅައިގެން ގޮސްފައިވާ ކަމަށް  އެމްޑީޕީގެ ޤާނޫނީ ޓީމުން މައުލޫމާތު ދީފައިވެއެވެ. އެގޮތުން މުޒާހަރާ އިން ހައްޔަރު ކުރި މީހުން ހައްޔަރު ކުރީ ހާލަތާއި ނުބައްދަލު މިިންވަރަށް ބާރުގެ ބޭނުން ކޮށްގެން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ރާއްޖެއެމްވީއަށް ލިބިފައިވާ ފޮޓޯތަކަށް ބަލާއިރު، މައިމޫނުގެ ނިތްކުރި ފަޅައިގެންގޮސް ލޭ އައިސްފައިވާ މަންޒަރު ފެންނަން ހުއްޓެވެ.

އެމްޑީޕީމުޒާހަރާ-ފުލުހުންއަހުމަދު މައިމޫން މުހައްމަދު

އިތުރަށް ކިޔާލަން

19 އެޕްރީލު 2026

ބޮޑުބަލީގެ ޒިންމާ އަނެއްކާވެސް މުއިއްޒު ބައިގެ މީހުންގެ ބޮލަށް

19 އެޕްރީލު 2026
ބޮޑުބަލީގެ ޒިންމާ އަނެއްކާވެސް މުއިއްޒު ބައިގެ މީހުންގެ ބޮލަށް
19 އެޕްރީލު 2026

މައިމޫން އާއި ވާވާ އަށް ލިބުނު އަނިޔާތައް ސީރިއަސް: "ފަރުވާ ދޭން ގެންދިޔައީ މުޒާހަރާއިން ހައްޔަރު ކުރިތާ ގާތްގަނޑަކަށް 2 ގަޑި އިރު ފަހުން"

19 އެޕްރީލު 2026
މައިމޫން އާއި ވާވާ އަށް ލިބުނު އަނިޔާތައް ސީރިއަސް: "ފަރުވާ ދޭން ގެންދިޔައީ މުޒާހަރާއިން ހައްޔަރު ކުރިތާ ގާތްގަނޑަކަށް 2 ގަޑި އިރު ފަހުން"
18 އެޕްރީލު 2026

މުޒާހަރާގެ ތެރެއިން މައިމޫން ހައްޔަރުކުރުން: ވަރަށް ބޮޑަށް އަނިޔާކޮށްފައިވާކަމަށް މައުލޫމާތު ލިބޭ!

18 އެޕްރީލު 2026
މުޒާހަރާގެ ތެރެއިން މައިމޫން ހައްޔަރުކުރުން: ވަރަށް ބޮޑަށް އަނިޔާކޮށްފައިވާކަމަށް މައުލޫމާތު ލިބޭ!
18 އެޕްރީލު 2026

ކައުންސިލް އިންތިޚާބުގައި ބަލިވި ޕީއެންސީ އިން ގޮނޑި ކާމިޔާބު ކޮށްފައިވާ އަދަދު ކިޔަނީ ވާދަނުކޮށް "ދިން" ގޮނޑިތައް ވެސް ހިމަނައިގެން

18 އެޕްރީލު 2026
ކައުންސިލް އިންތިޚާބުގައި ބަލިވި ޕީއެންސީ އިން ގޮނޑި ކާމިޔާބު ކޮށްފައިވާ އަދަދު ކިޔަނީ ވާދަނުކޮށް "ދިން" ގޮނޑިތައް ވެސް ހިމަނައިގެން
18 އެޕްރީލު 2026

އެމްޑީޕީގެ ސިލްސިލާ މުޒާހަރާ: މުޒާހަރާގެ ބައިވެރިންނަށް އަނިޔާކޮށް، މަސްލަހަތު ނަގާލަން ފުލުހުންގެ ތެރެއިން ބަޔަކު މަސައްކަތްކޮށްފި

18 އެޕްރީލު 2026
އެމްޑީޕީގެ ސިލްސިލާ މުޒާހަރާ: މުޒާހަރާގެ ބައިވެރިންނަށް އަނިޔާކޮށް، މަސްލަހަތު ނަގާލަން ފުލުހުންގެ ތެރެއިން ބަޔަކު މަސައްކަތްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު