Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މުޒާހަރާ އިން ހައްޔަރު ކުރި މީހުން

މައިމޫން އާއި ވާވާ އަށް ލިބުނު އަނިޔާތައް ސީރިއަސް: "ފަރުވާ ދޭން ގެންދިޔައީ މުޒާހަރާއިން ހައްޔަރު ކުރިތާ ގާތްގަނޑަކަށް 2 ގަޑި އިރު ފަހުން"

އެމްޑީޕީން ކުރިއަށްގެންދާ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު އިބްރާހިމް ރަޝީދާއި ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސް އަހުމަދު މައިމޫނަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށް ވަކީލުން ބުނޭ. ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމުގެ ސަބަބުން މި ދެ މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި އި ތިބޭތާ ދެ ގަޑިއިރު ފަހުން.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 19 އެޕްރީލު 2026 | އާދީއްތަ 03:02
އެމްޑީޕީ މުޒާހަރާ އިން ހައްޔަރު ކުރި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު އިބްރާހިމް ރަޝީދު ހަސަން، އަދި އެމްޑީޕީ ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސް އަހުމަދު މައިމޫން

އެމްޑީޕީ މުޒާހަރާ އިން ހައްޔަރު ކުރި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު އިބްރާހިމް ރަޝީދު ހަސަން، އަދި އެމްޑީޕީ ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސް އަހުމަދު މައިމޫން | ރާއްޖެ އެމްވީ

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ހޮނިހިރު ދުވަހުގެ ރޭގެ މުޒާހަރާގައި ހައްޔަރު ކުރި މީހުންނަށް ލިބުނު އަނިޔާތައް ސީރިއަސް ކަމަށް އެމްޑީޕީ އިން ބުނެފި އެވެ.

ހޮނިހިރު ދުވަހުގެ ރޭގެ މުޒާހަރާ އިން ހައްޔަރުކޮށްފައި ވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު އިބްރާހިމް ރަޝީދު ހަސަން (ވާވާ) އަދި އެމްޑީޕީ ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސް އަހުމަދު މައިމޫން އެވެ. އޭގެ ތެރެއިން މައިމޫން ހައްޔަރު ކުރީ ޗާނދަނީ މަގުންނެވެ. އޭނާ ހައްޔަރުކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ބިޑި އަޅުވައިގެންނެވެ.

Advertisement - newsAdvertisement

އަދި ގައުމީ މަޖިލީހުގެ މެމްބަރު އިބްރާހިމް ރަޝީދު ހައްޔަރު ކުރީ ރައްޔިތުންގެ މަޖިލިސްގެ އިދާރާގެ ސަރަހައްދުންނެވެ. ޤާނޫނީ ވަކީލް މުހައްމަދު ނިޝާން އިބްރާހިމް ރާއްޖެ އެމްވީ އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މުޒާހަރާ އިން ހައްޔަރު ކުރި މީހުން ހައްޔަރު ކުރީ ހާލަތާއި ނުބައްދަލު މިިންވަރަށް ބާރުގެ ބޭނުން ކޮށްގެން ކަމަށެވެ. އެކަމުގެ ސަބަބުން މައިމޫން އާއި އިބްރާހިމް ރަޝީދު އަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ނިޝާން ވިދާޅުވި އެވެ. އެ ދެ މީހުންނަށް ފަރުވާ ދިނުމަށް ގެންގޮސްފައި ވަނީ ހޮނިހިރު ދުވަހުގެ ރޭގެ ދަންވަރު 12:40 ހާ އިރެވެ.

"ދެ ގަޑި އިރު ފަހުން ގާތްގަނޑަކަށް ފަރުވާ ދިނުމަށް ގެންދިޔައީ. އެއީ ވެސް ޕްރެޝަރ ބޮޑުވެ ގޮތް ހުސްވީމަ. ފުލުހުން އަމަލު ކުރީ ވަރަށް އަން ޕްރޮފެޝަނަލްކޮށް." ނިޝާން ވިދާޅުވި އެވެ.

ފުލުހުން މައިމޫން ހައްޔަރު ކުރުމުގެ ތެރޭގައި އޭނާގެ ބޮލުން 4 އިންޗިއެއްހާތަން ފަޅައިގެން ގޮސްފައިވާ ކަމަށް ވެސް ނިޝާން ވިދާޅުވި އެވެ. އަދި އިބްރާހިމް ރަޝީދު ހައްޔަރު ކުރުމުގެ ތެރޭގައި ލިބުނު އަނިޔާތަކުގެ ސަބަބުން ކޮޅަށް ތެދުވުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ނިޝާން ފާހަގަކުރި އެވެ.

އެ ދެ މީހުން ހައްޔަރުކުރުމަށް ފަހު ގެންގޮސްފައި ވަނީ ހެންވޭރު ޕޮލިސް ސްޓޭޝަނަށެވެ. ހޮސްޕިޓަލަށް ގެންދިޔައީ އެތަނުގައި ގާތްގަނޑަށް ދެ ގަޑި އިރު ބޭތިއްބުމަށް ފަހުގަ އެވެ.

މައިމޫންގެ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ބޮލަށް އެނބުރުން އެރުމުގެ އުނދަނގޫ ކުރިމަތިވެފައިވާ ކަަމަށާއި، އޭނާ ހާސްވެ ނޭވާލުމުގައި ދަތިތަކެއް ދިމާވި ކަމަށް މި ނޫހަށް ވަނީ އެނގިފަ އެވެ. އިބްރާހިމް ރަޝީދު (ވާވާ) އަށް ކޮޅަށް ހުރުމަށް ދަތިވާތީ، އޭނާ ފަރުވާ ދިނުމަށް ގެންގޮސްފައި ވަނީ ގޮނޑީގެ އެހީގަ އެވެ. 

އެމްޑީޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ މި މުޒާހަރާތަކަށް ފުލުހުން ހުރަސް އަޅަމުންދާއިރު، ޙާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރަމުންދާކަމުގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފަ އެވެ.

އެމްޑީޕީއަހުމަދު މައިމޫންހެންވޭރު ޕޮލިސް ސްޓޭޝަންމުޒާހަރާ

ކޮމެންޓް

އިތުރަށް ކިޔާލަން

މުޒާހަރާގެ ތެރެއިން މައިމޫން ހައްޔަރުކުރުން: ވަރަށް ބޮޑަށް އަނިޔާކޮށްފައިވާކަމަށް މައުލޫމާތު ލިބޭ!

މުޒާހަރާގެ ތެރެއިން މައިމޫން ހައްޔަރުކުރުން: ވަރަށް ބޮޑަށް އަނިޔާކޮށްފައިވާކަމަށް މައުލޫމާތު ލިބޭ!

18 އެޕްރީލު 2026
ކައުންސިލް އިންތިޚާބުގައި ބަލިވި ޕީއެންސީ އިން ގޮނޑި ކާމިޔާބު ކޮށްފައިވާ އަދަދު ކިޔަނީ ވާދަނުކޮށް "ދިން" ގޮނޑިތައް ވެސް ހިމަނައިގެން

ކައުންސިލް އިންތިޚާބުގައި ބަލިވި ޕީއެންސީ އިން ގޮނޑި ކާމިޔާބު ކޮށްފައިވާ އަދަދު ކިޔަނީ ވާދަނުކޮށް "ދިން" ގޮނޑިތައް ވެސް ހިމަނައިގެން

18 އެޕްރީލު 2026
އެމްޑީޕީގެ ސިލްސިލާ މުޒާހަރާ: މުޒާހަރާގެ ބައިވެރިންނަށް އަނިޔާކޮށް، މަސްލަހަތު ނަގާލަން ފުލުހުންގެ ތެރެއިން ބަޔަކު މަސައްކަތްކޮށްފި

އެމްޑީޕީގެ ސިލްސިލާ މުޒާހަރާ: މުޒާހަރާގެ ބައިވެރިންނަށް އަނިޔާކޮށް، މަސްލަހަތު ނަގާލަން ފުލުހުންގެ ތެރެއިން ބަޔަކު މަސައްކަތްކޮށްފި

18 އެޕްރީލު 2026
އެމްޑީޕީގެ ސިލްސިލާ މުޒާހަރާ: ފެނުނީ ކަނބަލުންގެ އިސްނެގުމާއި ކެރުން

އެމްޑީޕީގެ ސިލްސިލާ މުޒާހަރާ: ފެނުނީ ކަނބަލުންގެ އިސްނެގުމާއި ކެރުން

17 އެޕްރީލު 2026
ޑަބްލިއުޑީސީ ލ.މާވަށް: މާއިސާ ހުރީ ގުޅިގެން ކަނބަލުންގެ ކުރިއެރުމަށް މަސައްކަތް ކުރަން ތައްޔާރަށް

ޑަބްލިއުޑީސީ ލ.މާވަށް: މާއިސާ ހުރީ ގުޅިގެން ކަނބަލުންގެ ކުރިއެރުމަށް މަސައްކަތް ކުރަން ތައްޔާރަށް

16 އެޕްރީލު 2026

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު