Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަފާހް އިންތިޚާބު ކާމިޔާބު

ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަ ގޮނޑި އެމްޑީޕީ އަށް: އުމުރުން 20 އަހަރުގެ ރަފާ އަށް ފަޚުރުވެރި މޮޅެއް

އުމުރުން އެންމެ 20 އަހަރުގެ ރަފާހް ހޯދި މި ކާމިޔާބީ އަކީ ސަރުކާރާ މެދު އާންމު ރައްޔިތުންގެ ނުރުހުން އޮތް މިންވަރު ހާމަވާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުން.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 18 އެޕްރީލު 2026 | ހޮނިހިރު 14:04
 ބ.ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑީގެ ދެވަނަ ބުރުގެ އިންތިޚާބު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ ކެނޑިޑޭޓް އައިމިނަތު ރަފާހް، ކެމްޕެއިން ތެރެއިން ނަގާފައިވާ ފޮޓޯ އެއް

ބ.ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑީގެ ދެވަނަ ބުރުގެ އިންތިޚާބު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ ކެނޑިޑޭޓް އައިމިނަތު ރަފާހް، ކެމްޕެއިން ތެރެއިން ނަގާފައިވާ ފޮޓޯ އެއް | ސޯޝަލް މީޑިއާ

ހޮނިހިރު ދުވަހު ކުރިއަށް ދިޔަ ބ.ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑީގެ ދެވަނަ ބުރުގެ އިންތިޚާބު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ ކެނޑިޑޭޓް އައިމިނަތު ރަފާހް ކާމިޔާބުކޮށްފި އެވެ.

މި އިންތިޚާބުގައި ރަފާހް އަށް ލިބިފައި ވަނީ 202 ވޯޓެވެ. އުމުރުން އެންމެ 20 އަހަރުގެ ރަފާހް ހޯދި ކާމިޔާބީ ފާހަގަކޮށް އޭނާ އަށް އާއްމުން ދަނީ މަރުޙަބާ ކިޔަމުންނެވެ. އަދި ދޮންފަނުން ސަރުކާރަށް ދީފައި ވަނީ ވަރަށް ވަރުގަދަ ސާފު މެސެޖެއް ކަމަށާއި، އެއީ ސަރުކާރާއި މެދު އާއްމުން ނުރުހިފައިވާ މިންވަރު ކަމަށް ވެސް އާއްމުން ދަނީ ބުނަމުންނެވެ.

ދޮންފަނު ކައުންސިލްގެ ދެ ވަނަ ބުރުގެ ވޯޓުލުމުގެ ނަތީޖާ އަށް ބަލާ އިރު ބ. ދޮންފަނުގައި ބެހެއްޓި ވޯޓު ފޮށިން 155 ވޯޓާއި އެކު ކުރި ހޯދާފައި ވަނީ ރަފާހް އެވެ. އޭނާ އާއި ވާދަކުރި ޕީއެންސީގެ ކެނޑިޑޭޓް މުނާ އަށް ލިބިފައި ވަނީ 111 ވޯޓެވެ. ބ. ދޮންފަނު، ދޮންފަނު ސްކޫލް ހޯލްގައި ބަހައްޓާފައިވާ ވޯޓުފޮށްޓަށް ޖުމްލަ 269 މީހުން ވަނީ ވޯޓުލާފަ އެވެ. އޭގެ ތެރެއިން ސައްހަ ވޯޓުގެ އަދަދަކީ 266 އެވެ. 

ދޮންފަނުގެ ކައުންސިލްގެ ދެވަަނަ ބުރުގެ ވޯޓު ފޮށްޓެއް ދެން ބަހައްޓާފައި ވަނީ މާލެ، ތާޖުއްދީން ސްކޫލް ކްލާސްރޫމް 3ގަ އެވެ. އެ ވޯޓުފޮށްޓަށް ވޯޓުލާފައި ވަނީ ޖުމްލަ 101 މީހުންނެވެ. އޭގެ ތެރެއިން ސައްހަ ވޯޓުގެ އަދަދަކީ 98 އެވެ. މި ވޯޓު ފޮށިން ޕީއެންސީގެ ކެނޑިޑޭޓް މުނާ އަށް 51 ވޯޓު ލިބުނު އިރު ރަފާހް އަށް ލިބުނީ 47 ވޯޓެވެ.

ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވާ ދާ ދާއިރާތަކަކީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި، ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑިއަށް ކައުންސިލަރގެ ގޮނޑި އާއި، ހއ. ކެލާ ކޮމިޓީގެ ރައީސް، ހދ.ނޭކުރެންދޫ އަދި ލ.މާވަށު ކޮމިޓީގެ ދެ ވަނަ ބުރުގެ ވޯޓެވެ.

މި އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށް 14 ވޯޓު ފޮއްޓެއް ބަހައްޓާފައި ވެ އެވެ. އަދި މި އިންތިޚާބުތަކުގައި ވޯޓުލުމަށް ރަޖިސްޓަރކޮށްފައި ވަނީ 6093 މީހުންނެވެ. 

ބ. ދޮންފަނުއައިމިނަތު ރަފާހްމޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީޕީއެންސީ

އިތުރަށް ކިޔާލަން

18 އެޕްރީލު 2026

ކައުންސިލް އިންތިޚާބުގައި ބަލިވި ޕީއެންސީ އިން ގޮނޑި ކާމިޔާބު ކޮށްފައިވާ އަދަދު ކިޔަނީ ވާދަނުކޮށް "ދިން" ގޮނޑިތައް ވެސް ހިމަނައިގެން

18 އެޕްރީލު 2026
ކައުންސިލް އިންތިޚާބުގައި ބަލިވި ޕީއެންސީ އިން ގޮނޑި ކާމިޔާބު ކޮށްފައިވާ އަދަދު ކިޔަނީ ވާދަނުކޮށް "ދިން" ގޮނޑިތައް ވެސް ހިމަނައިގެން
18 އެޕްރީލު 2026

ކައުންސިލް އިންތިޚާބާއި ޑަބްލިއުޑިސީ އިންތިޚާބުގެ ދެވަނަ ބުރު: 47 އިންސައްތަ މީހުން ވޯޓު ލައިފި

18 އެޕްރީލު 2026
ކައުންސިލް އިންތިޚާބާއި ޑަބްލިއުޑިސީ އިންތިޚާބުގެ ދެވަނަ ބުރު: 47 އިންސައްތަ މީހުން ވޯޓު ލައިފި
17 އެޕްރީލު 2026

އެމްޑީޕީ ގެ ސިލްސިލާ މުޒާހަރާ: ބައިވެރިންނަށް ފުލުހުން ހުރަސް އެޅިއިރު، ގެންގުޅުނު މެގަފޯނަށް ވެސް ގެއްލުން ދިން!

17 އެޕްރީލު 2026
އެމްޑީޕީ ގެ ސިލްސިލާ މުޒާހަރާ: ބައިވެރިންނަށް ފުލުހުން ހުރަސް އެޅިއިރު، ގެންގުޅުނު މެގަފޯނަށް ވެސް ގެއްލުން ދިން!
17 އެޕްރީލު 2026

ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރު މާދަމާ: ވޯޓު ލާނީ މާލެ އާއި ދެވަނަ ބުރުގެ ވޯޓުލާ ރަށްރަށުގައި އެކަނި

17 އެޕްރީލު 2026
ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރު މާދަމާ: ވޯޓު ލާނީ މާލެ އާއި ދެވަނަ ބުރުގެ ވޯޓުލާ ރަށްރަށުގައި އެކަނި
17 އެޕްރީލު 2026

ޕީއެންސީ މަޖިލީހުގެ މެންބަރުންގެ މޫނުމަތިން ވެސް ފެންނަމުންދަނީ ނިމެމުންދާ ސަރުކާރުގެ މާޔޫސްކަން: މެންބަރު މީކާއީލް

17 އެޕްރީލު 2026
ޕީއެންސީ މަޖިލީހުގެ މެންބަރުންގެ މޫނުމަތިން ވެސް ފެންނަމުންދަނީ ނިމެމުންދާ ސަރުކާރުގެ މާޔޫސްކަން: މެންބަރު މީކާއީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު