Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ

އެމްޑީޕީ އިން ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވާލައި އިހުތިޖާޖުކޮށްފި

ގައުމުގެ ހާލަތު އިސްލާހުކުރުމަށް 12 ކަމެއް ހުށަހަޅައި، ރައީސް ޑރ. މުއިއްޒުގެ އިސްތިއުފާއަށް ގޮވާލައި އެމްޑީޕީން މާލޭގައި އިހުތިޖާޖު ކުރަން ފަށައިފި ފަހުގެ އިންތިޚާބުތަކުން ސަރުކާރަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށް ބުނެ އެމްޑީޕީގެ އިތުރުން ޕީއެންއެފުން ވެސް ދަނީ މަގުމަތީގައި އަޑުއުފުލަމުން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 15 އެޕްރީލު 2026 | ބުދަ 01:41
އަންގާރަ ދުވަހުގެރޭ އެމްޑީޕީ އިން ކުރިޔަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން

އަންގާރަ ދުވަހުގެރޭ އެމްޑީޕީ އިން ކުރިޔަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން | ރާއްޖެ އެމްވީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ ސަރުކާރަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށް ބުނެ، ރައީސްގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު އެމްޑީޕީން މާލޭގެ އެކި ސަރަހައްދުތަކުގައި އިހުތިޖާޖުކޮށްފި އެވެ.

އަންގާރަ ދުވަހުގެރޭ އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީން ވަނީ ގައުމުގެ ސަލާމަތާއި ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި 12 ކަމެއް އިސްލާހު ކުރުމަށް ސަރުކާރަށް ގޮވާލާފަ އެވެ. ސަރުކާރާ ދެކޮޅަށް މަގުމަތީގެ އިހުތިޖާޖުތައް ފަށަން އުޅޭކަން އެމްޑީޕީން އިއުލާނުކުރީ ވެސް މި ބައްދަލުވުމުގެ ތެރެއިންނެވެ. އެއަށްފަހު އެ ޕާޓީގެ މެންބަރުން ވަނީ މަގުމައްޗަށް ނުކުމެ، ރައީސް ޑރ. މުއިއްޒުގެ އިސްތިއުފާއަށް ގޮވާލައި އަޑުއުފުލާފަ އެވެ.

މި އިހުތިޖާޖުގެ ބައިވެރިން ބުނަމުންދިޔައީ މި ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ. ވަކިން ޚާއްސަކޮށް، މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ކައުންސިލު އިންތިޚާބާއި، މައި ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާ މެދު ނެގި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއިން ސަރުކާރަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ. 

ރައީސް މުއިއްޒާއި އެމަނިކުފާނުގެ ސަރުކާރަށް އިތުބާރުގެއްލިފައިވާތީ ގައުމުގެ ސަލާމަތަށްޓަކައި 12 ކަމެއް އިސްލާހު ކުރުމަށް އިދިކޮޅު އެމްޑީޕީ އިން ސަރުކާރަށް ގޮވާލައި ސިލްސިލާ ގޮތެއްގައި ކޮންމެ ރެޔަކު އިހުތިޖާޖު ކުރުމަށް އެމްޑީޕީ އިން ވަނީ ނިންމާފަ އެވެ. 

އެމްޑީޕީގެ އިތުރުން، މި ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔުއްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފައްދާފައިވާ ޕީއެންއެފުން ވެސް ދަނީ ސަރުކާރާ ދެކޮޅަށް އިހުތިޖާޖު ކުރަމުންނެވެ. އެ ޕާޓީން ކުރިއަށް ގެންދާ ހަރަކާތްތަކުގައި ވެސް ރައީސް މުއިއްޒު މަގާމުން އިސްތިއުފާ ދެއްވުމަށް ދަނީ ގޮވާލަމުންނެވެ.

އިދިކޮޅު ދެ ޕާޓީން ސަރުކާރާ ދެކޮޅަށް މަގުމައްޗަށް ނުކުމެފައި މިވަނީ، މި މަހުގެ ކުރީކޮޅު ބޭއްވި އިންތިޚާބުތަކުން ސަރުކާރު ހިންގާ ކޯލިޝަނަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގަ އެވެ. މި އިންތިޚާބުތަކުގެ ނަތީޖާއަށް ފަހު، ސަރުކާރުގެ މިހާރުގެ ސިޔާސަތުތައް ބަދަލުކުރުމަށް އާންމު ރައްޔިތުންނާއި ސިޔާސީ އެކި ފަރާތްތަކުން ދަނީ ބާރުއަޅަމުންނެވެ.

އެގޮތުން ރައީސް މުއިއްޒުގެ މައްޗަށް ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ ކަމަށާއި އެހެންކަމުން، މި ދަނޑިވަޅު ގައި ހުރިހާ ޕާޓީ އެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ގޮވާލައްވާފަ އެވެ.  ދުނިޔޭގައި މިހާރު ހިނގަމުންދާ ހަނގުރާމަތަކުގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގްތިސާދަށް ކުރަން ފަށާފައިވުމާއެކު މި ހާލަތުން އަރައިގަތުމަށްޓަކައި، ބޭނުން ޖެހިފައިވާ އަސާސީ އަދި އޮނިގަނޑުގެ އިސްލާހުތައް ގެނައުމަށާއި، މިނިވަން އިންސާފުވެރި އިންތިޚާބެއް ރާވައި ހިންގުމަށްޓަކައި ހުރިހާ ސިޔާސީ ޕާޓީތަކެއް އެކުލެވޭ އިންތިގާލީ ސަރުކާރެއް އެކުލަވައިލުމަށް ވެސް ގިނަ ފަރާތްތަކަކުން ދަނީ ގޮވާލަމުންނެވެ. 

ޑރ. މުޙައްމަދު މުޢިއްޒުއެމްޑީޕީމާލެއިހުތިޖާޖު ކުރުން

އިތުރަށް ކިޔާލަން

14 އެޕްރީލު 2026

ރައީސް މުއިއްޒާއި ސަރުކާރަށް އިތުބާރު ގެއްލިފައިވާތީ ގައުމުގެ ސަލާމަތަށްޓަކައި 12 ކަމެއް އިސްލާހު ކުރުމަށް ސަރުކާރަށް ގޮވާލާ އެމްޑީޕީ އިން މަގުމަތީ ހަރަކާތަށް ނުކުމެއްޖެ

14 އެޕްރީލު 2026
ރައީސް މުއިއްޒާއި ސަރުކާރަށް އިތުބާރު ގެއްލިފައިވާތީ ގައުމުގެ ސަލާމަތަށްޓަކައި 12 ކަމެއް އިސްލާހު ކުރުމަށް ސަރުކާރަށް ގޮވާލާ އެމްޑީޕީ އިން މަގުމަތީ ހަރަކާތަށް ނުކުމެއްޖެ
14 އެޕްރީލު 2026

ރައްޔިތުން ނިކަމެތިކޮށް ވިޔަފާރިވެރިން ހަލާލުކޮށްގެން މުއިއްޒުއަށް ދެވަނަ ދައުރެއް ހާސިލެއް ނުކުރެވޭނެ: ސައުދުﷲ

14 އެޕްރީލު 2026
ރައްޔިތުން ނިކަމެތިކޮށް ވިޔަފާރިވެރިން ހަލާލުކޮށްގެން މުއިއްޒުއަށް ދެވަނަ ދައުރެއް ހާސިލެއް ނުކުރެވޭނެ: ސައުދުﷲ
14 އެޕްރީލު 2026

10 ވަޒީރަކު އިސްތިއުފާދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް: ރައީސް އޮފީސް

14 އެޕްރީލު 2026
10 ވަޒީރަކު އިސްތިއުފާދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް: ރައީސް އޮފީސް
14 އެޕްރީލު 2026

އިސްތިއުފާދިން 10 ވަނަ މިނިސްޓަރަކަށް އާދަމް ނަސީރު

14 އެޕްރީލު 2026
އިސްތިއުފާދިން 10 ވަނަ މިނިސްޓަރަކަށް އާދަމް ނަސީރު
14 އެޕްރީލު 2026

މި ސަރުކާރުން ދަނީ ދަރަނި ދައްކަން ވެސް ދަރަނި ނަގަމުން: އެމްޑީޕީ

14 އެޕްރީލު 2026
މި ސަރުކާރުން ދަނީ ދަރަނި ދައްކަން ވެސް ދަރަނި ނަގަމުން: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު