Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން އާއެކު ކުރެވޭ މަޝްވަރާތައް ކާމިޔާބު، އުފާވެރި ޚަބަރު ތަކެއްގެ އުންމީދު އެބަ އޮތް: ޓްރަމްޕް

އެއާ ފޯސް ވަންގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާން އާއެކު ކުރިއަށް ގެންދާ މަޝްވަރާތައް ދަނީ ވަރަށް ރަނގަޅަށް ކަމަށާއި، ދެ ޤައުމުގެ ދެ މެދުގައި މިހާރު ވެސް ގިނަ ކަންތައް ތަކަށް އެއްބަސްވެވިފައިވާ ކަަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 އެޕްރީލު 2026 | ހޮނިހިރު 04:55
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ރޮއިޓާސް

އީރާން އާއެކު ކުރިއަށް ގެންދާ މަޝްވަރާ ތަކަކީ ވަރަށް ކާމިޔާބު މަޝްވަރާ ތަކެއް ކަމަށާއި، ވަރަށް އަވަހަށް އުފާވެރި ޚަބަރު ތަކެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެއާ ފޯސް ވަންގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާން އާއެކު ކުރިއަށް ގެންދާ މަޝްވަރާތައް ދަނީ ވަރަށް ރަނގަޅަށް ކަމަށާއި، ދެ ޤައުމުގެ ދެ މެދުގައި މިހާރު ވެސް ގިނަ ކަންތައް ތަކަށް އެއްބަސްވެވިފައިވާ ކަަމަށެވެ. އެއާ އެކު ޓްރަމްޕް ވިދާޅުވީ، އެމެރިކާ އިން އީރާންއާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅު ތަކާއި، އިޤްތިޞާދީ ބްލޮކޭޑަކީ ވަރަށް ކާމިޔާބު ފިޔަވަޅު ތަކެއް ކަަމށެވެ. 

މަޝްވަރާތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް އިތުރަށް ވިދާޅުވީ، އީރާން އިން އެމެރިކާގެ ޝަރުތު ތަކަށް އެއްބަސްވެ، ދާއިމީ ހައްލަކަށް ނާދެވިއްޖެ ނަމަ، އަސްކަރީ ހަމަލާތައް އަލުން ފެށުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އެމެރިކާގެ އަމާޒަކީ އީރާން އިން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުމާއި، އެ ސަރަހައްދުގެ ހަމަޖެހުމަށް ހުރި ހުރަސްތައް ނައްތާލުން ކަމަށް ވެސް އެމެރިކާ އިން ވަނީ ހާމަކޮށްފަ އެވެ. 

އެމެރިކާ އާއި އީރާންއާ ދެމެދު އޮތް ގުޅުން ގޯސްވެ، މަޝްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި، އެމެރިކާގެ ރައީސް ޓްރަމްޕް މި ދެއްވި އުންމީދީ މެސެޖަކީ ބައިނަލްއަޤުވާމީ މުޖުތަމައުން ވަރަށް ބޮޑަށް ސަމާލުކަން ދީފައިވާ ކަމެކެވެ. ނަމަވެސް، އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، އަސްކަރީ ބާރުގެ ބޭނުން ކޮށްފާނެ ކަމަށް ޓްރަމްޕް ވިދާޅުވުމުން، މަޝްވަރާ ތަކުގެ ނަތީޖާ އަށް ދުނިޔޭގެ ޤައުމު ތަކުން މިހާރު ދަނީ ފާރަވެރި ވަމުންނެވެ. 

މީގެ އިތުރުން އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވީ، އީރާންގެ އިޤްތިޞާދަށް މިހާރު ކުރިމަތި ވެފައިވާ ގޮންޖެހުން ތަކުން އަރައި ގަނެވޭނީ އެމެރިކާ އާއެކު އެކުލަވާލެވޭ އައު އެއްބަސްވުމެއްގެ ދަށުން ކަަމށެވެ، އަދި މި މަޝްވަރާ ތަކުގެ ތަފްސީލީ މައުލޫމާތުތައް ވަރަށް އަވަހަށް އާންމު ކުރައްވާނެ ކަމުގެ އިޝާރާތެއް ވެސް ޓްރަމްޕް ވަނީ ދެއްވައިފަ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

18 މެއި 2026

2028 ގައި ވޭންސް ވާދަ ކުރައްވާ ނަމަ، އޭނާ އަށް އެންމެ ފުރަތަމަ ތާާއީދު ކުރާނީ އަހަރެން: ރޫބިއޯ

18 މެއި 2026
2028 ގައި ވޭންސް ވާދަ ކުރައްވާ ނަމަ، އޭނާ އަށް އެންމެ ފުރަތަމަ ތާާއީދު ކުރާނީ އަހަރެން: ރޫބިއޯ
18 މެއި 2026

އެމެރިކާގެ އަސްކަރީ ހަތިޔާރު ހިފައިގެން ދަތުރު ކުރި ބޯޓެއް އިޒްރޭލް އަށް ޖައްސައިފި

18 މެއި 2026
އެމެރިކާގެ އަސްކަރީ ހަތިޔާރު ހިފައިގެން  ދަތުރު ކުރި ބޯޓެއް އިޒްރޭލް އަށް ޖައްސައިފި
18 މެއި 2026

އީރާންގެ އަސްކަރީ ޤާބިލުކަން ވަރަށް ބޮޑަށް ދަށްކޮށްލާފައިވާ ކަމަށް އެމެރިކާގެ ސެންޓްކޮމް އިން ބުނެފި

18 މެއި 2026
އީރާންގެ އަސްކަރީ ޤާބިލުކަން ވަރަށް ބޮޑަށް ދަށްކޮށްލާފައިވާ ކަމަށް އެމެރިކާގެ ސެންޓްކޮމް އިން ބުނެފި
18 މެއި 2026

ހިސޯރު ހުއްޓާނުލައިފި ނަނަ، އޮމާން ކަނޑަކީ އެމެރިކާ އަށް ސަހަރާ އަކަށް ވާނެ: އީރާން

18 މެއި 2026
ހިސޯރު ހުއްޓާނުލައިފި ނަނަ، އޮމާން ކަނޑަކީ އެމެރިކާ އަށް ސަހަރާ އަކަށް ވާނެ: އީރާން
18 މެއި 2026

ޕާކިސްތާން މެދުވެރިކޮށް، އީރާންގެ ހުށަހެޅުން އެމެރިކާއާ ހިއްސާ ކޮށްފި

18 މެއި 2026
ޕާކިސްތާން މެދުވެރިކޮށް، އީރާންގެ ހުށަހެޅުން އެމެރިކާއާ ހިއްސާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު