Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާން ހަނގުރާމަ ހުއްޓުވުުމުގެ ޤަރާރު އެމެރިކާގެ ސެނެޓުން ބޭރު ކޮށްލައިފި

އެމެރިކާގެ ކޮންގްރެސްގެ ހުއްދަ ނެތި ހަނގުރާމަ ކުރިއަށް ނުގެންދެވޭ ގޮތަށް ހުށަހެޅި މި ޤަރާރު ބޭރު ކޮށްލާފައި ވަނީ، 52 ވޯޓު އަދި 47 ވޯޓުން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 އެޕްރީލު 2026 | ބުރާސްފަތި 06:53
އެމެރިކާ އާއި އީރާނުގެ ދިދަ.

އެމެރިކާ އާއި އީރާނުގެ ދިދަ. | ރޮއިޓާސް

އީރާންއާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިއަށް ގެންދަވާ އަސްކަރީ ހަނގުރާމަ ހުއްޓުވުމަށް އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން އިން ހުށަހެޅި ޤަރާރެއް، އެމެރިކާގެ ސެނެޓުގައި ތިއްބަވާ ރިޕަބްލިކަން ޕާޓީގެ މެމްބަރުންގެ އަޣުލަބިއްޔަތުން ބޭރު ކޮށްލައިފި އެވެ.

އެމެރިކާގެ ކޮންގްރެސްގެ ހުއްދަ ނެތި ހަނގުރާމަ ކުރިއަށް ނުގެންދެވޭ ގޮތަށް ހުށަހެޅި މި ޤަރާރު ބޭރު ކޮށްލާފައި ވަނީ، 52 ވޯޓު އަދި 47 ވޯޓުންނެވެ. 

މި ވޯޓުގެ ނަތީޖާ އިން ހާމަވެގެން ދިޔައީ، އެމެރިކާ އާއި އިޒްރޭލް އިން ގުޅިގެން އީރާން އަށް ވައިގެ ހަމަލާތައް ދޭން ފެށިތާ ހަ ހަފުތާ އަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އެމެރިކާގެ ރައީސް ޓްރަމްޕް ގެންގުޅުއްވާ ހަނގުރާމައިގެ ސިޔާސަތަށް ރިޕަބްލިކަން ޕާޓީގެ ފުރިހަމަ ތާއީދު އަދި ވެސް އޮތް ކަމަށެވެ. ހަނގުރާމަ ފެށުނު ފަހުން ޑިމޮކްރެޓިކް ޕާޓީ އިން މިފަދަ ޤަރާރެއް ސެނެޓަށް ހުށަހެޅި މިއީ ހަތަރު ވަނަ ފަހަރެވެ. 

ނަމަވެސް، ކެންޓަކީގެ ސެނެޓަރު ރޭންޑް ޕޯލް ފިޔަވައި ރިޕަބްލިކަން ޕާޓީގެ ހުރިހާ މެމްބަރުން ވަނީ މި ޤަރާރާ ދެކޮޅަށް ވޯޓު ދެއްވައިފަ އެވެ. 

މި ވޯޓުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ޤަރާރަށް ތާއީދު ކުރެއްވި ހަމައެކަނި މެމްބަރަކީ، އަސްކަރީ ހޭދަ ބޮޑުވުމާ ދެކޮޅަށް އަބަދު ވެސް އަޑު އުފުއްލަވަ އަދި ޤާނޫނު އަސާސީގެ މާއްދާތައް އަކުރުން އަކުރަށް ތަންފީޒު ކުރުމަށް ވަކާލާތު ކުރައްވާ ރޭންޑް ޕޯލް އެވެ. އަނެއް ކޮޅުން ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުންގެ ތެރެއިން މި ޤަރާރާ ދެކޮޅަށް ވޯޓު ދެއްވީ ޕެންސިލްވޭނިއާގެ ސެނެޓަރު ޖޯން ޕެޓާމަން އެވެ. ވެސްޓް ވާޖިނިއާގެ ރިޕަބްލިކަން ސެނެޓަރު ޖިމް ޖަސްޓިސް މި ވޯޓުގައި ބައިވެރިވެ ވަޑައިގެންފައި ނުވެ އެވެ. 

އެމެރިކާގެ ޤާނޫނު އަސާސީ ބުނާ ގޮތުން ހަނގުރާމަ އިއުލާން ކުރުމުގެ ބާރު އޮންނަނީ ރައީސަކަށް ނޫނެވެ. އެ ބާރު އޮންނަނީ ކޮންގްރެސް އަށެވެ. ނަމަވެސް ކުރު މުއްދަތުގެ އަސްކަރީ އޮޕަރޭޝަން ތަކާއި، ޤައުމަށް ވަގުތުން ކުރިމަތިވާ ނުރައްކާ ތަކުން ސަލާމަތްވުމަށް ހިންގާ ޙަރަކާތް ތަކުގައި އެ ހުރަސްތައް ނޯންނާނެ ކަމަށް އެމެރިކާގެ ދެ ޕާޓީގެ ރައީސުން ވެސް ޒަމާނުއްސުރެ ދެކެވަޑައިގަންނަވަން އެވެ. 

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ސެނެޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ޕާކިސްތާންގެ އަސްކަރީ އިސްވެރިޔާ އީރާން އަށް ވަޑައިގެންފި

ޕާކިސްތާންގެ އަސްކަރީ އިސްވެރިޔާ އީރާން އަށް ވަޑައިގެންފި

16 އެޕްރީލު 2026
އެމެރިކާ އާއި އީރާންގެ މަޝްވަރާގެ ދެ ވަނަ ބައްދަލުވުން ވަރަށް އަވަހަށް އޮންނާނެ: ޓްރަމްޕް

އެމެރިކާ އާއި އީރާންގެ މަޝްވަރާގެ ދެ ވަނަ ބައްދަލުވުން ވަރަށް އަވަހަށް އޮންނާނެ: ޓްރަމްޕް

15 އެޕްރީލު 2026
އިޒްރޭލް އާއި ލުބުނާން އިން ގިނަ އަހަރު ތަކަކަށް ފަހު، ފުރަތަމަ ފަހަރަށް ސީދާ މަޝްވަރާ ތަކެއް ބާއްވައިފި

އިޒްރޭލް އާއި ލުބުނާން އިން ގިނަ އަހަރު ތަކަކަށް ފަހު، ފުރަތަމަ ފަހަރަށް ސީދާ މަޝްވަރާ ތަކެއް ބާއްވައިފި

15 އެޕްރީލު 2026
އެއްބަސްވުމަކާ "އިންޗިއެއްހާ" ކައިރި އަށް ދެވުނު: އީރާންގެ ފޮރިން މިނިސްޓަރު

އެއްބަސްވުމަކާ "އިންޗިއެއްހާ" ކައިރި އަށް ދެވުނު: އީރާންގެ ފޮރިން މިނިސްޓަރު

14 އެޕްރީލު 2026
އެމެރިކާ އާއި އީރާންއާ ދެެމެދު ދެ ވަނަ ބުރުގެ މަޝްވަރާ ތަކެއް ބާއްވަން ޕާކިސްތާން އިން ހުށަހަޅައިފި

އެމެރިކާ އާއި އީރާންއާ ދެެމެދު ދެ ވަނަ ބުރުގެ މަޝްވަރާ ތަކެއް ބާއްވަން ޕާކިސްތާން އިން ހުށަހަޅައިފި

14 އެޕްރީލު 2026

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު