Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެމެރިކާ އާއި އީރާންއާ ދެެމެދު ދެ ވަނަ ބުރުގެ މަޝްވަރާ ތަކެއް ބާއްވަން ޕާކިސްތާން އިން ހުށަހަޅައިފި

ނަން ހާމަ ނުކުރުމަށް އެދި ޕާކިސްތާންގެ ދެ އޮފިޝަލަކު އޭޕީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކުރިއަށް އޮތް މުއްދަތުގެ ތެރޭގައި މި މަޝްވަރާތައް ބޭއްވުމަށް ޕާކިސްތާން އިން ހުށަހަޅާފައި ވަނީ، މިހާރު އިއުލާން ކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު ހަމަވުމުގެ ކުރިން ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 އެޕްރީލު 2026 | އަންގާރަ 05:09
ފުރަތަމަ ބުރުގެ މަޝްވަރާ ތަކަށް ފަހު އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވާހަކަ ދައްކަވަނީ.

ފުރަތަމަ ބުރުގެ މަޝްވަރާ ތަކަށް ފަހު އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވާހަކަ ދައްކަވަނީ. | ރޮއިޓާސް

އެމެރިކާ އާއި އީރާާންއާ ދެމެދު ކުރިއަށްދާ މަޝްވަރާ ތަކުގެ ދެ ވަނަ ބުރެއް ބާއްވަން ޕާކިސްތާން އިން ހުށަހަޅައިފި އެވެ. 

އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޕާކިސްތާން އިން ހުށަހަޅާފައި ވަނީ އެ ޤައުމުގެ ވެރި ރަށް އިސްލާމްއާބާދުގައި ދެ ވަނަ ބުރުގެ މަޝްވަރާ ތަކެއް ކުރިއަށް ގެންދިޔުމަށެވެ. ޕާކިސްތާން އިން މިފަދަ ހުށަހެޅުމެއް ހުށަހަޅާފައި މި ވަނީ އެ ޤައުމުގައި ކުރިއަށް ގެންދިޔަ ފުރަތަމަ ބުރުގެ މަޝްވަރާ ތަކަށް ފަހު އެވެ. 

ނަން ހާމަ ނުކުރުމަށް އެދި ޕާކިސްތާންގެ ދެ އޮފިޝަލަކު އޭޕީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކުރިއަށް އޮތް މުއްދަތުގެ ތެރޭގައި މި މަޝްވަރާތައް ބޭއްވުމަށް ޕާކިސްތާން އިން ހުށަހަޅާފައި ވަނީ، މިހާރު އިއުލާން ކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު ހަމަވުމުގެ ކުރިން ކަމަށެވެ.  

މި ހުށަހެޅުމާ ގުޅޭ ގޮތުން އެ އޮފިޝަލުން އިތުރަށް ވިދާޅުވީ، އިސްލާމްއާބާދުގައި މި ބައްދަލުވުން ބޭއްވުމާ މެދު ގޮތެއް ނިންމާނީ މަޝްވަރާގައި ބައިވެރިވާ ދެ ޤައުމުގެ އިސްވެރިން ކަމަށެވެ. އަދި އެމެރިކާ ނުވަތަ އީރާން އިން މި ބައްދަލުވުން ބޭއްވުމަށް އެހެން މަންޒިލެއް އިޚުތިޔާރު ކުރަން ބޭނުންވާ ނަމަ، އެކަމަށް ޕާކިސްތާާން އިން އިޙުތިރާމް ކުރާނެ ކަމަށް ވެސް އޮފިޝަލު ވަނީ ފާހަގަ ކުރައްވައިފަ އެވެ. 

އެމެރިކާ އާއި އީރާންގެ ގުޅުން ގޯސްވެފައިވާ މި ދަނޑިވަޅުގައި، ދެ ޤައުމުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަ ކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމައުން ދަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. ޕާކިސްތާން އަކީ މީގެ ކުރިން ވެސް މިފަދަ ސަރަހައްދީ މައްސަލަ ތަކުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރުމަށް ޝައުޤުވެރިކަން ފާޅު ކޮށްފައިވާ ޤައުމެކެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޕާކިސްތާން

އިތުރަށް ކިޔާލަން

13 އެޕްރީލު 2026

އީރާނުގެ ބަނދަރުތަކަށް ހަމަލާދީފި ނަމަ ސަރަހައްދުގެ އެއްވެސް ބަނދަރަކީ އަމާން ތަނެއްގެ ގޮތުގައި ނޯންނާނެ: އީރާން

13 އެޕްރީލު 2026
އީރާނުގެ ބަނދަރުތަކަށް ހަމަލާދީފި ނަމަ ސަރަހައްދުގެ އެއްވެސް ބަނދަރަކީ އަމާން ތަނެއްގެ ގޮތުގައި ނޯންނާނެ: އީރާން
13 އެޕްރީލު 2026

އީރާނުގެ ބަނދަރުތައް ބަންދުކުރުމާ ކުރިމަތިލާ އުޅަނދުތައް ނައްތާލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

13 އެޕްރީލު 2026
އީރާނުގެ ބަނދަރުތައް ބަންދުކުރުމާ ކުރިމަތިލާ އުޅަނދުތައް ނައްތާލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި
13 އެޕްރީލު 2026

އީރާނަށް އަނެއްކާ ވެސް ހަމަލާ ދިނުމަށް ޓްރަމްޕް ވިސްނަވަމުންދާކަމަށް ރިޕޯޓްތައް ބުނެފި

13 އެޕްރީލު 2026
އީރާނަށް އަނެއްކާ ވެސް ހަމަލާ ދިނުމަށް ޓްރަމްޕް ވިސްނަވަމުންދާކަމަށް ރިޕޯޓްތައް ބުނެފި
13 އެޕްރީލު 2026

އީރާން އިން މަޝްވަރާ ތަކުގައި ބައިވެރި ނުވިޔަސް، އަހަރުންނަށް ހެޔޮ: ޓްރަމްޕް

13 އެޕްރީލު 2026
އީރާން އިން މަޝްވަރާ ތަކުގައި ބައިވެރި ނުވިޔަސް، އަހަރުންނަށް ހެޔޮ: ޓްރަމްޕް
13 އެޕްރީލު 2026

ނޭޓޯ އަށް ކުރާ ޚަރަދާ މެދު ޓްރަމްޕް ހިތްހަމަ ނުޖެހޭ، އެކަން މުރާޖައާ ކުރަނީ

13 އެޕްރީލު 2026
ނޭޓޯ އަށް ކުރާ ޚަރަދާ މެދު ޓްރަމްޕް ހިތްހަމަ ނުޖެހޭ، އެކަން މުރާޖައާ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު