Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ޕާކިސްތާންގެ އަސްކަރީ އިސްވެރިޔާ އީރާން އަށް ވަޑައިގެންފި

ޕާކިސްތާންގެ އަސްކަރިއްޔާގެ މީޑިއާ އިން ވަނީ އެ ދަތުރުފުޅު ކުރައްވާ ކަމަށް ހާމަ ކޮށްފައި. އަދި އެ ވަފުދުގައި ޕާކިސްތާންގެ ދާޚިލީ ވަޒީރު މުހުސިން ނަގްވީ ވެސް ހިމެނި ވަޑައިގަންނަވާ ކަމަށާއި، މިއީ ދެ ޤައުމުގެ ދެ މެދުގައި ކުރިއަށްދާ މެދުވެރިއެއްގެ ދައުރުގެ ބައެއް ކަމަށް ވެސް ޕާކިސްތާން އިން ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 އެޕްރީލު 2026 | ބުރާސްފަތި 06:49
އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ ޕާކިސްތާންގެ އަސްކަރިއްޔާގެ އިސްވެރިޔާ އަށް މަރުހަބާ ދަންނަވަނީ.

އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ ޕާކިސްތާންގެ އަސްކަރިއްޔާގެ އިސްވެރިޔާ އަށް މަރުހަބާ ދަންނަވަނީ. | ރޮއިޓާސް

ޕާކިސްތާންގެ އަސްކަރީ އިސްވެރިޔާ ޖެނަރަލް އާސިމް މުނީރު އިސްކޮށް ހުންނަވައި، ޕާކިސްތާންގެ ވަފުދެއް އީރާން އަށް ވަޑައިގެންފި އެވެ. 

ބުދަ ދުވަހު ޕާކިސްތާންގެ އަސްކަރީ އިސްވެރިޔާ އީރާން އަށް ވަޑައިގެންނެވުމުން، އޭނާ އަށް މަރުޙަބާ ދެންނެވީ އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ އެވެ. މި ދަތުރުފުޅަކީ މެދު އިރުމަތީގެ ހަނގުރާމަ ހުއްޓާލުމާ ގުޅޭ ގޮތުން އެމެރިކާ އާއި އީރާންއާ ދެމެދު ޕާކިސްތާންގައި ކުރިއަށް ދިޔަ މަޝްވަރާ ތަކަށް ފަހު، އޭގެ ދުވަސް ކޮޅެއް ފަހުން އީރާން އަށް ކުރައްވާ ދަތުރުފުޅެކެވެ.

ޓެލެގްރާމް ޗެނަލްގައި އަރާގްޗީ އާންމު ކުރި ފޮޓޯ ތަކާ އެކު ވިދާޅުވެފައި ވަނީ، ޖެނެރަލް މުނީރު އީރާންގެ ވެރި ރަށް ތެހެރާން އަށް ވަޑައިގެންފައިވާ ކަމަށެވެ. ޕާކިސްތާންގެ އަސްކަރިއްޔާގެ މީޑިއާ އިން ވަނީ އެ ދަތުރުފުޅު ކުރައްވާ ކަމަށް ހާމަ ކޮށްފަ އެވެ. އަދި އެ ވަފުދުގައި ޕާކިސްތާންގެ ދާޚިލީ ވަޒީރު މުހުސިން ނަގްވީ ވެސް ހިމެނި ވަޑައިގަންނަވާ ކަމަށާއި، މިއީ ދެ ޤައުމުގެ ދެ މެދުގައި ކުރިއަށްދާ މެދުވެރިއެއްގެ ދައުރުގެ ބައެއް ކަމަށް ވެސް ޕާކިސްތާން އިން ބުނެފައިވެ އެވެ. 

އީރާންގެ ދައުލަތުގެ މީޑިއާ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޕާކިސްތާންގެ މަތީ ފަންތީގެ މި ވަފުދު އީރާނަށް ގޮސްފައި ވަނީ އެމެރިކާގެ އައު މެސެޖުތަކާ އެކު ކަމަށެވެ. އަދި މި ދަތުރުފުޅުގައި ދެ ވަނަ ބުރެއްގެ މަޝްވަރާތައް ބޭއްވުމާ ގުޅޭ ގޮތުން ވާހަކަ ދެކެވޭނެ ކަމަށް ބެލެވެ އެވެ. މިދިޔަ ހަފުތާ ބަންދުގައި ޕާކިސްތާންގެ ވެރި ރަށް އިސްލާމްއާބާދުގައި ބޭއްވި ފުރަތަމަ ބުރުގެ މަޝްވަރާތައް ނާކާމިޔާބުވި ނަަމަވެސް، ޕާކިސްތާންގެ މެދުވެރިކޮށް ދެ ޤައުމުގެ ދެ މެދުގައި ވާހަކަރައް ކުރިއަށްދާކަން އީރާން އިން ވަނީ ބުދަ ދުވަހު ކަށަވަރު ކޮށްދީފަ އެވެ. 

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ

އިތުރަށް ކިޔާލަން

15 އެޕްރީލު 2026

އެމެރިކާ އާއި އީރާންގެ މަޝްވަރާގެ ދެ ވަނަ ބައްދަލުވުން ވަރަށް އަވަހަށް އޮންނާނެ: ޓްރަމްޕް

15 އެޕްރީލު 2026
އެމެރިކާ އާއި އީރާންގެ މަޝްވަރާގެ ދެ ވަނަ ބައްދަލުވުން ވަރަށް އަވަހަށް އޮންނާނެ: ޓްރަމްޕް
15 އެޕްރީލު 2026

އިޒްރޭލް އާއި ލުބުނާން އިން ގިނަ އަހަރު ތަކަކަށް ފަހު، ފުރަތަމަ ފަހަރަށް ސީދާ މަޝްވަރާ ތަކެއް ބާއްވައިފި

15 އެޕްރީލު 2026
އިޒްރޭލް އާއި ލުބުނާން އިން ގިނަ އަހަރު ތަކަކަށް ފަހު، ފުރަތަމަ ފަހަރަށް ސީދާ މަޝްވަރާ ތަކެއް ބާއްވައިފި
14 އެޕްރީލު 2026

އެއްބަސްވުމަކާ "އިންޗިއެއްހާ" ކައިރި އަށް ދެވުނު: އީރާންގެ ފޮރިން މިނިސްޓަރު

14 އެޕްރީލު 2026
އެއްބަސްވުމަކާ "އިންޗިއެއްހާ" ކައިރި އަށް ދެވުނު: އީރާންގެ ފޮރިން މިނިސްޓަރު
14 އެޕްރީލު 2026

އެމެރިކާ އާއި އީރާންއާ ދެެމެދު ދެ ވަނަ ބުރުގެ މަޝްވަރާ ތަކެއް ބާއްވަން ޕާކިސްތާން އިން ހުށަހަޅައިފި

14 އެޕްރީލު 2026
އެމެރިކާ އާއި އީރާންއާ ދެެމެދު ދެ ވަނަ ބުރުގެ މަޝްވަރާ ތަކެއް ބާއްވަން ޕާކިސްތާން އިން ހުށަހަޅައިފި
13 އެޕްރީލު 2026

އީރާނުގެ ބަނދަރުތަކަށް ހަމަލާދީފި ނަމަ ސަރަހައްދުގެ އެއްވެސް ބަނދަރަކީ އަމާން ތަނެއްގެ ގޮތުގައި ނޯންނާނެ: އީރާން

13 އެޕްރީލު 2026
އީރާނުގެ ބަނދަރުތަކަށް ހަމަލާދީފި ނަމަ ސަރަހައްދުގެ އެއްވެސް ބަނދަރަކީ އަމާން ތަނެއްގެ ގޮތުގައި ނޯންނާނެ: އީރާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު