Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާނުގެ ބަނދަރުތަކަށް ހަމަލާދީފި ނަމަ ސަރަހައްދުގެ އެއްވެސް ބަނދަރަކީ އަމާން ތަނެއްގެ ގޮތުގައި ނޯންނާނެ: އީރާން

ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރު އީރާނުގެ އަސްކަރީ ގަވާއިދުތަކަށް ބޯލަނބަންޖެހޭނެ ކަމަށާއި، ދުޝްމަނުންނާ ގުޅުންހުރި އުޅަނދުތަކަށް އެ ސަރަހައްދުން ދަތުރުނުކުރެވޭނެ ކަމަށް އެ ގައުމުން ވަނީ އިންޒާރުދީފައި. އީރާނުގެ ސިޔާދަތީ ބާރު ދެމެހެއްޓުމަށްޓަކައި ހޮރްމޫޒް ކަނޑުއޮޅި ކޮންޓްރޯލް ކުރާނެ ދާއިމީ ނިޒާމެއް ގާއިމުކުރުމަށް ވެސް އެ ގައުމުން ވަނީ ނިންމާފައި.

ރާއްޖެ އެމްވީ | 13 އެޕްރީލު 2026 | ހޯމަ 15:55
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން، ތެޔޮ އުފުލާ ބޯޓުފަހަރާއި ގޭސް އުފުލާ ބޯޓުފަހަރުގެ ދަތުރުތަކަށް ހުރަސްއެޅި، މުޅި ދުނިޔެއަށް ހަކަތައިގެ ބޮޑު ދަތިކަމެއް ވަނީ ކުރިމަތިވެފައި.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން، ތެޔޮ އުފުލާ ބޯޓުފަހަރާއި ގޭސް އުފުލާ ބޯޓުފަހަރުގެ ދަތުރުތަކަށް ހުރަސްއެޅި، މުޅި ދުނިޔެއަށް ހަކަތައިގެ ބޮޑު ދަތިކަމެއް ވަނީ ކުރިމަތިވެފައި. | ގެޓީ އިމޭޖަސް

އީރާނުގެ ބަނދަރުތަކަށް އެއްވެސް ނުރައްކަލެއް ކުރިމަތިކޮށްފިނަމަ، މުޅި ސަރަހައްދީ ފެންވަރުގައި އެކަމަށް ރައްދުދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އަސްކަރިއްޔާއިން ދީފިއެވެ. އަދި އީރާނުގެ ބަނދަރުތަކަށް ހަމަލާދީފިނަމަ، ޕާޝިއަން ގަލްފް ނުވަތަ އޮމާން ކަނޑުގެ އެއްވެސް ބަނދަރަކީ އަމާން ތަނެއްގެ ގޮތުގައި ނޯންނާނެ ކަމަށްވެސް އީރާނުން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން ހޯމަ ދުވަހު ނެރުއްވި ބަޔާނެއްގައި ލެފްޓިނަންޓް ކާނަލް އިބްރާހީމް ޒުލްފަގާރީ ވިދާޅުވީ، އިސްތިރާތީޖީ ގޮތުން މުހިންމު އެ ދެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ މަސްލަހަތާ ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި އެ ސަލާމަތްތެރިކަން އޮންނަންވާނީ ހުރިހާ ފަރާތްތަކަށް ހަމަހަމަކޮށް ކަމަށާއި، އެހެން ނޫންނަމަ އެއްވެސް ފަރާތަކަށް އެ ރައްކާތެރިކަން ނޯންނާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އީރާނުގެ ސަރަހައްދީ ކަނޑުގެ ސިޔާދަތީ ބާރު ދެމެހެއްޓުމާއެކު، ގައުމުގެ ހައްގުތައް ދިފާއުކުރުމަކީ އީރާނުގެ ހަތިޔާރު އެޅި ބާރުތަކަށް ލިބިގެންވާ ގާނޫނީ އަދި ތަބީއީ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އީރާނުގެ ކަނޑުގެ ސަރަހައްދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް އެއްވެސް މެދުކެނޑުމެއް ނެތި ވަރުގަދަކޮށް ކުރިއަށްދާނެ ކަމަށް ޒުލްފަގާރީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދުޝްމަނުންނާ ގުޅުންހުރި އެއްވެސް އުޅަނދަކަށް ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ހައްގު މިހާރުވެސް އަދި ކުރިއަށް އޮތް ތަނުގައިވެސް ނޯންނާނެ ކަމަށެވެ.

އީރާނުގެ އަސްކަރިއްޔާގެ އިސް އޮފިޝަލް ވިދާޅުވި ގޮތުގައި، އެހެނިހެން އުޅަނދުފަހަރަށް ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރެވޭނީ އިސްލާމީ ޖުމްހޫރިއްޔާގެ ހަތިޔާރު އެޅި ބާރުތަކުން ކަނޑައަޅާފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މިހާރު ކުރިމަތިވެފައިވާ ނުރައްކާތަކަށް ރިއާޔަތްކޮށް، މިހާރު އުފެދިފައިވާ ހަމަނުޖެހުންތައް ހައްލުވުމަށްފަހުވެސް، ހޮރްމޫޒް ކަނޑުއޮޅި ކޮންޓްރޯލް ކުރުމަށް ދާއިމީ ނިޒާމެއް ގާއިމުކުރާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުތަކުގައި ދަތުރުފަތުރު ކުރުމަށް އެމެރިކާއިން އަޅާފައިވާ ހުރަސްތަކަކީ ޣައިރު ގާނޫނީ އަމަލުތަކެއް ކަމަށާއި، އެއީ ކަނޑުފޭރުމުގެ އަމަލުތަކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ޒުލްފަގާރީ އިތުރަށް ވިދާޅުވީ، އީރާނުގެ ބަނދަރުތަކުގެ ސަލާމަތަށް ނުރައްކާވާ ހާލަތެއްގައި، ޕާޝިއަން ގަލްފް ނުވަތަ އޮމާން ކަނޑުގެ އެއްވެސް ބަނދަރަކީ ރައްކާތެރި ތަނަކަށް ނުވާނެ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާދީއްތަ ދުވަހު ވިދާޅުވީ، އެމެރިކާގެ ނޭވީން ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށް "ނޭވަލް ބްލޮކޭޑެއް" ގާއިމުކުރާނެ ކަމަށެވެ.

މި ފިޔަވަޅު އެޅުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުގެ ހެނދުނު އިރުމަތީ ގަޑިން 10:00 (ޖީއެމްޓީން 14:00) ގައެވެ.

ޓްރަމްޕްގެ މި އިންޒާރުތަކަކީ "ވަރަށް މަޖާ އަދި ހިނި އަންނަ ޒާތުގެ" ވާހަކަތަކެއް ކަމަށް ބުނެ އީރާނުގެ ނޭވީ ކޮމާންޑަރު ވަނީ ހަޖޫޖަހާފަ އެވެ. އަދި އެ ސަރަހައްދުގައިވާ އެމެރިކާގެ ފްލީޓްތަކުގެ ކޮންމެ ހަރަކާތެއް އީރާނުގެ އަސްކަރިއްޔާއިން ވަރަށް ގާތުން ބަލަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން ފެށި އުދުވާނީ ހަނގުރާމައާ ގުޅިގެން، އީރާނުން ވަނީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމުގައި ހުރަސްތަކެއް ކުރިމަތިކޮށްފައެވެ.

ތެހެރާނުން ވަނީ އެ ގައުމާ އެކުވެރި ގައުމުތަކުގެ އުޅަނދުފަހަރަށް ދަތުރުކުރުމުގެ ހުއްދަ ދީފައެވެ. ނަމަވެސް އުދުވާން ހިންގާ ގައުމުތަކާއި އެ ގައުމުތަކަށް ވާގިވެރިވާ ފަރާތްތަކާ ގުޅުންހުރި އުޅަނދުތައް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން، އީރާނުގެ ގައުމީ ފައިސާއިން ދަތުރުފަތުރުގެ ފީ ނެގުމަށާއި، އެމެރިކާއާއި އިޒްރޭލުގެ އުޅަނދުތައް ދަތުރުކުރުން ސަރީހަ ގޮތެއްގައި މަނާކުރުމަށް ބޭނުންވާ ގާނޫނުގެ ދެލިކޮޕީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލިހަށް ވަނީ ހުށަހަޅާފަ އެވެ.

އީރާންހޮރްމޫޒް ކަނޑުއޮޅިއިބްރާހީމް ޒުލްފަގާރީއީރާން-އެމެރިކާއީރާން-އިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުގެ ބަނދަރުތަކަށް ދަތުރުކުރާ އުޅަނދުތައް ހުއްޓުވުމަށް އެމެރިކާއިން ރާވާފައިވާ ބްލޮކޭޑްގައި ބައިވެރިނުވާނެ ކަމަށް ނޭޓޯގެ ގައުމުތަކުން ބުނެފި

އީރާނުގެ ބަނދަރުތަކަށް ދަތުރުކުރާ އުޅަނދުތައް ހުއްޓުވުމަށް އެމެރިކާއިން ރާވާފައިވާ ބްލޮކޭޑްގައި ބައިވެރިނުވާނެ ކަމަށް ނޭޓޯގެ ގައުމުތަކުން ބުނެފި

13 އެޕްރީލު 2026
އީރާނުގެ ހުރިހާ ބަނދަރުތަކެއް ބަންދުކުރަން އެމެެރިކާއިން ނިންމި ނިންމުމަށް އިޒްރޭލުން ތާއީދު ކޮށްފި

އީރާނުގެ ހުރިހާ ބަނދަރުތަކެއް ބަންދުކުރަން އެމެެރިކާއިން ނިންމި ނިންމުމަށް އިޒްރޭލުން ތާއީދު ކޮށްފި

13 އެޕްރީލު 2026
އީރާނުގެ ބަނދަރުތައް ބަންދުކުރުމާ ކުރިމަތިލާ އުޅަނދުތައް ނައްތާލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

އީރާނުގެ ބަނދަރުތައް ބަންދުކުރުމާ ކުރިމަތިލާ އުޅަނދުތައް ނައްތާލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

13 އެޕްރީލު 2026
ކޮންމެ ފަދަ ފިއްތުމެއް ކުރިމަތިވި ނަމަވެސް، އީރާނާއެކު ކުރަމުންދާ ހަނގުރާމައިގެ ތެރެއަށް އިނގިރޭސިވިލާތް ނުވަންނާނެ: ބޮޑުވަޒީރު

ކޮންމެ ފަދަ ފިއްތުމެއް ކުރިމަތިވި ނަމަވެސް، އީރާނާއެކު ކުރަމުންދާ ހަނގުރާމައިގެ ތެރެއަށް އިނގިރޭސިވިލާތް ނުވަންނާނެ: ބޮޑުވަޒީރު

13 އެޕްރީލު 2026
އީރާނަށް އަނެއްކާ ވެސް ހަމަލާ ދިނުމަށް ޓްރަމްޕް ވިސްނަވަމުންދާކަމަށް ރިޕޯޓްތައް ބުނެފި

އީރާނަށް އަނެއްކާ ވެސް ހަމަލާ ދިނުމަށް ޓްރަމްޕް ވިސްނަވަމުންދާކަމަށް ރިޕޯޓްތައް ބުނެފި

13 އެޕްރީލު 2026

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު