Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާނަށް އަނެއްކާ ވެސް ހަމަލާ ދިނުމަށް ޓްރަމްޕް ވިސްނަވަމުންދާކަމަށް ރިޕޯޓްތައް ބުނެފި

ޕާކިސްތާނުގައި އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދިޔަ މަތީ ފަންތީގެ މަޝްވަރާތައް އެއްބަސްވުމަކާ ނުލައި ނިމުމާ ގުޅިގެން، އީރާނަށް އަމާޒުކޮށް އަސްކަރީ ހަމަލާތަކެއް ދިނުމާ މެދު ރައީސް ޓްރަމްޕް ގެންދަވަނީ ވިސްނަވަމުން. ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައިވާ މި ދަނޑިވަޅުގައި، ޑިޕްލޮމެޓިކް ހައްލަކަށް ފުރުސަތު އޮތް ނަމަވެސް، އީރާނުގެ މަޖުބޫރުކުރުވުންތައް ހުއްޓުވުމަށް އިތުރު ހަރުކަށި ފިޔަވަޅުތަކެއް އެޅުމުގެ ވިސްނުން އެމެރިކާ އިން ގެންގުޅޭ. މީގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ނާޒުކު ސުލްހަ މިހާރު ވަނީ ނުރައްކަލުގެ ތެރޭގައި.

ރާއްޖެ އެމްވީ | 13 އެޕްރީލު 2026 | ހޯމަ 08:55
ފްލޮރިޑާގެ ޕާމް ބީޗުގައި ހުންނަ މާރް-އަ-ލާގޯ ރިސޯޓުގައި 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ "އޮޕަރޭޝަން އެޕިކް ފިއުރީ" ކުރިއަށްދިޔަ ގޮތް ބައްލަވާލެއްވުމުގެ ތެރެއިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ވ) ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ސޫޒީ ވައިލްސްއާ ވާހަކަދައްކަވަނީ.

ފްލޮރިޑާގެ ޕާމް ބީޗުގައި ހުންނަ މާރް-އަ-ލާގޯ ރިސޯޓުގައި 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ "އޮޕަރޭޝަން އެޕިކް ފިއުރީ" ކުރިއަށްދިޔަ ގޮތް ބައްލަވާލެއްވުމުގެ ތެރެއިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ވ) ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ސޫޒީ ވައިލްސްއާ ވާހަކަދައްކަވަނީ. | ގެޓީ އިމޭޖަސް

އީރާނާއެކު ކުރިއަށްދާ ސުލްހައިގެ ވާހަކަތައް ހުއްޓުމަކަށް އައިސްފައިވާތީ، އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެ ގައުމަށް "ލިމިޓެޑް" ނުވަތަ ވަކި މިންވަރެއްގެ އަސްކަރީ ހަމަލާތަކެއް ދިނުމާ މެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިސްނަވަމުންދާ ކަމަށް ވޯލް ސްޓްރީޓް ޖާނަލް (ޑަބްލިއުއެސްޖޭ) އިން ރިޕޯޓްކޮށްފިއެވެ. އެ ނޫހުން މިކަން ހާމަކޮށްފައިވަނީ މި މައުލޫމާތު އެނގޭ އޮފިޝަލުންނާ ހަވާލާދީ އާދީއްތަ ދުވަހުއެވެ.

މި ފިޔަވަޅު އަޅަން ވިސްނަމުން މިދަނީ، އީރާނާއެކު ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް މިދިޔަ ހަފުތާ ބަންދުގައި އެމެރިކާ އާއި އީރާނާ ދެމެދު ކުރި މަޝްވަރާތައް އެއްބަސްވުމަކާ ހަމައަށް ނާދެވި ނިމުމާ ގުޅިގެން، އެމެރިކާ އިން އީރާނު ބްލޮކޭޑް ކޮށްފައިވާ ދަނޑިވަޅެއްގައެވެ. މީގެ ސަބަބުން ދެ ހަފުތާގެ މުއްދަތަށް ގާއިމުކޮށްފައިވާ ނާޒުކު ސުލްހައިގެ އެއްބަސްވުން މިހާރު ވަނީ ނުރައްކަލުގެ ތެރޭގައެވެ.

ޕާކިސްތާނުގެ އިސްލާމްއާބާދުގައި ހޮނިހިރު ދުވަހުން ފެށިގެން އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް ކުރިއަށްދިޔަ މި މަޝްވަރާތަކަކީ، ފާއިތުވި 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި އެމެރިކާއާއި އީރާނާ ދެމެދު ބޭއްވުނު ފުރަތަމަ ސީދާ ބައްދަލުވުމެވެ. އަދި މިއީ 1979 ވަނަ އަހަރުގެ އީރާނުގެ އިސްލާމީ އިންގިލާބަށްފަހު ދެ ގައުމުގެ ދެމެދުގައި ބޭއްވުނު އެންމެ މަތީ ފަންތީގެ މަޝްވަރާތައްވެސް މެއެވެ.

ވޯލް ސްޓްރީޓް ޖާނަލްގެ ރިޕޯޓުގައިވާ ގޮތުން، ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށް އެމެރިކާއިން ހިންގާ ބްލޮކޭޑްގެ އިތުރުން، އީރާނަށް އަމާޒުކޮށް އަލުން އަސްކަރީ ހަމަލާތައް ދިނުމާ މެދު ޓްރަމްޕާއި އޭނާގެ މުޝީރުން ދަނީ ވިސްނަވަމުންނެވެ. ޕާކިސްތާނުގައި ކުރިއަށްދިޔަ މަޝްވަރާތައް ނާކާމިޔާބުވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، އާދީއްތަ ދުވަހު ޓްރަމްޕް ވިސްނަވަމުންދިޔަ ކަންތައްތަކުގެ ތެރޭގައި މި ފިޔަވަޅު ހިމެނޭ ކަމަށް އޮފިޝަލުންނާ ހަވާލާދީ އެ ނޫހުން ބުނެފައިވެއެވެ.

މީގެ އިތުރުން، އެމެރިކާގެ ރައީސް ބޭނުންފުޅުވެއްޖެ ނަމަ ބޮން އެޅުމުގެ ބޮޑު އަސްކަރީ ކެމްޕޭނެއް އަލުން ފެއްޓެވިދާނެ ކަމަށްވެސް އެ ރިޕޯޓުގައިވެއެވެ. ނަމަވެސް އެފަދަ ފިޔަވަޅެއް އެޅުމުގެ ފުރުސަތު ކުޑަކަމަށް އޮފިޝަލުން ފާހަގަކުރައްވާފައިވާ ކަމަށް އެ ނޫހުން ބުނެއެވެ.

ޓްރަމްޕްގެ އަރިސް ބޭފުޅުންނާ ހަވާލާދީ ޑަބްލިއުއެސްޖޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަސްކަރީ ފިޔަވަޅުތަކުގެ ވާހަކަ ދެކެވުނު ނަމަވެސް، ޑިޕްލޮމެޓިކް އުސޫލުން މައްސަލަ ހައްލުކުރުމުގެ ފުރުސަތު ޓްރަމްޕް އަދިވެސް ބަންދެއް ނުކުރައްވައެވެ.

މިކަމާ ގުޅިގެން ވައިޓް ހައުސްއިން ވަނީ ރައީސް ޓްރަމްޕް އިޚްތިޔާރު ކުރައްވާނެ ވަކި ފިޔަވަޅުތަކަކާ ބެހޭގޮތުން ވާހަކަދެއްކުމަށް އިންކާރުކޮށްފައެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު އޮލީވިއާ ވޭލްސް ވިދާޅުވި ގޮތުގައި، އީރާނުން ކުރަމުންދާ މަޖުބޫރުކުރުވުންތައް ނުވަތަ "އެކްސްޓޯޝަން" ހުއްޓުވުމަށްޓަކައި ހޮރްމޫޒް ކަނޑުއޮޅި ބަންދު ކުރުމަށް ރައީސް މިހާރުވެސް ވަނީ އަމުރުކުރައްވާފައެވެ. އަދި އިތުރަށް އެޅިދާނެ ހުރިހާ ފިޔަވަޅުތަކެއްވެސް ރައީސް ގެންދަވަނީ ވިސްނަވަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އީރާން-އެމެރިކާޑޮނަލްޑް ޓްރަމްޕްހޮރްމޫޒް ކަނޑުއޮޅި

ކޮމެންޓް

އިތުރަށް ކިޔާލަން

ތެލުގެ އަގު 100 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ

ތެލުގެ އަގު 100 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ

13 އެޕްރީލު 2026
އީރާން އިން މަޝްވަރާ ތަކުގައި ބައިވެރި ނުވިޔަސް، އަހަރުންނަށް ހެޔޮ: ޓްރަމްޕް

އީރާން އިން މަޝްވަރާ ތަކުގައި ބައިވެރި ނުވިޔަސް، އަހަރުންނަށް ހެޔޮ: ޓްރަމްޕް

13 އެޕްރީލު 2026
ނޭޓޯ އަށް ކުރާ ޚަރަދާ މެދު ޓްރަމްޕް ހިތްހަމަ ނުޖެހޭ، އެކަން މުރާޖައާ ކުރަނީ

ނޭޓޯ އަށް ކުރާ ޚަރަދާ މެދު ޓްރަމްޕް ހިތްހަމަ ނުޖެހޭ، އެކަން މުރާޖައާ ކުރަނީ

13 އެޕްރީލު 2026
އެމެރިކާގެ ބިރު ދެއްކުން ތަަކަށް އީރާން އިން ބޯ ގުދު ނުކުރާނެ: ޤާނޫނު ހަދާ މަޖިލީހުގެ ރައީސް

އެމެރިކާގެ ބިރު ދެއްކުން ތަަކަށް އީރާން އިން ބޯ ގުދު ނުކުރާނެ: ޤާނޫނު ހަދާ މަޖިލީހުގެ ރައީސް

13 އެޕްރީލު 2026
ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމަށް ޓްރަމްޕް އަންގަވައިފި

ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމަށް ޓްރަމްޕް އަންގަވައިފި

12 އެޕްރީލު 2026

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު