Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެމެރިކާ އާއި އީރާންގެ މަޝްވަރާގެ ދެ ވަނަ ބައްދަލުވުން ވަރަށް އަވަހަށް އޮންނާނެ: ޓްރަމްޕް

އަންގާރަ ދުވަހު ނިއުޔޯކް ޕޯސްޓަށް ދެއްވި އިންޓަވިޔުއެއްގައި ޓްރަމްޕް ވިދާޅުވީ، ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ކަންތައްތަކެއް ހިނގުމުގެ ފުރުސަތު އޮތުމުން މަޝްވަރާ ތަކަށް އެނބުރި ދިޔުމުގެ ޝައުޤުވެރިކަން އެބަހުރި ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 އެޕްރީލު 2026 | ބުދަ 05:26
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ރޮއިޓާސް

އެމެރިކާ އާއި އީރާންއާ ދެމެދު ސުލްޙަ ޤާއިމު ކުރުމަށް ކުރިއަށް ގެންދާ މަޝްވަރާ ތަކުގެ ދެ ވަނަ ބައްދަލުވުން، ވަރަށް އަވަހަށް އޮންނާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ، އެމެރިކާ އާއި އީރާންއާ ދެމެދު ސުލްޙަ ޤާއިމު ކުރުމަށް މިދިޔަ ހަފުތާ ބަންދުގައި ޕާކިސްތާންގައި ކުރިއަށް ގެންދިޔަ މަޝްވަރާތަައް ނާކާމިޔާބު ވެފައިވާ ވަގުތެއްގަ އެވެ. ނަމަވެސް ޕާކިސްތާން އިން ވެސް ވަނީ، މަޝްވަރާގެ ދެ ވަނަ ބައްދަލުވުމެއް އިންތިޒާމު ކުރުމަށް އެ ޤައުމުން ތައްޔާރަށް އޮތް ކަމަށް ހާމަ ކޮށްފަ އެވެ.

އަންގާރަ ދުވަހު ނިއުޔޯކް ޕޯސްޓަށް ދެއްވި އިންޓަވިޔުއެއްގައި ޓްރަމްޕް ވިދާޅުވީ، ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ކަންތައްތަކެއް ހިނގުމުގެ ފުރުސަތު އޮތުމުން މަޝްވަރާ ތަކަށް އެނބުރި ދިޔުމުގެ ޝައުޤުވެރިކަން އެބަހުރި ކަމަށެވެ. ސަރަހައްދީ މަސްދަރު ތަކަށާއި، ޕާކިސްތާން އާއި އީރާންގެ އޮފިޝަލުން ވެސް ވަނީ ދެ ޤައުމުގެ މަންދޫބުން މި ހަފުތާގެ ފަހުކޮޅު އަލުން ޕާކިސްތާނަށް ވަޑައިގެންފާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް، އީރާންގެ އިސް މަސްދަރަކުން ބުނެފައި ވަނީ މަޝްވަރާތައް ފެށޭނެ ވަކި ތާރީޚެއް މިހާތަނަށް ކަނޑައެޅިފައި ނުވާ ކަމަށެވެ.

އެމެރިކާ އިން އީރާންގެ ބަނދަރުތައް ބްލޮކް ކުރުމާ ގުޅިގެން އީރާން އިން ހަރުކަށި އިންޒާރު ތަކެއް ދެމުން ގެންދިޔަ ނަމަވެސް، ޑިޕްލޮމެޓިކް މަޝްވަރާތައް ކުރިއަށް ދާނެ ކަމުގެ ނިޝާންތަކާ އެކު ތެލުގެ ބާޒާރަށް ވަނީ ކޮންމެ ވެސް ވަރެއްގެ ބަދަލު ތަކެއް އައިސްފަ އެވެ. މިގޮތުން އަންގާރަ ދުވަހު ސާފު ނުކުރާ ތެލުގެ އަގު ވަނީ ފީފާއެއް 100 އެެމެރިކާ ޑޮލަރަށް ވުރެ ދަށަށް ގޮސްފަ އެވެ. 

1979 ވަނަ އަހަރުގެ އިސްލާމީ އިންޤިލާބަށް ފަހު ދެ ޤައުމުގެ ދެ މެދުގައި ބޭއްވުނު އެންމެ މަތީ ފަންތީގެ މަޝްވަރާތައް ޕާކިސްތާންގައި ނިމިގެން ދިޔައީ އެންމެ އެދެވޭ ނަތީޖާއެއް ނުނިކުމެ އެވެ. މީގެ ސަބަބުން މިހާރު އޮތް ދެ ހަފުތާގެ މުއްދަތުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމި އޮންނާނެތޯ ވަނީ ސުވާލު އުފެދިފަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާން ބާކީ އޮތީ ހަފުތާ އެކެވެ. 

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްޕާކިސްތާން

އިތުރަށް ކިޔާލަން

15 އެޕްރީލު 2026

އިޒްރޭލް އާއި ލުބުނާން އިން ގިނަ އަހަރު ތަކަކަށް ފަހު، ފުރަތަމަ ފަހަރަށް ސީދާ މަޝްވަރާ ތަކެއް ބާއްވައިފި

15 އެޕްރީލު 2026
އިޒްރޭލް އާއި ލުބުނާން އިން ގިނަ އަހަރު ތަކަކަށް ފަހު، ފުރަތަމަ ފަހަރަށް ސީދާ މަޝްވަރާ ތަކެއް ބާއްވައިފި
14 އެޕްރީލު 2026

އެއްބަސްވުމަކާ "އިންޗިއެއްހާ" ކައިރި އަށް ދެވުނު: އީރާންގެ ފޮރިން މިނިސްޓަރު

14 އެޕްރީލު 2026
އެއްބަސްވުމަކާ "އިންޗިއެއްހާ" ކައިރި އަށް ދެވުނު: އީރާންގެ ފޮރިން މިނިސްޓަރު
14 އެޕްރީލު 2026

އެމެރިކާ އާއި އީރާންއާ ދެެމެދު ދެ ވަނަ ބުރުގެ މަޝްވަރާ ތަކެއް ބާއްވަން ޕާކިސްތާން އިން ހުށަހަޅައިފި

14 އެޕްރީލު 2026
އެމެރިކާ އާއި އީރާންއާ ދެެމެދު ދެ ވަނަ ބުރުގެ މަޝްވަރާ ތަކެއް ބާއްވަން ޕާކިސްތާން އިން ހުށަހަޅައިފި
13 އެޕްރީލު 2026

އީރާނުގެ ބަނދަރުތަކަށް ހަމަލާދީފި ނަމަ ސަރަހައްދުގެ އެއްވެސް ބަނދަރަކީ އަމާން ތަނެއްގެ ގޮތުގައި ނޯންނާނެ: އީރާން

13 އެޕްރީލު 2026
އީރާނުގެ ބަނދަރުތަކަށް ހަމަލާދީފި ނަމަ ސަރަހައްދުގެ އެއްވެސް ބަނދަރަކީ އަމާން ތަނެއްގެ ގޮތުގައި ނޯންނާނެ: އީރާން
13 އެޕްރީލު 2026

އީރާނުގެ ބަނދަރުތައް ބަންދުކުރުމާ ކުރިމަތިލާ އުޅަނދުތައް ނައްތާލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

13 އެޕްރީލު 2026
އީރާނުގެ ބަނދަރުތައް ބަންދުކުރުމާ ކުރިމަތިލާ އުޅަނދުތައް ނައްތާލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު