Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން އިން މަޝްވަރާ ތަކުގައި ބައިވެރި ނުވިޔަސް، އަހަރުންނަށް ހެޔޮ: ޓްރަމްޕް

13 އެޕްރީލު 2026 | ހޯމަ 07:52

އީރާން އިން މަޝްވަރާ ކުރަން ބޭނުން ވިޔަސް، އަދި ނުވިޔަސް، އެމެރިކާގެ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި، އީރާން އަށް ދުވަހަކު ވެސް ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ނުދޭނެ ކަމަށް ޓްރަމްޕް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 އެޕްރީލު 2026 | ހޯމަ 07:52
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ރޮއިޓާސް

އީރާން އިން އަލުން ސުލްޙައިގެ މަޝްވަރާ ތަކުގައި ބައިވެރި ވުމަކީ އެމެރިކާ އަށް މާ މުހިންމު ކަމެއް ނޫން ކަމަށާއި، އެމެރިކާގެ އަމާޒަކީ އީރާން އަށް ނިއުކްލިއާ ހަތިޔާރު ހޯދުމުގެ ފުރުސަަތު ނުދިނުން ކަމަށް އެމެެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާން އިން މަޝްވަރާގެ މޭޒަށް އަލުން އަނބުރާ އައުމާއި، ނައުމާމެދު އޭނާގެ އެއްވެސް ފަރުވާލެއް ނެތް ކަމަށެވެ. އީރާން އިން މަޝްވަރާ ކުރަން ބޭނުން ވިޔަސް، އަދި ނުވިޔަސް، އެމެރިކާގެ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި، އީރާން އަށް ދުވަހަކު ވެސް ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ނުދޭނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. 

މީގެ އިތުރުން އީރާންއާ މެދު ގެންގުޅޭ ހަރުކަށި ސިޔާސަތު ތަކުގެ ސަބަބުން އެ ޤައުމުގު އިޤްތިޞާދަށް ބޮޑެތި ލޮޅުން ތަކެއް އަރަމުންދާ ކަމަށް އީރާން އިން ވަނީ ބުނެފަ އެވެ. ޓްރަމްޕްގެ ވާހަކަފުޅު ތަކާ އެކު މެދު އިރުމަތީގެ މަސްރަހު އިތުރަށް ނު ތަނަވަސްވެފައިވާ އިރު، ބައިނަލްއަޤުވާމީ މުޖުތަމައުން ދަނީ ޙާލަތު ވަރަށް ގާތުން ބަލަމުންނެވެ. 

އެމެރިކާ އިން އީރާންއާ މެދު މިފަދަ ހަރުކަށި ފިޔަވަޅު ތަކެއް އަޅަން ނިންމާފައި ވަނީ، އީރާންގެ ނިއުކްލިއާ ޕްރޮގްރާމް އާއި، ބެލިސްޓިކް މިސައިލް އުފެއްދުމުގެ މަސައްކަތް ހުއްޓުމަށް ބާރު އެޅުމުގެ ގޮތުންނެވެ. ނަމަވެސް، އީރާން އިން އަދިވެސް ބުނަމުން ދަނީ އެ ޤައުމުގެ ނިއުކްލިއާ މަސައްކަތް ތަކަކީ ސުލްޙަވެރި ބޭނުން ތަކަށް ކުރާ މަސައްކަތް ތަކެއް ކަމަށެވެ. 

އީރާންގެ މަޝްވަރާ ތަކާ ގުޅޭ ގޮތުން ޓްރަމްޕް މިހެން ވިދާޅުވެފައިވާއިރު، ޕާކިސްތާންގެ ވެރި ރަށް އިސްލާމްއާބާދުގައި ކުރިއަށް ގެންދިޔަ މަޝްވަރާތައް ނިމުނީ އެއްބަސްވުމަކަށް ނާދެވި އެވެ. އެމެރިކާ އިން ބުނެފައި ވަނީ، މަޝްވަރާ ތަކުގައި އެމެރިކާ އިން ހުށަހެޅި ޝަރުތުތައް އީރާން އިން ޤަބޫލު ކޮށްފައި ނުވާ ކަމަށެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

13 އެޕްރީލު 2026

ނޭޓޯ އަށް ކުރާ ޚަރަދާ މެދު ޓްރަމްޕް ހިތްހަމަ ނުޖެހޭ، އެކަން މުރާޖައާ ކުރަނީ

13 އެޕްރީލު 2026
ނޭޓޯ އަށް ކުރާ ޚަރަދާ މެދު ޓްރަމްޕް ހިތްހަމަ ނުޖެހޭ، އެކަން މުރާޖައާ ކުރަނީ
13 އެޕްރީލު 2026

އެމެރިކާގެ ބިރު ދެއްކުން ތަަކަށް އީރާން އިން ބޯ ގުދު ނުކުރާނެ: ޤާނޫނު ހަދާ މަޖިލީހުގެ ރައީސް

13 އެޕްރީލު 2026
އެމެރިކާގެ ބިރު ދެއްކުން ތަަކަށް އީރާން އިން ބޯ ގުދު ނުކުރާނެ: ޤާނޫނު ހަދާ މަޖިލީހުގެ ރައީސް
12 އެޕްރީލު 2026

ހޮރްމޫޒް ކަނޑުއޮޅީގެ ތަޅުދަނޑި އޮތީ އީރާނުގެ އަތުގައި: ވަލަޔާތީ

12 އެޕްރީލު 2026
ހޮރްމޫޒް ކަނޑުއޮޅީގެ ތަޅުދަނޑި އޮތީ އީރާނުގެ އަތުގައި: ވަލަޔާތީ
12 އެޕްރީލު 2026

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން މަތީ ދެމި ތިބުމަށް، އެމެރިކާ އާއި އީރާން އަށް ޕާކިސްތާން އިން ގޮވާލައިފި

12 އެޕްރީލު 2026
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން މަތީ ދެމި ތިބުމަށް، އެމެރިކާ އާއި އީރާން އަށް ޕާކިސްތާން އިން ގޮވާލައިފި
12 އެޕްރީލު 2026

އެންމެ ބައްދަލުވުމަކުން އެއްބަސްވުމެއް ޤާއިމު ކުރެވޭނެ ކަމަށް އެކަކު ވެސް އުންމީދެއް ނުކުރާނެ: އީރާން

12 އެޕްރީލު 2026
އެންމެ ބައްދަލުވުމަކުން އެއްބަސްވުމެއް ޤާއިމު ކުރެވޭނެ ކަމަށް އެކަކު ވެސް އުންމީދެއް ނުކުރާނެ: އީރާން
12 އެޕްރީލު 2026

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން ހުށަހެޅީ އެންމެ ފަހުގެ އަދި އެންމެ ރަނގަޅު ހުށަހެޅުން ކަމަށް ބުނެފި

12 އެޕްރީލު 2026
ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން ހުށަހެޅީ އެންމެ ފަހުގެ އަދި އެންމެ ރަނގަޅު ހުށަހެޅުން ކަމަށް ބުނެފި
12 އެޕްރީލު 2026

ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ މަސައްކަތް ނުކުރާނެ ކަމުގެ ޔަޤީންކަން އީރާންގެ ކިބައިން ބޭނުންވޭ: އެމެރިކާގެ ނައިބު ރައީސް

12 އެޕްރީލު 2026
ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ މަސައްކަތް ނުކުރާނެ ކަމުގެ ޔަޤީންކަން އީރާންގެ ކިބައިން ބޭނުންވޭ: އެމެރިކާގެ ނައިބު ރައީސް
12 އެޕްރީލު 2026

އެއްބަސްވުމަކަށް ނާދެވި، މާޔޫސްކަންމަތީ ހުންނަވައި ވޭންސް އެނބުރި އެމެރިކާ އަށް

12 އެޕްރީލު 2026
އެއްބަސްވުމަކަށް ނާދެވި، މާޔޫސްކަންމަތީ ހުންނަވައި ވޭންސް އެނބުރި އެމެރިކާ އަށް
11 އެޕްރީލު 2026

އެމެރިކާ އާއެކު މަޝްވަރާ ކުރިޔަސް، އިތުބާރެއް ނެތް: އަރާގްޗީ

11 އެޕްރީލު 2026
އެމެރިކާ އާއެކު މަޝްވަރާ ކުރިޔަސް، އިތުބާރެއް ނެތް: އަރާގްޗީ
11 އެޕްރީލު 2026

އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީގެ މޫނާއި ފައިގައި ބޮޑެތި ޒަޚަމު ތަކެއް

11 އެޕްރީލު 2026
އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީގެ މޫނާއި ފައިގައި ބޮޑެތި ޒަޚަމު ތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް