Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން އެމެރިކާ މަޝްވަރާ

އެއްބަސްވުމަކާ "އިންޗިއެއްހާ" ކައިރި އަށް ދެވުނު: އީރާންގެ ފޮރިން މިނިސްޓަރު

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އަރާގްޗީ ވިދާޅުވީ، ފާއިތުވި 60 އަހަރުގެ އެންމެ މަތީ ފެންވަރުގައި ބޭއްވި ވަރުގަދަ މަޝްވަރާ ތަކުގައި އީރާން އިން ބައިވެރި ވެފައި ވަނީ ހަނގުރާމަ ނިންމުމުގެ ހަގީގީ ނިޔަތުގައި ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 އެޕްރީލު 2026 | އަންގާރަ 05:48
އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ

އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ | ރޮއިޓާސް

އެމެރިކާ އާއި އީރާންއާ ދެމެދު އެއްބަސްވުމެއް ޤާއިމު ކުރުމަށް ޕާކިސްތާންގައި ކުރިއަށް ގެންދިޔަ މަޝްވަރާ ތަކުގައި، އެއްބަސްވުމެއް ޤާއިމު ކުރުމާއި އިންޗިއެއް ހާ ކައިރި އަށް ދެވުނު ކަމަށް އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެ އެވެ. 

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އަރާގްޗީ ވިދާޅުވީ، ފާއިތުވި 60 އަހަރުގެ އެންމެ މަތީ ފެންވަރުގައި ބޭއްވި ވަރުގަދަ މަޝްވަރާ ތަކުގައި އީރާން އިން ބައިވެރި ވެފައި ވަނީ ހަނގުރާމަ ނިންމުމުގެ ހަގީގީ ނިޔަތުގައި ކަމަށެވެ. 

ޕާކިސްތާންގެ ވެރި ރަށް އިސްލާމްއާބާދުގައި ކުރިއަށް ދިޔަ މަޝްވަރާތައް ފުރިހަމަ މިންވަރެއްގައި އެއްބަސްވުމަކާ ކައިވެރިވެފައި ވަނިކޮށް، ހަނގުރާމައިގެ ވިސްނުމާއި، އަމާޒުތައް ބަދަލު ވެގެންދާ ފަދަ ހުރަސް ތަކެއް އެމެރިކާ އިން ކުރިމަތި ކުރުވި ކަމަށް އަރާގްޗީ ވިދާޅުވި އެވެ. 

އެއާ އެކު އަރާގްޗީ ވިދާޅުވީ، އެ ތަޖުރިބާ އިން އެއްވެސް ފިލާވަޅެއް ލިބިފައި ނުވާ ކަމަށެވެ. އެންމެ ފަހުން އެމެރިކާ އާއި އީރާންއާ ދެމެދު ކުރިއަށް ގެންދިޔަ މަޝްވަރާތައް ނާކާމިޔާބު ވެފައިވާއިރު، މިހާތަނަށް ވަނީ ހަނގުރާމަ މެދު ކަނޑާލުމަށް އެއްބަސްވެފަ އެވެ. ދެ ހަފުތާ އަށް ހަނގުރާމަ މެދު ކަނޑާލަން އެއްބަސްވެފައިވާއިރު، މި މުއްދަތުގެ ތެރޭގައި ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކުރަން ޖެހެ އެވެ. 

ފުރަތަމަ ބުރުގެ މަޝްވަރާ ބައްދަލުވުން ނާކާމިޔާބު ވެފައިވާއިރު، ދެ ވަނަ ބުރުގެ ބައްދަލުވުމެއް ބާއްވަން ޕާކިސްތާން އިން ހުށަހަޅާފައިވާ ކަމަށް މީޑިއާ ތަކުގައި މިހާރު ވަނީ ބުނެފަ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ސައްޔިދު އައްބާސް އަރާގްޗީ

އިތުރަށް ކިޔާލަން

14 އެޕްރީލު 2026

އެމެރިކާ އާއި އީރާންއާ ދެެމެދު ދެ ވަނަ ބުރުގެ މަޝްވަރާ ތަކެއް ބާއްވަން ޕާކިސްތާން އިން ހުށަހަޅައިފި

14 އެޕްރީލު 2026
އެމެރިކާ އާއި އީރާންއާ ދެެމެދު ދެ ވަނަ ބުރުގެ މަޝްވަރާ ތަކެއް ބާއްވަން ޕާކިސްތާން އިން ހުށަހަޅައިފި
13 އެޕްރީލު 2026

އީރާނުގެ ބަނދަރުތަކަށް ހަމަލާދީފި ނަމަ ސަރަހައްދުގެ އެއްވެސް ބަނދަރަކީ އަމާން ތަނެއްގެ ގޮތުގައި ނޯންނާނެ: އީރާން

13 އެޕްރީލު 2026
އީރާނުގެ ބަނދަރުތަކަށް ހަމަލާދީފި ނަމަ ސަރަހައްދުގެ އެއްވެސް ބަނދަރަކީ އަމާން ތަނެއްގެ ގޮތުގައި ނޯންނާނެ: އީރާން
13 އެޕްރީލު 2026

އީރާނުގެ ބަނދަރުތައް ބަންދުކުރުމާ ކުރިމަތިލާ އުޅަނދުތައް ނައްތާލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

13 އެޕްރީލު 2026
އީރާނުގެ ބަނދަރުތައް ބަންދުކުރުމާ ކުރިމަތިލާ އުޅަނދުތައް ނައްތާލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި
13 އެޕްރީލު 2026

އީރާނަށް އަނެއްކާ ވެސް ހަމަލާ ދިނުމަށް ޓްރަމްޕް ވިސްނަވަމުންދާކަމަށް ރިޕޯޓްތައް ބުނެފި

13 އެޕްރީލު 2026
އީރާނަށް އަނެއްކާ ވެސް ހަމަލާ ދިނުމަށް ޓްރަމްޕް ވިސްނަވަމުންދާކަމަށް ރިޕޯޓްތައް ބުނެފި
13 އެޕްރީލު 2026

އީރާން އިން މަޝްވަރާ ތަކުގައި ބައިވެރި ނުވިޔަސް، އަހަރުންނަށް ހެޔޮ: ޓްރަމްޕް

13 އެޕްރީލު 2026
އީރާން އިން މަޝްވަރާ ތަކުގައި ބައިވެރި ނުވިޔަސް، އަހަރުންނަށް ހެޔޮ: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު