Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކަރަންޓު ކަނޑާލުމުގެ ތުހުމަތު

އެމްޑީޕީގެ ޖަލްސާ ކުރިއަށްދަނިކޮށް މާފަންނުން ކަރަންޓު ކަނޑާލައިފި، ސްޓެލްކޯ އިން ބުނީ ޓެކްނިލަކް މައްސަލަ އެއް ކަމަށް.

މާފަންނު ވެސްޓްޕާކް ސަރަހައްދުގައި އެމްޑީޕީން ބޭއްވި ކެމްޕެއިން ޖަލްސާގެ ތެރެއިން ކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލައަކުން ކަމަށް ސްޓެލްކޯއިން ބުނި ނަމަވެސް، އެމްޑީޕީން ވަނީ އެއީ ސަރުކާރުން ގަސްތުގައި ކުރި ޖެއްސުމެއް ކަމަށް ތުހުމަތުކޮށްފަ. މި ހާދިސާއާ ގުޅިގެން މޭޔަރު ކެނޑިޑޭޓް އާދަމް އާޒިމް ވިދާޅުވީ، މިއީ ކެމްޕެއިނަށް ހުރަސްއަޅައި ރައްޔިތުންނަށް ތަކުލީފު ދިނުމަށް ހިންގި އަމަލެއް ކަމަށާއި، ނަމަވެސް މިފަދަ ކަންކަމުން އެ ޕާޓީ ފަހަތަށް ނުޖެހޭނެ ކަމަށް. ކަރަންޓު ކެނޑިފައި އޮތް ނަމަވެސް، ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު އެމްޑީޕީން ވަނީ ޖަލްސާ މެދުކަނޑާނުލައި ކުރިއަށް ގެންގޮސްފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 31 މާރިޗު 2026 | އަންގާރަ 19:40
އަންގާރަ ދުވަހުގެރޭ އެމްޑީޕީ އިން ވެސްޓްޕާކް ސަރަހައްދުގައި ބޭއްވި ކަންމަތީ ޖަލްސާގެ ތެރެއިން: ޖަލްސާ ފެށިގެން ކުރިޔަށް ދަނިކޮށް އެސަރަހައްދުން ވަނީ ކަރަންޓު ކަނޑާލާފަ

އަންގާރަ ދުވަހުގެރޭ އެމްޑީޕީ އިން ވެސްޓްޕާކް ސަރަހައްދުގައި ބޭއްވި ކަންމަތީ ޖަލްސާގެ ތެރެއިން: ޖަލްސާ ފެށިގެން ކުރިޔަށް ދަނިކޮށް އެސަރަހައްދުން ވަނީ ކަރަންޓު ކަނޑާލާފަ | ރާއްޖެ އެމްވީ

މާލެ ސިޓީ ކައުންސިލާއި މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓުންގެ ކެމްޕެއިން ޖަލްސާ އެއް މާފަންނު ވެސްޓްޕާކް ސަރަހައްދުގައި ކުރިއަށް ދަނިކޮށް، އެ ސަރަހައްދުން ކަރަންޓު ކަނޑާލައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ ކުރިޔަށް ދިޔަ މި ޖަލްސާ އަކީ އެމްޑީޕީ އަށް ތާއީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ، ވަރަށް ފޯރިއާއެކު ކުރިއަށްދިޔަ ޖަލްސާ އެކެވެ.

Advertisement - newsAdvertisement

މި މިކަމާ ގުޅިގެން ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެމްޑީޕީގެ ޖަލްސާ ކުރިއަށްދަނިކޮށް މާފަންނު ވެސްޓްޕާކް ސަރަހައްދުން ކަރަންޓު ކެނޑެން މެދުވެރިވީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް، އެމްޑީޕީގެ އިސް ފަރާތްތަކުން ތުހުމަތު ކުރައްވާ ގޮތުގައި މިއީ އިދިކޮޅު ފަރާތްތަކުގެ ކެމްޕެއިން ހަރަކާތްތަކަށް ހުރަސް އެޅުމުގެ ގޮތުން ސަރުކާރުން ރާވައިގެން ހިންގި އަމަލެކެވެ.

ކަރަންޓު ކަނޑާލުމުން ވެސް ޖަލްސާ ވަނީ މެދުކަނޑައި ނުލަެި ކުރިޔަށް ގެންގޮސްފަ.
ކަރަންޓު ކަނޑާލުމުން ވެސް ޖަލްސާ ވަނީ މެދުކަނޑައި ނުލަެި ކުރިޔަށް ގެންގޮސްފަ.

ކަރަންޓު ކަނޑާލުމުން ވެސް އެމްޑީޕީ އިން ވަނީ ޖަލްސާ މެދުކަނޑާނުލައި ކުރިއަށް ގެންގޮސްފަ އެވެ. ޖަލްސާ އަށްފަހު އެމްޑީޕީގެ ފަރާތުން މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އާދަމް އާޒިމް ވިދާޅުވީ، ކެމްޕެއިން ފެށިނޫއްސުރެ ވެސް އެކި ގޮތްގޮތުން އެމްޑީޕީގެ ކެމްޕެއިނަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށެވެ. އެހެންނަމަވެސް، އެމްޑީޕީއަކީ މިފަދަ ޖެއްސުންތަކަށް ނުވަތަ ދައްކާ ބިރަކަށް ފަހަތަށް ޖެހޭނެ ޕާޓީއެއް ނޫންކަން މީގެ ކުރިން ވެސް ސާބިތުކޮށްދީފައިވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް އިތުރަށް ވިދާޅުވީ، ޖަލްސާ ކުރިއަށް ދަނިކޮށް މާފަންނު ހުޅަނގު ދާއިރާގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކަނޑާލުމަކީ ހަމައެކަނި އެމްޑީޕީ އަށް ކުރި ޖެއްސުމެއް ނޫން ކަމަށާއި، އެއީ އެ ސަރަހައްދުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ދިން ބޮޑު ތަކުލީފެއް ކަމަށެވެ. އަދި މި ސަރުކާރަކީ ރައްޔިތުންނަށް ޖެހިފައިވާ ބޮޑު "ނޮހޮރުއްޕާނެއް" ގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން، ދިވެހި ރައްޔިތުންނަށް ޖެއްސުންކުރުން ނޫން ކަމެއް ކުރަމުން ނުދާ ކަމަށް ވިދާޅުވެ، އާޒިމް ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ކަރަންޓު ކެނޑުނު ނަމަވެސް، ޖަލްސާގެ ފޯރިއަށް ބަދަލެއް ނައިސް އެމްޑީޕީގެ ސަޕޯޓަރުން ވަނީ ޖަލްސާ ނިމެންދެން އެ ސަރަހައްދުގައި މަޑުކޮށްފަ އެވެ.

މާލޭ ސިޓީ ކައުންސިލްއެމްޑީޕީމާފަންނު ވެސްޓްޕާކްސްޓެލްކޯއާދަމް އާޒިމްޑރ. މުޙައްމަދު މުޢިއްޒުލޯކަލް ކައުންސިލް އިންތިޚާބު 2026ކަރަންޓް ކެނޑުން

ކޮމެންޓް

އިތުރަށް ކިޔާލަން

"ކުޅުދުއްފުށި ސިޓީ ތިލަފަތަށް" ޖަލްސާ ގައި ސަރުކާރުގެ "ދޫންޏަށް" ރައްޔިތުން ދިނީ ވަރުގަދަ މެސެޖެއް

"ކުޅުދުއްފުށި ސިޓީ ތިލަފަތަށް" ޖަލްސާ ގައި ސަރުކާރުގެ "ދޫންޏަށް" ރައްޔިތުން ދިނީ ވަރުގަދަ މެސެޖެއް

31 މާރިޗު 2026
އިންތިހާބުގެ ސިއްރުކަން ގެއްލުވާލަން އީސީ އިން ދަނީ ރާވަމުން: ހުސްނުއްސުޢޫދު

އިންތިހާބުގެ ސިއްރުކަން ގެއްލުވާލަން އީސީ އިން ދަނީ ރާވަމުން: ހުސްނުއްސުޢޫދު

31 މާރިޗު 2026
ކޯޓުގެ ރަޖިސްޓްރާ އެދުނީ ނުހިނގާ ކަމެއް ސާބިތު ކޮށްދިނުމަށް، އެކަން ފާހަގަ ކުރެވުނީ ގާނޫނީ ކަމަކަށް ވުރެ ބޮޑަށް ހެއްވާ ކަމެއްގެ ގޮތުގައި: މައުރޫފް

ކޯޓުގެ ރަޖިސްޓްރާ އެދުނީ ނުހިނގާ ކަމެއް ސާބިތު ކޮށްދިނުމަށް، އެކަން ފާހަގަ ކުރެވުނީ ގާނޫނީ ކަމަކަށް ވުރެ ބޮޑަށް ހެއްވާ ކަމެއްގެ ގޮތުގައި: މައުރޫފް

31 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓަކީ ލާމަރުކަޒީ ނިޒާމު ރޫޅާލައި، ރައްޔިތުންނަށް ބަސްބުނުމާއި ގޮތްކިޔުމުގެ ބާރު ނައްތާލުމަށްޓަކައި ނަގާ ވޯޓެއް: ސޯލިހު

ފެންނަ ނުފެންނަ ވޯޓަކީ ލާމަރުކަޒީ ނިޒާމު ރޫޅާލައި، ރައްޔިތުންނަށް ބަސްބުނުމާއި ގޮތްކިޔުމުގެ ބާރު ނައްތާލުމަށްޓަކައި ނަގާ ވޯޓެއް: ސޯލިހު

31 މާރިޗު 2026
ފަލާހު އާއްމުންނަށް ރިޝްވަތު ހުށަހެޅުމާއި، ހޯރަފުށީގައި ބޭއްވި ޖަލްސާ އަށް އުސޫލުން ބޭރުން އާރްޓީއެލް ފެރީ ބޭނުން ކުރި މައްސަލަ އީސީ އާއި އޭސީސީ އަށް ހުށަހަޅައިފި

ފަލާހު އާއްމުންނަށް ރިޝްވަތު ހުށަހެޅުމާއި، ހޯރަފުށީގައި ބޭއްވި ޖަލްސާ އަށް އުސޫލުން ބޭރުން އާރްޓީއެލް ފެރީ ބޭނުން ކުރި މައްސަލަ އީސީ އާއި އޭސީސީ އަށް ހުށަހަޅައިފި

31 މާރިޗު 2026

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު