Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްްޑޫސިޓީ

ގޮންޖެހުންތަކާއި އެކު އެމްޑީޕީ އިން އައްޑޫގައި ހޯދި ކާމިޔާބީ އަކީ ރައްޔިތުންނަށްޓަކައި ރައްޔިތުން ހޯދި މޮޅެއް: ނިޒާރު

5 އެޕްރީލު 2026 | އާދީއްތަ 14:11

އިންތިޚާބުގެ ނަތީޖާއިން ފެނިގެންދިޔައީ ސަރުކާރުން އައްޑޫގެ ތަރައްޤީއަށް އިހުމާލުވުމުން ރައްޔިތުން މާޔޫސްވެފައިވާ މިންވަރު ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 5 އެޕްރީލު 2026 | އާދީއްތަ 14:11
އައްޑޫގެ މޭޔަރ އަލީ ނިޒާރު

އައްޑޫގެ މޭޔަރ އަލީ ނިޒާރު | ރާއްޖެ އެމްވީ

ގޮންޖެހުންތަކާއި އެކު އެމްޑީޕީ އިން އައްޑޫގައި ހޯދި ކާމިޔާބީ އަކީ ރައްޔިތުންނަށްޓަކައި ރައްޔިތުން ހޯދި މޮޅެއް ކަމަށް އައްޑޫސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

ނިޒާރު އެފަދައިން ވިދާޅުވީ ރާއްޖެ ޓީވީ އަށް ދެއްވި އިންޓަރވިއު އެއްގަ އެވެ. ނިޒާރު ވިދާޅުވީ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުން އައްޑޫ އިން ދައްކުވައިދިނީ ސަރުކާރާއި މެދު މާޔޫސްވެފައިވާ މިންވަރު ކަމަށެވެ. އެއީ އައްޑޫ ސިޓީގެ ތަރައްޤީއަށްޓަކައި މިހާރުގެ ކައުންސިލުން ނިންމާފައިވާ ނިންމުންތަކާއި ޕްލޭންތަކަށް އާއްމުން އިތުބާރުކުރާކަން ހާމަވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

Advertisement - newsAdvertisement

"ސަރުކާރުން ވަނީ އައްޑޫ އަށް ވަރަށް ބޮޑަށް އިހުމާލުވެފައި. ވީ އެއްވެސް ވައުދެއް ނުފުއްދާ. ލިންކްރޯޑުގެ މައްސަލަ އަށް ހައްލެއް ނުހޯދޭ. މީގެ މައްސަލަ އަކީ ކުންފުނިތަކާއި ކަންކަން ހަވާލުކޮށް ސޮއިކުރި ނަމަވެސް އެއްވެސް މަސައްކަތެއް ނުކުރޭ." އޭނާ ވިދާޅުވި އެވެ.

ނިޒާރު ވަނީ ސަރުކާރަށް ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނެފައިވާ ކަމަށާއި މިއީ ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް ކަމަށް އޭނާ ވިދާޅުވި އެވެ. ނިޒާރު ވަނީ ހުރިހާ ސިޓީތަކާއި އާބާދީ ބޮޑު އެހެން ތަންތަނުން ސަރުކާރަށް ލިބުނު ނަތީޖާ އިން ސަރުކާރު ފެއިލްވެފައިވާކަން އެނގޭ ކަމަށެވެ. ސަރުކާރުން ކިތަންމެ ވަރަކަށް ގަދަ ބާރާއި ނުފޫޒު ފޯރުވި ނަމަވެސް ރައްޔިތުންނަށް އޮޅުވައި ނު ލެވޭނެކަން ވޯޓުން ރައްޔިތުން މި ވަނީ ސާބިތުކޮށްދީފައި ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

ނިޒާރު ވަނީ މިއީ ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވާލުމަށް މަސައްކަތް ކުރުމުގެ ނަތީޖާ ކަމަށް ވެސް ވިދާޅުވެފަ އެވެ. ރައްޔިތުންނަށް ކަންކަން ކޮށްދެވޭނީ ރައްޔިތުންނާއި ގާތުން މަސައްކަތް ކޮށްގެން ކަމަށާއި ކައުންސިލްތަކަށް އިތުރަށް ބާރުވެރިކަން ލިބެންޖެހޭ ކަމަށް ނިޒާރު ވިދާޅުވި އެވެ.

އެމްޑީޕީއައްޑޫއަލީ ނިޒާރުރާއްޖެ ޓީވީލިންކްރޯޑް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

05 އެޕްރީލު 2026

ސިޓީތަކުން ސަރުކާރަށް ދިނީ ރަނގަޅު މެސެޖެއް، 2028 ކާމިޔާބު ނުވާނެކަން ވަރަށް ސާފު: އާތިފް

05 އެޕްރީލު 2026
ސިޓީތަކުން ސަރުކާރަށް ދިނީ ރަނގަޅު މެސެޖެއް، 2028 ކާމިޔާބު ނުވާނެކަން ވަރަށް ސާފު: އާތިފް
05 އެޕްރީލު 2026

ސިޓީތަކުން ޕީއެންސީއަށް ލިބުނީ 5 ގޮނޑި، އެމްޑީޕީއަށް 46 ގޮނޑި

05 އެޕްރީލު 2026
ސިޓީތަކުން ޕީއެންސީއަށް ލިބުނީ 5 ގޮނޑި، އެމްޑީޕީއަށް 46 ގޮނޑި
05 އެޕްރީލު 2026

މިއީ ކައުންސިލް އިންތިހާބެއްގައި އެންމެ ގިނަ މީހުން ވޯޓުލީ ފަހަރު

05 އެޕްރީލު 2026
މިއީ ކައުންސިލް އިންތިހާބެއްގައި އެންމެ ގިނަ މީހުން ވޯޓުލީ ފަހަރު
05 އެޕްރީލު 2026

ރައްޔިތުން އެބުނީ ބޮޑުތަނުން ނޫނެކޭ، މުއިއްޒު އިސްތިއުފާ!؟

05 އެޕްރީލު 2026
ރައްޔިތުން އެބުނީ ބޮޑުތަނުން ނޫނެކޭ، މުއިއްޒު އިސްތިއުފާ!؟
04 އެޕްރީލު 2026

ރައްޔިތުން މިއަދު މިވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފަ: ކުރީގެ ރައީސް ސޯލިހު

04 އެޕްރީލު 2026
ރައްޔިތުން މިއަދު މިވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފަ: ކުރީގެ ރައީސް ސޯލިހު
04 އެޕްރީލު 2026

3 އިންތިޚާބުން ލިބިވަޑައިގަތް ބަލި ގަބޫލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރައްވާނެ ކަމަށް

04 އެޕްރީލު 2026
3 އިންތިޚާބުން ލިބިވަޑައިގަތް ބަލި ގަބޫލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރައްވާނެ ކަމަށް
04 އެޕްރީލު 2026

އިންތިޚާބުގައި ފެނިގެންދިޔައީ މުޅި ރާއްޖެ އަލުން ރަން ރީނދޫވި މަންޒަރު: ޝާހިދު

04 އެޕްރީލު 2026
އިންތިޚާބުގައި ފެނިގެންދިޔައީ މުޅި ރާއްޖެ އަލުން ރަން ރީނދޫވި މަންޒަރު: ޝާހިދު
04 އެޕްރީލު 2026

ސަރުކާރެއް ފާލުން ނެއްޓިގެން ދިއުމުން ދިވެހި ރައްޔިތުން މިވަނީ ވަރަށް ޒިންމާދާރު ކަމާއި އެކު ބަސް ބުނެފައި: ފައިސަލް

04 އެޕްރީލު 2026
ސަރުކާރެއް ފާލުން ނެއްޓިގެން ދިއުމުން ދިވެހި ރައްޔިތުން މިވަނީ ވަރަށް ޒިންމާދާރު ކަމާއި އެކު ބަސް ބުނެފައި: ފައިސަލް
04 އެޕްރީލު 2026

މިއަދު ނެގި ވޯޓުގައި އެމްޑީޕީ އިން ވަރަށް ބޮޑުތަނުން ސަރުކާރު ބަލިކޮށްފި، ރައްޔިތުން ބުނީ ނޫނެކޭ: ކުރީގެ ރައީސް ނަޝީދު

04 އެޕްރީލު 2026
މިއަދު ނެގި ވޯޓުގައި އެމްޑީޕީ އިން ވަރަށް ބޮޑުތަނުން ސަރުކާރު ބަލިކޮށްފި، ރައްޔިތުން ބުނީ ނޫނެކޭ: ކުރީގެ ރައީސް ނަޝީދު
04 އެޕްރީލު 2026

ސިޓީތަކުން ބުނީ އެމްޑީޕީގެ މޭޔަރުންނާއި އެކު ކުރި ތަޖުރިބާ ރަނގަޅު ކަމަށް: ހުރިހާ ގޮނޑި އެއް އެމްޑީޕީ އަށް!

04 އެޕްރީލު 2026
ސިޓީތަކުން ބުނީ އެމްޑީޕީގެ މޭޔަރުންނާއި އެކު ކުރި ތަޖުރިބާ ރަނގަޅު ކަމަށް: ހުރިހާ ގޮނޑި އެއް އެމްޑީޕީ އަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް