Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރާއްޖެތެރެ ދޫކޮށްލައި މުޅި ސަރުކާރުން މާލޭގެ ގޮނޑި ނެގުމުގެ މަސައްކަތުގައި

ޕީއެންސީން މާލޭގައި ގެންދަނީ، ހޮނިހިރު ދުވަހު ނަގާ ވޯޓު ކާމިޔާބު ކުރުމަށް ވަރުގަދަ ކެންޕޭނެއް ކުރަމުންނެވެ. ބިޔަ މަޝްރޫއުތައް ފަށަމުންދާއިރު ވޯޓު ހޯދުމަށް ގިނަ ކަންކަން ދަނީ ކުރަމުންނެވެ. އެކަމަކު އެގޮތައް ރާއްޖެ ތެރޭގައި ކުރާތަނެއް ނުފެނެއެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 1 އެޕްރީލު 2026 | ބުދަ 12:06
ރައީސް މުހައްމަދު މުއިއްޒު ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލުކުރައްވައި، 100،000ރ. ދެއްވަން ރިޔާސީ ގަނޑުވަރު މުލީއާގޭ ގައި ބޭއްވި ބައްދަލުވުމުގައި ޕީއެންސީގެ ކެންޑިޑޭޓުން ވަނީ ބައިވެރިވެފައި.

ރައީސް މުހައްމަދު މުއިއްޒު ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލުކުރައްވައި، 100،000ރ. ދެއްވަން ރިޔާސީ ގަނޑުވަރު މުލީއާގޭ ގައި ބޭއްވި ބައްދަލުވުމުގައި ޕީއެންސީގެ ކެންޑިޑޭޓުން ވަނީ ބައިވެރިވެފައި. | އެކްސް

މަގުމަތިން ދިމާވި ރަށެއްގެ ރައްޓެހި ކައުންސިލަރަކު ކައިރީ ކިހިނެއްތޯ އަހާލީމެވެ. ހާލު ރަނގަޅުކަމަށް ބުނިނަމަވެސް ދެން އެބުނީ ވަރަށް ތަފާތު ވާހަކައެކެވެ.

"ރާއްޖެތެރެ އެ ދޫކޮށްލީނު. ހެވެއްނު އެތަނަށް ކަމެއް ނުވިއަސް" އޭނާ ބުންޏެވެ.

ވީ ކީއްހޭ އަހާލުމުން ބުނީ ރަށްރަށުގެ ރައްޔިތުންނާ ކައުންސިލްތަކާއި ސިޓީ ކައުންސިލް ތަކަކީ މި ސަރުކާރަށް އެއްވެސް އެއްޗެއް ނޫން ކަމަށެވެ. އޭނާ ދެއްކި ލައްކަ ވާހަކަތަކުގެ ކުރު ޚުލާސާއަކީ ބަހުންނާއި އަމަލުންވެސް މިސަރުކާރަށް ރާއްޖެތެރެ މުހިއްމު ނޫން" ކަމަށެވެ.

ހިސާބަކަށް އޭނާ ދެއްކި ވާހަކަތަކާމެދު ވިސްނާލީމެވެ. ސަރުކާރު އައިސް އުފެއްދި އެންމެ ވަރުގަދަ މިނިސްޓްރީއަކީ ކައުންސިލްތަކަށް ބާރު ފޯރުވަން ހެދި ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް މިނިސްޓްރީއެވެ. ގާތްގަނޑަކަށް ކުރީގެ އެޓޮލްސް މިނިސްޓްރީއެވެ. ލޯކަލް ކައުންސިލްތަކުގެ ބެލެނިވެރިފަރާތުގެ ގޮތުގައި އޮތް ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ބާރުތައް އެމިނިސްޓްރީއަށް ނެގީއެވެ. އެއާއެކު ފަހަރަކު  ކަމެއް ކުރަމުންގޮސް ކައުންސިލްތައް އެވަނީ އެމިނިސްޓްރީގެ މުށުތެރެއަށް ލާފައެވެ.

ފުރަތަމަ ކުޅުނީ ގާނޫނީ ގޮތުން ކައުންސިލަތަކަށް ލިބިދޭ ބްލޮކް ގްރާންޓާއެވެ. މުތުލަގަށް ލިބެންޖެހޭނޭ އެއްޗެއްގެގޮތުގައި އޮތް އެ ގްރާންޓް ކުޑަކޮށްލީއެވެ. މާލީގޮތުން ބާރު ދަށްކޮށްލީއެވެ. ކައުންސިލްތަކުން ވަޒީފާތަކަށް މީހުން ނެގުމާއި ބޮޑެތި މަޝްރޫއުތައް ހިންގުން ކޮންޓްރޯލް ކުރީއެވެ. ދެން ކުޅެލީ ސީދާ ކައުންސިލްތަކާއެވެ. އަދަދު މަދުކޮށްލީއެވެ. ހަމައެއާއެކު ޚަރަދު ކުޑަކުރުމުގެ ނަމުގައި އަތޮޅު ކައުންސިލްތައް އުވާލައި އެއަށްވުރެ ޚަރަދު ބޮޑުކޮށް ސިޓީސް މިނިސްޓްރީގެ ގޮފިތައް ރަށްރަށުގައި ހަދަން ނިންމީއެވެ.

މިކަންކަން ކުރުމާއެކުއެކީގައި ކޮންޓްރޯލް ކޮށްފައި އޮތް މަޖިލީސް ލައްވައި ރަށްރަށަށް ކޮށްދޭ ކަންކަން ބަޖެޓުގައި ހިމެނުން ހުއްޓާލިއެވެ. ބަޖެޓް ބަހުސްގައި ރަށްރަށަށް ކޮށްދޭނޭ ކަންކަމުގެ ވާހަކަ ދެއްކިޔަ ނުދީ މެންބަރުންކޮޅު ހަންމަތަ ކުރުވިއެވެ. ނަތީޖާއެއްގެ ގޮތުން ރަށެއްގައި ކުރާނެ ކަމެއް ކުރިއަކުން ރައްޔިތުންނަކަށް ނޭނގޭނެއެވެ.

ހޮނިހިރު ދުވަހު ނަގާ ލޯކަލް ކައުންސިލް ވޯޓާ ކުރިމަތި ލުމުގެ ކުރިން މިކަންކަންކޮށް ރައީސް މީހާ އެވިދާޅުވީ ކެންޕޭނުގައި ރަށްރަށަށް އެމަނިކުފާނު ވަޑައި ނުގަންނަވާނެ ކަމަށެވެ. އެއަށް ބާރު އެދެއްވީ ސީދާ ރައީސް އޮފީހުގެ މިނިސްޓަރ އަލީ އާރިފެވެ. ވިދާޅުވީ ރަށްރަށު މީހުންނަށް ވަޒީފާ ދިނީމާ އެނިމުނީ ކަމަށެވެ. ކޮންމެހެން ވަޑައިގަންނަވަން ނުޖެހޭނެ ކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާއާއި ސަރުކާރުގެ ބޮޑުންގެ ވާހަކައިން ވަރަށް ބޮޑަށް ރާއްޖެ ތެރެ ދަށްކޮށްލެވުނީއެވެ. އެއާއެކު ކެންޕޭނުގައި ރަށްރަށަކާ ވާކަމެއް ނޫނެވެ. ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނަބަލުން ފޮނުއްވައިގެން ބައެއް ރަށްރަށުގައި ޖަލްސާއެއް ބާއްވާލައި ސަލާމް ކޮށްލައި ރިބަންފަށެއް ކަނޑާލުން ފިޔަވާ މާބޮޑު ހިލަމެއް ނެތެވެ. އޭގެ ދިމާ އިދިކޮޅެވެ. ފެންނަ ފެނުމަށް މާލޭގެ މޭޔަރުކަން ނުނެގިދާނެތީ ސަރުކާރުން އެދަނީ ކުރެވުނުހާ ކަމެއް ކުރަމުންނެވެ. މުޅި މަގުފުރާ ބެނަރ އާއި ދިދަފަތިތައް ދަމައިފިއެވެ. ފޮޓޯއިން ވޯޓު ލިބިގެން މޮޅުވާނަމަ އެވަރުކޮށްފިއެވެ. ރިޔާސީ އިންތިޚާބެއްގައި ވެސް ނުޖަހާ ވަރަށް ބޮޑެތި ފޮޓޯ ޖަހައިފިއެވެ. ޖަގަހަ ތަކާއި ހަރުގެތައް ބައިވަރެވެ. އެހަރަކާތްތަކަށް މީހުން ގެންދަން އުމުރާ ދަތުރަށް ދަންދެން ހުށަހަޅައިފިއެވެ. ރޯމާ ދުވާލު މަގުތައް ބަންދުކޮށްގެން ސީދާ ރައީސް މީހާ ނުކުންނަވައިގެން ދޮރުން ދޮރަށް ހިންގަވައިފިއެވެ. ދެންވާ ކުޑަތަންވީމާ އެއޮއްސާލީ ފްލެޓް ބިންގަލުގެ ގޯއްޗެކެވެ. ހިޔާ ފްލެޓްގެ ކުލި ދެއްކުން ދެއަހަރަށް މައާފްވީއެވެ. ޒުވާނުންނާ ބައްދަލު ކުރުންތަކާއި ކޮފީ އިވެންޓްތައް ސުމާރެއް ނެތިއެވެ. ރޭސިން ޓްރެކްތަކާއި ކުޅިވަރު ކުޅޭނޭ ތަންތަންތަނުގެ ބިންގާތައްވެސް އަޅަން ފެށީއެވެ. ނުވެސް ނިމުނަސް ތަންތަން ހުޅުވުމުގެ އިވެންޓްތައްވެސް ބާއްވާ ނަގަނީއެވެ. ކުރުކޮށް ފޮނިކޮށް ބުނަންޏާ ރައީސް މުއްޒާއި މުޅި ސަރުކާރު މަސައްކަތް އެކުރަނީ ވަތައް ފައިބައިގެންނެވެ. މާލޭގެ ގޮނޑިތައް ކަށަވަރު ކުރާށެވެ. ޚާއްޞަކޮށް މާލޭގެ މޭޔަރުކަމުގެ ގޮނޑި ނެގޭތޯ ކަށިން ހިތްވަރު ނެރެގެން އެދަނީ މަސައްކަތް ކުރަމުންނެވެ. އިދިކޮޅު އިވެންޓްތަކުގެ ކަރަންޓް ކަނޑާލުންފަދަ ހެދުނުހާ މަންތަރެއް އެދަނީ ހަދަމުންނެވެ.

ކޮންމެއަކަސް ފެންނަމުންދަނީ ރިޔާސީ އިންތިޚާބަކަށްވެސް މަސައްކަތް ނުކުރާވަރަށް މާލޭގައި ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީން މަސައްކަތް ކުރަމުންނެވެ. ރަށަކާ ރަށެއް ދޫކޮށްލާފައެވެ. މާބޮޑު އަޅާލުމެއް ރާއްޖެތެރެއަށް ބެހެއްޓުމެއްނެތިއެވެ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ކަންއެކުރައްވާ ގޮތަށެވެ. ރާއްޖެތެރެއާމެދު އެގެންގުޅުއްވާ ސިޔާސަތާ އެއްގޮތަށެވެ. ގޮތް ނިންމާނީ ރަށްރަށުގެ ރައްޔިތުންނެވެ.

ޑރ. މުއިއްޒުލޯކަލް ކައުންސިލްތައްސިޓީސް މިނިސްޓްރީމާލެ މޭޔަރުކަންއަލީ އާރިފްބްލޮކް ގްރާންޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ހިޔާ ފްލެޓުގެ ކުލި 5،300 ރުފިޔާ އަށް ބޮޑުކޮށްފި

ހިޔާ ފްލެޓުގެ ކުލި 5،300 ރުފިޔާ އަށް ބޮޑުކޮށްފި

31 މާރިޗު 2026
ދެ އިންތިޚާބު އެއްކޮށްލުމަކީ ވެރިކަން ދަންމާލާ، ރައީސް މުއިއްޒުގެ އީގޯ އަށް ފީޑްކުރުމަށް ކުރާ ކަމެއް: އައިކު

ދެ އިންތިޚާބު އެއްކޮށްލުމަކީ ވެރިކަން ދަންމާލާ، ރައީސް މުއިއްޒުގެ އީގޯ އަށް ފީޑްކުރުމަށް ކުރާ ކަމެއް: އައިކު

27 މާރިޗު 2026
ދެ އިންތިހާބު އެއްކުރުމަކީ ރައްޔިތުންގެ ބާރު ކަނޑުވާލުން: ބޮންޑާ

ދެ އިންތިހާބު އެއްކުރުމަކީ ރައްޔިތުންގެ ބާރު ކަނޑުވާލުން: ބޮންޑާ

24 މާރިޗު 2026
މުއިއްޒަށްވެސް ސަރުކާރަކަށް ނުކެރުނު. ސްޓޭޓް މިނިސްޓަރ ސިއްދީގު ކުރުދޮށިން އެމެރިކާއަށް.

މުއިއްޒަށްވެސް ސަރުކާރަކަށް ނުކެރުނު. ސްޓޭޓް މިނިސްޓަރ ސިއްދީގު ކުރުދޮށިން އެމެރިކާއަށް.

22 މާރިޗު 2026
3260 ހައުސިންގ ޔުނިޓްތައް އިމާރާތްކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިމޭނެ: ބީއެމްއެލް

3260 ހައުސިންގ ޔުނިޓްތައް އިމާރާތްކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިމޭނެ: ބީއެމްއެލް

22 މާރިޗު 2026

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު