Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަރުކާރު ހަރަދު ކުޑަކުރުން

އިންތިހާބާ ދިމާކޮށް އިމެއްނެތި ވަޒިފާތަކާ ޕްރޮމޯޝަން ދިނުމަށް ފަހު، ސަރުކާރު ކުންފުނިތަކަށް މީހުން ނެގުމާ ޕްރޮމޯޝަން ދިނުން ހުއްޓާލަން އަންގައިފި

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުން ހުއްޓާލުމަށާއި، އޮޕަރޭޝަންތަކަށް ކޮންމެހެން ބޭނުންވާ މަގާމުތަކަށް ފިޔަވައި އާ މީހުން ނުނެގުމަށް ޕީސީބީން ވަނީ އަންގާފަ. މީގެ އިތުރުން އިތުރުގަޑީގެ މަސައްކަތްތައް މަދުކުރުމަށާއި، ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ދަތުރުތަކާއި ތަމްރީނުތައް ހުއްޓާލައި ހަރަދު ކުޑަކުރުމަށް ވެސް ކުންފުނިތަކަށް ވަނީ އިރުޝާދު ދީފަ. މި ފިޔަވަޅުތަކަކީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އިގްތިސާދަށް ކުރާނެ އަސަރުތަކަށް ބަލައި، ކުންފުނިތަކުގެ ކޭޝްފްލޯ މެނޭޖުކުރުމަށް އެޅި ފިޔަވަޅުތަކެއް.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 9 އެޕްރީލު 2026 | ބުރާސްފަތި 14:11
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) | ރާއްޖެ އެމްވީ

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އިގްތިސާދީ ގޮތުން ހަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރާ ހަރަދު ބޮޑުތަނުން ކުޑަކޮށް، މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުން ހުއްޓާލަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފި އެވެ.

ޕީސީބީ އިން ބުދަ ދުވަހު ސަރުކާރުގެ ކުންފުނިތަކަށް ފޮނުވި ސިޓީގައި ބުނެފަ އިވަނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރާ ހަރަދު ބޮޑުތަނުން ކުޑަކުރަން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށެވެ. އަދި ކުންފުނިތަކުގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުން ހުއްޓާލުމާއި އެ ކުންފުންޏަކުން މިހާރު ފާސްކޮށްފައިވާ އިދާރީ އޮނިގަނޑުގައި ހިމެނޭ މަގާމުތައް ކަމަށް ވިޔަސް އޮޕަރޭޝަންތައް ނުހުއްޓި ކުރިއަށް ގެންދަން ކޮންމެހެން މުހިންމު ނޫން މަގާމުތަކަށް މީހުން ނުނެގުމަށް ވެސް އެ ސިޓީގައި ވަނީ ބުނެފަ އެވެ.

Advertisement - newsAdvertisement

މި ފިޔަވަޅުތައް އަޅަން އަންގާފައިވަނީ އޭޕްރީލް 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ދިމާކޮށް ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކުން ގިނަ އަދަދަކަށް އާ ވަޒީފާ އުފައްދައި މުވައްޒަފުން ނަގައިފައި ވަނިކޮށެވެ. އޭގެ ތެރޭގައި އެމްޓީސީސީ އާއި އާރުޑީސީ އަދި ވެމްކޯ ހިމެނެ އެވެ.

ޕީސީބީ އިން އަންގާފައިވާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ރަސްމީ ގަޑީގައި މަސައްކަތްތައް ނިންމޭ ގޮތަށް ކަންކަން ރޭވުމާއި ރަސްމީ ގަޑީގެ ބޭރުން ކޮންމެހެން ކުރަން ޖެހޭ މަސައްކަތްތަކަށް ނޫނީ އިތުރު ގަޑީގެ މަސައްކަތް ނުކުރުން ހިމެނެ އެވެ. އަދި ކޭޝްފްލޯ މެނޭޖުކުރުމަށްޓަކައި މުވައްޒަފުންގެ މުސާރައިގެ ހަރަދުތައް މެނޭޖުކުރަން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ވެސް އެ ސިޓީގައި ވަނީ ބުނެފަ އެވެ.

ކުންފުނީގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދުގައި ބުނާ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ފިޔަވައި އެހެނިހެން ހަރަދުތައް ނުކުރާކަން ޔަގީން ކުރުމުގެ ފިޔަވަޅުތައް އެޅުމަށް ވެސް ޕީސީބީއިން އަންގައިފި އެވެ. އަދި މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އިގްތިސާދަށް ކުރާނެ އަސަރުތައް ދިރާސާކޮށް ފިޔަވަޅު އެޅުމާއި މިފަދަ ފިޔަވަޅުތައް އެޅުމުގައި ރައްޔިތުންނަށް ކޮށްފާނެ މާލީ ބުރަތަކަށް ސަމާލުކަން ދިނުމަށް ވެސް ވަނީ ބުނެފަ އެވެ.

ކޮންމެހެން ބާއްވަންޖެހޭ ހަފްލާތައް މެނުވީ ނުބޭއްވުމާއި ހަފްލާތައް ބޭއްވުމުގައި ވަސީލަތްތައް ހުރި ކުންފުނިތަކުން އެހެން ކުންފުނިތަކަށް އެތަކެތި ހިއްސާކުރުމާއި ހަފްލާތަކަށް ކުރާ ހަރަދު ވީހާ ވެސް ކުޑަކުރުމަށް ވެސް ޕީސީބީ އިން ވަނީ އަންގައިފަ އެވެ.

މިދިޔަ ހަފްތާގެ ހޯމަ ދުވަހު ވެސް ޕީސީބީ އިން ވަނީ ސަރުކާރުގެ ކުންފުނިތަކަށް ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅަން އަންގައިފަ އެވެ. ނަމަވެސް އެ ފިޔަވަޅުތަކުގެ ތެރޭގައި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރާ ހަރަދު ކުޑަކުރުމާއި ޕްރޮމޯޝަން ދިނުން ހުއްޓާލުން ނުހިމެނެ އެވެ.

ހޯމަ ދުވަހު އަންގާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ހުއްޓާލުމާއި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް މަދުކޮށް ބޭރުގެ ކަސްޓަމަރުންނާއި ސަޕްލަޔަރުންނާ އޮންލައިންކޮށް ބައްދަލުކުރުން ހިމެނެ އެވެ. އަދި ރާއްޖެއިން ބޭރަށް ކޮންމެހެން ކުރާ ރަސްމީ ދަތުރުތަކުގައި ވެސް ބިޒްނަސް ކުލާހުން ދަތުރު ނުކުރުމާއި ރާއްޖެއިން ބޭރަށް ކުރާ ޓްރެއިނިން ދަތުރުތައް މިވަގުތަށް ހުއްޓާލައި އެފަދަ ޕްރޮގްރާމްތަކުގައި އޮންލައިންކޮށް ބައިވެރިވުމަށް ވެސް ވަނީ އަންގައިފަ އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުމެދުއިރުމަތީގެ ހަނގުރާމައެމްޓީސީސީއާރްޑީސީވެމްކޯލޯކަލް ކައުންސިލް އިންތިޚާބު 2026

ކޮމެންޓް

އިތުރަށް ކިޔާލަން

ފައްޔާޒާއި ނަޝީދު ގުޅުއްވި، ކޮމިޓީގައި ވާހަކަދައްކާފައި ގޮތެއް ނިންމާނެ ކަމަށް ދެންނެވުމުން ދެން އިވުނީ ޖަލްސާ ބޮއިކޮޓް ކުރި ހަބަރު: ގަޕޯ

ފައްޔާޒާއި ނަޝީދު ގުޅުއްވި، ކޮމިޓީގައި ވާހަކަދައްކާފައި ގޮތެއް ނިންމާނެ ކަމަށް ދެންނެވުމުން ދެން އިވުނީ ޖަލްސާ ބޮއިކޮޓް ކުރި ހަބަރު: ގަޕޯ

08 އެޕްރީލު 2026
މާލޭ ޓެކްސީ ލައިންގެ އެޕްގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް މައްސަލަ މަޖިލީހަށް

މާލޭ ޓެކްސީ ލައިންގެ އެޕްގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް މައްސަލަ މަޖިލީހަށް

07 އެޕްރީލު 2026
ހޮނިހިރު ދުވަހުގެ އިންތިޚާބަކީ ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ އިންތިޒާމު ދަށް، ރޭވުންތެރިކަން ނެތް އިންތިޚާބު: އެމްޑީޕީ

ހޮނިހިރު ދުވަހުގެ އިންތިޚާބަކީ ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ އިންތިޒާމު ދަށް، ރޭވުންތެރިކަން ނެތް އިންތިޚާބު: އެމްޑީޕީ

06 އެޕްރީލު 2026
މަނަދޫ ވޯޓު ފޮއްޓަށް އެހެން ދާއިރާއެއްގެ މީހަކު ވޯޓުލާފައިވާ މައްސަލަ ޖެހި، ރަށު ރައްޔިތުން އިހުތިޖާޖަށް

މަނަދޫ ވޯޓު ފޮއްޓަށް އެހެން ދާއިރާއެއްގެ މީހަކު ވޯޓުލާފައިވާ މައްސަލަ ޖެހި، ރަށު ރައްޔިތުން އިހުތިޖާޖަށް

06 އެޕްރީލު 2026
ރައީސް މުއިއްޒު އަށް ޣަފޫރު: "ގޯނީގަ މިހާރު އެއްޗެއް ނެތް. ދެނެއް އެއަށް އެއްޗެއް އަޅައިގެން ނުހިފެހެއްޓޭނެ."

ރައީސް މުއިއްޒު އަށް ޣަފޫރު: "ގޯނީގަ މިހާރު އެއްޗެއް ނެތް. ދެނެއް އެއަށް އެއްޗެއް އަޅައިގެން ނުހިފެހެއްޓޭނެ."

05 އެޕްރީލު 2026

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު