Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލާމަރުކަޒީ ނިޒާމު ރޫޅާލުން

ފެންނަ ނުފެންނަ ވޯޓަކީ ލާމަރުކަޒީ ނިޒާމު ރޫޅާލައި، ރައްޔިތުންނަށް ބަސްބުނުމާއި ގޮތްކިޔުމުގެ ބާރު ނައްތާލުމަށްޓަކައި ނަގާ ވޯޓެއް: ސޯލިހު

މި ސަރުކާރުން މިނިވަން މުއައްސަސާތަކާއި ޝަރުއީ ދާއިރާގެ ބާރުތައް ކަނޑުވާލައި، މުޅި ނިޒާމު ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ގެންނަން މަސައްކަތް ކުރަމުންދާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތުހުމަތު ކުރައްވައިފި. ލާމަރުކަޒީ ނިޒާމު ފުނޑާލައި ގައުމު ޚުދުމުޚުތާރު ވެރިކަމަކަށް ބަދަލުކުރަން އުޅޭ ކަމަށް ވިދާޅުވެ، ސަރުކާރުގެ ސިޔާސަތުތަކަށް "ނޫނެކޭ" ބުނުމަށް އެމަނިކުފާނު ރައްޔިތުންނަށް ގޮވާލެއްވި. މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، ރައްޔިތުންގެ މަންދޫބުންގެ ބާރު ކަނޑުވާލައި ޖަވާބުދާރީ ކުރުވުމުގެ ނިޒާމު ރޫޅާލުމަށް ގާނޫނުތަކަށް ބަދަލު ގެންނަމުންދާ ކަމަށް ވެސް ސޯލިހު ފާހަގަކުރެއްވި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 31 މާރިޗު 2026 | އަންގާރަ 14:00
ކުޅުދުއްފުށި ސިޓީ ތިލަފަތަށް ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ.

ކުޅުދުއްފުށި ސިޓީ ތިލަފަތަށް ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ. | އެމްޑީޕީ

އަންނަ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާ ގުޅޭ ފެންނަ ނުފެންނަ ވޯޓަކީ، ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ރޫޅާލައި ރައްޔިތުންނަށް ބަސްބުނުމާއި ގޮތްކިޔުމަށް އޮތް ބާރު ނައްތާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ ރޭވުމެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީން ކުޅުދުއްފުށީގައި ބޭއްވި "ކުޅުދުއްފުށި ސިޓީ ތިލަފަތަށް" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކުޅުދުއްފުށީގެ ރައްޔިތުންނާ މުޚާތަބު ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، ކުރިއަށް އޮތް ވޯޓާ މެދު ރައްޔިތުން އަމިއްލަ ސިކުނޑިން ފުންކޮށް ވިސްނަންޖެހޭ ކަމަށެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން މިހާރު ދެ އަހަރާއި ހަތަރު މަސް ވެފައިވާއިރު، ކުޅުދުއްފުށި ސިޓީއަށާއި ރާއްޖޭގެ އެހެން ރަށްތަކަށް ސަރުކާރުން ވެފައިވާ އިހުމާލުތައް ވަރަށް ބޮޑަށް ފެންނަން އެބައޮތް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ރައްޔިތުން ވެރިކަމެއް ބަދަލުކުރަނީ ކުރިއަށް ވުރެ ރަނގަޅު ޚިދުމަތްތަކެއް ލިބޭނެ ކަމުގެ އުއްމީދުގައި ކަމަށާއި ނަމަވެސް، މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދަމުން ނުދާ ކަމަށް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި މި ސަރުކާރުން ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލައި، މުޅި ނިޒާމު ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ގެންނަން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރެއްވި އެވެ. އެގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަންގެ ރައީސުން އައްޔަން ކުރުމުގައި އޮތް މިނިވަންކަން ނައްތާލައި، ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ ބަޔަކު އެ މަގާމުތަކަށް އައްޔަން ކުރެވޭ ގޮތަށް ގާނޫނަށް ބަދަލު ގެނެސްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މިއީ ޖަވާބުދާރީ ކުރުވުމުގެ ނިޒާމު ރޫޅާލުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސަކު ހޮވުމަށް ވެސް އޭރު އޮތް މިނިވަންކަން ނައްތާލައި، ރައީސުލްޖުމްހޫރިއްޔާ އިޚްތިޔާރުކުރާ މީހަކު އެތަނަށް އާދެވޭ ގޮތަށް ގެނައި ބަދަލު. މުޅި ނިޒާމު ޚަރާބުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ. ޖަވާބުދާރީކުރުވުމުގެ މުޅި ނިޒާމު އެ މަނިކުފާނު އެ ގެންދަނީ ރޫޅާލަމުން. ދެން ކުރެއްވި ކަމަކީ ތިޔަބޭފުޅުން، ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކުރެއްވި ތިޔަބޭފުޅުންގެ މަންދޫބުންގެ ބާރު ކަނޑުވާލުން. ހަމައެކަނި މަޖިލީހުގައި ވޯޓެއް ލެވޭނީ ޕާޓީއަކުން އަންގާ ގޮތް ނޫން ގޮތަކަށް ވޯޓު ނުލެވޭނެ ގޮތަށް އެ ބަދަލުކުރުން. މިނިވަން ކަމާ އެކު ކޮށްފި ނަމަ، ގޮނޑި ގެއްލޭނެކަމުގައި ގާނޫނުގައި ކަނޑައަޅައި ނިންމީ. ރައްޔިތުންގެ ބަސް މުޅިން ރައްޔިތުންގެ މަޖިލީހުން ކަނޑުވާލީ. 
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މަންދޫބުންގެ ބާރު ކަނޑުވާލުމަށްޓަކައި، ޕާޓީން އަންގާ ގޮތާ ޚިލާފަށް ވޯޓުދީފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު ބަދަލުކޮށް، މަޖިލީހުން ރައްޔިތުންގެ ބަސް މުޅިން ކަނޑުވާލާފައިވާ ކަމަށް ސޯލިހު ވިދާޅުވި އެވެ. އަދި ޝަރުއީ ދާއިރާއަށް ރައްޔިތުންގެ އިތުބާރު އުފެދެމުން ދިޔަ ދަނޑިވަޅެއްގައި، ސުޕްރީމް ކޯޓުގެ ގާބިލު ދެ ފަނޑިޔާރަކު އޭސީސީ މެދުވެރިކޮށް ދަންވަރު ފޮނުވި ސިޓީއަކާ ގުޅުވައި ސަސްޕެންޑުކޮށް، އެ ކޯޓުގެ ބާރު ކަނޑުވާލާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ފަސް އަހަރަށް އިންތިޚާބުކޮށްފައި އޮތް ކައުންސިލެއްގެ ފަހު އަހަރު ރައްޔިތުންނަށް އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަކީ މި ނިޒާމު ފުނޑާލުން ކަމަށެވެ. އެތައް ބައެއްގެ ގުރުބާނީން ރާއްޖެއަށް ގެނައި ޑިމޮކްރެޓިކް ނިޒާމު އަނބުރާލައި، ގައުމު ޚުދުމުޚުތާރު ވެރިކަމަކަށް ބަދަލުކުރުމުގެ މަސައްކަތް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ.

މިއީ މި ސަރުކާރުން، ރައީސް ޑޮކްޓަރ މުޢިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު މުޅި ނިޒާމަށް ގެންނަމުން ގެންދިޔަ ބަދަލުތައް. އަޅުގަނޑުމެން އެތައް ބަޔަކު، އެތައް ދުވަހަކު، އެތައް ޤުރުބާނެއް ވެގެން ރާއްޖެއަށް މި ގެނައި ނިޒާމު ސީދާ އަނެއްކޮޅަށް ޖެހުމުގެ މަސައްކަތް ކުރަނީ ޚުދުމުޚުތާރު ވެރިކަމަކަށް ރާއްޖެ ބަދަލުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވަނީ. މިއީ އަޅުގަނޑުމެންގެ ކުރިމަތީގައި އެޕްރީލު ހަތަރު ވަނަ ދުވަހު މި އޮތް ދެ މައްސަލައަކީ. އެއް ކަމަކީ، ލާމަރުކަޒީ ނިޒާމުން ސީދާ ރައްޔިތުންނާ ކައިރީގައި ތިބެގެން ރައްޔިތުންނަށް ޚިދުމަތްކުރުމަށްޓަކައި އުފެދިފައި އޮތް ނިޒާމު މުޅިން ރޫޅާލަން. އަނެއް ކަމަކީ، ރައްޔިތުންނަށް ބަސްބުނުމުގެ، ގޮތްކިޔުމުގެ ބާރު ނައްތާލުމަށްޓަކައި، ދެ އިންތިޚާބު އެކުގައި ބޭއްވުމަށްޓަކައި ރާވައިގެން ކުރިއަށްގެންދާ ރޭވުން. އެހެންވީމާ، މި ކަންތައްތަކާ ދޭތެރޭގައި ކުޅުދުއްފުށީގެ ރައްޔިތުން ހަމަގައިމު ވެސް ވިސްނަންވާނެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެޕްރީލް ހަތަރު ވަނަ ދުވަހު އޮތް ވޯޓަކީ ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް އޮތް ލާމަރުކަޒީ ނިޒާމު ރޫޅާލުމަށާއި، ރައްޔިތުންގެ ބަސްބުނުމުގެ ބާރު ނައްތާލުމަށް ރާވައިގެން ކުރިއަށްގެންދާ ކަމެއް ކަމަށް ސޯލިހު ވިދާޅުވި އެވެ. ނަމަވެސް ކުޅުދުއްފުށީގެ ރައްޔިތުންނަކީ ކަންކަމުގައި ކެރިގެން ބަސްބުނާ ބައެއް ކަމަށާއި، އެ ދުވަހު ނިކުމެ ސަރުކާރުގެ މި ސިޔާސަތުތަކަށް ރައްޔިތުން "ނޫނެކޭ" ބުނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެ ރައީސް ސޯލިހު ވަނީ ވާހަކަފުޅު ނިންމަވާލައްވާފަ އެވެ.

ޑރ. މުޙައްމަދު މުޢިއްޒުއިބްރާހީމް މުޙައްމަދު ސޯލިޙުކުޅުދުއްފުށިއެމްޑީޕީލާމަރުކަޒީ ނިޒާމުރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

150 އަށް ވުރެއް ގިނަ ދަރިވަރުންނާއެކު ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ޕްލޭ ސްކޫލުގެ ކިޔެވުން މާދަމާ ރަސްމީކޮށް ފަށަނީ

150 އަށް ވުރެއް ގިނަ ދަރިވަރުންނާއެކު ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ޕްލޭ ސްކޫލުގެ ކިޔެވުން މާދަމާ ރަސްމީކޮށް ފަށަނީ

31 މާރިޗު 2026
ގާނޫނަށް ގެންނަ އިސްލާހުގެ ސަބަބުން ދެން ވާނެ ގޮތެއް ނޭނގޭ، ނޫނެކޭ ބުނަން ޖެހެނީ މި އިސްލާހުން އޮޅުންބޮޅުން އަރާތީ: ގާނޫނީ ވަކީލު މަހުފޫޒު

ގާނޫނަށް ގެންނަ އިސްލާހުގެ ސަބަބުން ދެން ވާނެ ގޮތެއް ނޭނގޭ، ނޫނެކޭ ބުނަން ޖެހެނީ މި އިސްލާހުން އޮޅުންބޮޅުން އަރާތީ: ގާނޫނީ ވަކީލު މަހުފޫޒު

31 މާރިޗު 2026
ފަލާހު އާއްމުންނަށް ރިޝްވަތު ހުށަހެޅުމާއި، ހޯރަފުށީގައި ބޭއްވި ޖަލްސާ އަށް އުސޫލުން ބޭރުން އާރްޓީއެލް ފެރީ ބޭނުން ކުރި މައްސަލަ އީސީ އާއި އޭސީސީ އަށް ހުށަހަޅައިފި

ފަލާހު އާއްމުންނަށް ރިޝްވަތު ހުށަހެޅުމާއި، ހޯރަފުށީގައި ބޭއްވި ޖަލްސާ އަށް އުސޫލުން ބޭރުން އާރްޓީއެލް ފެރީ ބޭނުން ކުރި މައްސަލަ އީސީ އާއި އޭސީސީ އަށް ހުށަހަޅައިފި

31 މާރިޗު 2026
"ޢާޠިފް އަކީ ނަމޫނާ މޭޔަރެއް, ރައީސް މުޢިއްޒުގެ ސަރުކާރުން އެންމެ ޖެހިލުންވާ އެއް ބޭފުޅަކީވެސް އެއީ": ރައީސް ޞޯލިޙް

"ޢާޠިފް އަކީ ނަމޫނާ މޭޔަރެއް, ރައީސް މުޢިއްޒުގެ ސަރުކާރުން އެންމެ ޖެހިލުންވާ އެއް ބޭފުޅަކީވެސް އެއީ": ރައީސް ޞޯލިޙް

31 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީ އަށް ގެނެވުނު ބަދަލުގެ ބިލަކީ އުނި ކަންކަން ގިނަ ބިލެއް: ރާއްޖޭގެ ފުރަތަމަ ޕްރޮސެކިއުޓަރ ޖެނެރަލް މުއިއްޒު

ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީ އަށް ގެނެވުނު ބަދަލުގެ ބިލަކީ އުނި ކަންކަން ގިނަ ބިލެއް: ރާއްޖޭގެ ފުރަތަމަ ޕްރޮސެކިއުޓަރ ޖެނެރަލް މުއިއްޒު

31 މާރިޗު 2026

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު