Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުޅުދުއްފުށި ސިޓީ

ކުޅުދުއްފުށީ ސިޓީގެ ތަރައްޤީ އާއި ތިލަފަތުގެ ރަމްޒާއި އޮތް ގުޅުން އާތިފް ވިދާޅުވެ ދެއްވީ ތަފާތު ގޮތަކަށް

ކުޅުދުއްފުށީގެ ތަރައްގީއާއި އެމްޑީޕީއާ އޮތް ގުޅުން ފާހަގަކުރައްވައި، އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވަނީ ކުރިއަށް އޮތް އިންތިޚާބުތަކުގައި އެ ޕާޓީއަށް ވޯޓު ދިނުމަށް އިލްތިމާސްކުރައްވާފަ. އަދި ލާމަރުކަޒީ ނިޒާމު ބާރުވެރިކުރުވާ ހަމައެކަނި ޕާޓީއަކީ އެމްޑީޕީކަން ފާހަގަކުރައްވަމުން، ނިމިދިޔަ ސަރުކާރުގައި އެ ސިޓީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށް އޭނާ ވިދާޅުވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 31 މާރިޗު 2026 | އަންގާރަ 02:49
ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުހައްމަދު އާތިފް, އެ ސިޓީގައި ބޭއްވި ހޭވައްލާ ތައްޔާރު ޖަލްސާގައި ވާހަކަދައްކަވަނީ

ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުހައްމަދު އާތިފް, އެ ސިޓީގައި ބޭއްވި ހޭވައްލާ ތައްޔާރު ޖަލްސާގައި ވާހަކަދައްކަވަނީ | އެމްޑީޕީ

ކުޅުދުއްފުށި ސިޓީ އާއި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރަމްޒުކަމަށްވާ ތިލަފަތާއި އޮތް ގުޅުން ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުހައްމަދު އާތިފް، ތަފާތު މޭރުމަކުން ވިދާޅުވެ ދެއްވައިފި އެވެ.

އެ ސިޓީގައި ބޭއްވި ހޭވައްލާ ތައްޔާރު ޖަލްސާގައި ވާހަކަދައްކަވަމުން އާތިފް އެ ސިޓީގެ ކުރިއެރުމާއި އެމްޑީޕީ އާއި ގުޅިފައިވާ ގޮތް ވިދާޅުވެދެއްވީ ޅެންބައިތަކުންނެވެ. އާތިފް ވަނީ އެ ސިޓީގެ ކުރިއެރުމަށްޓަކައި އެމްޑީޕީ އިން ކޮށްދީފައިވާ މުހިންމު މަސައްކަތްތައް ފާހަގަކޮށް، ދެން ވެސް އެ ސިޓީ އަށް ކުރިއެރުން ލިބޭނީ އެމްޑީޕީ އާއި އެކުގައި ކަމަށް ފާހަގަކުރައްވާފަ އެވެ. ނިމިދިޔަ އެމްޑީޕީގެ ވެރިކަމަކީ ވެސް އެ ސިޓީ އަށް ވަރަށް ފަހި ވެރިކަމެއް ކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.

Advertisement - newsAdvertisement

"ތިލަފަތުގެ ރީތި ރަމްޒުން ކުރުވީ އުފާ މި ރަމްޒުން، ތިލަފަތަށް އަޅާ ގިނަ ވޯޓުން ކުރަހާލި ތަސްވީރު މިހިތުން،  މަލަރީތި ރަށްވެހި ފަތިހަކަށް. އާދެ މީގެ 5 އަހަރު ކުރިން ނިކުތީ މި ޅެން މި ފަރިހި ކިޔައިގެން. މިއަދު  ކުޅުދުއްފުށީ ރައްޔިތުން ހެކިވާނެ އަޅުގަނޑުމެން ދެއްކި ވާހަކ ތެދުވިކަން." އާތިފް ވިދާޅުވި އެވެ.

އެމްޑީޕީ އިން ކުރިއަށް އޮތް އިންތިޚާބަށް ކުރިމަތިލަނީ ވަރަށް ރަނގަޅު ސިޔާސަތުތަކަކާއި އެކުގައި ކަމަށް ފާހަގަކުރައްވާ އެކަމުގެ ތަފްސީލްތައް އޭނާ ވަނީ ހިއްސާކުރައްވާފަ އެވެ. އެގޮތުން ލޯކަލް ޓުއަރިޒަމް ފުޅާކުރުމާއި، ރަށުގެ އުފެއްދުންތެރިކަން އިތުރު ކުރުމަށް ކުރާނެ ކަންކަމުގެ ތަފްސީލްތައް އޭނާ ވަނީ ހިއްސާކުރައްވާފަ އެވެ. ވިޔަފާރިތަކަށް ފަހި ދިރިއުޅެން ފާގަތި މާހައުލެއް ހޯދައި ދިނުމަށް ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އާތިފް ވަނީ ވިދާޅުވެފަ އެވެ. 

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އިންތިޚާބުގައި އެމްޑީޕީ އަށް ވޯޓު ދިނުމަކީ އެ ސިޓީގެ ކުރިއެރުމަށް ލޯބި ކުރާ ކޮންމެ މީހަކު ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، އާތިފް ވަނީ ލޯކަލް ކައުންސިލްތަކަކީ ލާމަރުކަޒީ  ނިޒާމްގެ އެންމެ މުހިންމު ބައި ކަމަށް ވާއިރު އެ ނިޒާމުގެ ބާރުވެރިކަން ކައުންސިލްތަކަށް ދޫކޮށްލާ ހަމައެކަނި ޕާޓީ އަކީ ވެސް އެމްޑީޕީ ކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން އެ ނިޒާމުގައި ބަސް ބުނަން ތިބެން ވާނީ ވެސް އެ ޕާޓީގެ މީހުން ކަމަށް އާތިފް ވަނީ ވިދާޅުވެފަ އެވެ.

ކުޅުދުއްފުށި ސިޓީއެމްޑީޕީމުހައްމަދު އާތިފްލާމަރުކަޒީ ނިޒާމުލޯކަލް ކައުންސިލް އިންތިޚާބު 2026

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިހާބުތައް ބޯމަތިވެފަ ވަނިކޮށް، ފިނިޝިން ޑިސްކައުންޓުގެ ގޮތުގަ ގަވާއިދުުން ކުލި ދައްކަމުންދާ ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ކަނޑާލައިފި

އިންތިހާބުތައް ބޯމަތިވެފަ ވަނިކޮށް، ފިނިޝިން ޑިސްކައުންޓުގެ ގޮތުގަ ގަވާއިދުުން ކުލި ދައްކަމުންދާ ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ކަނޑާލައިފި

30 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓު ނަގަން އުޅެނީ ރިޔާސީ އިންތިހާބުގައި ޔާމީންގެ ފޮޓޯ ޖަހައިގެން އުޅުނު ގޮތަށް، މިފަހަރު ޔާމީންގެ ބަދަލުގައި އޮތީ ކައުންސިލް އިންތިހާބު: އަސްލަމް

ފެންނަ ނުފެންނަ ވޯޓު ނަގަން އުޅެނީ ރިޔާސީ އިންތިހާބުގައި ޔާމީންގެ ފޮޓޯ ޖަހައިގެން އުޅުނު ގޮތަށް، މިފަހަރު ޔާމީންގެ ބަދަލުގައި އޮތީ ކައުންސިލް އިންތިހާބު: އަސްލަމް

30 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓް: ސަރުކާރުން ވަކިކޮޅެއް ނަގައިގެން ރައްޔިތުން ވާނުވާގައި ބައިތިއްބަނީ ކީއްވެ؟

ފެންނަ ނުފެންނަ ވޯޓް: ސަރުކާރުން ވަކިކޮޅެއް ނަގައިގެން ރައްޔިތުން ވާނުވާގައި ބައިތިއްބަނީ ކީއްވެ؟

30 މާރިޗު 2026
ކުޅުދުއްފުއްޓަށް ވަޑައިގެންނެވުމުން ރައީސް ސޯލިހު އަށް ހޫނު މަރުހަބާއެއް.

ކުޅުދުއްފުއްޓަށް ވަޑައިގެންނެވުމުން ރައީސް ސޯލިހު އަށް ހޫނު މަރުހަބާއެއް.

30 މާރިޗު 2026
ރިފެރެންޑަމްގެ ވޯޓުން ވައްކަން ކުރުމުގެ ފުރުސަތު މިސަރުކާރަށް ދީގެން ނުވާނެ: ވަހީދު

ރިފެރެންޑަމްގެ ވޯޓުން ވައްކަން ކުރުމުގެ ފުރުސަތު މިސަރުކާރަށް ދީގެން ނުވާނެ: ވަހީދު

30 މާރިޗު 2026

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު