Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބ. ތުޅާދޫ ހައުސިންގް ޔުނިޓްތައް

އެމްޑީޕީ ސަރުކާރުން ތުޅާދޫގައި އެޅި 100 ހައުސިން ޔުނިޓަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

"ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް ކުރިމަތިލެވޭ މި ފްލެޓްތައް ދޫކުރުމުގެ މަސައްކަތް ކައުންސިލްގެ އަތުން މިނިސްޓްރީގެ ދަށަށް ބަދަލުކުރުމާ ގުޅިގެން އިދިކޮޅު އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ. ސަރުކާރުގެ އާ އުސޫލުގެ ދަށުން މި ޔުނިޓްތަކަށް ކުރިމަތިލެވޭނީ ތުޅާދޫ ރަށްވެހިންނާއި އެ ރަށުގައި 10 އަހަރު ވަޒަންވެރިވެ އުޅޭ ފަރާތްތަކަށް.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 11 އެޕްރީލު 2026 | ހޮނިހިރު 17:53
 މި 100 ހައުސިން ޔުނިޓަކީ ތުޅާދޫއަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫއެއް.

މި 100 ހައުސިން ޔުނިޓަކީ ތުޅާދޫއަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫއެއް. | ތުޅާދޫ ކައުންސިލް

ބ. ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ މުއްދަތު ހައުސިންގް މިނިސްޓްރީ އިން އިތުރުކޮށްފި އެވެ.

ތުޅާދޫގައި އިމާރާތް ކޮށްފައިވާ ހައުސިންގް ޔުނިޓްތަކަކީ އެމްޑީޕީ ސަރުކާރުން ތުޅާދޫގައި ބިނާކޮށް ނިންމައިފައިވާ 100 ހައުސިންގ ޔުނިޓުތަކެކެވެ. މީގެ ކުރިން އޭޕްރީލް 11 ވަނަ ދުވަހަށް ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަވާއިރު ހައުސިންގް މިނިސްޓްރީ އިން ވަނީ ހައުސިންގް ޔުނިޓްތަކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 23:59 އާ ހަމައަށް އިތުރުކޮށްފަ އެވެ.

Advertisement - newsAdvertisement

ފޯމު ހުށަހަޅަން ޖެހެނީ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށެވެ. ތުޅާދޫ 100 ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާ އުސޫލަށް ބައެއް ބަދަލު ގެނެސް މި ސަރުކާރުން އެ ފުރުސަތަށް ހުޅުވާލީ މި އަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުގަ އެވެ.

އެ މިނިސްޓްރީ އިން ގެޒެޓުގައި އާންމުކުރި މައުލޫމާތުގައި ވަނީ، ތުޅާދޫގައި އިމާރާތްކުރި ސަތޭކަ ފުލެޓު ދޫކުރާނީ މިދިޔަ ނޮވެންބަރު މަހުގެ މެދުތެރޭ ސަރުކާރުން އިފްތިތާހުކުރި "ބޯހިޔާވަހިކަން އެންމެންނަށް" މި ސިޔާސަތުގެ ދަށުން ކަމަށެވެ.

އަތޮޅުތަކުގެ ރަށްތަކުގައި އަސާސީ ބޯހިޔާވަހިކަން އެއް އުސޫލެއްގެ ދަށުން ދޫކުރުމަށްކަމަށް ބުނެ، އެ މަސައްކަތް މިހާރު ކުރިއަށްގެންދަނީ ސަރުކާރުން ހަދާފައިވާ ގެދޮރުވެރިކަމުގެ އުސޫލާ އެއްގޮތަށެވެ.  އެގޮތުން ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓް ދޫކުރުމުގެ މަސައްކަތް ކައުންސިލުން ކުރަމުން ދަނިކޮށް، ކޯޓު އަމުރެއްގެ ދަށުން އެކަން ވަނީ ހުއްޓުވާފަ އެވެ. ހައުސިން ޔުނިޓުތައް ދޫކުރުމުގެ މަސައްކަތް މިނިސްޓްރީގެ ދަށަށް ގެންދިޔައީ ވެސް އޭގެ ފަހުންނެވެ. 

ހައުސިންގ މިނިސްޓްރީ އިން އާންމުކުރި އުސޫލުގައިވާ ގޮތުން، ތުޅާދޫގައި އިމާރާތްކުރި ފުލެޓުތަކަށް ކުރިމަތިލެވޭނީ އެ ރަށުގެ ރަށްވެހިންނަށާއި އެ ރަށަށް ހިޖުރަކޮށް، މެދުކެނޑުމެއް ނެތި 10 އަހަރު އުޅެފައިވާ މީހުންނަށެވެ.

މިކަމާ ގުޅިގެން މީގެ ކުރިން އެމްޑީޕީ އިން ބުނީ މި ސަރުކާރުގެ ދައުރު ފެށުމާއެކު، ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވައިލައި، އިދާރީ ހިންގުމުގެ ބާރުތައް ވުޒާރާތަކަށް ޖަމާކުރަން ފަށައިފަވާ ކަމަށެވެ. އަދި އެމްޑީޕީ ސަރުކާރުން ތުޅާދޫގައި ބިނާކޮށް ނިންމައިފައިވާ 100 ހައުސިންގ ޔުނިޓު، އޭގެ ހައްގުވެރިންނަށް ދިނުމުގެ މަސައްކަތްތައް ރަށު ކައުންސިލުން ކުރަމުން ދަނިކޮށް، ކޯޓު އަމުރެއްގެ ދަށުން އެ މަސައްކަތް ހުއްޓުވައިފައިވާ ދަނޑިވަޅެއްގައި އެ ހައުސިންގ ޔުނިޓުތައް ހަވާލުކުރުމުގެ އިދާރީ މަސައްކަތްތައް ސަރުކާރުން ކޯޓު އަމުރާ ޚިލާފަށް ކުއްލިއަކަށް ހައުސިންގ މިނިސްޓްރީގެ ދަށަށް ނަގައިފައި ކަމަށް ވެސް އެ ޕާޓީ އިން ބުންޏެވެ.

އެ ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ކައުންސިލް އެކަހެރިކޮށް މި ސަރުކާރުން ހުޅުވާލުމުން އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ވަނީ ފާޅު ކޮށްފަ އެވެ. ޚާއްސަކޮށް އިދިކޮޅު އެމްޑީޕީ އިން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. 

އޭގެ އިތުރުން އެ ހައުސިންގ ޔުނިޓުތައް ދޫކުރުމަށް ރަށު ކައުންސިލު ގެ އެއްވެސް ދައުރެއް ނޯންނަ ގޮތަށް މިނިސްޓްރީ އިން އުސޫލެއް އާއްމުކޮށް، އަންނަ އޭޕްރިލް މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހައުސިންގ ޔުނިޓުތަކަށް އެދި ހުށަހެޅުމަށް ހުޅުވައިލުމަކީ ސީދާ ގާނޫނޫ އަސާސީ އާއި ލާމަރުކަޒީ ގާނޫނާ ޚިލާފަށް އަދި ލާމަރުކަޒީ ނިޒާމުގެ ރޫހާ ކަނޑައެޅިގެން ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ ކަމަށް ވެސް އެމްޑީޕީ އިން ވަނީ ބުނެފަ އެވެ.

ތުޅާދޫގެ އިތުރުން ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ މުއްދަތު ވެސް އެ މިނިސްޓްރީ އިން މިހާރު ވަނީ އިތުރު ކޮށްފަ އެވެ. 

ބ. ތުޅާދޫހައުސިންގް މިނިސްޓްރީއެމްޑީޕީބޯހިޔާވަހިކަން އެންމެންނަށްވިލުފުށީލާމަރުކަޒީ ނިޒާމު

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީގެ ފަރާތުން ރައީސްކަން ކުރައްވާފައިވާ ބޭފުޅުން ގައުމީ މަޖިލީހުގައި ހިމަނާ، ރައީސް ނަޝީދު އާއި ރައީސް ސޯލިހު ޕާޓީގެ އެޑްވައިޒަރުންގެ ގޮތުގައި ހަމަޖައްސަން ފާސްކޮށްފި

އެމްޑީޕީގެ ފަރާތުން ރައީސްކަން ކުރައްވާފައިވާ ބޭފުޅުން ގައުމީ މަޖިލީހުގައި ހިމަނާ، ރައީސް ނަޝީދު އާއި ރައީސް ސޯލިހު ޕާޓީގެ އެޑްވައިޒަރުންގެ ގޮތުގައި ހަމަޖައްސަން ފާސްކޮށްފި

11 އެޕްރީލު 2026
ވެރިކަމުގެ ބާކީ މި އޮތް ދުވަސްތަކުގައި ރައީސް މުއިއްޒު ވެރިކަން ކުރައްވަން ބޭނުންފުޅުވާ ކަމަށްވާނަމަ ރައްޔިތުންގެ އަޑު އަހައި، މިސަރުކާރުގެ ސިޔާސަތުތައް ބަދަލު ކުރަންޖެހޭ: ކުރީގެ ރައީސް ސޯލިހު

ހިންނަވަރު ދާއިރާގެ ގޮނޑި ކާމިޔާބުކުރަން ޕީއެންސީގެ ކެންޑިޑޭޓް 30 މިލިއަން އަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރި: ރައީސް ސޯލިހު

ހިންނަވަރު ދާއިރާގެ ގޮނޑި ކާމިޔާބުކުރަން ޕީއެންސީގެ ކެންޑިޑޭޓް 30 މިލިއަން އަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރި: ރައީސް ސޯލިހު

11 އެޕްރީލު 2026
ދިވެހިންގެ ކުރިމަތީގައި ރައީސް މުއިއްޒަށް ތާއީދު އޮތީ އެންމެ 30 އިންސައްތަ އަށް: ނިޔާޒް

ދިވެހިންގެ ކުރިމަތީގައި ރައީސް މުއިއްޒަށް ތާއީދު އޮތީ އެންމެ 30 އިންސައްތަ އަށް: ނިޔާޒް

11 އެޕްރީލު 2026
ވޭވަށު ކައުންސިލް މެންބަރުގެ ވޯޓު އަލުން ގުނުމުންވެސް ޕީއެންސީ ބަލިކޮށް އެމްޑީޕީ ކުރިހޯދައިފި

ވޭވަށު ކައުންސިލް މެންބަރުގެ ވޯޓު އަލުން ގުނުމުންވެސް ޕީއެންސީ ބަލިކޮށް އެމްޑީޕީ ކުރިހޯދައިފި

11 އެޕްރީލު 2026

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު