Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދެ އިންތިހާބު އެއްކުރުން

ބޮޑު ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ރައްޔިތުންގެ އިންތިޚާބީ ހައްގަށް ލިބޭނީ ގެއްލުން: ސުއޫދު

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމުން ސަރުކާރު ޒިންމާދާރުކުރުވުމަށް ރައްޔިތުންނަށް ލިބޭ ފުރުސަތު ހަނިވެ، ކުދި ޕާޓީތަކާއި މިނިވަން ކެނޑިޑޭޓުންނަށް އޮންނަ ފުރުސަތު ކުޑަވާނެ ކަމަށް ސުއޫދު ވިދާޅުވި. މީގެ އިތުރުން، އިދާރީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، އިންތިޚާބުގެ ނަޒާހަތްތެރިކަމަށް ބުރޫއަރައި، ދައުލަތް ހިންގުމުގެ ނިޒާމުގެ އަސްލު ގެއްލިގެންދާނެ ކަމުގެ ބިރު އޮތްކަން އޭނާ ފާހަގަކުރެއްވި. މި ބަދަލުގެ ސަބަބުން ވޯޓުލާ މީހުންނަށް އޮޅުންއަރައި، ދާއިރާތަކުގެ މަސްލަހަތަށްވުރެ ބޮޑަށް ރިޔާސީ ކެންޑިޑޭޓަށް ބަލައި ވޯޓުލުމަށް މަޖުބޫރުވާނެ ކަމަށްވެސް ސުއޫދު ވިދާޅުވި.

މަޚްތޫމް
މަޚްތޫމް | 29 މާރިޗު 2026 | އާދީއްތަ 13:23
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު.

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު. | ރާއްޖެ އެމްވީ

ބޮޑު ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ރައްޔިތުންގެ އިންތިޚާބީ ހައްގަށް ލިބޭނީ ގެއްލުން ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ސަރުކާރުން ނަގަން އުޅޭ ފެންނަ ނުފެންނަ ވޯޓުގެ ސަބަބުން ހުރި ގެއްލުންތައް އެކްސްގައި ހިއްސާ ކުރައްވަމުން ސުއޫދު ވިދާޅުވީ ބޮޑު ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ރައްޔިތުންގެ އިންތިޚާބީ ހައްގަށް ލިބޭނީ ގެއްލުން ކަމަށެވެ. އެގޮތުން ތަފާތު ތާރީޚެއްގައި ޚާއްސަކޮށް ރިޔާސީ ދައުރުގެ މެދުތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުތައް ބޭއްވުމުން، ސަރުކާރުގެ މަސައްކަތްތަކާ މެދު އަލުން މުރާޖަޢާކޮށް ގޮތް ނިންމުމުގެ ފުރުސަތު ރައްޔިތުންނަށް ލިބެ އެވެ. ނަމަވެސް އިންތިޚާބުތައް އެއްކޮށްލުމުން މި ފުރުސަތު ހަނިވެ، ސަރުކާރު ޒިންމާދާރުކުރުވުމަށް އޮންނަ މަގުތައް މަދުވެ އެވެ. އަދި ހުރިހާ ވަސީލަތްތަކާއި ސަމާލުކަމެއް ރިޔާސީ އިންތިޚާބަށް ހުސްވެ، މަޖިލިސް ގޮނޑިތަކަށް ވާދަކުރާ ކުދި ޕާޓީތަކަށް އަދި މިނިވަން ކެނޑިޑޭޓުންނަށް އޮންނަ ފުރުސަތު ކުޑަވެގެންދާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ. 

ސުއޫދު ވިދާޅުވީ ރިޔާސީ އަދި މަޖިލިސް އިންތިޚާބު ބާއްވަންޖެހޭ ގޮތުގެ ތަފްސީލީ އުސޫލުތައް ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ބަޔާންކޮށްފައިވެ އެވެ. މީގެ ތެރޭގައި ވޯޓުލާ މީހުންގެ ދަފްތަރު ތަރުތީބުކުރުމާއި، ދާއިރާތައް ކަނޑައެޅުމާއި، އިންތިޚާބުގެ ނަޒާހަތްތެރިކަން ކަށަވަރުކުރުން ހިމެނެ އެވެ. އަދި މިފަދަ ބޮޑު ދެ އިންތިޚާބު އެއްކޮށްލުމަކީ އިދާރީގޮތުން ކުރިމަތިވާނެ ގޮންޖެހުންތައް އިންތިހާއަށް އިތުރުވެ، އިދާރީ ކުށްތައް ހިނގުމާއި، އާންމުންނާއި އޮފިޝަލުން އޮޅުންބޮޅުންވުމަށް މަގުފަހިވާނެ ކަމެއް ކަމަށް ސުއޫދު ވިދާޅުވި އެވެ. އަދި މީގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް އޮންނަ އިތުބާރު ގެއްލި، ދަސްތޫރީ ހަމަތަކާއި ދެފުށް ފެންނަ އުސޫލުތަކަށް ބުރޫއެރުމުގެ ބިރު އެބައޮތް ކަމަށް ސުއޫދު ވިދާޅުވި އެެވެ. 

ސުއޫދު ވިދާޅުވީ އެއްފަހަރާ ދެ އިންތިޚާބު ބޭއްވުމަކީ ވޯޓު ކަރުދާހުގެ ބާވަތްތަކާއި، ތަމްރީނުތަކާއި، ވޯޓުލާ މަރުކަޒުތަކުގެ މަސައްކަތާއި، ވޯޓު ގުނުމުގެ މަރުހަލާ ދެގުނަވާނެ އެވެ. މީގެ ސަބަބުން އިދާރީ ގޯސްތައް ހިނގުމާއި، ނަތީޖާ އިއުލާންކުރުން ލަސްވުމާއި، ޝަކުވާތައް އިތުރުވުމުގެ ފުރުސަތު ބޮޑެވެ. އަދި އިންތިޚާބީ މައްސަލަތައް ނިންމުމަށް ޝަރުއީ ނިޒާމަށްވެސް އިތުރު ބުރައެއް އުފުލަންޖެހޭނެ އެވެ.

ސުއޫދު ވިދާޅުވީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބަކީ ތަފާތު ދެ މަގްސަދެއްގައި ބާއްވާ ދެ އިންތިޚާބެއް ކަމަށެވެ. ރިޔާސީ އިންތިޚާބުން ކަނޑައަޅަނީ ދައުލަތުގެ އެންމެ މަތީ ވެރިޔާ އެވެ. މަޖިލިސް އިންތިޚާބަކީ ވަކިވަކި ދާއިރާތަކުގެ ރައްޔިތުން ތަމްސީލުކޮށް، ޖަވާބުދާރީވުން ކަށަވަރުކޮށްދޭ އިންތިޚާބެކެވެ. މި ދެ އިންތިޚާބު އެއްކޮށްލުމުން، ދާއިރާއެއްގެ މަސްލަހަތަށް ވިސްނުމުގެ ބަދަލުގައި، ރިޔާސީ ކެންޑިޑޭޓަށް ބަލައިގެން ވޯޓުލުމަށް ރައްޔިތުންނަށް މަޖުބޫރުވެ އެވެ. މީގެ ސަބަބުން މަޖިލިސް މެންބަރުންނާއި ރައްޔިތުންނާ ދެމެދު އޮންނަންޖެހޭ ގުޅުން ކުޑަވެ، މަޖިލީހުގެ މިނިވަންކަން ގެއްލިގެންދެ އެވެ. ދުސްތޫރީ އަދި ސިޔާސީ ފަލްސަފާއަށް ބަލާއިރު މި ގޮތަށް ހެދުމުން ނިކުންނަ ނަތީޖާއަކީ ދައުލަތް ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުވުން ކަމަށްވެސް މާނަކުރެވިދާނެ އެވެ. އެގޮތަކީ މިހާރު މި އަމަލުކުރަމުންދާ ގާނޫނުއަސާސީގެ ހަމަތަކާ ފުށުއަރާނެ ގޮތެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

ސުއޫދު ވިދާޅުވީ ވޯޓުލާ މީހުންނަށް އޮޅުން އެރުމާއި ނިންމުންތަކުގެ ފެންވަރު ދަށްވާނެ އެވެ. ގިނަ އިންތިޚާބުތަކެއް އެއް ދުވަހަކު ބޭއްވުމުން ވޯޓު ކަރުދާސް ދިގުވެ، ވޯޓުލާ މީހުން ވަރުބަލިވެ، ކެންޑިޑޭޓުންގެ ފެންވަރަށް ބަލައި ވަކިވަކިން ގޮތް ނިންމުމުގެ ބަދަލުގައި ހަމައެކަނި ޕާޓީއަށް ނުވަތަ ރިޔާސީ ކެންޑިޑޭޓަށް ބަލައި ވޯޓުލުން އިތުރުވެ އެވެ. މީގެ ސަބަބުން ރައްޔިތުންގެ ހަގީގީ ވިސްނުން ފާޅުކުރުމަށް ހުރަސްއެޅިގެންދެ އެވެ.

ސުއޫދު ވިދާޅުވީ އެއް ދުވަހަކު ގިނަ ބާރުތަކެއްގެ ނަސީބު ކަނޑައެޅޭއިރު، މައުލޫމާތު ފެތުރުމާއި މުއައްސަސާތަކުގެ މައްޗަށް އޮންނަ ނުފޫޒު ގަދަވެ އެވެ. މީޑިއާގެ މިނިވަންކަމާއި މަދަނީ ޖަމްއިއްޔާތަކުގެ ދައުރު މިފަދަ ހާލަތެއްގައި ހަނިވެ، އިންތިޚާބު އިންސާފުވެރިކަމާއެކު މޮނިޓަރ ކުރުމަށް ހުރަސްތަކެއް ކުރިމަތިވެދާނެ އެވެ.

ހުސްނުއްސުއޫދުރިޔާސީ އިންތިޚާބުމަޖިލީސް އިންތިޚާބު

އިތުރަށް ކިޔާލަން

27 މާރިޗު 2026

"އަހަރެން ގޮތް ނިންމައިފިން"- ނޫނެކޭ ކެމްޕެއިންގެ ތަފާތު ޑްރާމާތަކެއް ރާއްޖެޓީވީ އިން ގެނެސްދެނީ

27 މާރިޗު 2026
"އަހަރެން ގޮތް ނިންމައިފިން"- ނޫނެކޭ ކެމްޕެއިންގެ ތަފާތު ޑްރާމާތަކެއް ރާއްޖެޓީވީ އިން ގެނެސްދެނީ
27 މާރިޗު 2026

ރާއްޖޭގެ ފަހުގެ ޑިފެންސް ލައިނަކީ ދިވެހި ރައްޔިތުން ކަމަށާއި ދެ އިންތިޚާބު އެއްކޮށްލުމަކީ އެ ލައިން ފޫއަޅުވާލަން ޖާގަ ދިނުން: އަލީ ހުސެއިން

27 މާރިޗު 2026
ރާއްޖޭގެ ފަހުގެ ޑިފެންސް ލައިނަކީ ދިވެހި ރައްޔިތުން ކަމަށާއި ދެ އިންތިޚާބު އެއްކޮށްލުމަކީ އެ ލައިން ފޫއަޅުވާލަން ޖާގަ ދިނުން: އަލީ ހުސެއިން
27 މާރިޗު 2026

ދެ އިންތިހާބު އެއްކޮށްލަނީ ހަރަދު ކުޑަކުރަން ކަމަށް ބުނުމެކޭ، މޫދަށް އެރިއޮވެ ތިމަންނާ ނުހިކޭ ބުނުން އެއްފަދަ: އަލީ ހުސައިން

27 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލަނީ ހަރަދު ކުޑަކުރަން ކަމަށް ބުނުމެކޭ، މޫދަށް އެރިއޮވެ ތިމަންނާ ނުހިކޭ ބުނުން އެއްފަދަ: އަލީ ހުސައިން
27 މާރިޗު 2026

ދެ އިންތިހާބު އެއްކޮށްލައިގެން ސަލާމަތްކުރެވެނީ ބޮލަކަށް 5 ލާރި، މިއީ ސިޔާސީން ދެފަހަރު ރައްޔިތުން ކައިރިއަށް ނުދާންވެގެން ކުރާ ކަމެއް: އަހުމަދު މުހައްމަދު

27 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލައިގެން ސަލާމަތްކުރެވެނީ ބޮލަކަށް 5 ލާރި، މިއީ ސިޔާސީން ދެފަހަރު ރައްޔިތުން ކައިރިއަށް ނުދާންވެގެން ކުރާ ކަމެއް: އަހުމަދު މުހައްމަދު
25 މާރިޗު 2026

ދިވެހިރާއްޖެ މިހާރު އޮތް ހާލަތުން، ދެ އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނަށް ފައިދާ ހުރި ކަމެއް ނޫން: ޑރ. ހަސަން ހަމީދު

25 މާރިޗު 2026
ދިވެހިރާއްޖެ މިހާރު އޮތް ހާލަތުން، ދެ އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނަށް ފައިދާ ހުރި ކަމެއް ނޫން: ޑރ. ހަސަން ހަމީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު