ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުތަކުގެ ނަތީޖާ ހޮނިހިރު ދުވަހު އިއުލާންކުރަނީ
މި މަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިޚާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 73 އިންސައްތަ މީހުން ވޯޓުލާފައިވާއިރު، މިއީ ކައުންސިލް އިންތިޚާބެއްގައި މިހާތަނަށް އެންމެ ގިނަ ބަޔަކު ވޯޓުލީ ފަހަރު. ނަތީޖާ ހާމަކުރާނީ ހޮނިހިރު ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި.


ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އާންމުންގެ މީހަކު ވޯޓުލާން އައިސް. | ރާއްޖެ އެމްވީ
މިމަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިޚާބުތަކުގެ ދާއިމީ ނަތީޖާ މާދަމާ އިޢުލާން ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފި އެވެ.
މިމަހުގެ 4 ވީ ހޮނިހިރު ދުވަހު ތިން އިންތިޚާބެއް ކުރިއަށް ގެންގޮސްފައިވާ އިރު މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އެއް އިންތިޚާބެވެ. މިދިޔަ ހޮނިހިރު ދުވަހު ބާއްވާފައި ވަނީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގެ އިތުރުން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާއި ގުޅޭގޮތުން ނެގި ޚިޔާލު ހޯދުމުގެ އާންމު ވޯޓެވެ.
ނަތީޖާ ހާމަކުރުމަށް ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ. މި ވޯޓުތަކުގެ ވަގުތީ ނަތީޖާތައް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިމިދިޔަ ހަފްތާގެ ތެރޭގައި އާންމުކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މިހާރު ހާމަ ނުކުރެވި ވަނީ ހަމައެކަނި ޝަކުވާ ހުށަހެޅިފައިވާ ފޮށިތަކުގެ ނަތީޖާ އެވެ. އެފަދަ ފޮށިތަކުގެ ވޯޓުތައް އަލުން ގުނައި އޭގެ ދާއިމީ ނަތީޖާ ވަރަށް އަވަހަށް ހާމަކުރުމަށް މަސައްކަތް ކުރަމުންދާ ކަން އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
މި އިންތިޚާބަކީ މިއީ ކައުންސިލް އިންތިޚާބެއްގައި އެންމެ ގިނަ މީހުން ވޯޓުލީ ފަހަރެވެ. އެގޮތުން މި ފަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބޭ 294،876 މީހުންގެ ތެރެއިން %73 މީހުން ވޯޓުލާފައވެ އެވެ.
މިފަހަރު ލޯކަލް ކައުންސިލް އިންތިޚާބުގައި އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ. މިކަމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ލޯކަލް ގަވަމެންޓް އޮތޯރިޓީން ވަނީ ފަށާފައެވެ. އެގޮތުން ކައުންސިލަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެންބަރުން އިޤްރާރުގައި ސޮއިކުރުން ކުރިއަށް ގެންދާނީ، އެއް ރަސްމިއްޔާތެއްގެ ތެރެއިންނެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރުމަށް ވޯޓްލާފައިވެއެވެ.
އިންތިޚާބުތަކުގެ ނަތީޖާ ހޮނިހިރު ދުވަހު ހާމަކުރުމަށް ނިންމާފައި ވާއިރު، ލޯކަލް ކައުންސިލް އިންތިޚާބުގައި އަލަށް އިންތިޚާބުވި ކައުންސިލަރުން މަގާމުގެ ހުވާކުރުމުގެ ރަސްމިއްޔާތު އަންނަ މެއި މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފަ އެވެ.
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ކައުންސިލަރުންގެ ދައުރަކީ ފަސް އަހަރު ދުވަސް ކަމަށެވެ. މިހާރު މަގާމުތަކުގައި ތިއްބެވި ކައުންސިލަރުންގެ ދައުރު އަންނަ މެއި މަހުގެ 17 ވަނަ ދުވަހަށް ހަމަވާނެތީ، އިންތިޚާބީ ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު އަންނަ މަހުގެ 17 ވާ އާދިއްތަ ދުވަހު ބޭއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ.
މި ރަސްމިއްޔާތުގެ އެޖެންޑާއާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އޮފިޝަލް ވިދާޅުވީ، އެ ދުވަހުގެ ރަސްމިއްޔާތުގައި މައިގަނޑު ދެ ކަމެއް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ އޮންނާނީ އަލަށް އިންތިޚާބުވި ކައުންސިލަރުން މަގާމުގެ ހުވާކުރުން ކަމަށާއި، އޭގެ ފަހުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން އިގުރާރުގައި ސޮއިކުރުން އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާނެ ވަގުތުތަކާ ގުޅޭގޮތުން އެލްޖީއޭ އިން ބުނީ، ރަސްމިއްޔާތު ބާއްވާނެ ސީދާ ގަޑިތައް ކަނޑައަޅާނީ ފަނޑިޔާރުންނާއި ކައުންސިލްތަކާ މަޝްވަރާކުރުމަށްފަހު ކަމަށެވެ. ކައުންސިލަރުންނަށް ހުވާލައިދެއްވާނީ އެ ރަށެއްގެ ނުވަތަ އެ ދާއިރާއެއްގެ ފަނޑިޔާރުންނެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ޖުމްލަ 681 ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 681 މެންބަރުން ވަނީ އިންތިޚާބުކޮށްފަ އެވެ. މިއީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލަރުންގެ ދައުރު ފަސް އަހަރަށް ބަދަލުކުރި ފަހުން ބޭއްވި ފުރަތަމަ އިންތިޚާބެވެ.







