Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަލީ ނިޔާޒް

ދިވެހިންގެ ކުރިމަތީގައި ރައީސް މުއިއްޒަށް ތާއީދު އޮތީ އެންމެ 30 އިންސައްތަ އަށް: ނިޔާޒް

ލާމަރުކަޒީ ނިޒާމު ހަރުދަނާކުރާނެ ކަމަށް ވިދާޅުވެ ރައީސް ޑރ. މުއިއްޒު ރައްޔިތުންނަށް އިތުރުފުޅު ހައްދަވާފައިވާ ކަމަށް ކުރީގެ މެންބަރު އަލީ ނިޔާޒް ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ މި ނިޒާމު ހިންގަން އެނގެނީ ހަމައެކަނި އެމްޑީޕީއަށް ކަމަށާއި، ފަސް ސިޓީގެ މޭޔަރުކަން އެ ޕާޓީން ކާމިޔާބު ކުރުމަކީ ރައްޔިތުން އެމްޑީޕީއަށް ކުރާ އިތުބާރު ހާމަވާ ކަމެއް ކަމަށް. އަދި ސަރުކާރުގެ ކެންޑިޑޭޓުންނާ ނުލައިވެސް މި ނިޒާމު ހިންގޭނެކަން ރައްޔިތުން މިހާރު ސާބިތުކޮށްދީފައިވާ ކަމަށްވެސް ނިޔާޒް ފާހަގަކުރެއްވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 11 އެޕްރީލު 2026 | ހޮނިހިރު 09:57
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު | ރާއްޖެއެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތާއީދު، ރާއްޖޭގެ ރައްޔިތުންގެ ކުރިމަތީގައި މިހާރު އޮތީ އެންމެ 30 އިންސައްތަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒް ވިދާޅުވެއްޖެ އެވެ. 

ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ އަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް ޅ. ހިންނަވަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނިޔާޒް ވިދާޅުވީ ވެރިކަމަށް އައުމަށްޓަކައި ވެރިކަމަށް ކުރިމަތިލާ ހުރިހާ ބޭފުޅުން ވެސް ރައްޔިތުންނަށް ވިއްކާ އެންމެ ވަރުގަދަ އެއްޗަކީ ލާމަރުކަޒީ ނިޒާމު ކަމަށެވެ. ކޮންމެ ބޭފުޅަކު ވެސް އެ ބޭފުޅަކީ ލާމަރުކަޒީ ނިޒާމު އެންމެ ހަރުދަނާ ކުރާނެ މީހާ ކަމަށް ވިދާޅުވާ ކަމަށާ އެހެން ނަމަވެސް އެމްޑީޕީ ނޫން ބަޔަކަށް އެ ނިޒާމު ނޭނގޭ ކަމަށް ނިޔާޒް ވިދާޅުވި އެވެ. 

Advertisement - newsAdvertisement

ނިޔާޒް ވިދާޅުވީ އެމްޑީޕީ ފިޔަވައި ދެން ރާއްޖޭގައި ވެރިކަން ކުރި ވެރިން ލާމަރުކަޒީ ނިޒާމު ހަރުދަނާކުރައްވާނެ ކަމަށް ވިދާޅުވެ ރައްޔިތުންނަށް ދޮގު ހެއްދެވި ކަމަށެވެ. އެގޮތުން މިއަދުގެ ރައީސް ޑރ. މުއިއްޒު ވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށް ފަހު ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަނަކަށް ވާނެ ކަމަށް ވިދާޅުވި ކަމަށާއި ނަމަވެސް އެމަނިކުފާނު ޗެމްޕިއަނަކަށް ވެވަޑައިގެންނެވީ އެ ނިޒާމު ބަލި ކުރައްވައިގެން ކަމަށް ނިޔާޒް ވިދާޅުވި އެވެ. 

ޑރ. މުއިއްޒު ވިދާޅުވީ ތިމަންނަ އައިސް ތިމަންނަ އަކީ ލާމަރުކަޒީ ޗެމްޕިއަން އަށް ވާނަމޭ. އެމަނިކުފާނު ޗެމްޕިއަން އަށް ވީ ލާމަރުކަޒީ ނިޒާމް ބަލި ކޮށްގެން. ތަޅާ މަރައިގެން. އެހެން ނަމަވެސް އަޅުގަނޑުމެން ދިވެހި ރައްޔިތުން އެދެނީ ޗެމްޕިއަން އަށް ވުމަށްޓަކައި ލާމަރުކަޒީ ގާނޫނުގެ ފުރިހަމަ ބާރު ރައްޔިތުންނަށް ދިނުމަށް. ރައީސް މުއިއްޒަށް ދަންނަވަން. މަނިކުފާނުގެ އަމިއްލަ އެދުމާ އެއްގޮތަށް ކަންކަން ނުކުރައްވާށޭ.
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒް 

 ނިޔާޒް ވިދާޅުވީ އޭޕްރީލް 4 ވަނަ ދުވަހުގެ އިންތިޚާބުން ހާމަވީ ރައްޔިތުން ލާމަރުކަޒީ ނިޒާމު ބަލައިގެންފި ކަމާ އެ ނިޒާމު ގަބޫލުކޮށްފި ކަން ކަމަށެވެ. އަދި އެ ނިޒާމު ހިންގުމަށް ކޮންމެހެން ސަރުކާރުގެ ކެންޑިޑޭޓުން ބޭނުން ނުވާ ކަމަށް ވެސް ރައްޔިތުން ބުނެފައިވާ ކަމަށް ނިޔާޒް ވިދާޅުވި އެވެ. 

ފަސް ސިޓީގެ މޭޔަރު ކަން ވެސް އެމްޑީޕީ އިން ކާމިޔާބު ކޮށްފައިވާއިރު މިކަމުން ހާމަވަނީ މި ނިޒާމު ހިންގުމަށް ރައްޔިތުން އެންމެ އިތުބާރު ކުރަނީ އެމްޑީޕީ އަށް ކަމަށް ކަން ވެސް ނިޔާޒް ވިދާޅުވި އެވެ. ރައްޔިތުން ބޭނުންވަނީ ލާމަރުކަޒީ ނިޒާމު ދަންނަ ބައެއް ކަމާ މި ނިޒާމުން މިހާތަނަށް ފައިދާ ލިބި އެކަން ރައްޔިތުންނަށް ހާމަ ކޮށްދިން ބަޔަކީ ވެސް އެމްޑީޕީ ކަން ރައްޔިތުން މިއަދު ގަބޫލުކުރާ ކަން ހާމަވެފައިވާ ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ. 

އަލީ ނިޔާޒްއެމްޑީޕީލާމަރުކަޒީ ނިޒާމު

އިތުރަށް ކިޔާލަން

11 އެޕްރީލު 2026

ވޭވަށު ކައުންސިލް މެންބަރުގެ ވޯޓު އަލުން ގުނުމުންވެސް ޕީއެންސީ ބަލިކޮށް އެމްޑީޕީ ކުރިހޯދައިފި

11 އެޕްރީލު 2026
ވޭވަށު ކައުންސިލް މެންބަރުގެ ވޯޓު އަލުން ގުނުމުންވެސް ޕީއެންސީ ބަލިކޮށް އެމްޑީޕީ ކުރިހޯދައިފި
10 އެޕްރީލު 2026

2024 ވަނަ އަހަރު ފަށަން ބުނި ތ.ގާދިއްފުށި ބިން ހިއްކުމުގެ އަމަލީ މަސައްކަތް 2 އަހަރު ފަހުން ފަށައިފި

10 އެޕްރީލު 2026
2024 ވަނަ އަހަރު ފަށަން ބުނި ތ.ގާދިއްފުށި ބިން ހިއްކުމުގެ އަމަލީ މަސައްކަތް 2 އަހަރު ފަހުން ފަށައިފި
10 އެޕްރީލު 2026

ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުތަކުގެ ނަތީޖާ ހޮނިހިރު ދުވަހު އިއުލާންކުރަނީ

10 އެޕްރީލު 2026
ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުތަކުގެ ނަތީޖާ ހޮނިހިރު ދުވަހު އިއުލާންކުރަނީ
09 އެޕްރީލު 2026

މިސަރުކާރުގެ ވަޒީރުން ޖަވާބުދާރީ ނުވެ މިހާރު ވެސް 62 ސުވާލު މަޖިލީހުގައި އެބައޮތް، މިކަމުގެ ޒިންމާ ނަންގަވަން ޖެހޭނީ ރައީސް މުއިއްޒު: މެންބަރު ނާޒިލް

09 އެޕްރީލު 2026
މިސަރުކާރުގެ ވަޒީރުން ޖަވާބުދާރީ ނުވެ މިހާރު ވެސް 62 ސުވާލު މަޖިލީހުގައި އެބައޮތް، މިކަމުގެ ޒިންމާ ނަންގަވަން ޖެހޭނީ ރައީސް މުއިއްޒު: މެންބަރު ނާޒިލް
09 އެޕްރީލު 2026

މުއައްސަސާތަކާއި، ޖުޑީޝިއަރީ ގައި ތިއްބެވި ބޭފުޅުން މިހާރު ރައީސް މުއިއްޒު ދެކެ ޖެހިލުންވާކަށް ނުޖެހޭނެ، މިއީ ބަލިކަށި ވަގުތީ ސަރުކާރެއް: ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް

09 އެޕްރީލު 2026
މުއައްސަސާތަކާއި، ޖުޑީޝިއަރީ ގައި ތިއްބެވި ބޭފުޅުން މިހާރު ރައީސް މުއިއްޒު ދެކެ ޖެހިލުންވާކަށް ނުޖެހޭނެ، މިއީ ބަލިކަށި ވަގުތީ ސަރުކާރެއް: ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު