Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިރާނަށް ދިން ޙަމަލާ

އިޒްރޭލުގެ ނިރުބަވެރި ހަނގުރާމައަށް ވާގިވެރިވާ ގޮތަށް ދިވެހި ސަރުކާރުން ކަންކަން ބެހެއްޓުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް: މައުރޫފް

މައުރޫފް ވިދާޅުވީ، ވިދާޅުވީ، އިރާނަށް އެމެރިކާއާއި އިޒްރޭލުން ދިން ޙަމަލާ އެންމެ ކުޑަމިނުން ކުށްވެރިކޮށްލަންވެސް ރާއްޖެއަށް ނުކެރުނު ކަމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 މާރިޗު 2026 | އާދީއްތަ 08:02
ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު | މަޖިލިސް

އިޒްރޭލުގެ ނިރުބަވެރި ހަނގުރާމައަށް ވާގިވެރިވާ ގޮތަށް ދިވެހި ސަރުކާރުން ކަންކަން ބެހެއްޓުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

މައުރޫފު އެހެން ވިދާޅުވީ އާދިއްތަ ދުވަހުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މައުރޫފް ވިދާޅުވީ، މި ދަނޑިވަޅަކީ މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ކުރަމުންދާ ދަނޑިވަޅެއް ކަމަށާއި، ހަނގުރާމަ ދިގުލައިގެން ދިއުމަކީ ރާއްޖެއަށްވެސް ފޫނުބެއްދޭނެ ގެއްލުން ވާނެ ކަމެއް ކަމަށެވެ.

މީގެ އިތުރުން، އިޒްރޭލުގެ ނިރުބަވެރި ހަނގުރާމައަށް ވާގިވެރިވާ ގޮތަށް ދިވެހި ސަރުކާރުން ކަންކަން ބެހެއްޓުމަކީ ނުހަނު ކަންބޮޑުވާން ޖެހޭ ކަމެއްކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ، އިރާނަށް އެމެރިކާއާއި އިޒްރޭލުން ދިން ޙަމަލާ އެންމެ ކުޑަމިނުން ކުށްވެރިކޮށްލަންވެސް ރާއްޖެއަށް ނުކެރުނު ކަމަށެވެ.

އިޒްރޭލުގެ ނިރުބަވެރި ހަނގުރާމައަށް ވާގިވެރިވާ ގޮތަށް ދިވެހި ސަރުކާރުން ކަންކަން ބެހެއްޓުމަކީ އިއްޒަތްތެރި ރައީސް ދިވެހި ރައްޔިތުން ހަމަ ޔަޤީނުންވެސް ކަންބޮޑުވާ ކަމެއްކަމުގައި އަޅުގަނޑު ފާހަގަ ކުރަން
ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު

މައުރޫފް އިތުރަށް ވިދާޅުވީ، ހުރިހާ ޚިދުމަތެއް ބަރާބަރަށް ލިބޭނެކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވިނަމަވެސް ކަން އޮތީ އެހެނެއް ނޫން ކަމަށެވެ. އެގޮތުން ރާއްޖޭގެ އިޤްތިސާދާއި ފަތުރުވެރިކަމަށް ނުހަނު ބޮޑު އަސަރެއް ކުރަމުންދާކަމަށް މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވަނީ އެކި ޤައުމުތަކަށް ގިނަ އަދަދެއްގެ ސަފީރުން އައްޔަނު ކުރަމުން ދިޔަނަމަވެސް، އެކަމުގެ ފައިދާ ރައްޔިތުންނަށް ކުރޭތޯވެސް ސުވާލު އުފައްދަވާފައެވެ.

 

އިރާނުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއި މައުރޫފް ޒާކިރުމަޖިލިސް

އިތުރަށް ކިޔާލަން

08 މާރިޗު 2026

ދަރިވަރުން ސްކޫލު ނިންމުމަށްފަހު ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްގައި ބައިވެރިވުން މަޖުބޫރު ކުރުމަށް ޕީއެންސީގެ މެމްބަރަކު ގޮވާލައްވައިފި

08 މާރިޗު 2026
ދަރިވަރުން ސްކޫލު ނިންމުމަށްފަހު ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްގައި ބައިވެރިވުން މަޖުބޫރު ކުރުމަށް ޕީއެންސީގެ މެމްބަރަކު ގޮވާލައްވައިފި
08 މާރިޗު 2026

ދޫނި އިޚުތިޔާރު ކުރަން ގޮވާތީ ހަނދާނަށް އަންނަނީ ކޮއްޓެއްގައި ތިބި އަށްޑިހަ ވަރަކަށް ދޫނީގެ ވާހަކަ!

08 މާރިޗު 2026
ދޫނި އިޚުތިޔާރު ކުރަން ގޮވާތީ ހަނދާނަށް އަންނަނީ ކޮއްޓެއްގައި ތިބި އަށްޑިހަ ވަރަކަށް ދޫނީގެ ވާހަކަ!
05 މާރިޗު 2026

ވައްކަމަކީ މި ސަރުކާރުގެ ހިތުގެ ކާނާ، އެކަން ހުއްޓަ އެއް ނުލާނެ: ޣަފޫރު

05 މާރިޗު 2026
ވައްކަމަކީ މި ސަރުކާރުގެ ހިތުގެ ކާނާ، އެކަން ހުއްޓަ އެއް ނުލާނެ: ޣަފޫރު
01 މާރިޗު 2026

އެމްޑީޕީގެ ބޮޑު އެއްވުމެއް މާޗު 21 ގައި، މިއީ ރައީސް މުއިއްޒަށް ނޫނެކޭ ބުނަން ލިބޭ ރަނުގެ ފުރުސަތެއް: މެންބަރު މައުރޫފް

01 މާރިޗު 2026
އެމްޑީޕީގެ ބޮޑު އެއްވުމެއް މާޗު 21 ގައި، މިއީ ރައީސް މުއިއްޒަށް ނޫނެކޭ ބުނަން ލިބޭ ރަނުގެ ފުރުސަތެއް: މެންބަރު މައުރޫފް
01 މާރިޗު 2026

"ލޫޓުވައިފި" ބޮޑު މުޒާހަރާ އާއި ގުޅިގެން މެންބަރު މައުރޫފް ހިމެނޭހެން 7 މީހަކަށް ދައުވާކޮށްފި

01 މާރިޗު 2026
"ލޫޓުވައިފި" ބޮޑު މުޒާހަރާ އާއި ގުޅިގެން މެންބަރު މައުރޫފް ހިމެނޭހެން 7 މީހަކަށް ދައުވާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު