Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްބަސީތައް

ބޭރުގެ އެމްބަސީތަކަށް އަހަރެއްގެ މައްޗަށް 648 މިލިއަން ރުފިޔާ ޚަރަދު ކުރޭ، ކުރާ މަސައްކަތެއް ސާފުވާކަށް ނޯވޭ: ނާޒިލް

ނާޒިލް ވިދާޅުވީ، އެމްބަސީތަކުން ކުރާ މަސައްކަތްތަކުގެ ތަފްސީލުތައް ރައްޔިތުންނަށްވެސް ހާމަކޮށްދޭން ޖެހޭ ކަމަށް. އެގޮތުން އަހަރެއްގެ މައްޗަށް 648 މިލިއަން ރުފިޔާ މިހާރު އެމްބަސީތަކަށް ޚަރަދު ކުރަމުންދާކަމަށް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 މާރިޗު 2026 | އާދީއްތަ 08:06
ރައްޔިތުން މަޖިލީހުގެ މެންބަރު އިބްރާހީމް ނާޒިލް

ރައްޔިތުން މަޖިލީހުގެ މެންބަރު އިބްރާހީމް ނާޒިލް | ރައްޔިތުންގެ މަޖިލިސް

ރާއްޖެއިން ބޭރުގައި ޤާއިމުކޮށްފައިވާ ދިވެހި އެމްބަސީތަކަށް އަހަރެއްގެ މައްޗަށް 648 މިލިއަން ރުފިޔާ ޚަރަދު ކުރާ ކަމަށާއި، ނަމަވެސް އެމްބަސީތަކާއި ހައިކޮމިޝަންތަކުން ކުރާ މަސައްކަތެއް ފެންނާކަށް ނޯންނަކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ނާޒިލް ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލުމަށް މަސައްކަތް ކުރަނީ ޚަރަދު ކުޑަކުރުމުގެ ނަމުގައި ކަމަށާއި، ނަމަވެސް ސަރުކާރުގެ އަމަލުތައް ހުރީ ޚަރަދު ކުޑަކުރުމާ ދިމާ އިދިކޮޅަށް ކަމަށެވެ. އެގޮތުން ފޮރިން މިނިސްޓްރީއަށް އެކަނި ބަލާލިނަމަވެސް ޚަރަދު ބޮޑުވެފައިވާ މިންވަރު ފެންނާނެކަމަށް ނާޒިލް ވިދާޅުވިއެވެ.

މެމްބަރު ނާޒިލް ވިދާލުވީ، މި ހިނގަމުންދާ ސަރުކާރު ވެރިކަމަށް އައިއިރު މަހެއްގެ މައްޗަށް ފޮރިން މިނިސްޓްރީގެ ބަޖެޓަކީ 23 މިލިއަން ރުފިޔާ ކަމަށެވެ.

އެހެންނަމަވެސް، މިހާރު ފޮރިން މިނިސްޓްރީގެ މަހެއްގެ މައްޗަށް ބަޖެޓަކީ 54 މިލިއަން ރުފިޔާކަން ފާހަގަ ކުރައްވައި ނާޒިލް ވިދާޅުވީ، އެއީ އަހަރެއްގެ މައްޗަށް ބަލާނަމަ 648 މިލިއަން ރުފިޔާ ކަމަށެވެ.

ސަރުކާރު ވެރިކަމަށް އައިއިރު މަހެއްގެ މައްޗަށް ފޮރިން މިނިސްޓްރީގެ ބަޖެޓަކީ 23 މިލިއަން ރުފިޔާ، މިހާރު ފޮރިން މިނިސްޓްރީގެ މަހެއްގެ މައްޗަށް ބަޖެޓަކީ 54 މިލިއަން ރުފިޔާ، ބޭރު ޤައުމުތަކަށް ކުރާ ޚަރަދު، ޚާއްސަކޮށް އެމްބަސީތަކަށް
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް 

ނާޒިލް ވިދާޅުވީ، އެމްބަސީތަކުން ކުރާ މަސައްކަތްތަކުގެ ތަފްސީލުތައް ރައްޔިތުންނަށްވެސް ހާމަކޮށްދޭން ޖެހޭ ކަމަށެވެ. އެގޮތުން އަހަރެއްގެ މައްޗަށް 648 މިލިއަން ރުފިޔާ މިހާރު އެމްބަސީތަކަށް ޚަރަދު ކުރަމުންދާއިރު، 5 އަހަރުގެ ދައުރެއްގެ ތެރޭގައި އެތައް ފައިސާއެއް ޚަރަދުވެގެންދާނެކަމަށް ނާޒިލް ވިދާޅުވިއެވެ.

ނާޒިލް ވިދާޅުވި ގޮތުގައި ޚަރަދު ކުޑަ ކުރުމުގެ ނަމުގައި ސަރުކާރުން މިހާރު ދައްކަމުންގެންދާ ވާހަކަތައް ދެކޮޅެއް ނުޖެހެއެވެ.

ނާޒިލްއެމްބަސީމަޖިލިސް

އިތުރަށް ކިޔާލަން

08 މާރިޗު 2026

އިޒްރޭލުގެ ނިރުބަވެރި ހަނގުރާމައަށް ވާގިވެރިވާ ގޮތަށް ދިވެހި ސަރުކާރުން ކަންކަން ބެހެއްޓުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް: މައުރޫފް

08 މާރިޗު 2026
އިޒްރޭލުގެ ނިރުބަވެރި ހަނގުރާމައަށް ވާގިވެރިވާ ގޮތަށް ދިވެހި ސަރުކާރުން ކަންކަން ބެހެއްޓުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް: މައުރޫފް
08 މާރިޗު 2026

ދަރިވަރުން ސްކޫލު ނިންމުމަށްފަހު ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްގައި ބައިވެރިވުން މަޖުބޫރު ކުރުމަށް ޕީއެންސީގެ މެމްބަރަކު ގޮވާލައްވައިފި

08 މާރިޗު 2026
ދަރިވަރުން ސްކޫލު ނިންމުމަށްފަހު ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްގައި ބައިވެރިވުން މަޖުބޫރު ކުރުމަށް ޕީއެންސީގެ މެމްބަރަކު ގޮވާލައްވައިފި
08 މާރިޗު 2026

ދޫނި އިޚުތިޔާރު ކުރަން ގޮވާތީ ހަނދާނަށް އަންނަނީ ކޮއްޓެއްގައި ތިބި އަށްޑިހަ ވަރަކަށް ދޫނީގެ ވާހަކަ!

08 މާރިޗު 2026
ދޫނި އިޚުތިޔާރު ކުރަން ގޮވާތީ ހަނދާނަށް އަންނަނީ ކޮއްޓެއްގައި ތިބި އަށްޑިހަ ވަރަކަށް ދޫނީގެ ވާހަކަ!
07 މާރިޗު 2026

އެމްޑީޕީގެ ކެންޑިޑޭޓުން ރައްޔިތުންނާއެކު ކުރަމުންދާ މަސައްކަތް އިންތިޚާބަށްފަހުވެސް މެދުނުކެނޑި ކުރިއަށް ދާނެ: ނާޒިލް

07 މާރިޗު 2026
އެމްޑީޕީގެ ކެންޑިޑޭޓުން ރައްޔިތުންނާއެކު ކުރަމުންދާ މަސައްކަތް އިންތިޚާބަށްފަހުވެސް މެދުނުކެނޑި ކުރިއަށް ދާނެ: ނާޒިލް
17 ފެބުރުއަރީ 2025

ރަމަޝާން މަހަށް މަޖިލިސް ބަންދުކުރަން މެމްބަރުން ބޭނުންމެއް ނުވޭ، އެކަން ކުރަން ބޭނުންވީ މި ސަރުކާރުން: މެމްބަރު ޒިޔާދު

17 ފެބުރުއަރީ 2025
ރަމަޝާން މަހަށް މަޖިލިސް ބަންދުކުރަން މެމްބަރުން ބޭނުންމެއް ނުވޭ، އެކަން ކުރަން ބޭނުންވީ މި ސަރުކާރުން: މެމްބަރު ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު