Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވަޒީފާއާ ބެހޭ ޤާނޫނު

ބިދޭސީންގެ ކޯޓާ ފީ އިސްތިސްނާ ކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް!

9 މާރިޗު 2026 | ހޯމަ 08:10

ބިލު ޤާނޫނަކަށް ވެގެން އައުމުން ރާއްޖެއަށް ބިދޭސީން ގެނައުމަށް ކޯޓާ ހޯދާއިރު ކޮންމެ ބިދޭސީއަކަށް އަހަރަކު 2,000 ރުފިޔާގެ ފީ ދެއްކުމުން އެ ފަރާތްތައް އިސްތިސްނާ ކުރެވިދާނެ. އަދި އެ ބާރު ލިބިގެންވަނީ ވަޒީރުންގެ މަޖިލީހަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 މާރިޗު 2026 | ހޯމަ 08:10
އޮޕަރޭޝަން ހަމަމަގުގެ ތެރެއިން ބިދޭސީންގެ މައުލޫމާތު އެއްކުރަނީ

އޮޕަރޭޝަން ހަމަމަގުގެ ތެރެއިން ބިދޭސީންގެ މައުލޫމާތު އެއްކުރަނީ | އިމިގްރޭޝަން

ވަކި ބާވަތެއްގެ ވިޔަފާރިއަކަށް ނިސްބަތްވާ ވަޒީފާ ދޭ ފަރާތްތައް ދައްކަން ޖެހޭ ކޯޓާ ފީ ދެއްކުމުން އިސްތިސްނާ ކުރުމުގެ ބާރު ވަޒިރުންގެ މަޖިލީހަށް ލިބޭގޮތަށް މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުން އެގޮތަށް ފާސްކޮށްފައިވަނީ ވަޒީފާއާ ބެހޭ ޤާނޫނަށް އެންމެ ފަހުން ގެނައި އިސްލާޙުގެ ދަށުންނެވެ. އެ އިސްލާޙުގައި ބަޔާންކޮށްފައިވަނީ، ވަކި ކަންކަމަކަށް ރިއާޔަތް ކުރުމަށްފަހު ބައެއް ވިޔަފާރިތަކުން ދައްކަންޖެހޭ ކޯޓާފީ ދެއްކުމުން އިސްތިސްނާ ކުރެވިދާނެ ކަމަށެވެ.

Advertisement - newsAdvertisement

އެހެންކަމުން ބިލު ޤާނޫނަކަށް ވެގެން އައުމުން ރާއްޖެއަށް ބިދޭސީން ގެނައުމަށް ކޯޓާ ހޯދާއިރު ކޮންމެ ބިދޭސީއަކަށް އަހަރަކު 2,000 ރުފިޔާގެ ފީ ދެއްކުމުން އެ ފަރާތްތައް އިސްތިސްނާ ކުރެވިދާނެއެވެ. އަދި އެ ބާރު ލިބިގެންވަނީ ވަޒީރުންގެ މަޖިލީހަށެވެ.

މީގެ އިތުރުން، އެގޮތަށް ނިންމުމުގައި ރިއާޔަތް ކުރަންޖެހޭ ހަތަރު ކަމެއް ބިލުގައި ހިމަނާފައިވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމްކުރުމާއި، އެފަދަ ވިޔަފާރިތަކުގައި ދިގު މުއްދަތުގެ ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމުގެ އިތުރުން، ކުދި ވިޔަފާރިތަކާއި ބޮޑެތި ވިޔަފާރިތަކާ ދެމެދު އޮތް ފަރަގު ކުޑަކުރުމާއި، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި އާ ވިސްނުންތަކާއި، އުފެއްދުންތެރިކަމާއި ޚިދުމަތްތައް ތައާރަފްކުރުމަށް ހިތްވަރު ދިނުމެވެ.

ބިދޭސީއަކު ވަޒީފާ އަދާކުރަން ދިވެހިރާއްޖެއަށް ގެންނަން ކުރިން ތިން ހުއްދައެއް ނެގުމަކީ އެ ބިދޭސީއަކު ގެންނަ ފަރާތުގެ ޒިންމާއެކެވެ. އެއީ ބިދޭސީން ވަޒީފާ އަދާކުރާ ވަރކްސައިޓް ރަޖިސްޓްރީކުރުމާއި، ބިދޭސީން ގެންނަން ބޭނުންވާ ކޯޓާ ހޯދުމާއި، ވަރކް ޕަރމިޓް ހޯދުމެވެ.

ގަވާއިދާ ހިލާފުވާ މީހުންނާ މެދު ފިޔަވަޅު އެޅުމުގެ އުސޫލާއި ޖޫރިމަނާ ކުރާނެ އަދަދުތައް މި ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދަށް މީގެ ކުރިން ގެނެސްފައިވާ އިސްލާޙުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ބިދޭސީއަކާ މެދު އިހުމާލުވެއްޖެ ނަމަ، އަދި ގަވާއިދާ ހިލާފު ވެއްޖެ ނަމަ 50،000ރ. އަށް ވުރެ މަތީ އަދަދުތަކުން ޖޫރިމަނާކުރާނެ އެވެ.

ބިދޭސީންކޯޓާމަޖިލިސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

08 މާރިޗު 2026

ބޭރުގެ އެމްބަސީތަކަށް އަހަރެއްގެ މައްޗަށް 648 މިލިއަން ރުފިޔާ ޚަރަދު ކުރޭ، ކުރާ މަސައްކަތެއް ސާފުވާކަށް ނޯވޭ: ނާޒިލް

08 މާރިޗު 2026
ބޭރުގެ އެމްބަސީތަކަށް އަހަރެއްގެ މައްޗަށް 648 މިލިއަން ރުފިޔާ ޚަރަދު ކުރޭ، ކުރާ މަސައްކަތެއް ސާފުވާކަށް ނޯވޭ: ނާޒިލް
08 މާރިޗު 2026

އިޒްރޭލުގެ ނިރުބަވެރި ހަނގުރާމައަށް ވާގިވެރިވާ ގޮތަށް ދިވެހި ސަރުކާރުން ކަންކަން ބެހެއްޓުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް: މައުރޫފް

08 މާރިޗު 2026
އިޒްރޭލުގެ ނިރުބަވެރި ހަނގުރާމައަށް ވާގިވެރިވާ ގޮތަށް ދިވެހި ސަރުކާރުން ކަންކަން ބެހެއްޓުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް: މައުރޫފް
08 މާރިޗު 2026

ދަރިވަރުން ސްކޫލު ނިންމުމަށްފަހު ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްގައި ބައިވެރިވުން މަޖުބޫރު ކުރުމަށް ޕީއެންސީގެ މެމްބަރަކު ގޮވާލައްވައިފި

08 މާރިޗު 2026
ދަރިވަރުން ސްކޫލު ނިންމުމަށްފަހު ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްގައި ބައިވެރިވުން މަޖުބޫރު ކުރުމަށް ޕީއެންސީގެ މެމްބަރަކު ގޮވާލައްވައިފި
08 މާރިޗު 2026

ދޫނި އިޚުތިޔާރު ކުރަން ގޮވާތީ ހަނދާނަށް އަންނަނީ ކޮއްޓެއްގައި ތިބި އަށްޑިހަ ވަރަކަށް ދޫނީގެ ވާހަކަ!

08 މާރިޗު 2026
ދޫނި އިޚުތިޔާރު ކުރަން ގޮވާތީ ހަނދާނަށް އަންނަނީ ކޮއްޓެއްގައި ތިބި އަށްޑިހަ ވަރަކަށް ދޫނީގެ ވާހަކަ!
16 ޑިސެމްބަރު 2025

ބިދޭސީން ގެންނަން ވަރކްސައިޓް ރަޖިސްޓްރީއާ ކޯޓާ މަޖުބޫރުކޮށް ގަވާއިދަށް ބަދަލު ގެނެސްފި

16 ޑިސެމްބަރު 2025
ބިދޭސީން ގެންނަން ވަރކްސައިޓް ރަޖިސްޓްރީއާ ކޯޓާ މަޖުބޫރުކޮށް ގަވާއިދަށް ބަދަލު ގެނެސްފި
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!
05 މެއި 2025

ޤާނޫނު އަސާސީ ދެމެހެއްޓުމަކީ ލާޒިމު ކަމެއްކަން ނޭނގޭ: ޓްރަމްޕް

05 މެއި 2025
ޤާނޫނު އަސާސީ ދެމެހެއްޓުމަކީ ލާޒިމު ކަމެއްކަން ނޭނގޭ: ޓްރަމްޕް
17 ފެބުރުއަރީ 2025

ރަމަޝާން މަހަށް މަޖިލިސް ބަންދުކުރަން މެމްބަރުން ބޭނުންމެއް ނުވޭ، އެކަން ކުރަން ބޭނުންވީ މި ސަރުކާރުން: މެމްބަރު ޒިޔާދު

17 ފެބުރުއަރީ 2025
ރަމަޝާން މަހަށް މަޖިލިސް ބަންދުކުރަން މެމްބަރުން ބޭނުންމެއް ނުވޭ، އެކަން ކުރަން ބޭނުންވީ މި ސަރުކާރުން: މެމްބަރު ޒިޔާދު
16 ފެބުރުއަރީ 2025

ފާޑުކިޔުން ބޮޑުވުމުން ރޯދަ މަހު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ނިންމަނީ

16 ފެބުރުއަރީ 2025
ފާޑުކިޔުން ބޮޑުވުމުން ރޯދަ މަހު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ނިންމަނީ
13 މެއި 2024

މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާގައި މެންބަރުންގެ ޝުކުރާއެކު މުސްތަގުބަލުގައި އެދޭ ކަންކަން ހިއްސާކޮށްފި

13 މެއި 2024
މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާގައި މެންބަރުންގެ ޝުކުރާއެކު މުސްތަގުބަލުގައި އެދޭ ކަންކަން ހިއްސާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް