Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިލެކްޝަންސް ކޮމިޝަން

ތިން އިންތިޚާބާ ގުޅޭގޮތުން 170 މައްސަލަ ހުށަހަޅާފައިވޭ، ކޮމިޝަންގެ ޖަވާބާ މެދު ހިތްހަމަ ނުޖެހޭނަމަ ކޯޓަށް ދެވޭނެ: ޒާހިދު

އޭޕްރީލް މަހު ބޭއްވި އިންތިޚާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 215،346 މީހުން ވޯޓުލާފައިވާއިރު، މިއީ މިފަދަ އިންތިޚާބެއްގައި އެންމެ ގިނަ ބަޔަކު ވޯޓުލީ ފަހަރު. މި އިންތިޚާބާ ގުޅޭގޮތުން ޖުމުލަ 170 ޝަކުވާ ހުށަހަޅާފައިވާއިރު، ކޮމިޝަނުން ދޭ ޖަވާބާ މެދު ހިތްހަމަނުޖެހޭ ނަމަ 14 ދުވަހުގެ ތެރޭގައި ހައިކޯޓަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ކޮމިޝަންގެ ރައީސް ޒާހިދު ވިދާޅުވެފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 11 އެޕްރީލު 2026 | ހޮނިހިރު 07:29
އިންތިޚާބުތަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުހައްމަދު ޒާހިދު ވާހަކަ ދައްކަވަނީ.

އިންތިޚާބުތަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުހައްމަދު ޒާހިދު ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ކުރިއަށް ގެންދިޔަ 3 އިންތިޚާބާ ގުޅޭގޮތުން 170 މައްސަލަ ހުށަހަޅާފައިވާ ކަަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެއްޖެ އެވެ. 

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 ގެ މަސައްކަތްތަކާ ގުޅޭގޮތުން ހޮނިހިރު ދުވަހު މީޑީއާތަކަށް ދެއްވި އިންޓަވިޔުއެއްގައި ޒާހިދު ވިދާޅުވީ 294876 ވޯޓު ލުމުގެ ހައްގު ލިބިގެން ދިޔައިރު 215346 ފަރުދީ ޒިންމާ އަދާކޮށްފައިވާ ކަމަށެވެ. މިއީ ލޯކަލް ކައުންސިލްގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބެއްގައި އެންމެ ގިނައިން އަދަދެއްގެ ބަޔަކު ވޯޓުލުމަށް ނުކުތް ފަހަރު ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement
އެހެން އިންތިޚާބުތަކެކޭވެސް އެއްގޮތަށް މި ފަހަރުވެސް އިންތިޚާބު އޮބްޒާވް ކުރުމަށްޓަކައި ލޯކަލް އޮބްޒާވަރުންގެ ގޮތުގައި 1626 ފަރާތަކާއި، ބައިނަލްއަގުވާމީ އޮބްޒާވަރުންގެ ގޮތުގައި 38 ފަރާތަކާއި، ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި 4021 ފަރާތަކާއި، އިންތިޚާބު ކަންކަން މޮނިޓަރކުރެއްވުމަށްޓަކައި 3275 ފަރާތެއް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވެފައިވޭ. އެހެންކަމުން، އޮބްޒާވަރުންނާއި މޮނިޓަރުން އިންތިޚާބުގެ އެކި މަރުހަލާތަކުގައި އަދާކުރެވޭ މުހިންމު މަސްއޫލިއްޔަތަށް މަރުހަބާއެކު އަޅުގަނޑު އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން.
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުހައްމަދު ޒާހިދު

މި އިންތިޚާބުތަކަކީ މިނިވަންކަމާއި އިންސާފުވެރިކަމާއެކު ކުރިއަށް ގެންގޮސްފައިވާ އިންތިޚާބު ތަކެއްކަން ފާހަގަކުރައްވައި ޒާހިދު ވިދާޅުވީ އިންތިޚާބުތަކުގެ ޝަކުވާއެއްގެ ގޮތުގައި ޖުމުލަ  170 ޝަކުވާ ގައުމީ ކޮމްޕްލަޔަންސް ބިއުރޯއަށް ލިބިފައިވާ ކަމަށާއި، ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، މި ޝަކުވާތަކަށް ޖަވާބުދިނުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.

ޒާހިދު ވިދާޅުވީ އިންތިޚާބާ ގުޅިގެން، ގައުމީ ކޮމްޕްލަޔަންސް ބިއުރޯއަށް ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅިގެން، މި ކޮމިޝަނުން ދޭ ޖަވާބަކާ މެދު ހިތްހަމަނުޖެހޭ ކަމުގައި ވަނީ ނަމަ، އެ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުގެ ތހައްގު ކޮންމެ މީހަކަށް ވެސް ލިބޭ ކަމަށެވެ. 

އެގޮތުން މައްސަލަތައް މިއަދުން ފެށިގެން 14 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅޭނެ ކަމަށް ޒާހިދު ވިދާޅުވި އެވެ.

މިމޭރުމުން ޒާހިދު ވާހަކަ ދެއްކެވި ނަމަވެސް 3 އިންތިޚާބުގެ ކުރިން ވެސް ގިނަ މައްސަލަތައް ފާހަގަކޮށް އެމްޑީޕީ އިން ވެސް މައްސަލަ އީސީގެ އިތުރުން އެންޓި ކޮރްޕްޝަން ކޮމިޝަނަށް (އޭސީސީ) އަށް ހުށަހަޅާފައިވެ އެވެ. ނަމަވެސް އެއްވެސް މައްސަލައެއް ނުބަލާ ކަމަށާއި، މި ދެކޮމިޝަނަށް ވެސް ސަރުކާރުގެ ނުފޫޒު ވަރަށް ބޮޑަށް ފޯރުވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ. 

މުޙައްމަދު ޒާހިދުއިލެކްޝަންސް ކޮމިޝަންހައި ކޯޓުއެންޓި ކޮރަޕްޝަން ކޮމިޝަންލޯކަލް ކައުންސިލް އިންތިޚާބު 2026

އިތުރަށް ކިޔާލަން

11 އެޕްރީލު 2026

ދެވަނަ ބުރަށްދާ ދާއިރާތަކުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބާއްވަނީ

11 އެޕްރީލު 2026
 ދެވަނަ ބުރަށްދާ ދާއިރާތަކުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބާއްވަނީ
11 އެޕްރީލު 2026

ވޭވަށު ކައުންސިލް މެންބަރުގެ ވޯޓު އަލުން ގުނުމުންވެސް ޕީއެންސީ ބަލިކޮށް އެމްޑީޕީ ކުރިހޯދައިފި

11 އެޕްރީލު 2026
ވޭވަށު ކައުންސިލް މެންބަރުގެ ވޯޓު އަލުން ގުނުމުންވެސް ޕީއެންސީ ބަލިކޮށް އެމްޑީޕީ ކުރިހޯދައިފި
10 އެޕްރީލު 2026

ޕީއެންސީ ކެންޑިޑޭޓަށް ލާފައިވާ ވަގު ވޯޓު ބާތިލްކުރުމުން، ނަތީޖާ އެއްވަރުވެ އަލުން ގުނުމުން މީދޫ ކައުންސިލް ރައީސްގެ ގޮނޑި ސަރުކާރަށް ގެއްލިއްޖެ

10 އެޕްރީލު 2026
ޕީއެންސީ ކެންޑިޑޭޓަށް ލާފައިވާ ވަގު ވޯޓު ބާތިލްކުރުމުން، ނަތީޖާ އެއްވަރުވެ އަލުން ގުނުމުން މީދޫ ކައުންސިލް ރައީސްގެ ގޮނޑި ސަރުކާރަށް ގެއްލިއްޖެ
10 އެޕްރީލު 2026

ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުތަކުގެ ނަތީޖާ ހޮނިހިރު ދުވަހު އިއުލާންކުރަނީ

10 އެޕްރީލު 2026
ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުތަކުގެ ނަތީޖާ ހޮނިހިރު ދުވަހު އިއުލާންކުރަނީ
10 އެޕްރީލު 2026

މިސަރުކާރުގައި ރައްޔިތުންނަށް ބޭސް ގުޅައެއްވެސް ނުލިބޭ، އެހެންވީމަ ބަޖެޓު ހުސްކުރާ ގޮތާ ގުޅޭގޮތުން ސުވާލު ކުރާނެ: މެންބަރު ނާޒިލް

10 އެޕްރީލު 2026
މިސަރުކާރުގައި ރައްޔިތުންނަށް ބޭސް ގުޅައެއްވެސް ނުލިބޭ، އެހެންވީމަ ބަޖެޓު ހުސްކުރާ ގޮތާ ގުޅޭގޮތުން ސުވާލު ކުރާނެ: މެންބަރު ނާޒިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު