Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ އިގްތިސާދީ ހާލަތު

ހަނގުރާމައާއި ގުޅިގެން ސަރުކާރަށް ކަންކަން ނުވުމުން، އިންތިޚާބަށް ފަހު އަދިވެސް ރޯޅި ބާލަން އުޅެނީ އެހެން ބަޔަކަށް: އަމްރު

ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ހާލަތު އިންތިހާއަށް ގޯސްވެފައިވާއިރު، ސަރުކާރުން ކަންކަން ނިންމަނީ ސިޔާސީ މަންފާއަށް އިސްކަންދީގެން ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެ. އިންތިޚާބާ ދިމާކޮށް ތަކެތީގެ އަގުތަކަށް ބަދަލު ގެނައުމާއި، ރިޒާވްގައި ފައިސާ ނެތްއިރު ހަގީގަތާ ހިލާފު ބޮޑެތި މަޝްރޫއުތަކުގެ ވާހަކަ ދެއްކުމަކީ ރައްޔިތުންނަށް އޮޅުވާލުން ކަމަށް އޭނާ ފާހަގަކުރެއްވި. މީގެ އިތުރުން ބޭސް ލިބުމުގެ ދަތިކަމާއި ފަތުރުވެރިކަން ދަށްވުމުގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅާކަމަށް ވިދާޅުވެ އަމްރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 7 އެޕްރީލު 2026 | އަންގާރަ 20:01
އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު.

އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު. | ރާއްޖެ އެމްވީ

މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިޤްތިޞާދަށް އަންނަ ބަދަލުތަކާއެކު ސަރުކާރަށް ކަންކަން މެނޭޖުނުކުރެވުމުން، އިންތިޚާބު ނިމުމާއެކު އޭގެ "ރޯޅި" އެހެން ބަޔަކަށް ބާލަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ، މިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ރައްޔިތުންގެ އިތުބާރު ނެތްކަން ހާމަކޮށްދިން ފުރުސަތެއް ކަމަށެވެ.

Advertisement - newsAdvertisement

އަމްރު ވިދާޅުވީ އިންތިޚާބުގެ ކުރީ މަހު ސަރުކާރުން އަމިއްލައަށް އިސްނަގައިގެން މަސްދަޅު ބަހާފައިވާ ކަމަށާއި، ނަމަވެސް އިންތިޚާބު ނިމުނުތާ ފުރަތަމަ ދުވަހު މަސްދަޅުގެ އަގު ބޮޑުކުރި ކަމަށެވެ. އަދި އާންމުންގެ ނުރުހުން އަމާޒުވުމުން ހަމަ އެ ދުވަހުގެ އިރުއޮއްސުނުއިރު އަގު ހެޔޮކުރިކަން އޭނާ ފާހަގަކުރެއްވި އެވެ. މިފްކޯއަށް ވަމުންދާ ގެއްލުން އެނގިތިބެ، އިންތިޚާބަށްޓަކައި މަސްދަޅު ބަހާފައި، އިންތިޚާބު ނިމުމާއެކު އަގު ބޮޑުކުރުމަކީ ރައްޔިތުންނަށް އޮޅުވާލުން ކަމަށް އަމްރު ސިފަކުރެއްވި އެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން އަމްރު ވިދާޅުވީ، ރާއްޖޭގައި އެއް އަހަރު ދުވަހުގެ ތެޔޮ ރައްކާކުރާނެ ކަމަށް ބުނެ ސަރުކާރުން ދައްކަނީ އެއްވެސް ހަގީގަތެއް ނެތް "ހޮޅި" ވާހަކަތަކެއް ކަމަށެވެ. އެއް އަހަރުގެ ތެލަށް އެކަނިވެސް އެއް ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށާއި، އެ ތެޔޮ ރައްކާކުރާނެ ތާނގީއާއި، ޖެޓީ އަދި ފަޔަރ ލައިން ފަދަ ވަސީލަތްތަކަށް އިތުރު އެއް ބިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖޭގެ ރިޒާވްގައި ތެޔޮ ގަންނާނެ ފައިސާ ވެސް ނެތް އިރު، ދެ ބިލިއަން ޑޮލަރުގެ މަޝްރޫއެއްގެ ވާހަކަ ދެއްކުމަކީ ބުއްދި ގަބޫލުކުރާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ 2 މަސް ދުވަސް ވާއިރުގައި ދެން ހަދާނެ ގޮތެއް ޙަޤީޤަތުގައި ނެތް. އަޅުގަނޑުމެން މި ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފައި  ޙަޤީޤަތުގައި ވެސް. އެއީ މިއަދާ ހިސާބަށް އައިއިރު ސުކޫކަކާއި އެހެން ލޯނެއް ނަގައިގެން އެކަން ކުރާނީއޭ އެގޮތަށް ވަރަށް ހަމަޖެހިލައިގެން ތިބީ. އެކަމަކު އައިސް ދުވަސް ޖެހުނުއިރު ކިހިނެއްތޯ ވީ؟ ލާރިއެއް ނުލިބުނީ. ނުލިބުނީމަ ބީ.އެމް.އެލުން ލާރިކޮޅަކާއި، އެސް.ޓީ.އޯ. ލައްވާ ލޯނެއް ނަގައިގެންނާއި، ރިޒާވްގައި ހުރި ހުރިހާ ފައިސާއެއް ބޭނުންކޮށްގެން އެ ލޯނު ދައްކާލީ. އެ ދައްކާ ލީމާ ދެން ކިހިނެއްތޯ ވީ؟ ރާއްޖެއަށް މިހާރު އަންނަ ފަތުރުވެރިންގެ އަދަދު މަދުވޭ އެބަ. ތިރީސް ޕަސެންޓް މިހާރު ދަށް. އެކަމަކު ތެޔޮ ބިލަށް އަރާ އަދަދު މިހާރު އިންތިހާއަށް ބޮޑުވޭ، ބޭރުވާލެއް އެބަ އިތުރުވޭ، ވަންނަލެއް އެބަ މަދުވޭ. ރިޒާވަކީ ޙަޤީޤަތުގައި އެކަހަލަ ކަންތައްތަކުގައި ބެލެންސްކުރަން އޮންނަ އެއްޗެއް. އެކަމަކު އޭތި މިހާރު ހުސްވެގެން އެ ދިޔައީ. ދިޔައިރު އަދި ހަނގުރާމަ އެ އޮތީ ކުރިއަށް.
އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު

ދުނިޔޭގެ އެހެން ގައުމުތަކުން އިޤްތިޞާދީ ފިޔަވަޅުތައް އަޅަމުންދާއިރު، ރާއްޖެއިން އެފަދަ ފިޔަވަޅެއް ނާޅައި އިންތިޚާބަށް މަޑުކޮށްގެން ތިބި ކަމަށް އަމްރު ވިދާޅުވި އެވެ. އަދި އެހެން ގައުމުތަކުން ފިޔަވަޅު އަޅަނީ ސިޔާސީ ބޭނުމެއްގައި ކަމަށް ސަރުކާރުން ބުނަމުންދިޔަ ނަމަވެސް، މިހާރު ރާއްޖޭގެ ހާލަތު އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ސިއްހީ ދާއިރާއަށް އަލިއަޅުވާލައްވަމުން އަމްރު ވިދާޅުވީ، ބޭސް ލިބުމުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. ސަރުކާރުން ބޭސް ހުރިތޯ ބަލާނެ ޕްލެޓްފޯމެއް ހަދާ ވާހަކަ ދައްކާއިރު، އޭގެ މާނައަކީ ބަލިމީހާއަށް ބޭނުންވާ ބޭސް ލިޔެދިނުމުގެ ބަދަލުގައި، ފިހާރައިގައި ހުރި ބޭހެއް ބަލާފައި ޑޮކްޓަރުން ބޭސް ސިޓީ ލިޔަންޖެހުން ކަމަށް އޭނާ ވިދާޅުވި އެވެ. މިއީ ސަރުކާރުގެ ވިސްނުން ހުރި ގޮތް ކަމަށް ވިދާޅުވެ އަމްރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ހުސައިން އަމްރުޑރ. މުޙައްމަދު މުޢިއްޒުއެސްޓީއޯ

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުގެ ދެ ދުވަސް ފަހުން ފެނަކަ ކޯޕަރޭޝަންގެ އެމްޑީގެ މަގާމުން ނަޖާހު ވަކިކޮށްފި

އިންތިޚާބުގެ ދެ ދުވަސް ފަހުން ފެނަކަ ކޯޕަރޭޝަންގެ އެމްޑީގެ މަގާމުން ނަޖާހު ވަކިކޮށްފި

06 އެޕްރީލު 2026
ރައީސް މުއިއްޒު އަށް ޣަފޫރު: "ގޯނީގަ މިހާރު އެއްޗެއް ނެތް. ދެނެއް އެއަށް އެއްޗެއް އަޅައިގެން ނުހިފެހެއްޓޭނެ."

ރައީސް މުއިއްޒު އަށް ޣަފޫރު: "ގޯނީގަ މިހާރު އެއްޗެއް ނެތް. ދެނެއް އެއަށް އެއްޗެއް އަޅައިގެން ނުހިފެހެއްޓޭނެ."

05 އެޕްރީލު 2026
ރައީސްގެ ދެކަނބަލުން އުމްރާގެ އަޅުކަމަށް ހޯމަ ދުވަހު ސައުދީ އަށް

ރައީސްގެ ދެކަނބަލުން އުމްރާގެ އަޅުކަމަށް ހޯމަ ދުވަހު ސައުދީ އަށް

05 އެޕްރީލު 2026
ސިޓީތަކުން ޕީއެންސީއަށް ލިބުނީ 4 ގޮނޑި، އެމްޑީޕީއަށް 47 ގޮނޑި

ސިޓީތަކުން ޕީއެންސީއަށް ލިބުނީ 4 ގޮނޑި، އެމްޑީޕީއަށް 47 ގޮނޑި

05 އެޕްރީލު 2026
ރައްޔިތުން އެބުނީ ބޮޑުތަނުން ނޫނެކޭ، މުއިއްޒު އިސްތިއުފާ!؟

ރައްޔިތުން އެބުނީ ބޮޑުތަނުން ނޫނެކޭ، މުއިއްޒު އިސްތިއުފާ!؟

05 އެޕްރީލު 2026

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު