Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަލިފާނުގެ ހާދިސާ

ފީއަލީ ތެޔޮ ބޯޓުގައި ރޯވެ އައިސްޕްލާންޓް އަނދާ ހުލިވުން: ލިބުނު ގެއްލުން ބަލަން މިނިސްޓްރީގެ ޓީމެއް އެ ރަށުގައި.

12 އެޕްރީލު 2026 | އާދީއްތަ 08:31

ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވި އަލިފާންގަނޑު ފެތުރި، އެ ރަށުގެ އައިސްޕްލާންޓާއި ބައެއް އުޅަނދުތައް ބޭނުންނުކުރެވޭ ވަރަށް ވަނީ އަނދާފަ. މި ހާދިސާގައި ލިބުނު ގެއްލުންތައް ބަލައި، މަސްވެރިންނަށް ދިމާވި ދަތިތަކަށް އަވަސް ހައްލެއް ހޯދުމަށް ފިޝަރީޒް މިނިސްޓްރީގެ ޓީމަކުން މިހާރު ދަނީ އެ ރަށުގައި ހަރަކާތްތެރިވަމުން. މި ހާދިސާގައި ބިދޭސީއަކަށް އަނިޔާވެފައިވާއިރު، ރަށުގެ ތެޔޮ ފިހާރައަށާއި އިތުރު އުޅަނދުތަކަށްވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 12 އެޕްރީލު 2026 | އާދީއްތަ 08:31
ފ. ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓުގައި ރޯވި އަލިފާނުގެ ހާދިސާގައި އެރަށުގެ އައިސްޕްލާންޓް އެއްކޮށް އަނދާ ހުލިވުން

ފ. ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓުގައި ރޯވި އަލިފާނުގެ ހާދިސާގައި އެރަށުގެ އައިސްޕްލާންޓް އެއްކޮށް އަނދާ ހުލިވުން | ފިޝަރީޒް މިނިސްޓްރީ

މިދިޔަ ބުރާސްފަތި ދުވަހު ފ. ފީއަލީގެ ބަނދަރުގައި އޮތް ތެޔޮ ބޯޓުގައި ރޯވި އަލިފާނުގެ ހާދިސާގައި އެރަށުގެ އައިސްޕްލާންޓް އެއްކޮށް އަނދާ ހުލިވެފައިވާއިރު އެކަމާ ގުޅިގެން ލިބުނު ގެއްލުންތައް ބެލުމަށް ފިޝަރީޒް މިނިސްޓްރީގެ ޓީމެއް އެ ރަށަށް ގޮސްފި އެވެ. 

މިނިސްޓްރީ އިން ހާމަ ކޮށްފައިވާ ގޮތުގައި ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެރަށުގައި މިފްކޯ އިން ހިންގަމުން ދިޔަ އައިސްޕްލާންޓަށާއި ބައެއް މަސް ދޯނިތަކަށް ލިބުނު ގެއްލުންތައް ބެލުމަށް އެ މިނިސްޓްރީގެ ޓީމެއް މިހާރު ދަނީ އެ ރަށުގައި ހަރަކާތްތެރި ވަމުންނެވެ. 

ފީއަލި ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ފާނަ މަސްވެރިކަންކުރާ ދެ ދޯންޏަކާއި އައިސްޕްލާންޓުގައި ރޯވެ ބޭނުން ނުކުރެވޭވަރަށް އަނދާފައިވާއިރު ބައެއް އެހެން އުޅަންދުތަކަށްވެސް އެކިވަރުގެ ގެއްލުން ވަނީ ލިބިފަ އެވެ.

މިކަމާ ގުޅިގެން ފިޝަރީޒް މިނިސްޓްރީ އިން ބުނީ މި އަލިފާނުގެ ހަދިސާގެ ސަބަބުން ލިބުނު ގެއްލުންތައް ބަލާ އެކަމަށް އަވަސް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދާ ކަމަށެވެ.  

ރާއްޖެއެމްވީއަށް އެސަރަހައްދުގައި ހުރި މީހަކު ކިޔަދިން ގޮތުގައި ތެޔޮ ބޯޓުގައި ރޯވި އަލިފާން ވަރަށް ބޮޑަށް ފެތުރި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަަމަށެވެ.

މި ހާދިސާ ގައި އެރަށުގައި މިފްކޯ އައިސްޕްލާންޓް އެއްކޮށް އަނދާ ހުލިވެފައިވާއިރު ފާނަ މަސްވެރިކަން ކުރާ ދެ ދޯންޏާއި، ވެލިއަރުވާ ދޯންޏެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު، އަލަށް ބާލާފައި އޮތް ފައިބަރު ދޯންޏަކަށް އަލިފާނުގެ އަސަރުކޮށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. 

މީގެ އިތުރުން އެ ސަރަހައްދުގައި ހުރި ފިއުލް ޝެޑަށް އަލިފާނުގެ އަސަރުކޮށް، ޑިސްޕެންސަރާއި ޝެޑުގެ ބައެއް ބަައިތަކަށް ވެސް ގެއްލުން ވެފައިވެ އެވެ. 

މި ހާދިސާގައި ތެޔޮ ދޯނީގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ މީހަކު ވަރަށް ބޮޑަށް ފިހިގެން ސިއްހީ މަރުކަޒުގައި ފަރުވާ ދީފައިވެ އެވެ. 

ފީއަލިފިޝަރީސް މިނިސްޓްރީއަލިފާނުގެ ހާދިސާ

އިތުރަށް ކިޔާލަން

09 އެޕްރީލު 2026

ފީއަލީގައި ތެޔޮ ބޯޓުގައި ރޯވުން: ބޮޑެތި ގެއްލުންތަކެއް ލިބި، އައިސްޕްލާންޓް އެއްކޮށް އަނދާ ހުލި!

09 އެޕްރީލު 2026
ފީއަލީގައި ތެޔޮ ބޯޓުގައި ރޯވުން: ބޮޑެތި ގެއްލުންތަކެއް ލިބި، އައިސްޕްލާންޓް އެއްކޮށް އަނދާ ހުލި!
06 އެޕްރީލު 2026

އިންތިޚާބުގެ ދެ ދުވަސް ފަހުން ފެނަކަ ކޯޕަރޭޝަންގެ އެމްޑީގެ މަގާމުން ނަޖާހު ވަކިކޮށްފި

06 އެޕްރީލު 2026
އިންތިޚާބުގެ ދެ ދުވަސް ފަހުން ފެނަކަ ކޯޕަރޭޝަންގެ އެމްޑީގެ މަގާމުން ނަޖާހު ވަކިކޮށްފި
04 އެޕްރީލު 2026

ހުޅުމާލެ ފޭސް-3ގެ ކުރީގެ އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެ ގެއްލުންތަކެއް ލިބިއްޖެ

04 އެޕްރީލު 2026
ހުޅުމާލެ ފޭސް-3ގެ ކުރީގެ އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެ ގެއްލުންތަކެއް ލިބިއްޖެ
03 އެޕްރީލު 2026

ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި އަލިފާނުގެ ހާދިސާ އެއް ހިނގީ ކަރަންޓު ޝޯޓޭޖަކުން ކަމަށް ބެލެވޭ: ކައުންސިލް

03 އެޕްރީލު 2026
ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި އަލިފާނުގެ ހާދިސާ އެއް ހިނގީ ކަރަންޓު ޝޯޓޭޖަކުން ކަމަށް ބެލެވޭ: ކައުންސިލް
30 މާރިޗު 2026

ރައީސް ވިދާޅުވީ ފީއަލީގެ ފެނަކަ މުވައްޒަފުންގެ އަދަދާ ގުޅިގެން ސައްހަ ނޫން މައުލޫމާތު ދެއްވީ ފެނަކަ އެމްޑީ ކަމަށް!

30 މާރިޗު 2026
ރައީސް ވިދާޅުވީ ފީއަލީގެ ފެނަކަ މުވައްޒަފުންގެ އަދަދާ ގުޅިގެން ސައްހަ ނޫން މައުލޫމާތު ދެއްވީ ފެނަކަ އެމްޑީ ކަމަށް!
29 މާރިޗު 2026

ހިޔާރޯދިގޭގެ އަލިފާނުގެ ހާދިސާ: ހައްޔަރު ކުރި ޒުވާނާގެ ބަންދަށް އިތުރު 30 ދުވަސް

29 މާރިޗު 2026
ހިޔާރޯދިގޭގެ އަލިފާނުގެ ހާދިސާ: ހައްޔަރު ކުރި ޒުވާނާގެ ބަންދަށް އިތުރު 30 ދުވަސް
20 މާރިޗު 2026

30 އަހަރު ވެރިކަމުގެ ތެރޭގައި ރައްޔިތުން ސިޔާސީ ވާހަކަ ދައްކަން ފެށުމުން އަލިފާން ރޯވާ އުސޫލުން މިހާރު ވެސް ދަނީ އަލިފާނުގެ ހާދިސާ ހިނގަމުން: މާޒް

20 މާރިޗު 2026
30 އަހަރު ވެރިކަމުގެ ތެރޭގައި ރައްޔިތުން ސިޔާސީ ވާހަކަ ދައްކަން ފެށުމުން އަލިފާން ރޯވާ އުސޫލުން މިހާރު ވެސް ދަނީ އަލިފާނުގެ ހާދިސާ ހިނގަމުން: މާޒް
19 މާރިޗު 2026

ކެމިކަލް ހުރި ގުދަނުގައި ހިނގި ނުރައްކާތެރި އަލިފާނު ހާދިސާގެ ޚާއްސަ ތަހުގީގެއް ފުލުހުން ފަށައިފި

19 މާރިޗު 2026
ކެމިކަލް ހުރި ގުދަނުގައި ހިނގި ނުރައްކާތެރި އަލިފާނު ހާދިސާގެ ޚާއްސަ ތަހުގީގެއް ފުލުހުން ފަށައިފި
19 މާރިޗު 2026

"ޕްރައިމް ގޯޑައުން" ގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އިންތިޚާބަށް އެއްވެސް ބުރުލެއް ނާރާނެ: އީސީ

19 މާރިޗު 2026
"ޕްރައިމް ގޯޑައުން" ގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އިންތިޚާބަށް އެއްވެސް ބުރުލެއް ނާރާނެ: އީސީ
18 މާރިޗު 2026

ގަސްކާނާ އާއި ކެމިކަލް ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވާލާފަ ވާއިރު، ހާދިސާގައި ހާލުގައި ޖެހިގެން 32 މީހަކު ސޯޝަލް ސެންޓަރަށް

18 މާރިޗު 2026
 ގަސްކާނާ އާއި ކެމިކަލް ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވާލާފަ ވާއިރު، ހާދިސާގައި ހާލުގައި ޖެހިގެން 32 މީހަކު ސޯޝަލް ސެންޓަރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް