Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަލިފާނުގެ ހާދިސާ

ކެމިކަލް ހުރި ގުދަނުގައި ހިނގި ނުރައްކާތެރި އަލިފާނު ހާދިސާގެ ޚާއްސަ ތަހުގީގެއް ފުލުހުން ފަށައިފި

މާފަންނުގައި ހުންނަ ޕްރައިމް ފާޓިލައިޒާގެ ގުދަނެއްގައި ރޯވި އަލިފާނުގެ ހާދިސާގައި ސިފައިންގެ މީހަކަށް އަނިޔާވެ، ގުދަނަށާއި ކައިރީގައި ހުރި އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ކެމިކަލް ދުމުގެ އަސަރު ކޮށްފާނެތީ އެ ސަރަހައްދުގެ 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާއިރު، ފުލުހުން މިހާރު ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ޚާއްސަ ތަހުގީގެއް ހިންގަމުން.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 19 މާރިޗު 2026 | ބުރާސްފަތި 08:47
ކެމިކަލް ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ކުރިއަށް ގެންދަނީ.

ކެމިކަލް ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ކުރިއަށް ގެންދަނީ. | އެމްއެންޑީއެފް

އެކި ބާވަތްތަކުގެ ގަސްކާނާ އާއި ކެމިކަލް ހުރި ގުދަނުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގެ ޚާއްޞަ ތަހުގީގެއް ފުލުހުން ފަށައިފި އެވެ. 

ބުރާސްފަތި ދުވަހު ފުލުހުން ބުނީ، މާލޭގެ މާފަންނު، އިއްޒުއްދީނު މަގާއި ފުލޫނިޔާމަގު ގުޅުނު ކަންމަތީގައި ހުންނަ "ޕްރައިމް ފާޓިލައިޒާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" ގެ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު 18 މާރިޗު 2026 ވަނަ ދުވަހުގެ ރޭ 21:57 އެހައިކަންހާއިރު ލިބިފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

މި ހާދިސާގެ ރިޕޯޓް ލިބުމާއެކު، ފުލުހުންނާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޓީމުތަކުން އެ ސަރަހައްދަށް ގޮސް، އަލިފާން ނިއްވުމުގެ މަސައްކަތް ކޮށް، އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވަނީ 22:49 ހާއިރު އެވެ. އަދި އެއްކޮށް އަލިފާން ނިއްވާލެވުނީ ބުދަ ދުވަހުގެ ރޭ ފަތިހު 04:58 ހާއިރު އެވެ. 

އަލިފާން ރޯވި ގުދަނަކީ އެކި ބާވަތްތަކުގެ ގަސްކާނާއާއި، ޕެސްޓިސައިޑްސްއާއި، ދަނޑުވެރިކަމަށް ބޭނުންކުރާ ސާމާނުގެ އިތުރުން ޖަނަރޭޓަރެއްވެސް ހުރި ތަނެއް ކަމަށް ފުލުހުން ބުނެ އެވެ. 

މީގެ އިތުރުން ފުލުހުން ބުނީ، މި އަލިފާނުގެ ހާދިސާގައި، އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ ސިފައިންގެ މީހަކަށް އަނިޔާވެގެން، ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާ ކަމަށެވެ. މި ހާދިސާގެ ސަބަބުން ގުދަނަށާއި އެތަނުގައި ހުރި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެ ސަރަހައްދުގައި ހުރި 13 ސައިކަލަކަށާއި، ޕިކަޕަކަށާއި، ކުންފުނީގެ ވޭނަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 

ފުލުހުން ބުނީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނާއި، ގުދަނުގައި ހުރި ކެމިކަލްތަކުގެ ސަބަބުން އުފެދުނު ދުމުގެ އަސަރު ކޮށްފާނެތީ، އެ ސަރަހައްދުގައި ދިރިއުޅޭ 77 މީހަކަށް، ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަމާއެކު ވަގުތީ ބޯހިޔާވަކިން ވެސް ފޯރުކޮށްދީފައިވާ ކަމަށެވެ. 

ފުލުހުން މިހާރު ގެންދަނީ ސީން ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ޚާއްސަ ތަހުގީގެއް ފަށާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 

ޕްރައިމް ފާޓިލައިޒާ މޯލްޑިވްސްއަލިފާނުގެ ހާދިސާދިވެހި ފުލުހުން

ކޮމެންޓް

އިތުރަށް ކިޔާލަން

"ޕްރައިމް ގޯޑައުން" ގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އިންތިޚާބަށް އެއްވެސް ބުރުލެއް ނާރާނެ: އީސީ

"ޕްރައިމް ގޯޑައުން" ގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އިންތިޚާބަށް އެއްވެސް ބުރުލެއް ނާރާނެ: އީސީ

19 މާރިޗު 2026
 ގަސްކާނާ އާއި ކެމިކަލް ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވާލާފަ ވާއިރު، ހާދިސާގައި ހާލުގައި ޖެހިގެން 32 މީހަކު ސޯޝަލް ސެންޓަރަށް

ގަސްކާނާ އާއި ކެމިކަލް ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވާލާފަ ވާއިރު، ހާދިސާގައި ހާލުގައި ޖެހިގެން 32 މީހަކު ސޯޝަލް ސެންޓަރަށް

18 މާރިޗު 2026
އަލިފާނުގެ ހާދިސާއާ ގުޅިގެން ވޯޓާސް ރަޖިސްޓަރީގައި ސޮއިކުރުން މެދުކަނޑާލައިފި

އަލިފާނުގެ ހާދިސާއާ ގުޅިގެން ވޯޓާސް ރަޖިސްޓަރީގައި ސޮއިކުރުން މެދުކަނޑާލައިފި

18 މާރިޗު 2026
އިންތިހާބާ ބެހޭ މަރުކަޒު ކައިރީގައި ހުރި ގުދަނެއްގައި ރޯވެ އަނދަމުންދަނީ

އިންތިހާބާ ބެހޭ މަރުކަޒު ކައިރީގައި ހުރި ގުދަނެއްގައި ރޯވެ އަނދަމުންދަނީ

18 މާރިޗު 2026
މާލޭގެ ގަލޮޅު މޯޗަރީ ކައިރި ހުރި ގުދަނެއްގައި ރޯވެ އަނދަނީ

މާލޭގެ ގަލޮޅު މޯޗަރީ ކައިރި ހުރި ގުދަނެއްގައި ރޯވެ އަނދަނީ

18 މާރިޗު 2026

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު